ކުއްލި ހަބަރު
ސޫރިއާގެތެރެއަށް ހަތިޔާރާއެކު ޔަހޫދީން ވަދެއްޖެ
ދުރޫޒީންގެ ތަހުނިޔާ އާއި މަރުޙަބާ ކިޔުންތާކާއެކު އިޒްރޭލުގެ އިސްތިއުމާރީ ސިފައިންގެ ގިނަ އަދަދެއްގެ ސިފައިންތަކެއް ސޫރިއާގެ ދެކުނުގެ ސަރަހައްދަށް ހަތިޔާރާއި އެކު ވަދެފިއެވެ. ސޫރިޔާގެ މިހާރުގެ ޙާލަތު ސޫރިޔާގެ ސިފައިންނާއި ސަލާމަތީ ބާރުތައް ސްވެއިދާއިން މުޅިން ނުކުމެފައި ވާއިރު، ތުރުކީގެ ޕްރޮކްސީ މިލިޝިއާ އެނބުރި އައިސް ސްވެއިދާ ސިޓީގެ ކޮންޓްރޯލް ވަނީ ނަގައިފި.. މިހާރު މިލިޝިއާތަކުން ދަނީ ހަތިޔާރާއި އެކު ސޫރިޔާގެ މުސްލިމު ބަދަވީންގެ ޤަބީލާ އަށް ނިސްބަތްވާ މުސްލިމުންގެ ގެދޮރު އަންދައި، އެމީހުންނަށް ލާއިންސާނީ […]
ޑަޔާނާ ޓްރޭޑިން އިން ޒަމްޒަމް ފެނުގެ ނަމުގައި ފޭކު ފެން ވިއްކަނީ
ސައުދީގެ ގާނޫނުގެ ދަށުން ވިޔަފާރީގެ ބޭނުމަށް އެކްސްޕޯޓްކުރުން މަނާކޮށްފައިވާ އިސްލާމީ މުޤައްދަސް ފެން ކަމަށްވާ ޒަމްޒަމް ފެން ކަމަށް ބުނެ ފޭކު ފެނެއް ރާއްޖޭގައި ދަނީ ވިއްކަމުންނެވެ. މި ފެން ރާއްޖެ އަށް އެތެރެވީ ކިހިނަކުން އަދި ކޮން ގޮތަކުން ކަމެއް ވެސް ނޭނގެއެވެ. ރާއްޖެއަށް އެތެރެވާ ތަކެއްޗަކީ ކޮން އެއްޗެއްކަން ބެލުމުގެ ޒިންމާ މަތިކޮށްފައިވާ ކަސްޓަމްސް އަށް ނޭނގި މިފަދަ ކަމެއް ވުން އެއީ އެއްބަޔަކު އުފައްދާ ސުވާލެކެވެ. ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ރިސޯޓްމެނޭޖަރަކު ވިދާޅުވީ އެ […]
ބަންޑާރަ ބިން
ބޯހިޔާވެހިކަން ކަށަވަރު ކޮށްދިނުމަކީ ކޮންމެ ވެރިއެއްގެ އެންމެ މުހިންމު ރިޔާސީ ވައުދާއި އަހުދެވެ. ނަމަވެސް މިއީ ގާނޫނީ ގޮތުން ވެރިކަމަށް ކުރިމަތިލައްވާ ބޭފުޅަކަށް ވެވިދާނެ ވައުދެއް ތޯ ބާލާލުން މިއީ ކޮންމެހެން ކުރާން ޖެހިފައިވާ ކަމެކެވެ. އަހުރެންގެ ބުއްދިއަށް ފަހުމްވާ ގޮތާއި މި ވިސްނޭވިސްނުން ކޮށި ނަމަވެސް ލިޔެލާން ގަސްތު ކޮށްފީމުއެވެ. ވެރިކަމަށް ކުރިމަތިލައްވާ ބޭފުޅާ ނުވަތަ ކައުންސިލަށް ނުވަތަ ރައްޔިތުން ގެ މަޖްލީހަށް ކުރިމަތިލައްވާ އެ ސިޔާސީ އިއްޒަތްތެރި ވެރިޔާ އެ ވިދާޅުވާ ވައުދަކީ ކޮރަޕްޝަން […]
ޢަދުލު އިންޞާފް ފީކުދާނަކަށް ވުން
މި ދިވެހި ދައުލަތަކީ އެތައްހާސް އަހަރެއް ވެފައިވާ ދައުލަތެއް ކަމަށް ތާރީހް ދިރާސާ ކުރައްވާ މުފައްކިރުން ވިދާޅުވާތީ އަހަމެވެ.ފަނޑިޔާރު މަނިކުފާނުންގެ އިއްޒަތާއި ކަރާމަތާއި ގަދަރަކީ ރައްޔިތުން ނުހަނު އިހްތިރާމާއި ލޯބި ދެވި އިއްޒަތް ދެވިދައިވާ ބޭކަލުން ނާއި ބޭކަނބަލުން ކަން އިނގެއެވެ.. ވެރިން ފަނޑިޔާރު ގެއަށް އަތްބަނައި ހަލާދަނޑީން ދެކޮޅަށް ނުބަލައި ކަނބާހެން ފަނޑިޔާރުގެ ހިލާލާ ފަނޑިޔާރުންގެކަރަމާތާއި އަބުރާއި އިތްޒަތަށް އަރައިގަތުމަކީ މަދުން ނަމަވެސް މި ޒަމާންވީ މުސްކުޅި ދިވެހި ދައުލަތުގައި ފަހަކަށް އައިސް ތަކުރާރު ކުރުވަމުންދާ […]
ވައަމްރުހުމް ޝޫރާ ބައިނަހުމް….
