“ވެރިކަމުން ނަގާ ހޫރާ އެއްލާލަންވީއެވެ. ރައްޔިތުން ވެރިންނަށް ދޭ އިންޒާރެވެ”

ރައްޔިތުން ވެރިންނަށް ދޭ އިންޒާރެވެ.  ވެރިކަމުން ނަގާ ހޫރާ އެއްލާލާންވީއެވެ. މީ ހަމަ އިންޒާރެއް ހެއްޔެވެ. ނުވަތަ  ފުން މައުނަވީ ސިއްރުތަކެެއް ދޭހަކުރުވާ އިންޒާރެއް ހެއްޔެވެ. ހެޔޮކޮށް ވެރިކަން ކުރާނަމަ ރައްޔިތުންގެ ރުހުމާއި ލޯތްބާއި އެކު ގަދަރާއި އިއްޒަތް ދޭނެއެވެ. ހުރިހާ ވިޔަންނަކުން ގަތާލެވޭ ރަންއަކުރު ތަކުން އިއްޒަތުގެ ތާޖު އަޅުވާ އެ ވެރިއަކަށް ހުޝާމަތު ކުރުން އެއީ ދިވެހިން ކޮށް އަދި ކުރައި އުޅޭ ކަމެކެވެ . ކޮންމެއަކަސް ގައުމުގެ ވެރިކަމާއި ރައްޔިތުން ހަވާލުކުރާ މީހާ އެއީ […]

ރައްޔިތު މީހާގެ ރަސްމީ ވާޖިބަކީ ކޮބާ

ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި އަދި އެބާރުތައް ދެމިއޮންނާނީ ވެސް ރައްޔިތުންގެ ކިބައިގާ ކަމަށް ދިވެހިޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައި ކަޅާއި ހުދުން ވަރަށް ޞަރީޙަ ޢިބާރާތުން ބަޔާން ކޮށްފައިވެއެވެ. އަދި އެހެންމެ ރައްޔިތަކު ނުވަތަ ރައްޔިތުން ތަކެއް މަގުމައްޗަށް ނުކުމެ ސަރުކާރު ހިންގާ ގޮތާއި މެދު ހިތް ހަމަ ނުޖެހި ހިތުގައި އުފެދޭ ޝުޢޫރުތަކާއި ނުތަނަވަސް ކަން ފައުޅުކުރުމަކީ ކޮންމެ ރައްޔިތަކަށް މެ ގާނޫނުއަސާސީ އިން ކަށަވަރު ކޮށްދީފައިވާ ޙައްގެކެވެ. […]

ދަރީންގެ ހިތްތަކުގައި ބަޔަކާއި މެދު ނަފުރަތު އުފެދިދާނެތީ ސެންސަރުކޮށްފައި!

އާދޭހެވެ! ކޮންމެވެސް ކަންތައްތަކެއް ފޮރުވުމަށްޓަކާ މަތި އަޅަން އުޅޭކަމުގެ އިޙުސާސެއް ހިތަށް ވެރިވަމުން ދަނީއެވެ. ހަދާނަށް އަންނަނީ މާލޭ ކަސްޓޯޑިއަލް ޖަލެއްކަމުގައިވާ މާލޭ އަތޮޅުވެހީގައި ހައްޔަރުކޮށްގެން ގެންގުޅުނު މަރުޙޫމް ޙުޞައިން ސަލާހުގެ އަނިޔާވެރި މަރާއި މާފުށީ ޖަލުގައި ތިބި ގައިދީންގެ ގަޔަށް ބަޑިޖަހައި އެތަކެއް ގައިދީން މަރާލި ހިތާމަވެރި މާޒީގެ ހިތި ހަނދާން ތަކެވެ. އެއީ މިގައުމުގެ މާޒީއެވެ. އެހެންކަމާއެކު މިގައުމަށް އެމާޒީ ދެން ޢިއާދަނުވާނޭކަމަށް ހީކޮށް ރައްޔިތުން ކުރި އުންމީދާއި ހީކުރި ހީކުރުންތަށް ވެގެން އެދިޔައީ […]

