ހަޑި މުޑުދާރު ކަންކަމުގެ ނުތާހިރު ވާހަކަ ވެސް ދައްކަންވީ
ލިޔާންވީއެވެ. ވެރިކަމަށް ފާޑުވެސް ކިޔާންވީއެވެ. ހަޑި މުޑުދާރު ކަންކަމުގެ ނުތާހިރު ވާހަކަ ވެސް ދައްކާންވީއެވެ. ރައްޔިތަކަށް ލިއްބައިދޭ ހުރިހާ ހައްގުތަކެއް ކޮންމެ ރައްޔިތަކަށް ވެސް ހަމަަަހަމަ ކަމާއި އެކު އެ ހައްގެއްގެ ބޭނުން ނުހިފާނަމަ އެ ހައްގަކުން އެ ރައްޔިތަކު އެ މަހްރޫމް ވަނީ އަމިއްަލައަށެވެ. އަނިޔާ އެ ދެވެނީ އަމިއްލަ ނަފްސަށެވެ.
އަހަރެންނަށް ލިބިފައިވާ ކަށިނެތް މަސްކޮޅުގެ ބޭނުން ހިފަމެވެ. ދުލެގެ މިނިވަންކަމުގެ ބޭނުމެވެ. ދުލުގައި ނިކަން ބާރަށް ދެއަތުން ހިފާއިގެން ހުރެ ދޫ ލައްވާ ޑޮންޑޮން ފުޅި ކިޔުއްވަބަލާށެވެ. ކިޔޭ ގޮތާައި އިވޭ ގޮތް ތަފާތުވެދާނެއެވެ. ނަމަވެސް ދުލުގެ މިނިވަންކަމުގައި ކަސްތޮޅު އަޅުވާ އޮބި އެޅިއަސް އެ ދޫ އޭގެ ޒާތުގައި އެބަ ބަސްބުނެދެއެވެ. ޑޮންޑޮން ފުޅިއެކޭ ދުލުގެވެރިޔާ ބުނާ ހިނދު އިވޭމީހާ އަށް ފަހުމްވާ ގޮތާއި އިވުނު ގޮތް ތަފާތު ވިޔަސް ހަގީގަތުގައި އެ ބުނަނީ ހަމަ ޑޮންޑޮން ފުޅިއެއް ކަން އެނގި ހުރެ އެ ފުޅީގެ ބަދަލު ނުބައި މާނަ އެއް ކަމަށް ޝަރުއު ކޮށް އިވޭ މީހާ ކަންކުރުމަކީ ނުރަނގަޅު ގޮތަކަށް ވެދާނެއެވެ.
ދުލުގައި އޮބިއަޅައިގެން ޑޮންޑޮން ފުޅިއޭ ގޮވާ ނަގަނީ މަޖަލަކަށެވެ. ޒާތީ ކަމެއް ނުވަތަ ހަސަދަވެރިވެގެން ނޫނެވެ. ހަމަ ހަގީގަތުގައިވެސް ކިތަންމެ ފިއްތައި އެބުނާ އުލުބޭންދިޔަސް ވައްކަމާއި ފޭރުމާއި ނަހީކުރެއްވި ކަންކަން ކުރާ ނަމަ އެ ކަމުގެ ވާހަކަ ލިޔެ ކިޔާ ބުނެ ހަދާނެ ކަމަކީ ޝައްކެތް ނެތްް ވަރަށް ޔަގީން ވާކަމެއް ކަން ކަށަވަރެވެ.
އިވޭމީހާ އާއި ކިޔާމިޙާ ކިޔުއުގައި މައުނަ ކުރާ ގޮތަކީ ފަހަރުގައި ލިޔެފައިވާ އެއްޗެއް ސިފަ ކޮށްދިނުމަށް ބަދަލު އައުން އެކަށޭނެ ކަމެކެވެ.
އަހަރެންް މިސާލެއް ލިޔެލާނަމެވެ .”ފަރަންސޭސީން ގެ އިސްތިއުމާރުގެ ދަށު އޮންން ބަބުރުކަރައިގެ ގައުމެއްގެ ވެރިއަކީ ބޮޑު ވަގެކެވެ. އޭނާގެ ވައްކަންތައް ރޭވި އެތުރިފައިވަނީ އޭނާގެ އަހުވާނުން ހިތުއެޅިގޮތަކަށް ގައުމު ލޫޓުވާއިލުން ކަމަަށް ފަރަންސޭސީ ލިޔުންތެރިއަކު ލިޔެފައިވެއެވެ. އެ ލިޔުން ކިޔުމުން އަހަރެންނަށް ސިފަވެ ދަނީ އަދުގެ ސަރުކާރު ހިންގަމުން ދަނީ ބަބުރު ކަރައިގެ އެ އެބުނާ ގައުމުގެ
ވެރިކަން ހިނގާ ގޮތަށެވެ. ސީދާ އެ ބަބުރުކަރައިގެ ގައުމުގެ ނަކެލެއް ގޮތަށެވެ. މީގައި އެއްވެސް މީހެއްގެ އަބުރު އުނބަށްޖެހިފައިވޭހެއްޔެވެ؟