ޖުމްހޫރިއްޔާތެެއް ގެ އެންމެ މަތިވެރި އުސޫލަކީ މަޝްވާރާގެ މަތިން ސަރުކާރާއި ދައުލަތް ހިންގުމެވެ. ބާރުތައް ވަކިކުރެވިފައިވާ ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށާއި ޤައުމަށް އެންމެ ފައިދާ ކުރަނެވި ދެފުށް ފެންނަ ގޮތަށް ދައުލަތް ހިންގުމެވެ. އެހެންނަމަވެސް މިއަދު ދައުލަތް ވަނީ މަސްހުނި ނިޒާމެއްގެ ތެރޭގައި ޣަރަޤުވެ ނިމިފައެވެ. ވިރާސީ ރަސްކަން އެކިއެކި ދަރިފަސްކޮޅުން ކުރި އުޞޫލަށެވެ.. ރައްޔިތުންނަށް ނުފެންނަ ނިޒާމަކުން ވެރިކަން ހިންގަމުން ގެންދާ ނިޒާމެއްގެ ތެރެއިންނެވެ. އެ ވިދާޅުވާހެން އަނދިރި ދައުލަތެއް އުފެދި އެ ދައުލަތުން ވެރިކަން […]
ގައުމެއްގެ ވެރިކަން ކުރާން ލިބުމަކީ އިއްޒަތެއްތޯ ނުވަތަ އެއީ މުއްސަނދި ވާން ހުޅުވޭ ދޮރެެއްތޯ؟
ރައްޔިތުން ގެ މައްޗައް ވެރިކަން ކުރާން ރައްޔިތުން އިންތިހާބު ކުރުމަކީ ގައުމުގެ މާލިއްޔަތާއި މުދަލަށް ބޭނުން ގޮތެއް ހަދައި އަމިއްލަ ފައިދާ އަށް ކަންކަން ކުރުމެއް ނޫނެވެ. ވެރިކަމަކީ ޚިދުމަތެކެވެ އަދި ހިދުމަތްކޮއްދިނުމެވެ. ވައްކަން ކުރުމާއި ފޭރުމަށް ލިބޭ ތަޅުދަނޑި އެއް ނޫނެވެ.ގައުމެއް ތަރައްގީވެ ކުރިއަރައި ދަނީ ވަތަނީ އަދި ގައުމީ ލޯތްބަށް އެދޭ އަދި އެފަދަ ވިސްނުން ހުންނަ ތެދުވެރި ވެރިން ގެ މިންނަތް މަސައްކަތުން ނެވެ. އެ ވެރިންގެ ތޫނުފިލި ވިސްނުމާއި އެކު ގައުމުގެ […]
ހުދު ކަރުދާސް
ހުދު ކަރުދާހޭ ބުނެފިނަމަ އެއީ ވަރަށް ތާހިރު އަދި ސާފު ފަންޑިތަ ސިހުރު ހާހޫރަ ވެސް ލިޔާން ކަމުގޮސް އުނަގަނޑު ގައި އަޅާ ބަޑިއަށް ވެސް ލެވޭހާ ސާފު ކަމަށް ބުނާތީ އިވެއެވެ ވެންޓިލޭޓަރ ތައް ދަވާލި ނުވަތަ ކާލި މައްަސަލަ އާއި ގުޅިގެން އޭރުގެ ސަރުކާރު ގެ ވެރިންނަށް ތުހުމަތުތައް ކުރިއެވެ. އެއަށްފަހު އެންޓިކަރްޕްޝަނުން އޭރުގެ މާލީ ވުޒާރާ އަށް “އެ ހުދު ކަރުދާސް “ މާލިއްޔަތު ވަޒީރަށް ފޮނުވައި އެ ހުދުކަރުދާހުގައިވާ ކަންކަމާއި އެއްގޮތަށް […]
