ޓުއަރިޒަމް އިންޑަސްޓްރީ ވަޓްސްއެޕް ގުރޫޕަށް ޢަދުނާނު ފޮނުވި މެސެޖަކުން….

ދިވެހިރާއްޖޭގެ ޓޫރިޒަމް މިހާހިސާބަށް މި އައީ ދާއިރާގައި ތިބި ހީވާގި އިންވެސްޓަރުންގެ ބުރަ މަސައްކަތުންނެވެ. ޓްރެވެލް އެޖެންޓުންގެ މިންނެތް މަސައްކަތުންނެވެ. އެކަމުގެ ފޮނިމީރުކަން ނަގަނީ އެވަގުތަކު އޮންނަ ސަރުކާރަކުންނެވެ. އެއީ ބަދަލުކުރެވެން ނެތް ހަގީގަތެކެވެ. ރާއްޖޭގެ ކަންކަން އިޞްލާޙް ކުރުމަށް މަސައްކަތްކުރައްވާ ފަރާތްތައް މިއަދު ފޮރުވިގެން ތިބެވެސް އެބޭފުޅުން ކުރައްވާ އިޞްލާޙީ މަސައްކަތްތައް ހުއްޓައެއް ނުލައްވައެވެ. ޚާއްޞަކޮށް ޓުއަރިޒަމްގެ ދާއިރާގައެވެ. ސިޔާސީ ކަންކަމަކަށްވުރެ މިއަދު ޤައުމަށް މުހިންމުވެފައިވަނީ ޤައުމަށް ރަންބިސް އަޅައިދޭ ކުކުޅު ދުޅަހެޔޮ ޞިއްޙަތެއްގައި ބޭއްވުމެވެ. […]

ކަލަކު ކަމަށް ދައުވާކުރާ މައުމޫނާއި “ މައުމޫނިޒަމް” ގެ ފިކުރު

މި ދިވެހި ރާއްޖެއަށް ފާއިތުވީ ބައި ގަރުނުގައި ކުރިމަތިވި އެންމެ ބޮޑު ބިރަކީ ކާމިނީގޭ ކުޑަ ސީދީގެ ބިރުވެރިކަމާއި އަނިޔާވެރިކަމެވެ. މައުމޫނު އަބްދުލް ގައްޔޫމޭ ކިޔުނު ނުބައި ނުލަފާ ވެރިޔަކީ މިހާތަނަށް ދިވެހިރާއްޖެ ނުދެކޭފަދަ ބިރުވެރި ނުބައި ވެރިއެކެވެ. މިހާރުގެ ކުދިންނަށް އޭނާގެ ވެރިކަން ނުފެނުނުނަމަވެސް، އަށްޑިހައާއި ނުވަދިހައިގެ އަހަރުތަކުގައި އޭނާގެ އަނިޔާވެރިކަމަކީ އަދި އަދާއި ހަމަޔަށްވެސް އެ އަނިޔާ ލިބުނު މީސްމީހުންގެ ހިތްތަކުން ފިލައިނުދާނޭ ފަދަ ވޭންދެނިވި އަނިޔާތަކެވެ. ކުޑަ ސީދީ ބޭނުންވީ އުމުރުދުވަހު ވެރިކަމުގައި […]

މަގޭ ގައުމު – މަގޭ ތަސައްވަރު

މިވަގުތުގެ ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ އަމަލުތަކާއި ހާލަތުއޮތީ ރައްޔަތުންނަށް ވަރަށް ވެސް ދެރަގޮތަކަށެވެ. އެއްވެސް ޕާޓީއަކުން ރައްޔަތުންގެ ފުދުންތެރިކަމާއި ސިއްހަތާއި ބޯހިޔާވެހިކަމާއި އިޖުތިމާއީ ޚިދުމަތް ދެމެހެއްޓެނިވި ގޮތަކަށް ފަރުމާކުރުމަށް މަގުޗާޓެއް ކުރަހާފައެއްނުވެއެވެ. ރާއްޖޭގެ ހުރިހާ ތަނަވަސްކަމަކާއި މަންފާތައް ނަގަނީ ބޭރު ގައުމުތަކާއި ދިވެހި ޚާއްސަ ވަކިބަޔެކެވެ. އެހެންކަމުން ގައުމު ސަލާމަތްކުރުމަށްޓަކައި އިޚުލާސްތެރިކަމާއެކު މަސައްކުރާނެ އިތުރު ބަޔަކު ވުޖޫދުވުވެ ރަނގަޅު ތަސައްވުރެއް އޮތުމަކީ މުހިންމު ކަމެއްކަމުގައި ދެކެމެވެ.  ނަން: ދިވެހިރާއްޖޭގެ ތަރައްގީގެ ތަސައްވުރު (ނުވަތަ މިވެނި ޕާޓީއެއްގެ މެނިފެސްޓޯ)އަސާސް: އިސްލާޙުގެމަގަށް ގައުމަށާއި […]