ނޫސްވެރިކަމުގެ ބިލު އަވަހަށް ފާސްކުރާށެވެ! އެއްޗެހިވެސް ބާލާށެވެ!

ނޫސްވެރިކަމުގެ ބިލު އަވަހަށް ފާސްކުރާށެވެ! އެއްޗެހިވެސް ބާލާށެވެ!

މިސަރުކާރުގެ ވެރިން ދައުލަތުން ވައްކަން ކޮށްފިނަމަ އެވާހަކަ ނޫސްވެރިން ލިޔާނެއެވެ. ރައީސް މީހާ އިތުރުފުޅު ހައްދަވާނަމަ އެވާހަކަވެސް ނޫސްވެރިން ލިޔާނެތާއެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން އަޅާފައިވާ ފުލެޓްތައް ލިބުނުމީހުންގެ އަތުން ޑައުންޕޭމަންޓް ފައިސާ އަތުލާ އެފަރާތްތަކާއި ފުލެޓްހަވާލުނުކޮށް ގިނަދުވަސް ވާނަމަ އެވާހަކަވެސް ނޫސްތަކުގައި ލިޔާނެއެވެ. ކުކުޅުބިހެއް ތިންރުފިޔާއަށް އާފަލެއް 15 ރުފިޔާއަށް އޮރެންޖެއް 13 ރުފިޔާއަށް އަދި ފިޔާކިލޯއެއްގެ އަގު ފަންސާހުން މަތިވީމާ އެވަހަކަ ނޫސްތަކުގައި ނުލިޔާނެކަމަށް ބިލެއްފާސް ކުރިއަސް ސަރުކާރަށް ވާނެ އެއްވެސް ފައިދާ ނުއޮންނާނެއެވެ.

ރައްޔިތުން ކައްކާ ވަރަކަށް ސަރުކާރު ވެއްޓުން އަވަސް ވާނެއެވެ. ދައުލަތުގެ ތިންބާރާއި ކުޅެލައިފިއެވެ. ނޫސްވެރިކަމުގެ ބާރަކީ ދުނިޔޭގެ 4 ވަނަ ބާރެވެ. މިއީ އެންމެ ނުފޫޒުގަދަ ބާރެވެ.

އެހެންކަމާއެކު ރާއްޖޭގެ މީޑިއާ އުލުބޭންދުމަށް ތިޔަކުރައްވާމަސައްކަރަކީ ސަރުކާރު ވައްޓާލުމަށް ހިތުނިޔަތް ގެންފައިވާބަޔަކު އަޑީގައި ތިބެގެން ރައީސް މީހާގެ ބޮލަށް ސަވާރުވެ ފަށްޓާފައިވާ މަކަރުވެރި ޙީލަތްތެރި ރޭވުމެއްގެ ދަށުން ފަށްޓާފައިވާ މަސައްކަތެކެވެ. އަވަހަށް ފާސްކުރާށެވެ. މިސަރުކާރުގެ ވެރިންނާއި މިސަރުކާރުން ބައްލަވައިގެންފައި ތިބި މެންބަރުންވެސް މިކަމުގައި ޝާމިލް ވެއެވެ. ކިތަށްމެ ވަރަކަށް މަސައްކަތް ކުރިއަސް ނޫސްވެރިކަމުގެ ބާރު ގަނެ އުލަށް ހަރައެއް ނުލެވޭނެއެވެ. ރާއްޖެއަކީ ނޫސްވެރިކަމުގެ ތަޖުރިބާހުރި ފިސާރި ނޫސްވެރިން ތިބި ގައުމެކެވެ. 

