ޢަދުލު އިންޞާފް ފީކުދާނަކަށް ވުން

ޢަދުލު އިންޞާފް ފީކުދާނަކަށް ވުން


މި ދިވެހި ދައުލަތަކީ އެތައްހާސް އަހަރެއް ވެފައިވާ ދައުލަތެއް ކަމަށް ތާރީހް ދިރާސާ ކުރައްވާ މުފައްކިރުން ވިދާޅުވާތީ އަހަމެވެ.
ފަނޑިޔާރު މަނިކުފާނުންގެ އިއްޒަތާއި ކަރާމަތާއި ގަދަރަކީ ރައްޔިތުން ނުހަނު އިހްތިރާމާއި ލޯބި ދެވި އިއްޒަތް ދެވިދައިވާ ބޭކަލުން ނާއި ބޭކަނބަލުން ކަން އިނގެއެވެ..

ވެރިން ފަނޑިޔާރު ގެއަށް އަތްބަނައި ހަލާދަނޑީން ދެކޮޅަށް ނުބަލައި ކަނބާހެން ފަނޑިޔާރުގެ ހިލާލާ ފަނޑިޔާރުންގެ
ކަރަމާތާއި އަބުރާއި އިތްޒަތަށް އަރައިގަތުމަކީ މަދުން ނަމަވެސް މި ޒަމާންވީ މުސްކުޅި ދިވެހި ދައުލަތުގައި ފަހަކަށް އައިސް ތަކުރާރު ކުރުވަމުންދާ ހަޑިމުޑުދާރު ނަޖިސް ކަމަކަށް މެނުވީ ނުވެ ނުދާނެއެވެ.
ފަނޑިޔާރުން ގެ އިއްޒަތް ސަރުކާރުން ނަގާލަނީ ސަރުކާރު ހިންގާން ތިބީން ހިންގާ ނުރަނގަޅު އަމަލު ތަކުގައި އޮބި އަޅައި ފޮރުވާން ވެގެންނެވެ.

ފަނޑިޔާރުންގެ ކަރާމަތަށް ނިކަމެތިކަން ލިބޭގޮތަށް ސަރުކާރުގެ ބަހާއި އަމަލު ބައްޓަން ކުރާނަމަ ، އެ ދައްކައިދެނީ ރައްޔިތުންގެ ހައްގުތަކާއި އަދުލު އިންސާފުން ރައްޔިތުން މަހްރޫމު ކުރާނެ ކަމުގެ ލާމަސީލު މިސާލެކެވެ.

ފަނޑިޔާރުންގެ މައްޗަށް ސަރުކާރުގެ ވެރީން ބަސް ބުނާނަމަ އެ ވެރިޔަކު ނުވަތަ އެ ބޫފުޅަކު އެހުރެވެނީ ޤާނޫނީ ހަމަތަކާއި އުސޫލު ތަކާއި ދިވެހީން ގެންގުޅެމުން އައި ސަގާފަތާއި ވެސް ހިލާފްވެފައެވެ. އެފަދަ ވެރީންނަށް އެއީ އަނިޔާވެރި ގައްދާރުވެރީންނޭ ބުނެ އުޅޭތީ އަހަމެވެ.

ފަނޑިޔާރުންގެ މުސްތަގިއްލު ކަމާއިމެދު ޝައްކު އުފައްދާ ވެރިންނަކީ ޖާހިލުން ކަމަށް ބައެއް ދަންނަބޭކަލުން ސިފަކުރައްވަނީ ސަބަބުތަކެއް ނެތި އެއްނޫނެވެ.
އެފަދަ ވެރިންނަކީ ހިޔާނާތުގެ މޭސްތިރިން ކަމަށް ވެސް ވެދާނެއެވެ.