ކާފު ޖަހާ ސިޔާސަތަށް ބަދަލެއް ނާދޭ
މިއީ ރާއްޖޭގެ ސިޔާސީ މާޒީން އެންމެ ދަންނަ ވާހަކަ އެކެވެ؛ “ނުރުހޭނަމަ ކުޑަ ކާފެކެވެ. ރުހޭ ނަމަ ބޮޑު ކާފެކެވެ!” މީ ކުރީގެ ބައެއް ސަރުކާރުތަކުގެ ސިޔާސީ ފަލްސަފާ ބައްޓަން ކޮށްފައި އޮތް ގޮތެކެވެ. ކަތީބުންނާއި އަތޮޅުވެރިން ތަންފީޒު ކުރި ސިޔާސަތެކެވެ. އެ ސަރުކާރުތައް ލައްވާލަނީ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ދިގު ތިރީހަށެވެ. އެ ފަހަށް ވެސް ސަރުކާރަކަށް ފަހު ސަރުކާރެއް އެބަ އުފެދެއެވެ. އެކަމަކު މިހާރު ވެސް ދައުރެއް ނިމި ވެރިކަމުގެ އާ ދައުރަކަށް […]
ލަންކާ ވަޒީރުގެ ވަރުންއެޅުވުމަކީ ހިތްވަރެއް
ދިވެހިން އަބަދުވެސް ސިލޯނާ / ސްރީލަންކާއާމެދު ދެކޭ ގޮތަކީ ހިތާ އެންމެ ކައިރިން ހާއްސަ އިހުތިރާމަކާއި ލޯތްބެއް އޮންނަ ގައުމުގެ ގޮތުގަ އެވެ. ރޯނާ ހިކި މަހާއި ބޮއްޔާއި ކުފުރާ އާއި ބޮނޑި، ކާއްޓާއި ރިހާކުރު ސިލޯނަށް އެކްސްޕޯޓްކޮށް ސައިފަތާއި ހަނޑޫ ފަދަ ބާވަތްތައް ދިވެހިން ގަނެ އުޅުނީ ސިލޯނު މީހުން އަތުންނެވެ. އެ މީހުން ވެސް ދެކެނީ ހަމަ އެހެނެވެ. ތިބެނީ އެކުއެކީގަ އެވެ. ދޭދޭ މި ދެ ގައުމުގެ މެދުގައި އޮންނަނީ ހިތާއި ހިތުގެ […]
ދިވެހިން ވަންނަން ޖެހެނީ ނިޒާމުގެ ތެރެއަށް
ADVERTISEMENT ތަންމިނަށް އަނގަ ހުޅުވައިގެން ބާރުބާރަށް އަހަރެމެން ތަރައްގީގެ ވާހަކަ ދައްކަމު އެވެ. ގަވައިދާއި ގާނޫނުތަކުގެ ފުރިހަމަ ކަމާ ލުއި ފަސޭހަ ވާހަކަ އެބަ ބުނަމު އެވެ. ވިޔަފާރީގެ މިނިވަންކަމާ ފައިދާގެ ވާހަކަ ދައްކަމު އެވެ. ތަރައްގީގައި ކުރިއަރައި ދިވެހީން އޮބާ ގޮސްފައި ވާކަމަށް އޮވެ އެވެ. ރާއްޖޭގެ ސިޔާސަތުތަކުގެ ހަރުދަނާ ކަމަށް ބަލައި ދުނިޔޭގެ ގައުމުތަކުން އެ މިސާލު ދިވެހިންގެ ފުށުން ހޯދައި ނަގާ ކަމަށް ދެކޭ ސިިޔާސީ މީހުންތަކެއް ވެސް އުޅެތެވެ. […]