ނޫސްވެރިކަމުގެ ބާރަކީ ރައްޔިތުންނާއި ގުޅި ލާމެހިފައިވާ ބާރެއްކަން ސަރުކާރަށް އަދި ނޭނގެނީއެވެ. ރައްޔިތުން ކައްކުވައި މިސަރުކާރު ސައިޒުކޮށް ހަމަބިމަށް ތިރިކޮށްލުމަށް ނޫސްވެރިންނަށް ފަސޭހަ ވާނީ ތިޔަބިލް އަވަހަށް ފާސްކުރިއްޔާއެވެ. ނޫސްވެރިން ފާޅުކުރާނީ ހަގީގީ މަޢުލޫމާތެވެ. ސަރުކާރުގެ ޚިޔާނާތާއި ރިޝްވަތާއި ފަސާދަ ފޮރުވުމަށްޓަކާ ނޫސްވެރިކަން އުލަކު ނުބޭންދޭނެއެވެ. އަދި ސަރުކާރުގެ މަކަރުވެރިކަމުން ރައްޔިތުންނަށް އޮޅުވާލައި ހިންގާ ޖަރީމަތަކުގެ ވާހަކަ ނޫސްވެރިން ލިޔާތީ ކަންބޮޑުވާނަމަ އެކަންކަން ހުއްޓަވާ ލައްވާށެވެ. އަދި ތިކުރައްވާ މަސައްކަތަކުން އަބުރު ސަލާމަތް ވާނޭ ކަމަށް އުންމީދު ވެސް ނުކުރައްވާށެވެ. ކުކުޅެއްގެ ބަނޑުދަށުގައިވެ ބިހެއް ނުތެޅޭނެއެވެ.

ކުރީގައި ރައީސްކަން ކުރެއްވި ބޭފުޅުންނާއި މަޖިލިސްގެ މެންބަރުކަން ކުރެއްވި މެންބަރުންނަށް ދައުލަތުން ދެމުން އައި ޢިނާޔަތްތަކާއި އަދި ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރެއްވި އެންމެހައި ބޭފުޅުންނަށް ދައުލަތުން ދެމުންގެންދިޔަ ޕެންޝަން ހުރިހާބޭފުޅުންނަށް ހަމަހަމަކޮށް ވަކިބޭފުޅަކު ތަފާތުނުކުރައްވާ އެ ޕެންޝަން ދެއްވުމަށް ގާނޫނަށް ގެންނަވަން ތިޔައުޅުއްވާބަދަލާއިމެދު  ރައްޔިތުން މަނިކުފާނަށް ޝުކުރު ދަންނަވަން ޖެހެއެވެ. އަދި ރިޓަޔަރ ކުރައްވާފައިވާ ބޭފުޅަކަށް ސަރުކާރުގެ މަގާމެއް ލިބިއްޖެނަމަ އެވަޒީފާގައި ދެމިހުރިހާހިނދަކު އެބޭފުޅަކަށް ކުރިން ލިބެމުން ދިޔަ ޕެންޝަން މެދުކަނޑާލައްވަން ރައީސް ނިންމެވި ނިންމުމަށްވެސް މަރުޙަބާ ދަންނަވަން ޖެހެއެވެ.

ރަނގަޅު ކަން ކަން ކުރައްވާނަމަ ރައްޔިތުންގެ ލޯތްބާއި އިޙުތިރާމް ލިބި ވަޑައިގަންނަވާނެއެވެ. އެހެނަސް ނޫސްވެރިންނާއި ކުޅެ ޚުދުމުޚުތާރު ބާރުގެ ބޭނުންފުޅު ކުރައްވަން ތިޔަ ކުރައްވާ މަސައްކަތް ޕުޅުތަކަކީ ރައްޔިތުން ބަލައިގަންނާނޭ ކަންކަމެއް ނޫނެވެ. ސަރުކާރުން ކުރާ ރަނގަޅު ކަންކަމުގެ ވާހަކަވެސް އުނިއިތުރު ނުލާ ރައްޔިތުންނާއި ހަމައަށް ނޫސްވެރިން ފޯރުކޮށްދޭނެއެވެ. ގައުމުގެ ނޫސްވެރިން ނޫސްވެރިކަން ކުރާނީ ނޫސްވެރިކަމުގެ ޙުދޫދުގެ ތެރޭގައެވެ. އެހެން ކަމާއެކު ފަސްބަޔާއި އަބުރު ރައްކާތެރިކުރުމަކީ އެބޭފުޅެއްގެ އަމިއްލަފުޅު ކަމެކެވެ. ދައުލަތުގެ އިސްމަގާމުތަކުގައި ތިއްބަވާ ރައްޔިތުންގެ ފައިސާއަށް ޚިޔާތެރިވެއްޖެ ނަމަ އެވާހަކަ ނޫސްވެރިން ލިޔާނެއެވެ. އެކަމުގެ ސަބަބުން އަބުރު ގެއްލޭނަމަ އެފަދަ ކަންކަން ނުކުރައްވާށެވެ.