އިންސާފު ފެލައިލައިފި

އިންސާފު ފެލައިލައިފި


މިސަރުކާރުގެ އިސްމަގާމުތަކުގައާއި މަޖިލިސްގެ މެންބަރުންގެ ތެރޭގައި ކޮރަޕްޝަނާއި ފަސާދައިން ތަޣައްޔަރުވެފައިވާ އެތަކެއް ބޭފުޅުން ތިބިކަމީ އެއްވެސް ރައްޔިތަކު ދެބަސްވާނެ ކަމެއް ނޫނެވެ. އެހެނަސް އިމިގްރޭޝަން ކުރީގެ ވެރިޔާ ޝަންމާން ވަޙީދު ގެ މައްޗަށް ސާބިތު ނުހިފޭ ކޮރަޕްޝަނުގެ މައްސަލައެއްގައި އެމަނިކުފާނު މިހާރުވެސް އެހުންނެވީ ޖަލުގައެވެ. މިސަރުކާރުގެ ވެރިންގެ ތެރޭގައި މޯލްޑިވްސް ގޭސްގެ އެމްޑީ ޢަބުދު ﷲ މުޙައްމަދަކީ ކޮރަޕްޝަންގެ ތުހުމަތުކުރެވި އޭސީސީ އިން ބަޔާން ނެރެފައިވާ ފަރާތެކެވެ. އެހެނަސް އެބޭފުޅާ އަދިވެސް ހުންނެވީ މަގާމުގައެވެ.


ހަމައެހެންމެ ހީނާވަލީދު އާއި ބާރަށު ދާއިރާގެ މަޖިލީހުގެ މެންބަރު އިބުރާހިމް ސުޖާއާއި ކުރީގެ މޭޔަރު ޑޮކްޓަރު މުޙައްމަދު މުޢިޒުގެ މައްޗަށްވެސް ވަނީ ކޮރަޕްޝަނާއި ފަސާދައިގެ ގިނަމައްސަލަތަކެއް ފެންމަތިވެފައެވެ. އެހެނަސް އަދި މިހާތަނަށް މިއިންބޭފުޅަކު ޖަލަށް ނުލާތާއިގައި ދައުލަތުގެ ކަމާއިބެހޭ އެއްވެސް އިދާރާއަކުން އަދި މިހާތަނަށް ސުވާލެއްވެސް ނުކުރޭއެވެ. އެޗްޑީސީގެ ކުރީގެ އެމްޑީ ފަޟުލް ރަޝީދުގެ މައްޗަށް ވެސް ކޮރަޕްޝަނާއި ފަސާދައިގެ އެތައްމައްސަލައެއް ފެންމަތިވެފައެވެ. އެހެނަސް އެބޭފުޅުން އެތިއްބެވީ ފިނިކޮޓަރީގައި ވިޔާފާރި ކޮށްކޮށެވެ. އެކަމަކު ޝަންމާން ވަޙީދު އިންނެވީ ޝަރީޢަތް ނިމެންދެން ޖަލު ބަންދުގައެވެ. މިއަށްވެސް ކިޔަންވީ އިންޞާފުތޯއެވެ.


ބޮޑުޢަދަދުތަކުން ޚިޔާނާތްތެރިވުމަކީ ސަރުކާރުގެ ރުހުންލިބި މަތީ މަގާމް ލިބުމަށް ހުޅުވިގެންވާ ދޮރެއްތާއެވެ. މިއިން ކޮންމެ މައްސަލައެއްވެސް އެސީސީއިން ބަލަމުން ދާކަމަށް ބުނެތެވެ. އެކަމަކު އެއިން އެއްވެސް ބޭފުޅަކާ އަދި ސުވާލުނުކުރައްވާކަމަށް އެސީސީއިން ބުނެއެވެ.

ބާރަށު ދާއިރާގެ މެންބަރުގެ މައްސަލައެއް މޯލްޑިވްސް ޕޮލިސްސާވިސްއަށް ވެސް ހުހެޅިފައިވެއެވެ. އެހެނަސް އަދި މިހާތަނަށް ސުވާލެއް ކުރެއްވިކަމެއް ނޭނގެއެވެ. އެހެންކަމާއެކު މިސަރުކާރުން އަދުލުއިންޞާފުގެ ދާއިރާއަށް އަތްނުބާނުއްވާކަން ރައްޔިތުންނަށް ވަރަށް ސާފުތާއެވެ. ހަމަ ރަނގަޅަށް ވެސް މި ސަރުކާރުން އިންސާފު ފެލައިލައިފިއެވެ.

ރައްޔިތުން އެބައިމީހުންގެ މުދަލާއި ފައިސާ ބެލެހެޓުން ގާނޫނުން މަތިކޮށްފައިވާ ފަރާތަކީ ރައީސުލް ޖުމްހޫރިއްޔާއެވެ. އެމަނިކުފާނުވަނީ ރައްޔިތުންގެ ފައިސާ އަމާނާތް ތެރިކަމާއި އެކުގައި ބަލަހަށްޓަވައި ދެއްވާނޭ ކަމަށް ރައްޔިތުންގެ ކުރިމަތީގައި ހުވާކުރައްވާފައެވެ. އެހެނަސް ރައްޔިތުންގެ ފައިސާއަށް ޚިޔާތެރިވާ ސަރުކާރުގެ މަގާމުތަކަށް ރައީސުލް ޖުމްހޫރިއްޔާ ޢައްޔަން ކުރައްވާފައިވާ ވެރިންރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރި ވެއްޖެކަން ފަޅާއެރުމުން އެބޭފުޅަކަށް ކުރިއަށްވުރެ މަތީމަގާމާއި ޢިއްޒަތުގެ ޝަރަފުލިބެއެވެ.
މިގޮތަށް ރައީސުލްޖުމްހޫރިއްޔާ ޢަމަލު އެކުރައްވަނީ އެމަނިކުފާނަށް އެބޭފުޅުންގެފަރާތުން ކޮންފަދަ ނާޖާއިޒު ފައިދާއެއް ލިބިވަޑައިގަންނަވާތީ ބާވައެވެ. މިކަމާ އަންތަރީސް ނުވާ ރައްޔިތަކު ހުރިހެން ހީއެއް ނުވެއެވެ. އެހެންކަމުން ވެރިކަމާއިމެދު ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ ކަމުގައި ދަންނަވަން ޖެހެއެވެ.