މީހުން
ރާއްޖޭގެ ވެރިކަމަށް ބޭނުންވަނީ ފަސްބައި ސާފު ޒުވާނެއް
ވައްކަމާއި ޚިޔާނާތާއި ކޮރަޕްޝަނާއި ފަސާދައިގެ މަޅީގައި ބެދި އަގުވެއްޓިފައިވާ އެއްވެސް މީހަކު މިރާއްޖޭގެ ވެރިކަމުގެ ތަޚުތަށް އިސްކުރުމަކީ ރައްޔިތުންގެ ކަރަށް މަޅިއެއް މަހާލުމެވެ. އަވަށްޓެރި ޤައުމުތަކާއި ދުނިޔޭގެ އެހެން ޤައުމުތަކުން ވެސް މިސްރާބު ޖަހާފައި ވަނީ ކޮރަޕްޝަން ތައްތާލުމަށް ކަމަށް ވާއިރު ރާއްޖެ މި ދަނީ ދުވަހަކަށް ވުރެ ދުވަހަކު އަޑިއަށެވެ. ރައްޔިތުންގެ މުދަލާއި ފައިސާ އަމާނާތްތެރިކަމާއި އެކު ބަލަހައްޓައިދޭނީ ވައްކަމުގެ ލައްގަނޑުތަކުން މިންޖުވެފައިވާ ފަސްބައި ސާފު ޒުވާނުންނަށް ކަން އެގައުމު ތަކުގެ ރައްޔިތުން ދެނެގެންފިއެވެ. އެހެން […]
ދަރީންގެ ހިތްތަކުގައި ބަޔަކާއި މެދު ނަފުރަތު އުފެދިދާނެތީ ސެންސަރުކޮށްފައި!
އާދޭހެވެ! ކޮންމެވެސް ކަންތައްތަކެއް ފޮރުވުމަށްޓަކާ މަތި އަޅަން އުޅޭކަމުގެ އިޙުސާސެއް ހިތަށް ވެރިވަމުން ދަނީއެވެ. ހަދާނަށް އަންނަނީ މާލޭ ކަސްޓޯޑިއަލް ޖަލެއްކަމުގައިވާ މާލޭ އަތޮޅުވެހީގައި ހައްޔަރުކޮށްގެން ގެންގުޅުނު މަރުޙޫމް ޙުޞައިން ސަލާހުގެ އަނިޔާވެރި މަރާއި މާފުށީ ޖަލުގައި ތިބި ގައިދީންގެ ގަޔަށް ބަޑިޖަހައި އެތަކެއް ގައިދީން މަރާލި ހިތާމަވެރި މާޒީގެ ހިތި ހަނދާން ތަކެވެ. އެއީ މިގައުމުގެ މާޒީއެވެ. އެހެންކަމާއެކު މިގައުމަށް އެމާޒީ ދެން ޢިއާދަނުވާނޭކަމަށް ހީކޮށް ރައްޔިތުން ކުރި އުންމީދާއި ހީކުރި ހީކުރުންތަށް ވެގެން އެދިޔައީ […]
އިންސާފު ފެލައިލައިފި
މިސަރުކާރުގެ އިސްމަގާމުތަކުގައާއި މަޖިލިސްގެ މެންބަރުންގެ ތެރޭގައި ކޮރަޕްޝަނާއި ފަސާދައިން ތަޣައްޔަރުވެފައިވާ އެތަކެއް ބޭފުޅުން ތިބިކަމީ އެއްވެސް ރައްޔިތަކު ދެބަސްވާނެ ކަމެއް ނޫނެވެ. އެހެނަސް އިމިގްރޭޝަން ކުރީގެ ވެރިޔާ ޝަންމާން ވަޙީދު ގެ މައްޗަށް ސާބިތު ނުހިފޭ ކޮރަޕްޝަނުގެ މައްސަލައެއްގައި އެމަނިކުފާނު މިހާރުވެސް އެހުންނެވީ ޖަލުގައެވެ. މިސަރުކާރުގެ ވެރިންގެ ތެރޭގައި މޯލްޑިވްސް ގޭސްގެ އެމްޑީ ޢަބުދު ﷲ މުޙައްމަދަކީ ކޮރަޕްޝަންގެ ތުހުމަތުކުރެވި އޭސީސީ އިން ބަޔާން ނެރެފައިވާ ފަރާތެކެވެ. އެހެނަސް އެބޭފުޅާ އަދިވެސް ހުންނެވީ މަގާމުގައެވެ. ހަމައެހެންމެ ހީނާވަލީދު […]
ގެއްލިގެން އެ ދިޔައީ ޖަވާހިރެކެވެ
ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށާއި އަދި ތަޢުލީމީ ޖީލެއް ބިނާކުރުމުގައި ޙިއްސާ އޮތް ކެރަފާ ޢަބްދުލް ޣަނީ އަވަހާރަވެއްޖެ އެވެ. ކްރައުން ކުންފުނީގެ ޑައިރެކްޓަރު ޣަނީ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޮޑުބޭބޭފުޅެވެ. އަދި މަޝްހޫރު ޝާޒް ވަލީދުގެ ވެސް ބޭބޭފުޅެވެ. ބޮޑުބޭބޭފުޅު އަވަހާރަވުމުގެ ހިތާމައިގައި ރައީސް ނަޝީދު ކުރެއްވެވި އެކްސްގައި މަރްހޫމް ޢަބްދުލް ޣަނީ އަށް ސުވަރުގޭގެ ނިއުމަތް މިންވަރު ދެއްވުމަށް އެދި ދުއާކުރައްވާފައިވެއެވެ. ކެރަފާ ޢަބްދުލް ޣަނީ އަކީ ރާއްޖޭގައި އިލެކްޓްރިފިކޭޝަން، ޓުއަރިޒަމް، […]
އަރާފައި ހުންނަ ރުލަކުން ސާދާ ހިތެއް އޮތް ވެރިއެއް ކަމެއް ނޭނގޭނެއެވެ!
