ހުސްވި މަހުގެ18 ވަނަ ދުވަހުގެ ރޭހިނގާދިޔަ ރޭޕް ކޭހާއި ގުޅިގެން ތުހުމަތު ކުރެވޭ ޒުވާނުންނަކީ   ރައީސް މުޢިއްޒުގެ އެކުވެރިން

ހުސްވި މަހުގެ18 ވަނަ ދުވަހުގެ ރޭހިނގާދިޔަ ރޭޕް ކޭހާއި ގުޅިގެން ތުހުމަތު ކުރެވޭ ޒުވާނުންނަކީ ރައީސް މުޢިއްޒުގެ އެކުވެރިން

ހުސްވިމަހުގެ 18 ވަނަ ދުވަހުގެ ރޭ މާލޭގެ ގެއެގެ މަތިން ވެއްޓުނުކަމަށް ބުނާ އަންހެންކުއްޖާ ވަނީ ރޭޕްކޮށްފައި ކަމަށާއި އެކަމާއި ގުޅިގެން ކުރަން ޖެހޭ ފޮރެންސެކް ތަޙުލީ ފުލުހުން ނުކުރާކަމަށާއި އަދި އެމައްސަލާގައި ޝާމިލްވާކަމަށް ތުހުމަތުކުރެވޭ ޒުވާނުންގެ ކުޑަކަމުދާތަކެތި ވެސް ފުލުހުން ތަޙުލީލު ނުކުރުމުން ފުލުހުންނާމެދު ކުރަމުން އައި އިތުބާރު ގެއްލިފައިވާކަމަށް ޒުވާނުން ދަނީ ބުނަމުންނެވެ.


ޒުވާނުން ތުހުމަތު ކުރާގޮތުގައި އަންހެން ކުއްޖާ ވެއްޓުނު މައްސަލައާއި ހިނގާފައިވާ ރޭޕްކޭހުގައި ޝާމިލްވާކަމަށް ތުހުމަތު ކުރެވޭ ޒުވާނުންނަކީ ރައީސް މުޢިއްޒު އާއި ގާތް ގުޅުމެއް އޮތް ޒުވާނުން ތަކެއް ކަމުން އެމައްސަލަ ކޮމިޝަނަކުން ބެލި ކަމުގައިވިޔަސް އަދި އެނޫންގޮތަކަށް ބެލި ނަމަވެސް އެ އަންހެން ކުއްޖާގެ ޢާއިލާއަށް އިންޞާފު ލިބުމަކީ މުސްތަޙީލު ކަމެކެވެ.


މީގެ ތެރޭގައި ވަޒީފާއިން ވަކިނުކޮށް މުސާރައާއި އެކު ސަސް ޕެންޑް ކުރެވިފައިވާ އެއް ޒުވާނަކީ ރައީސް އޮފީހުގެ ސްޓާފެއް ކަމަށާއި މި މައްސަލައިގެ ތެރެއަށް ދައުލަތުގެ ބާރާއި ނުފޫޒު ނުވަދެ އިންޞާފުވެރިކަމާއި އެކު ތަޙްޤީޤް ހިންގޭނެ ކަމަށް ގިނަބަޔަކު ގަބޫލެއް ނުކުރެއެވެ. މިމައްސަލައާއި ގުޅިގެން ޓްރާންސްޕޯޓު މިނިސްޓަރ އިސްތިއުފާ އަށް މެދުނުކެނޑި ޒުވާނުންގެ މުޒާހަރާއިން އަޑުއުފުލަމުން ދާތީ ޓްރާންސްޕޯޓު މިނިސްޓަރު އިސްތިއުފާ ދެއްވުމުން ރައީސް މުޢިއްޒު އެމަނިކުފާނުގެ އިސްތިއުފާ ގަބޫލު ނުކުރެއްވި ނުކުރެއްވުމަކީ މައްސަލަ އިންޞާފުވެރިކަމާއެކު ނުހިނގާނެ ކަމުގެ ފާލެކެވެ.


މިމައްސަލައިގެ ބައެއް ހެކި ފުލުހުން ނައްތާލާފައިކަމަށް ވެސް މުޒާހަރާގެ ބައިވެރިން ތުހުމަތު ކުރެއެވެ. އެހެން ކަމާއެކު ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅުއްވާ ކޮމިޝަނަކުން އެމައްސަލަ އިންޞާފުވެރިކަމާއެކު ބަލާފާނެ ކަމަށް މުޒާހަރާގެ ބައިވެރިން ގަބޫލެއް ނުކުރެއެވެ.


ރައީސުލް ޖުމްހޫރިއްޔާ ރިޔާސީ ކޮމިޝަނެއް އުފެއްދެވީ ޒުވާނުންގެ ޕްރެޝަރ ތިރިކުރަން ކަމަށް ބެލެވޭ ކަމަށާއި މިފަދަ އެތައް ކޮމިޝަނެއް ރާއްޖޭގައި މިހާތަނަށް އުފެއްދެވި ކަމަށާއި ކޮމިޝަން އުފެދުނު މިއީ ފުރަތަމަ ފަހަރު ނޫންކަމަށްވެސް ޒުވާނުން ދަނީ އަޑު އުފުލަމުންނެވެ.

ވަރަށް ބޮޑު ތެދުފުޅެކެވެ. ރާއްޖޭގައި އެކި ނަން ނަމުގައި ހެދިފައިވާނިޒާމްތައް ބައިވަރެވެ. އެހެނަސް ދެރައީ އެނިޒާމްތައް އަވަހާރަވެފައި ވުމެވެ. ޝަރުޢީ ނިޒާމާއި ދުސްތޫރީ ނިޒާމާއި މިހެން ގޮސް ތަފާތު ނަންނަމުގައި ނިޒާމްތައް ގާއިމްވެފައިވީ ނަމަވެސް މިނިޒާމް ތަކަކީ ރައީސް އަތްޕުޅު ބާނުއްވާ ނިޒާމް ތަކަކަށް ވުމުން އެމަނިކުފާނު ނުރުއްސަވާ އަޅަކަށް އެއިން ނިޒާމަކުންލިބޭނެ އިންޞާފެއް ހަރާމުން ޙަރާމޭ ދެންނެވިދާނެއެވެ. ރާއްޖޭގެ ނިޒާމްތަކަށް އެވަނީ ރިޝްވަތުގެ ބަލިމަޑުކަން އަވަލާފައިވާކަމަށް ދެކެވެމުން އަންނަ ވާހަކަތަކަށް ބާރުލިބެނީ ސްޕްރީމް ކޯޓުގެ ބެންޗަށް ވީގޮތުންނެވެ. ރައީސް މުޢިއްޒު ހިތްޕުޅާވެގެން ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ބޭނުންފުޅު ކުރައްވައި ގާނޫނުއަސާސީ ހިލާލި ހިލާލުމަށް ސްޕްރީމްކޯޓުން ގޮތެއްނިންމުގެ ބާރު ކަނޑުވާލެއްވި ގޮތްވެސް ރައްޔިތުން ތިބީ ދެލޯ ތައްމިނަށް ހުޅުވައިގެން ބަލާށެވެ. ކަން މިހެންހުރިއިރު ރައީސް ރުހިވަޑައި ނުގަންނަވާފަރާތަކަށް މިގައުމުން އިންމްޞާފު ލިބޭނެ ކަމަށް އުންމީދު ކުރުމަކީ މޮޔަކަމެވެ.