ހަޑި މުޑުދާރު ކަންކަމުގެ ނުތާހިރު ވާހަކަ ވެސް ދައްކަންވީ

ލިޔާންވީއެވެ. ވެރިކަމަށް ފާޑުވެސް ކިޔާންވީއެވެ. ހަޑި މުޑުދާރު ކަންކަމުގެ ނުތާހިރު ވާހަކަ ވެސް ދައްކާންވީއެވެ. ރައްޔިތަކަށް ލިއްބައިދޭ ހުރިހާ ހައްގުތަކެއް ކޮންމެ ރައްޔިތަކަށް ވެސް ހަމަަަހަމަ ކަމާއި އެކު އެ ހައްގެއްގެ ބޭނުން ނުހިފާނަމަ އެ ހައްގަކުން އެ ރައްޔިތަކު އެ މަހްރޫމް ވަނީ އަމިއްަލައަށެވެ. އަނިޔާ އެ ދެވެނީ އަމިއްލަ ނަފްސަށެވެ.  އަހަރެންނަށް ލިބިފައިވާ ކަށިނެތް މަސްކޮޅުގެ ބޭނުން ހިފަމެވެ. ދުލެގެ މިނިވަންކަމުގެ ބޭނުމެވެ. ދުލުގައި ނިކަން ބާރަށް ދެއަތުން ހިފާއިގެން ހުރެ ދޫ ލައްވާ […]

ޕޮލިސް ކުންފުނި ހިންގަން ބޭރުގެ ސީއީއޯ އެއް…

ކުންފުންޏަކީ ޕޮލްކޯ (ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ) ޕްރައިވެޓް ލިމިޑެވެ. މި ކުންފުންޏަކީ ތެދުވެރި އިޚުލާޞްތެރި ޢިލްމީ ގާބިލް ސީއީއޯއެއް ބޭރުން ފެންނަން ޖުބޫރުވެފައިވާ ކުންފުންޏެކެވެ‏!‎ އިހަށްދުވަހު މާލެއިން ހުޅުމާލެއަށް އައި މަގުމަތީގައި ހިތުގައި އުފެދުނު ސުވާލެއް ޙިއްސާކޮށްލާނަމެވެ. ފުލުހުންގެ މަރުކަޒުތަކާއި މެދުގައެވެ. ރާއްޖޭގައި ގޭންގްކުށްތަކާއި ވައްކަމާއި ފޭރުމާއި އިންސާނުން ވަގަށް ނެގުމާއި ރޭޕްކުރުމާއި ރިޝްވަތު ނެގުމާއި މިހެންގޮސް ކުށްކުރުމުގައި ހައްދުން ބޭރުވެފައެވެ. މާލޭގެ ހަތަރު އަވަށުގައާއި އަދި މޯލްޑިވްސް ޕޮލިސްސާވިސްގެ ނަމުގައި ހައިބަތު ބޮޑު ބިލްޑިންގެއްވެސް ފުލުހުންނަށް […]

އަލަ ގަހަކުން ކެޔޮނިރެއް ނުފަޅާނެ

ގަނޑުވަރުތެރޭ ރަސްދަރިން ކުޅުއްވި ނާޗަރަަންގީ އެވެ. އާއިލީ ދަރިފަސްކޮޅުން ވާރުތަވި ކުޅިގަނޑެވެ. ކޮށި، އެކަމަކު ތުންތުންމަތިން އިވިފައި ހުރި މާދުރު ހަނދާނެއް އާލާވެ އަންނަނީ އެވެ. ސަލްޓަންޕާރކު ކޮނުނު ދުވަސްވަރު ބޮޑެތި ރުނބާތަކުން އިންސާނުންގެ ކަށި ކަމަށް ޝައްކު ކުރެވޭ ކަށިތަކެއް ފެނުނޭ ބުނާ ހަނދާނެވެ. އެއީ ތެދަކަށް ވާނަމަ އެއީ ގަނޑުވަރުތެރޭ ޖާރިޔާއިން ގެންގުޅުނު ދުވަސްވަރު ޕްރިންސުން ކުޅުއްވި ކުޅިގަނޑުގައި ޒުވާން ޖާރިޔާއިން ނިމިދިޔަ ގޮތެވެ . ބޮގަރު ހިއްޕަވައިގެން ތިއްބަވާ އަފިހުން ގުޑުގުޑަާއިން ދުންގަނޑު […]