މީހާ ލައިގެން ހުންނަ ހެދުމަށް އަރާފައި ހުންނަ ރުލަކުން ، ނުވަތަ މީހަކު ލައިގެން ހުންނ ހެދުމުން އެމީހަކީ ، ސާދާ އިޙްސާންތެރި މާތް މީހެއްކަމަށް ނުވަތަ ނޫންކަމަށް ހަދައެވެ. ދެރަކަމަކީ މިފަދަ ވާހަކަ ދައްކަނީ ، ރޫއަރާ ކޮލިޓީ ފޮތި ވެސް ހުންނަ ކަމާއި އެކި މީހުން ރީތި ހުތުރު ބަލައި ގަތުމުގައި ދެކޭގޮތް ތަފާތުކަން ނުދަންނަ މީހުންކަމަށް ނުވާކަމެވެ ، އެކި މީހުން ހެދުން ލުމުގައި ނުވަތަ ތުރުކުރެއްވުމުގައި ގެންގުޅުއްވާ ސްޓައިލް ނުދަންނަ މީހުންކަމަ […]
ހަޔާތުގެ ޑައިރީގެ އެންމެ އަގު ބޮޑު ޞަފްހާ އަކީ މައިންބަފައިންނެވެ!
ހަޔާތުގެ ޑައިރީގެ އެންމެ އަގު ބޮޑު ޞަފްހާ އަކީ މައިންބަފައިންނެވެ. ހެޔޮލަފާ މައިން ބަފައިން އުފެއްދޭނީ ﷲގެ ކަލާމް ފުޅު ކީރިރިقرآن އާއި ރަސޫލާ محمد صلى اللّه عليه وسلم ގެ ރިސާލަތަކީ ތަރުބިއްޔަތުގެ މަންހަޖު ކަމުގައި ދެކިގެނެވެ. ކިތަމެ ބޮޑު ޔުނިވަރސިޓީއަކުން ކިތަމެ ބޮޑު ސަނަދެއް ލިބުނެއްކަމަކު ކީރިތި ޤުރުއާނުގައި އޮތް އެއްޗެއްގެ މައްޗަށް ޅަފަތުގެ ޖީލު ތަރުބިއްޔަތު ކުރެވިފައި ނުވާނަމަ ނުވަތަ އެފޮތުގައި އޮތް އެއްޗެއް ވިސްނައިގަތުމުގެ ޤާބިލުކަން ސިކުޑީގައި ނުއިންދައިފި ނަމަ […]
ބޭނުމީ ޢަދުލުއިންޞާފާއި ހަމަހަމަކަން ޤާއިމްކޮށްދޭނޭ އިޚުލާޞްތެރި ރައީސެއް
ރައްޔިތުންގެ ޙަގަށްޓަކައި އަމިއްލަ ފުރާނަ ނުރައްކަލުގެ ތެރެއަށް ދޫކޮށްލައި ޖަލުތަކުގެ ތޭރިތަކުގެ ތެރޭގަ އާއި ބޭރު ޤައުމުތަކަށް އަރުވާލެވިގެން ޙަޔާތުގެ އެންމެ އުފާވެރި ދުވަސްތައް ބިރުވެރިކަމާއި ނާމާން ކަމުގެ ތެރެއަށް ގުރުބާން ކޮށްލި އެމީހާ އަދިވެސް ހުރީ ހަމަ އެ ދިވެހިރައްޔިތުންގެ ޙައްގުތައް ހޯދައިދިނުމަށްޓަކައި އަތުކުރި އޮޅާލައިގެންނެވެ. އެ މަނިކުފާނުގެ ހިތްޕުޅުގައި ރައްޔިތުންނަށްޓަކައި ކުރަހާފައިވާ ތަޞައްވުރު ފުރިހަމަކޮށްދިނުމަކީ ޚުދު އެމަނިކުފާނުގެ އުފާފުޅެކެވެ. ކަން މިހެން ހުރިނަމަވެސް އަމިއްލަ އެދުމާއި ވެރިކަމުގެ ޖާހަތާއި ލައްޒަތަށްޓަކައި މިގައުމަށް އިޚުލާޞްތެރި ހެޔޮލަފާ ވެރިޔަކު […]
އަނެއްކާވެސް މަރެކެވެ. އެކްސިޑެންޓެކެވެ…!
