ކުންފުނިތައް ހިންގޭނީ ވިޔަފާރި ދަންނަ މީހުންނަށް

ރާއްޖޭގެ ކުންފުނިތައް ބަނގުރޫޓުވަނީ އެކުންފުނިތަކަށް ޢިލްމީ ގާބިލް އަދި ވިޔާފާރި ކުރަން އެނގޭ ބޭފުޅުން އައްޔަނު ނުކުރާތީއެވެ. ރާއްޖޭގައި ސަރުކާރު ހިއްސާވާ ތިރީހަށްވުރެ ގިނަ ކުންފުނި ހުރި އިރު ބަނގުރޫޓުނުވާ އެއްވެސް ކުންފުންޏެއް ނެތެވެ. ވާނީވެސް އެހެންތާއެވެ. ކުންފުނިތަކަށް ބޭފުޅުން ޢައްޔަކުރުމުގެ ބާރު އޮތީ ރައީސުލް ޖުމްހޫރިއްޔާގެ އަތްޕުގައި ވިއްޔާއެވެ. އެހެން ކަމުން އެއެއް މިއެއްނޭގޭ ސިޔާސީ ރަންޑީން ކުންފުނިތަކުގެ ވެރިނަށް އައްޔަނުކޮށް މުޅިދައުލަތުގައި އޮތިއްޔާ އޮތްހާފައިސާއެއް އޮބިއަޅާ ފެލާލައިފިއެވެ. ސަރުކާރު ހިއްސާވާކުންފުނިތައް ސަރުކާރުން ބޭނުންކުރަނީ ކެންޕެއިން […]

ރައީސުލް ޖުމްހޫރިއްޔާގެ މޫނުފުޅު ރީތި ކުރުމަށް 36 މުވައްޒަފުން

ރާއްޖޭ ގެ އިޤަޞާދު އޮތީ ޖަނާޒާ ބާއްވާ ހިސާބުގައި ކަމަށް ބުނެ ކުރީގެ ސަރުކާރަށް ރަތްމަހަށް ނުގޮވާ ވަރަށް އެއްޗެހި ގޮވަމުން ދާއިރު މިސަރުކާރުން ކުރާ އިސްރާފުތަކާއި މެދު ވިސްލާން ޖެހެއެވެ. ރައީސުލް ޖުމްހޫރިއްޔާގެ މޫނުފުޅު ރީތިކުރުމަށްޓަކާ 36 މުވައްޒަފުން ވަޒީފާދީ ރައީސްއޮފީގައި ވަކި ޑިޕާޓުމެންޓެއް ހަދާ އެޑިޕާޓްމެންޓްގައި ގެންގުޅުއްވަމުން ގެންދަވާކަމުގެ އަޑުތައް އެދަނީ ފެތުރެމުންނެވެ. މި ދެންނެވި 36 މުވައްޒަފުންނަށް މަހަކު ނުވަލައްކައަށް ވުރެ ގިނަ ރުފިޔާ މުސާރައިގެ ގޮތުގައި ދައުލަތުން އެދަނީ ހޭދަ ކުރަމުންނެވެ. […]

ސަރުކާރުގެ ކުންފުނިތައް

ވަކި ސަރުކާރެއް ކިޔާނެ ކަމެއް ނެތެވެ. ރައީސް މައުމޫންގެ ވެރިކަމުގައި ވިޔަފާރި ވުޒާރާ ހިންގެވުމާއި ހަވާލުވެ ހުންނެވި ޔާމީން އާއި، ރައީސް ނަޝީދުގެ ވެރިކަމުގައި ވިޔަފާރި ވުޒާރާ ހިންގެވި ރާޒީ އާއި، ޑރ.ވަހީދުގެ ވެރިކަމުގައި އެ ވުޒާރާ ހިންގެވުމަށް ހުންނެވި އަހްމަދު މުހަންމަދާއި، ޔާމީންގެ ވެރިކަމުގައި ހުންނެވި ސައީދާ އާއި ސޯލިހްގެ ވެރިކަމުގައި އެ ވުޒާރާ ހަވާލުވެ ހުންނެވި ފައްޔާޒް އާއި އަދި މުޢީޒްގެ ވެރިކަމުގައި އެ ވުޒާރާ ހަވާލުވެ ހުންނެވި ކުރިން ވެސް ޔާމީނު ކައިރިން […]

މިހާރުގެ އިގްތިޞާދީ ވަޒީރަކީ އެމަގާމަށް އެކަށީގެންވާ ބޭފުޅެއް ނޫން

މިހާރުގެ އިގްތުޞާދީ ވަޒީ މުޙައްމަދު ސަޢީދަކީ އިގްތިޞާދީ ދާއިރާއިން ތަޢުލީމު ލިބިވަޑައިގެންފައިވާތީ އެ މަގާމަށް އައްޔަނު ކުރެވުނު ބޭފުޅެއް ނޫނެވެ. ސަޢިދަށް އެ މަގާމަށް އައްޔަނު ކުރެވިފައިވަނީ ރައީސްޔާމީނުގެ ވެރިކަމުގައި އެމަގާމު ފުރުއްވީތީއެވެ. މިސަރުކާރުން ވަޒީރުކަމަށް ބޭފުޅުން އައްޔަނު ކުރައްވަނީ ތަޢުލީމާއި ތަޖުރިބާއަށް ބައްލަވާފައެއް ނޫނެވެ. ދެފަށްދަންމާނުލައިގެން ވާހަކަ ދައްކަވަން އެނގުމަކީ އިގްތިޞާދީ ހުނަރެއްނޫނެވެ. އަދި އެއީ އިގްތިޞާދީ ތަޖްރިބާއެއް ލިބިފައިވާ ކަމުގެ ހެއްކެއްވެސް ނޫނެވެ. ބުނެވޭ ގޮތުގައި ރައީސްޔާމީނުގެ ވެރިކަމުގައި ސަޢީދު އެމަގާމަށް އައްޔަންކުރެވުނީ ރައީސް […]

ދިވެހިރާއްޖެއަށް ބޭރުގެ ލޯނެއް ނުލިބުމުން އުފާ ވާންވީ ސަބަބު

ދިވެހި ސަރުކާރަށް ބޭރުގެ ގައުމަކުން ލޯނެއް ނުލިބުނީތީ ޝުކުރުވެރިވާ ކަމަށް އިއްޔެ މީހަކު ބުންޏެވެ. އޭނާ ބުނީ ރައްޖެއަށް ލޯނުގެ ގޮތުގައި އިސްލާމް ދީން ގަބޫލުނުކުރާ ކާފަރުންގެ ސަރުކާރުތަކުން ގިނަ އަދަދަކަށް ފައިސާ ދީފައިވާ ކަމަށާއި އޭގައި ހިމެނެނީ ރިބާއެވެ. އެގޮތުން މިހާރު ވެސް 1 ބިލިއަން ޑޮލަރު ދައްކަން ޖެހިފައިވާތީ މުއިއްޒު ބޯ ގޮވައިގެން އުޅުއްވާ ކަމަށެވެ. ރައްޔިތުންގެ ތެރޭގައި މިއަދު ގިނައީ އެންމެ ކުޑައިރުއްސުރެ ޣައިރު ދީނުގެ ގޯސް މަންހަޖަކުން ތަރުބިއްޔަތުވެފައި ތިބި މީހުންނެވެ. […]