ބަންޑާރަ ބިން

ބޯހިޔާވެހިކަން ކަށަވަރު ކޮށްދިނުމަކީ ކޮންމެ ވެރިއެއްގެ އެންމެ މުހިންމު ރިޔާސީ ވައުދާއި އަހުދެވެ. ނަމަވެސް މިއީ ގާނޫނީ ގޮތުން ވެރިކަމަށް ކުރިމަތިލައްވާ ބޭފުޅަކަށް ވެވިދާނެ ވައުދެއް ތޯ ބާލާލުން މިއީ ކޮންމެހެން ކުރާން ޖެހިފައިވާ ކަމެކެވެ. އަހުރެންގެ ބުއްދިއަށް ފަހުމްވާ ގޮތާއި މި ވިސްނޭވިސްނުން ކޮށި ނަމަވެސް ލިޔެލާން ގަސްތު ކޮށްފީމުއެވެ. ވެރިކަމަށް ކުރިމަތިލައްވާ ބޭފުޅާ ނުވަތަ ކައުންސިލަށް ނުވަތަ ރައްޔިތުން ގެ މަޖްލީހަށް ކުރިމަތިލައްވާ އެ ސިޔާސީ އިއްޒަތްތެރި ވެރިޔާ އެ ވިދާޅުވާ ވައުދަކީ ކޮރަޕްޝަން […]

މަހާނަ މަައްޗަށް މަޑިއަކަށް ޖެހުން

އަޅުގަނޑުމެން އިހު ގެންގުޅުނު އެއްބައިވަންތަކަމާއި އެކުވެރި އުހުއްވަތްތެރި ކަމަކީ ދިވެހިންގެ ސަގާފަތާއި ގުޅިލާމެހިފައިވާ ކަންތައްތަކެވެ.  އަވަށްޓެރިއަކު ނިޔާވެ 40ވަންދެން ބާރަށް އަޑެއް އިއްވާނުލާއިރު ރޭޑިޔޯ އިން ލަވައެއް ޖަހާނުލާ ތިބި އެކުވެރި އެއްބައިވަންތަ ދިވެހިންނެވެ. ސަކަރާތާއި ހީ މަޖާ ކުރުމުން ދުރުވެ އެ ހިތާމައިގައި ނަމޫނާ ދެއްކި އަވަށްޓެރިނެވެ. އިހު ދިވެހިންނަކީ ގަބުރުސްތާން ނުވަތަ ސަހާރާތަކަށް ޒިޔާރަތްކޮށް  ހާއްސަ އަހުމިއްޔަތެއް ދީ  ހުކުރު ހޯމަ ދުވަހު ތިމާގެ މީހުންގެ މަހާނަ އަށް ޒިޔާރަތްކޮށް  އެ މަހާނަ ސާފުކޮށް އެ މައްޔިތާ އަށް […]

ދެޔޯ ރާޖާގެ ނިޒާމް

އެެއީ މީލާދީން 12 ވަނަ ޤަރުނުގެ ކުރީކޮޅެވެ. ދިވެހިން އިސްލާމް ވުމުގެ ކުރިއެވެ. ތާރީޚު ބުނާ ގޮތުން ނަމަ ދިވެހިން އޭރު ތިބީ ޚުރާފާތްތަކަށް ގެއްލި ހުސްވެފައެވެ. ބައެއް ފޮތްތަކުން ފެންނަނީ ދިވެހިީން ތިބީ ހިންދޫ ދިނާއި ބުދު ދީނަށް އަޅުކަން ކުރާން ފައްޅިތައް ވެސް އަޅައިގެންނެވެ.  މިހާރު ދިވެހިން އިސްލާމްވިތާ 8 ގަރުނު ވަނީއެވެ. ކޮންމެއަކަސް އަށްސަތޭކަ އެތައް އަހަރެއް ވެ ދިޔައިރު ވެސް އަދިވެސް ދިވެހިން ވެރިކަން ހިންގަމުން ގެންދަނީ ތަފާތު ނަންނަމުގައި ވިޔަސް […]

ކާފު ޖަހާ ސިޔާސަތަށް ބަދަލެއް ނާދޭ

މިއީ ރާއްޖޭގެ ސިޔާސީ މާޒީން އެންމެ ދަންނަ ވާހަކަ އެކެވެ؛ “ނުރުހޭނަމަ ކުޑަ ކާފެކެވެ. ރުހޭ ނަމަ ބޮޑު ކާފެކެވެ!” މީ ކުރީގެ ބައެއް ސަރުކާރުތަކުގެ ސިޔާސީ ފަލްސަފާ ބައްޓަން ކޮށްފައި އޮތް ގޮތެކެވެ. ކަތީބުންނާއި އަތޮޅުވެރިން ތަންފީޒު ކުރި ސިޔާސަތެކެވެ. އެ ސަރުކާރުތައް ލައްވާލަނީ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ދިގު ތިރީހަށެވެ. އެ ފަހަށް ވެސް ސަރުކާރަކަށް ފަހު ސަރުކާރެއް އެބަ އުފެދެއެވެ. އެކަމަކު މިހާރު ވެސް ދައުރެއް ނިމި ވެރިކަމުގެ އާ ދައުރަކަށް […]