ކުންފުނިތަކުގެ ކޮރަޕްޝަން
ހުރިހާ ސަރުކާރު ތަކުންވެސް ވައްކަން
ﷲ ގަންދީ ހުވާކޮށްގެން ތިބެ ސަރުކާރުތަކުން ހޭނާރާ ވައްކަން ކުރަނީއެވެ. އެހެން ކަމުން މައްސަލަތައްބަލާނެ ސަރުކާރެއް ނެތެވެ. ދައުލަތުގެ މިނިވަން މުސްތަގިއްލު މުވައްސަސާތަކުން ވެސް ހިންގަނީ ކޮރަޕްޝަނާއި ފަސާދައެވެ. އެހެނަސް އެންމެންނަކީ ޝަހާދަތް ކިޔައި ނަމާދުކޮށް ނިތްކުރީގައި ކުރަލާފައި ތިބި އިސްލާމުންނެވެ. ﷲ އަށް ކުޑަނަމަވެސް ބިރެއްގަންނަން އެންމެ ރަނގަޅުތާއެވެ. އަނބިދަރީންނަށް އަލިފާން ކާން ދެމުން ދާއިރު މިނޫން ދުވަހެއް އަންނާނެ ކަމުގެ ކުޑަވިސްނުމެއްވެސް ނެތެވެ. ނިމިދިޔަ މާލޭ ސިޓީ ކައުންސިލް މޭޔަރ ނެންގި ރިޝްވަތުގެ ފައިސާ […]
އެޗްޑީސީ ސިޔާސީ އައްޑާއަކަށް!
ހައުސިންގޑިވެލޮޕްމެންޓްކޯޕަރޭޝަން ( އެޗްޑީސީ) ސިޔާސީއައްޑާއަކަށް ބަދަލުނުކުރެވިގެން އެކުންފުނީގެ ޗެއާރމަން މަޢުރޫފްޖަމީލު ރިޓަޔަރ ކުރައްވަން ރައީސް މުޢިއްޒު ނިންމަވައިފިއެވެ. މަޢުރޫފުޖަމީލަކީ ޢިލްމީ ގާބިލް އަދި ހުޅުމާލޭގެ ބިންހިއްކުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާފައިވާ އަދި އެޗްޑީސީގެ މެނޭޖިންޑިރެކްޓަރކަން ވެސްކުރެއްވި ތަޖްރިބާކާރު ބޭފުޅެކެވެ. އެމަނިކުފާނަށް އެޗްޑީސީގެ ޗެއަރމަންކަމުގެ މަގާމު ދެއްވީ މީގެ ހައެއްކަމަސްދުވަސް ކުރިން އެޗްޑީސީގެ ޗެއާރމަންގެ މަގާމުގައި ހުންނެވި ފަޒުލްރަޝީދު އެކުންފުނީގެ ޗެއަރމަންކަމުގެ މަގާގައި ހުންވައިގެން ހިންގެވިކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކާއިގުޅިގެން މަގާމުން އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ. މަޢުރޫފްޖަމީލު އެޗްޑީސީއާއި ޙަވާލުވެ […]
ބޯހިޔާވަހިކަމުގެ ނަމުގައި ހިންގާ ފުލެޓްގެ ކޮރަޕްޝަން
ފަސްހާސް އަކަފޫޓުގެ ބިމެއްގައި 2500 މީހުން ދިރިއުޅެން ޖެހުމަކީ އިންސާފެއް ނޫން ހުޅުމާލޭގެ ފޭސްދޭއްގައި ސަރުކާރުން އަޅައިދީފައިވާ 16 ޓަވަރުގައި އެވްރެޖްކޮށް 40000 މީހުން ދިރިއުޅެން ޖެހިފައިވާއިރު ކޮންމެ އެޕާޓުމެންޓަކުން 6800 ރުފިޔާ ސޯޝަލް ހައުސިންގގެ އުޞޫލުން ދައުލަތަށް އެބަނަގައެވެ. ހިޔާމަޝްރޫޢުގެ ދަށުން ހުޅުމާލޭގައި 24 ފުލޯގެ ޓަވަރެއް އަޅާފައިވަނީ ފަސްހާހެއްހާ އަކަފޫޓުގައެވެ. މި 5000 އަކަފޫޓުގައި 2500 މީހުން ދިރިއުޅޭއިރު ދައުލަތުން އެެއްވެސް ކުއްޔަކާ ނުލާ ބައެއްމީހުނަށް 1200 އަކަފޫޓުގެ ބިން އެވަނީ މާލޭސަރައްދުގެ ބިމުންކަނޑައިދީފައެވެ. ހިޔާމަޝްރޫޢުގެ […]
ސަމާލުވޭ! ރާއްޖޭގައި ގިނައީ ފޭކު ބޭސްތައް
