Latest News
World News
Editor Picks
Features and Events
ސްޓެލްކޯގައި ހިނގާ ބޮޑު ކޮރަޕްޝަން
ކަރަންޓްގެ ޚިދުމަތް ދިނުމަށް އުފައްދާފައިވާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯގެ އިސް ވެރިން ތަކެއް ގުޅިގެން އަމިއްލަ ކުންފުންޏެއް ހިންގާ، އެ ކުންފުނި މެދުވެރިކޮށް ސްޓެލްކޯއަށް އެކި މުދާ ސަޕްލައިކޮށް ނާޖާއިޒް މުއްސަނދިކަން ހޯދަމުން އަންނަތާ ދުވަސްތަކެއް ވެއްޖެއެވެ. ސްޓެލްކޯގައި މަސައްކަތްކުރާ މީހެއްގެ ފަރާތުން އެނގުނު ގޮތުގައި މިހާރުގެ އެމްޑީ ފަހުމީ އާއި އަދި އޭގެ ދަށުން ހުރި އަޒްވަރުގެ އިތުރުން ޕްރޮކިއުމެންޓާއި އެކައުންޓްސް ޑިޕާޓްމެންޓް ވެސް ވަނީ މިކަމުގައި ޝާމިލް ވެފައެވެ. ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު […]
ހާހާއިނުވަސަތޭކަ ހަތްދިހައިގެ އަހަރުތަކާ ހަމަޔަށް ރާއްޖޭގެ ރައްޔިތުން…
ހާހައި ނުވަސަތޭކަ ހަތްދިހައިގެ އަހަރު ތަކާ ހަމަޔަށް ރާއްޖޭގެ ރައްޔިތުންނަކީ އެކަކު އަނެކަކުދެކެ ލޯބިވާ ބައެކެވެ. ރާއްޖެއިން މިއާދަ އުވިގެން ގޮސްފައިވަނީ ޖަޕާނުގެ މަރުބޭނީ ކޯޕަރޭޝަނާއެކު ރައީސް އަލްމަރުމް ވެލާނާގޭ އިބްެރާހިމް ނާޞިރުގެ ސަރުކާރުން ރާއްޖޭގެ މަސްވެރިން ބާނާ މަސް ކިރުވަން ސޮއިކުރި އެއްބަސް ވުމަކަށް ފަހުގައެވެ. އެވާލާޒަމާނުއްސުރެ ރާއްޖޭގެ މަސްވެރިން ބާނާ މަސް ކިރުވަނީ އެރަށެއްގައި ހުންނަ ވިޔާފާރި ގެތަކަށެވެ. މަސްވެރިން މަސްބާނައިގެން ރަށަށް އައިސް ބާނާމަސް އޮޑިވެރިގެއަށާއި ކެޔޮޅުންނަށާއި މަސްވެރިންނަށާއު އެންކެޔޮޅަށް ބައި […]
ހުސްވި މަހުގެ18 ވަނަ ދުވަހުގެ ރޭހިނގާދިޔަ ރޭޕް ކޭހާއި ގުޅިގެން ތުހުމަތު ކުރެވޭ ޒުވާނުންނަކީ ރައީސް މުޢިއްޒުގެ އެކުވެރިން
ހުސްވިމަހުގެ 18 ވަނަ ދުވަހުގެ ރޭ މާލޭގެ ގެއެގެ މަތިން ވެއްޓުނުކަމަށް ބުނާ އަންހެންކުއްޖާ ވަނީ ރޭޕްކޮށްފައި ކަމަށާއި އެކަމާއި ގުޅިގެން ކުރަން ޖެހޭ ފޮރެންސެކް ތަޙުލީ ފުލުހުން ނުކުރާކަމަށާއި އަދި އެމައްސަލާގައި ޝާމިލްވާކަމަށް ތުހުމަތުކުރެވޭ ޒުވާނުންގެ ކުޑަކަމުދާތަކެތި ވެސް ފުލުހުން ތަޙުލީލު ނުކުރުމުން ފުލުހުންނާމެދު ކުރަމުން އައި އިތުބާރު ގެއްލިފައިވާކަމަށް ޒުވާނުން ދަނީ ބުނަމުންނެވެ. ޒުވާނުން ތުހުމަތު ކުރާގޮތުގައި އަންހެން ކުއްޖާ ވެއްޓުނު މައްސަލައާއި ހިނގާފައިވާ ރޭޕްކޭހުގައި ޝާމިލްވާކަމަށް ތުހުމަތު ކުރެވޭ ޒުވާނުންނަކީ ރައީސް މުޢިއްޒު […]
އިއްޔެ ތަޅައިމެރީ އަހަރެމެންގެ ޖީލު