ތޮއްޖެހިފައިވާ މާލޭގެ ސަރަޙައްދަށް އިންޖީނުލީ އުޅަނދުފަހަރު ގިނަކުރަމުން ދަނީ ބިމުގެ ނިސްބަތަކަށް ބަލާލުމެއްނެތިއެވެ. ތޮއްޖެހިފައިވާ މާލޭގެ ސަރަޙައްދަށް ނިސްބަތްވާ ބިމުގެ %80އިންސަތައްތަ ވަނީ ފުރިބާރުވެފައެވެ. ލޯރިފަހަރާ ޕިކަޕާއި ސައިކަލާއި އަދި ބަރުވެހިކަލް ތަކުންނެވެ. މާލޭގެ ބިން މިދެންނެވި މިންވަރަށް ފުރިބާރުވެ މަގުތަކުގެއަމާންކަމާއި ރައްކާތެތިކަން ގެއްލޭ މިންވަރަށް ވެހިކަލްތައް ގިނަވެފައި އެވަނީ ކޮންމެވެސް ބަޔަކު މިކަމަށް އިހުމާލު ވެފައިވާތީކަން ކަށަވަރެވެ. ކަން މިހެން ހުރިއިރު ދެޖިސްސުގެ މުސްކުޅިންނާއި ޒުވާނުން ކަސްރަތުކުރަނީވެސް ހަމަ އެ މަގުތަކުގައެވެ. މަގުތަކުގެ އަމާންކަން ކަށަވަރު […]
ވެރިން މުއްސަނދިވާއިރު ރައްޔިތުން ހަނާވަނީ
ރާއްޖޭގެ އިގްތިޞާދު ހީނަރުވަމުން ގޮސް އާބާދީގެ %45 އިންސައްތަ ރައްޔިތުންނަށް ދެއިރު ހަމަޔަށް ކާންބޯން ނުލިބި ހައިހޫނުކަމާއި ކުރިމަތިލާންޖެހިއްޖެއެވެ. ޑޮލަރު ލިބުން ދަތިވެ ބާޒާރުގެ ތަކެތީގެ އަގުބޮޑުވަމުން ގޮސް ރައްޔިތުން ހަނާވަމުން ދަނީއެވެ. ކުރިއަށް އޮތީވެސް ދަތިދުވަސް ތަކެއްކަމަށް ބެލެވޭއިރު ރާއްޖެއަށް ލިބޭ އާމްދަނީގެ މިންވަރުވެސް ދުވަހެއް ދުވަހެއް ދަނީ ދަށަށެވެ. ވާނީވެސް އެހެންތާއެވެ. ގޭންގެއްހިންގާހެން ގައުމެއް ހިންގާން އުޅޭ ދުންޔަވީ ތަޖުރިބާއެއް ނެތް ބައެއްގެ އަށްދަށަށް ގައުމު ދިއުމުން މިއޮތީ ވާނެ ހަތަރެތި ވެފައި ވިއްޔާއެވެ. […]
ޙަޤީޤީ ހާދިސާ: އެތައް ދިވެއްސެއް ގަތުލުކޮށްލައި ރޯކޮށްލައި އުވަ ދަވައިލި ވާހަކަ
ރަށަކީ ހުވަދޫ އަތޮޅު އުތުރުބުރީ ދިޔަދޫ އެވެ. އެއްދުވަހެއްގެ ހެނދުނުގެ ހަމަހިމޭންވަގުތެވެ. ދުވަސްވަރަކީ ހާހާއިނުވަސަތޭކަ ހަތްދިހައިގެ އަހަރުތަކެވެ. މުޅި ރާއްޖެއަށްވެސް ނުހަނު ތަދު ދުވަސްވަރެއްވެސްމެއެވެ. އެހެންކަމުން އެކިރަށްރަށުގެ ރައްޔިތުން ދިޔާހަކުރާއި ކާށި އަދި ރިހާކުރާއި ކުނަލާއި ބަތްޕޮޅި ފަދަތަކެތި ހިފައިގެން އޮޑިދޯނިފަހަރުގައި އެކިއަތޮޅުތަކަށް ވިޔާފާރި ދަތުރުތައް ކޮށް އުޅުނު ދުވަސް ވަރެއްވެސް މެއެވެ. ހެދުނު 6 ޖަހާކަންހާއިރު އެރަށުގެ މީހަކު ގޮނޑުދޮށުން ހިމުންދޮންވެލި ނަގައި ވެލިން ދަތްއުނގުޅަމުން ރަށުގެ ފާލަންކޮޅުގައި ބަނެދެފައި އޮތް ބޮއްކުރައެއް ބަލާލަން ފާލަމަށް […]