ބޮޑު އަގުގައި ރައްޔިތުންނަށް ފޭކު ބޭސް ވިއްކަމުންދާއިރު، ދައުވާ ކުރެވޭނެ ގޮތެއް ނެތް! ސަރުކާރުގެ ވެރިން އަޑަށް ބާރުލައްވާފައި ވިދާޅުވަނީ ދެން ގެންނާނީ ޔޫރަޕްގެ އޮރިޖިނަލް ބޭހޭ! އެކަމަކު “ މިހާރު އެވާހަކަ ވެސް އޮއްބާލައި އަނެއްކާވެސް އިންޑިއާގެ ބޭސް ބޭސް ގެންނަން ޑީލް ހަދައިފި ރާއްޖެއަށް އެތެރެ ކުރާ ޑޮކްޓަރީ ބޭސްތަކަކީ ފެންވަރުދަށް އަދި އިންސާނުން ބޭނުންކުރަން ހެޔޮވާވަރުގެ ބޭސްތަކެއް ނޫންކަމަށް އިންޑިޔާގެ ޑޮކްޓަރަކާއި ޙަވާލާދީ ދިވެއްސަކު ބުނެފިއެވެ. އޭނާ މިހެން ބުނީ ސްޓްރޯކެއް ޖެހިގެން […]
އެސްޓީއޯގެ ދަގަނޑު އިމްޕޯޓުގައި ބޮޑު ކޮރަޕްޝަނެއް
އެސްޓީއޯއިން ދަގަނޑު އިމްޕޯޓު ކުރުމުގައި ބޮޑު ކޮރަޕްޝަނެއް ހިނގަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައުލޫމާތުތަކެއް އެ ކުންފުނީގެ ތެރެއިން ލީކުވެއްޖެއެވެ. މި މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރު ކުރެވިފައި ނުވިނަމަވެސް، މިކަން ހިނގާތާ 5 އަހަރަށްވުރެ ގިނަ ވެއްޖެ ކަމަށާއި އެސްޓީއޯގެ އިސް ފަރާތްތަކެއް މެދުވެރިވެގެން މިފަދަ ކަންކަން ހިނގަމުންދާ ކަމަށް ތުހުމަތު ކުރެވެއެވެ. މިއީ އަހަރުތަކެއް ވެފައިވާ ފެހިޖަހާފައިވާ ކޮރަޕްޝަނެކެވެ. ލީކުވެފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެސްޓީއޯއަށް އެކި ގައުމުތަކުން ދަގަނޑު އެތެރެކުރާ ކަމަށާއި، އޭގެތެރޭގައި ސިންގަޕޫރު، ތުރުކީ، ޗައިނާ […]
ސްޓެލްކޯގައި ހިނގާ ބޮޑު ކޮރަޕްޝަން
ކަރަންޓްގެ ޚިދުމަތް ދިނުމަށް އުފައްދާފައިވާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯގެ އިސް ވެރިން ތަކެއް ގުޅިގެން އަމިއްލަ ކުންފުންޏެއް ހިންގާ، އެ ކުންފުނި މެދުވެރިކޮށް ސްޓެލްކޯއަށް އެކި މުދާ ސަޕްލައިކޮށް ނާޖާއިޒް މުއްސަނދިކަން ހޯދަމުން އަންނަތާ ދުވަސްތަކެއް ވެއްޖެއެވެ. ސްޓެލްކޯގައި މަސައްކަތްކުރާ މީހެއްގެ ފަރާތުން އެނގުނު ގޮތުގައި މިހާރުގެ އެމްޑީ ފަހުމީ އާއި އަދި އޭގެ ދަށުން ހުރި އަޒްވަރުގެ އިތުރުން ޕްރޮކިއުމެންޓާއި އެކައުންޓްސް ޑިޕާޓްމެންޓް ވެސް ވަނީ މިކަމުގައި ޝާމިލް ވެފައެވެ. ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު […]
އެސްޓީއޯގެ ފަތިފުށް ގޯސް، ހިންގަންވީ މިހެންބާ؟
ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި ކަމަށްވާ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަކީ ރައްޔިތުންގެ ފައިސާއިން ގައުމަށް ޒަރޫރީ މުދަލާއި ހިދުމަތް ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު ޒަމާނުއްސުރެ ހަވާލުކޮށްފައިވާ ތަނެކެވެ. ނަމަވެސް އެތަނުގެ ވެރިން އޮޕަރޭޝަންތަކަށް ހިޔަނި އެޅި، ރައްޔިތުންގެ އިތުބާރު ގެއްލިފައިވާތާ އެތައް އަހަރެއް ވެއްޖެއެވެ.މިއީ ދޮގެއްތޯއެވެ؟ ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގެ ދުވަސްވަރަށް ބަލާލާއިރު އެސްޓީއޯ މެދުވެރިކޮށް ކޮށްފައިވާ ތެލުގެ ވިޔަފާރިއެއްގައި 800 މިލިއަނަށް ވުރެ ގިނަ ޑޮލަރުގެ ޚިޔާނާތެއް ފަޅާނާރާހެއްޔެވެ؟ އެކަމުގެ ސާފު […]
150 ޕަސަންޓުގެ ޚިޔާނާތް
ދާދި ފަހުން ސްޓެލްކޯއިން މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އެކުންފުނީގެ ފަރާތުން ފޮނުވަންޖެހޭ ތަކެތި އެރަށްތަކަށް ގެންގޮސްދޭނޭ ފަރާތެއް ހޯދުމަށްޓަކައި ބިޑް ހުޅުވާ އެކަން އިޢުލާނު ކުރިއެވެ. ވަރަށް ގިނަ ކުންފުނި ތަކުން އެ ބިޑުގައި ބައިވެރިވިއެވެ. އެބިޑުގައި ބައިވެރި ހުރިހާ ކުންފުނިތަކުން ވެސް ބިޑު ހުށަހާޅާފައި ވަނީ ގާތްގަނޑަކަށް ސާޅީސް ހާހާއި ފަންސާސް ހާހާއި ދެމެދުގައެވެ. އެހެން ކަމުން އޭގެތެރޭގައި ހިމެނޭ އެންމެ ކުޑަ އަގު ހުށަހެޅިފަރާތަށް ބިޑް ކާމިޔާބު ވެއްޖެކަން އިޢުލާނު ކުރެވިއްޖެއެވެ. މިކަން އިޢުލާން ކުރެވުނީ […]
މައުމޫން ކުރީމާ ގޯސް! މުޢިއްޒު ކުރީމާ އޯކޭ!
81 މިލިއަން ރުފިޔާގެ އަގުހުރި މަސްދަޅު ކޭސްތަކެއް ސަރުކާރުން ހިލޭ ބަހައިފިއެވެ. މިއީ ރައްޔިތުންނަށް ނުގަނެވޭނެ ވަރުގެ އެއްޗެއްވެސް ނޫނެވެ. ސަރުކާރުން މިކަން ނުކުރިޔަސް މިއީ ކޮންމެ ރޯދަމަހަކު ރައްޔިތުން ގަންނާނެ ތަކެއްޗެވެ. މިއީ ސަރުކާރުން ހަމަ ގައިމުވެސް ކޮށްގެން ނުވާނޭކަމެކެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ފުންނާބު އުސް ބޭފުޅަކު މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން ވިދާޅުވީ މިފްކޯއަކީ ސަރުކާރުގެ ކުންފުންޏެއް ކަމަށާއި، އެ ކުންފުނީގެ ޕްރޮޑަކްޓުތައް ސަރުކާރުން ގަނެ އަދި ސަރުކާރުން އެތަކެތި ބަހަންވީ ސަބަބެއް ނެތް […]
މުއިއްޒުއަށް އާސަންދައިން ޓީވީ ޗެނަލެއް ހަދައިދިން ކަމުގެ ތުހުމަތު
އާސަންދައަކީ ރައްޔިތުންނަށް ހިލޭ ބޭސް ފަރުވާ ކޮށް ދިނުމަށްޓަކާ ދައުލަތުން އުފައްދާފައިވާ ދަރުމަ ސްކީމެކެވެ. މިސްކީމަކީ ދައުލަތުގެ ވެރިންނަށް ގެއާއި ގެސްޓް ހައުސް އާއި އަދި ޓީވީ ޗެނަލް ތަކާއި ރެސޯޓްތައް ތަރައްގީ ކުރަން ފައިސާ ޚަރަދު ކުރާ ސްކީމެއް ނޫނެވެ. މި ސްކީމްގެ ކަންކަން ބަލަހައްޓާ މުވައްސަސާއަކީ އެންސްޕާއެވެ. އެހެން ކަމުން މި މުވައްސަސާ އަށް އެއްވެސް ފަރާތެއްގެ ޒާތީ ނުފޫޒެއް ވަދެގެން ނުވާނެއެވެ. މާޒީގެ ތަޖުރިބާއަށް ބަލާއިރު މި މުވައްސަސާއަށް ވެރިޔަކު އައްޔަން ކުރަނީ […]