އިއްޔެ ތަޅާމެރީ އަހަރެމެނެްގެ ޖީލެވެ. އަހަރެން މަގުމައްޗައް ނިކުތީ އޭރުގެ ސަރުކާރުން ކުރާ އަނިޔާ ބޮޑުވެ ވާނުވާ ނޭނގި ރައްޓެހިން ރަހްމަތްތެރިން އެތަކެއް މަސްތަކެއްް ވަންދެން ހޭ ވެސް އަާނުލާ ޖަލުތަކުގައި ބަންދު ކޮށް އަނިޔާ ކުރާތީއެވެ. އޭރުގެ އަނިޔާގެ މޭސްތެރިޔާ އާދަމް ޒާހިރު ގެ އަނިޔާވެރިކަމުން ފިލާވަޅު ލިިބި އެ އަނިޔާ ކުރާން ދަސްކުރި އެދުވަހުގެ ތަހްގީގީ ޓީމު ތަކުގައި އަނިޔާވެރިވާން ތިބި ޖޫނިޔާ އޮފިސަރުން މިއަދު ކޮމިޝަނަރުންނަށް ވީމާ އެ އަނިޔާ ވެރިކަން އިހު ކުރި […]
ރާއްޖޭގެ ކަނޑުން އެމެރިކާއަށް 30 އިންސައްތަ ވިއްކާލަނީ
ރާއްޖޭގެ މަސްވެރިން މަސްބާނަމުން އަންނަ ކަނޑުގެ ސަރަޙައްދުން %30 އިންސައްތަ ކަނޑު އެމެރިކާއަށް 800 މިލިއަން ޑޮލަރަށް ވިއްކާލަން ދައުލަތުން ނިންމާފައިވާ ކަމަށް ހަބަރު ލިބެއެވެ. 30 އިންސައްތަކަނޑު އެމެރިކާއަށް ވިއްކާލަން ނިންމަވާފައިވަނީ ރާއްޖޭގެ މަސްވެރިންނަށް އެ ވިއްކާލާ ސަރަޙައްދުގައި މަސްވެރިކަން ނުކުރެވޭ ގޮތަށް ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ. މިއީ ރާއްޖޭގެ މަސްވެރި ކަމުގެ ސިނާޢަތަށް ނުހަނު ބޮޑު ގެއްލުންވެ މަސްވެރިންނަށް އިޢާދަ ނުކުރެވޭ ވަރުގެ ބޮޑު ގެެއްލުމެއްލިބި މަސްވެރި ކަމަށް ނޭދެވޭ އަސަރު ކުރާނެ […]
ބުރިކޮށްލީ ދިވެއްސެއް ގޮހޮރު! ޑީލް ހަދައިން ކޭސް ވެސް އޮއްބާލައިފި..!؟
ވައިޑީ ވާރކްސް އަކީ އެތާގެ ވެހިކަލް ކުށްޔަށް ހިފާ ފާރާތް ތަކަށް ގަޑި އޮޅުވާލައި މަސައްކަތް ނުކުރާ ގަޑިތަކަށް ފައިސާ ނަގަމުންދާ މަކަރުވެރި ބަޔަކު ހިންގާ ކުންފުންޏެކެވެ. ވެހިކަލެއް ބޭނުން ވެގެން އެކުންފުންޏަށް ފޯނު ކުރުމާއެކު ވެހިކަލް މި ފޮނުވަނީ އޭ ބުނުމަށްފަހު އެތައްއިރެއް ވުމުން ވެހިކަލް ކޮބައިތޯއޭ ބަލަން ދެވަނަފަހަރަށް ފޯންކުރުމުން ދޭ ޖަވާބަކީ ތިތާގައި ވެހިކަލް އޮންތާ އެތައްއިރެއް ވެއްޖެ ކަމުގައެވެ. މި ޖަވާބާއި ގުޅިގެން ބަލާއިރު ވެހިކަލް އައިސް މަޑުކުރާތަން ފެނެއެވެ. މީގެތެރެއިން […]
ކުއްޖާ ވެއްޓުމުގެ ޒިންމާ ނަގަން ޖެހޭނީ އިބިލީސް ކަމަށް ބުނުން
ޒުވާނުން ޖަޒުބާތުގައި ކުރާކަންތަކަށް އަދަބު ނުދިނުމަކީ ބިރަކާ ނުލާ މަޖާކުރަން ދެއްވާ ފުރުޞަތެއް މިމަހުގެ 17ވީ ބުރާސްފަތި ދުވަހުގެ ރޭ މަސްތުވެގެން ތިބިޒުވާނުން ތަކެއްގެ ތެރެއިން 21 އަހަރުގެ އަންހެން ކުއްޖަކު ފުރާޅެއްގެ މައްޗަށް ވެއްޓުނުއިރު، ވަލިއްޔުލްއަމްރު ވިދާޅުވެފައި ވަނީ ޒުވާނުން ޒުވާންކަމުގެ ޖަޒުބާތުގައި ކުރާކަންކަމަށް އަދަބު ދެއްވުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމުގައެވެ. މިއީ ވަލިއްޔުލްއަމްރުގެ މަގާމުގައި ހުންނަ މަނިކުފާނަކު ވިދާޅުވާން ޖެހޭ އެއްޗެއް ނޫނެވެ. މިހެން ވިދާޅުވާނަމަ، މެދުއުމުރުގެ މީހުންނާއި. ހަރު އުމުރުގެ މީހުންނާއި އަދި […]
