ކުންފުނިތައް ހިންގޭނީ ވިޔަފާރި ދަންނަ މީހުންނަށް
ރާއްޖޭގެ ކުންފުނިތައް ބަނގުރޫޓުވަނީ އެކުންފުނިތަކަށް ޢިލްމީ ގާބިލް އަދި ވިޔާފާރި ކުރަން އެނގޭ ބޭފުޅުން އައްޔަނު ނުކުރާތީއެވެ. ރާއްޖޭގައި ސަރުކާރު ހިއްސާވާ ތިރީހަށްވުރެ ގިނަ ކުންފުނި ހުރި އިރު ބަނގުރޫޓުނުވާ އެއްވެސް ކުންފުންޏެއް ނެތެވެ. ވާނީވެސް އެހެންތާއެވެ. ކުންފުނިތަކަށް ބޭފުޅުން ޢައްޔަކުރުމުގެ ބާރު އޮތީ ރައީސުލް ޖުމްހޫރިއްޔާގެ އަތްޕުގައި ވިއްޔާއެވެ. އެހެން ކަމުން އެއެއް މިއެއްނޭގޭ ސިޔާސީ ރަންޑީން ކުންފުނިތަކުގެ ވެރިނަށް އައްޔަނުކޮށް މުޅިދައުލަތުގައި އޮތިއްޔާ އޮތްހާފައިސާއެއް އޮބިއަޅާ ފެލާލައިފިއެވެ. ސަރުކާރު ހިއްސާވާކުންފުނިތައް ސަރުކާރުން ބޭނުންކުރަނީ ކެންޕެއިން ކުރުމަށާއި ސިޔާސީ ވެރީންނަށް ނުޙައްގު މުއްސަނދި ކަން ހޯދައި ދިނުމަށް ވިއްޔާއެވެ.
ރާއްޖޭގެ ކުންފުނިތަކަކީ ފުދޭވަރެއްގެ ފައިދާލިބޭ ތަންތަނެވެ. އެހެނަސް އެތަންތާގެ ޗެއާރޕާސަނުންނާއި އެމްޑީ އިން އައްޔަނަކުރައްވަނީ އެގެޒެކްޓިވް ޕަވަރގެ ތެރެއިން ރައީސުލް ޖުމްހޫރުއްޔާކަމަށް ވުމުން އެމަނިކުފާނަށް ރައްޔިތުންގެ ތާއީދު ހޯދައި ދިނުމަށްޓަކާ ކުންފުނިތަކުގެ ވެރިންނަށް ރައީސް އަންގަވާ ކޮންމެ ކަމެއް އެވެރިން ކުރަން ޖެހެއެވެ. އެއީ ކުންފުންޏަށް ކިތަންމެ ބޮޑު ގެއްލުންވާކަމެއް ކަމުގައި ވިޔަސްމެއެވެ. އެގޮތުން ސިޔާސީ ވެރިންގެ ބާރުދެމެހެއްޓުމަށާއި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީމާ ވޯޓުދޭނޭ ބަޔަކު އެކުންފުނިތަކުގެ ވަފީތަކަށް ލާން ޖެހެއެވެ. އެގޮތުން ކުންފުނިތަކަށް އޮބިނުއޮންނަ މިންވަރަށް އެވަނީ މުވައްޒަފުން ވައްދާފައެވެ.
މިގޮތަށް ކުންފުނިތައް ހިންގައިގެން ވާނެފައިދާއެއް އޮންނާނީ ކިހިނެއްތޯއެވެ؟
ވެރިކަން ކުރާ ކޯލިޝަނުން އިންތިޚާބެއްގައި ބައިވެރިވާން ނިންމައިފިނަމަ އެއިންތިޚާބުގެ ކެންޕޭނަށް ޚަރަދުކުރާނެ ފައިސާ ނަގަނީ ކުންފުނިތަކަށް ލިބޭ ފައިސާގެ ތެރެއިންނެވެ. އުޑެއް ބުޑެއް ނުދަންނަ ސިޔާސީ ގޮތުން އަޑުގަދަ އަމިއްލަ އެދުން ބޮޑު މީހުން ކުންފުނިތަކަށް އައްޔަން ކުރަންޏާ ވާނީ ބަނގުރޫޓު ނޫންތޯއެވެ. އަދި ކުންފުނިތަކުން ވަޒީފާދެނީ ވެސް ސިޔާސީ މީހުންގެ ޢާއިލާތަކުގެ މެންބަރުންނަށެވެ. ތަޢުލީމީ ގާބިލް ވިޔާފާރީގެ ތަޖުރިބާހުރި އިޚުލާސް ތެރި ތެދުވެރި ބޭފުޅުން ކުންފުނިތަކުގެ ވެރިންގެ ގޮތުގައި އައްޔަނު ކުރުމުގެ ވިސްނުންފުޅެއް މިސަރުކާރަކު ނެތެވެ. އެހެން ކަމުން ކުންފުނިތަކަށް ލިބެންޖެހޭ ޙަގީގީފައިދާއެއް ނުފެނެއެވެ.
