ބޯހިޔާވަހިކަމުގެ ނަމުގައި ހިންގާ ފުލެޓްގެ ކޮރަޕްޝަން

ފަސްހާސް އަކަފޫޓުގެ ބިމެއްގައި 2500 މީހުން ދިރިއުޅެން ޖެހުމަކީ އިންސާފެއް ނޫން ހުޅުމާލޭގެ ފޭސްދޭއްގައި ސަރުކާރުން އަޅައިދީފައިވާ  16 ޓަވަރުގައި އެވްރެޖްކޮށް 40000 މީހުން ދިރިއުޅެން ޖެހިފައިވާއިރު ކޮންމެ އެޕާޓުމެންޓަކުން 6800 ރުފިޔާ ސޯޝަލް ހައުސިންގގެ އުޞޫލުން ދައުލަތަށް އެބަނަގައެވެ. ހިޔާމަޝްރޫޢުގެ ދަށުން ހުޅުމާލޭގައި 24 ފުލޯގެ ޓަވަރެއް އަޅާފައިވަނީ ފަސްހާހެއްހާ އަކަފޫޓުގައެވެ. މި 5000 އަކަފޫޓުގައި 2500 މީހުން ދިރިއުޅޭއިރު ދައުލަތުން އެެއްވެސް ކުއްޔަކާ ނުލާ ބައެއްމީހުނަށް 1200 އަކަފޫޓުގެ ބިން އެވަނީ މާލޭސަރައްދުގެ ބިމުންކަނޑައިދީފައެވެ. ހިޔާމަޝްރޫޢުގެ […]

ފަށްޓަވައި ދެއްވީ ތޭރަހާސް ފުލެޓުގެ މަޝްރޫޢެއް، ނިމުނީ ހަތަރުހާސް ފެލެޓް، ކަމުދިޔައީ ދެހާސްފުލެޓް

ފުލެލެޓް ލިސްޓް ޢިއުލާން ކުރީ ތިންފަހަރުއެވެ. އެއިން ކޮންމެ ފަހަރަކު އެތައް ހާސް ޝަކުވާ ހުށަހެޅެއެވެ. އަނެއްކާވެސް އެވަނީ ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ. މިފަހަރުގެ ލިސްަޓަށް މިހާތަނަށް އަށްހާސް ޝަކުވާ ހުށަހަޅައިފިއެވެ. ސުވާލަކީ ފްލެޓް ކޮމެޓީ އިން ރައްޔިތުން ޝަކުވާ ނުކުރެވޭ މިންވަރަށް ފުލެޓް ލިސްޓެއް އެކުލަވާލެވިގެން މިވެރިކަމުގައި ނެރެދޭނެތޯއެވެ. ނިމިދިޔަ ސަރުކާރުން ފަށްޓަވައި ދެއްވީ ތޭރަހާސް ފުލެޓްގެ މަޝްރޫޢެކެވެ. އެސަރުކާރު ނިމުނުއިރު ހަތަރުހާސް ފުލެޓް ވަނީ އަޅާނިމިފައެވެ. އެހެނަސް އެ ހަތަރުހާސް ފުލެޓްގެ ތެރެއިން […]

ދޮގު ލިޔުން  އުފައްދަން މަޖުބޫރު ކުރުވީ ސަރުކާރުން

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށް ސަރުކާރުން އެކަށައެޅި ސިޔާސަތު ފޮލޯކުރެވެން އޮތީ ވަގުލިއުން ތައްޔާރު ކޮށްގެނެވެ. މާލޭގައި ދިރިއުޅޭތާ 15  އަހަރުވެއްޖެ ކަން ދެނެގަތުމަށްޓަކާ މާލޭގެ ކުންފުންޏެއްގައި އެމުއްދަތަށް އުޅުނު ކަމުގެ ލިއުމެއް ހައުސިންގ މިނިސްޓްރީއަށް ނުވަތަ ފްލެޓް ޕޯޓަލް އަށް ހުށައަޅަންޖެހުމަކީ ރައްޔިތުމީހާލައްވާ ސަރުކާރުން ހިންގުވާ ޖަރީމާއެކެވެ.  މާލޭގައި ދިރިއުޅެމުން މީހަކާއި ކައިވެނިކޮށް ދަރިއަކު ލިބި އެދަރިފުޅު ސްކޫލް ނިންމައި އޭނާވެސް މީހަކާ އިނދެފައިވާއިރު ފްލެޓަށް ކުރިމަތިލީ އަންހެންމީހާ މާލޭގައި 15 އަހަރު އުޅުނުކަމުގެ ޝަރުތު […]