ކޮންމެ ކަމެއް ސަރުކާރަށް ފޫޅު ނުކަނޑާ! އަމިއްލަ ޒިންމާ ކޮބާ؟
ކުށުގެ ވެށީގައި އުޅޭ ކުދިންނާއި، ޕާޓީ ހަދާ ކުދިންނާއި، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ކުދިންނާއި، އެބޭނުން ކޮށްގެން ތަންތަނުން ފުންމާލައިގެންނާއި އެނޫން ވެސް ގޮތްގޮތުން މަރުވާ ކުދިންނާއި، ވައްކަންކުރާ ކުދިންނާއި، އަމިއްލަ ނަފުސަށާއި އެހެން މީހުންނަށް ގެއްލުންދޭ ކުދިންގެ މައިންބަފައިންނާއި، ބެލެނިވެރިންނޭވެ. ދަރިން ތަރުބިއްޔަތު ކުރުމުގެ ފުރަތަމަ މަރުހަލާ ގެ ޒިންމާ އޮތީ މައިންބަފައިން ނުވަތަ ބެލެނިވެރިން ގެމައްޗަށެވެ. އެޒިންމާ އަދާކުރެވޭނީ، އެކަމަށް އަހުލުވެރިވެފައިވާ ނަމައެވެ. އެންމެ ފުރަތަމަ ދަސްކުރަންވީ މުއާމަލާތް ކުރުމަށެވެ. ކުއްޖާގެ ޢުމުރުފުރައަށް އަންނަ ބަދަލުތައް […]
އަލަ ގަހަކުން ކެޔޮނިރެއް ނުފަޅާނެ
ގަނޑުވަރުތެރޭ ރަސްދަރިން ކުޅުއްވި ނާޗަރަަންގީ އެވެ. އާއިލީ ދަރިފަސްކޮޅުން ވާރުތަވި ކުޅިގަނޑެވެ. ކޮށި، އެކަމަކު ތުންތުންމަތިން އިވިފައި ހުރި މާދުރު ހަނދާނެއް އާލާވެ އަންނަނީ އެވެ. ސަލްޓަންޕާރކު ކޮނުނު ދުވަސްވަރު ބޮޑެތި ރުނބާތަކުން އިންސާނުންގެ ކަށި ކަމަށް ޝައްކު ކުރެވޭ ކަށިތަކެއް ފެނުނޭ ބުނާ ހަނދާނެވެ. އެއީ ތެދަކަށް ވާނަމަ އެއީ ގަނޑުވަރުތެރޭ ޖާރިޔާއިން ގެންގުޅުނު ދުވަސްވަރު ޕްރިންސުން ކުޅުއްވި ކުޅިގަނޑުގައި ޒުވާން ޖާރިޔާއިން ނިމިދިޔަ ގޮތެވެ . ބޮގަރު ހިއްޕަވައިގެން ތިއްބަވާ އަފިހުން ގުޑުގުޑަާއިން ދުންގަނޑު […]
ފަށްޓަވައި ދެއްވީ ތޭރަހާސް ފުލެޓުގެ މަޝްރޫޢެއް، ނިމުނީ ހަތަރުހާސް ފެލެޓް، ކަމުދިޔައީ ދެހާސްފުލެޓް
ފުލެލެޓް ލިސްޓް ޢިއުލާން ކުރީ ތިންފަހަރުއެވެ. އެއިން ކޮންމެ ފަހަރަކު އެތައް ހާސް ޝަކުވާ ހުށަހެޅެއެވެ. އަނެއްކާވެސް އެވަނީ ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ. މިފަހަރުގެ ލިސްަޓަށް މިހާތަނަށް އަށްހާސް ޝަކުވާ ހުށަހަޅައިފިއެވެ. ސުވާލަކީ ފްލެޓް ކޮމެޓީ އިން ރައްޔިތުން ޝަކުވާ ނުކުރެވޭ މިންވަރަށް ފުލެޓް ލިސްޓެއް އެކުލަވާލެވިގެން މިވެރިކަމުގައި ނެރެދޭނެތޯއެވެ. ނިމިދިޔަ ސަރުކާރުން ފަށްޓަވައި ދެއްވީ ތޭރަހާސް ފުލެޓްގެ މަޝްރޫޢެކެވެ. އެސަރުކާރު ނިމުނުއިރު ހަތަރުހާސް ފުލެޓް ވަނީ އަޅާނިމިފައެވެ. އެހެނަސް އެ ހަތަރުހާސް ފުލެޓްގެ ތެރެއިން […]