އަނެއްކޮޅުން ކުންފުނި ތަކަށް ސިޔާސީ ރަންޑީން އައްޔަނު ކުރުމުގެ ސަބަބުން ހިނގާ ވައްކަމާއި ޚިޔާނާތާއި ކޮރަޕްޝަންގެ އަމަލްތައް އިންތިހާއަށް އިތުރުވެފައިވެއެވެ. އަދި ކުންފުންޏެއްގެ ވެރިޔަކު ވައްކަން ކުރައްވައްވައިފިނަމަ އެ ވައްކަން ކުރި ފައިސާ ތިންބަޔަށް އަޅާކަމަށް ވެއެވެ. އެއީ ޕާޓީއަށް ބަޔަކާއި ރައީސް މީހާއަށް ބަޔަކާއި ވައްކަން ކުރިމީހާއަށް އަނެއް ބައެވެ. މިއީ އަދުގެ ޙާލަތެވެ. ބައިއަޅާ ވަގުންގެ މައްސަލަތައް ނުބެލޭނެއެވެ. އެޢީ މިނިވަން މުވައްސަސާތަކުގެ ކޮންޓްރޯލް ރައީސް މީހާގެ އަތްޕުޅުގައި އޮތަތީއެވެ. މިހާރު މަސައްކަތް ފަށާފައި އެވަނީ ނޫސްވެރިންގެ ކޮންޓްރޯލް ރައީސްގެ އަތްޕުޅަށް ނެންގެވުމުގެ މަކަރުވެރި ހީލަތްތެރި މަސައްކަތެވެ.
ރާއްޖޭގެ ކުންފުނިތައް ހިންގުމުގެ ނިޒާމަށް ބޮޑުބަދަލު ތަކެއް ގެންނަންޖެހިފައިވާ މިދަނޑުވަޅުގައި ރާއްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ސަރުކާރުހިންގާ މައިޕާޓީއަށް ލިބި މަޖިލީހުގެ ގިނަ މެންބަރުން ވެސް އެޕާޓީއަށް ވިކިފައި ވުމަކީ ރައްޔިތުންގެ ތަނަވަސްކަން ގެއްލެން ދިމާވި އެއްސަބަބު ކަމުގައި ބުނެވިދާނެއެވެ. ސަރުކާރު ހިއްސާވާ ތިރީހަށް ވުރެ ގިނަ ކުންފުނި ހުރިއިރު އެކުންފުނިތަކަށް ލިބޭ ފައިސާ އިން ގިނަ ޢަދަދެއްގެ ސިޔާސީވެރިން އެވަނީ ނުޙައްގު މުއްސަނދިކަން ހޯދާފައެވެ. އެހެން އެވީ މަޖިލީހުގެ މެންބަރުން އެބޭފުޅުންގެ ގާނޫނީ ޒިންމާއި އަދާނުކުރައްވާ ރައީސްމީހާގެ ފައިބުޑަށް ވެއްޓި ނިކަމެތި ވެފައިވާތީއެވެ. އެހެން ކަމާއެކު ކުންފުނިތަކުގެ ބެލެނިވެރިފަރާތަކީ މިނިވަން މުސްތަގިއްލުރެގިއުލޭ ޓަރީ ބޮޑިއަކަށް ހަދަން އެބަޖެހެއެވެ. ގާނޫނަހަދައި ކުންފުނިތަކަށް އަތްބޭނުން ހުއްޓުވުމަކީ މަޖިލީހުގެ ޒިންމާއެކެވެ.
ކުންފުނިތަކަށް ވެރިން އައްޔަން ކުރުމުގެ ބާރު އޮންނަންވީ ކުންފުނިތަކުގެ ބަލަދުވެރި ފަރާތް ކަމުގައިވާ މިދެނެވުނު މިނިވަން މުސްތަގިއްލު ރެގިއުލޭޓަރީ ބޮޑީއަށެވެ. ކުންފުނިތައް ހިންގަންވާނީ ރައްޔިތުންނަށް ފައިދާ ވާގޮތަށެވެ. ސިޔާސީ ބީތާއިން ވެރިންނަށް ލައިގެނެއް ނޫނެވެ. ވިޔާފާރި ދަންނަ ޢިލްމީ ގާބިލް ތަޖުރިބާކާރު އިޚުލާޞްތެރި ބޭފުޅުން ކުންފުނިތަކަށް ނަގައިގެންނެވެ.
ރައިސްމީހާ އަށާއި ޕާޓީއަށް ބައިއަޅައި ރައްޔިތުންގެ ފައިސާ ފޭރިގަނެވޭ އުޞޫލު ނައްތާލަން ޖެހެއެވެ. ރައްޔިތުން މިވެރިމީހާ ހޮވައި އަދި މަޖިލީހުގެ މެޖީރިޓީވެސް ދިނުމުން އެންމެ ފަހުން ރައްޔިތުންގެ ބަނޑަށްވެސް ޖައްސާލީއެވެ. މިގޮތެއް ރައްޔިތުންނަކަށް ރަނގަޅެއް ނޫނެވެ. އެހެން ކަމުން ރައްޔިތުންނަށް މިކަހަލަ މަކަރުވެރި އިތުރުފުޅު ހައްދަވާ ވެރިޔަކު ބޭނުމެއް ނޫނެވެ. އިސްތިއުފާދެއްވިޔާ ވަރަށް ރަނގަޅެވެ
