“ވެރިކަމުން ނަގާ ހޫރާ އެއްލާލަންވީއެވެ. ރައްޔިތުން ވެރިންނަށް ދޭ އިންޒާރެވެ”
ރައްޔިތުން ވެރިންނަށް ދޭ އިންޒާރެވެ. ވެރިކަމުން ނަގާ ހޫރާ އެއްލާލާންވީއެވެ. މީ ހަމަ އިންޒާރެއް ހެއްޔެވެ. ނުވަތަ ފުން މައުނަވީ ސިއްރުތަކެެއް ދޭހަކުރުވާ އިންޒާރެއް ހެއްޔެވެ. ހެޔޮކޮށް ވެރިކަން ކުރާނަމަ ރައްޔިތުންގެ ރުހުމާއި ލޯތްބާއި އެކު ގަދަރާއި އިއްޒަތް ދޭނެއެވެ. ހުރިހާ ވިޔަންނަކުން ގަތާލެވޭ ރަންއަކުރު ތަކުން އިއްޒަތުގެ ތާޖު އަޅުވާ އެ ވެރިއަކަށް ހުޝާމަތު ކުރުން އެއީ ދިވެހިން ކޮށް އަދި ކުރައި އުޅޭ ކަމެކެވެ . ކޮންމެއަކަސް ގައުމުގެ ވެރިކަމާއި ރައްޔިތުން ހަވާލުކުރާ މީހާ އެއީ […]
ރައްޔިތު މީހާގެ ރަސްމީ ވާޖިބަކީ ކޮބާ
ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި އަދި އެބާރުތައް ދެމިއޮންނާނީ ވެސް ރައްޔިތުންގެ ކިބައިގާ ކަމަށް ދިވެހިޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައި ކަޅާއި ހުދުން ވަރަށް ޞަރީޙަ ޢިބާރާތުން ބަޔާން ކޮށްފައިވެއެވެ. އަދި އެހެންމެ ރައްޔިތަކު ނުވަތަ ރައްޔިތުން ތަކެއް މަގުމައްޗަށް ނުކުމެ ސަރުކާރު ހިންގާ ގޮތާއި މެދު ހިތް ހަމަ ނުޖެހި ހިތުގައި އުފެދޭ ޝުޢޫރުތަކާއި ނުތަނަވަސް ކަން ފައުޅުކުރުމަކީ ކޮންމެ ރައްޔިތަކަށް މެ ގާނޫނުއަސާސީ އިން ކަށަވަރު ކޮށްދީފައިވާ ޙައްގެކެވެ. […]
ދަރީންގެ ހިތްތަކުގައި ބަޔަކާއި މެދު ނަފުރަތު އުފެދިދާނެތީ ސެންސަރުކޮށްފައި!
އާދޭހެވެ! ކޮންމެވެސް ކަންތައްތަކެއް ފޮރުވުމަށްޓަކާ މަތި އަޅަން އުޅޭކަމުގެ އިޙުސާސެއް ހިތަށް ވެރިވަމުން ދަނީއެވެ. ހަދާނަށް އަންނަނީ މާލޭ ކަސްޓޯޑިއަލް ޖަލެއްކަމުގައިވާ މާލޭ އަތޮޅުވެހީގައި ހައްޔަރުކޮށްގެން ގެންގުޅުނު މަރުޙޫމް ޙުޞައިން ސަލާހުގެ އަނިޔާވެރި މަރާއި މާފުށީ ޖަލުގައި ތިބި ގައިދީންގެ ގަޔަށް ބަޑިޖަހައި އެތަކެއް ގައިދީން މަރާލި ހިތާމަވެރި މާޒީގެ ހިތި ހަނދާން ތަކެވެ. އެއީ މިގައުމުގެ މާޒީއެވެ. އެހެންކަމާއެކު މިގައުމަށް އެމާޒީ ދެން ޢިއާދަނުވާނޭކަމަށް ހީކޮށް ރައްޔިތުން ކުރި އުންމީދާއި ހީކުރި ހީކުރުންތަށް ވެގެން އެދިޔައީ […]
ހަޑި މުޑުދާރު ކަންކަމުގެ ނުތާހިރު ވާހަކަ ވެސް ދައްކަންވީ
ލިޔާންވީއެވެ. ވެރިކަމަށް ފާޑުވެސް ކިޔާންވީއެވެ. ހަޑި މުޑުދާރު ކަންކަމުގެ ނުތާހިރު ވާހަކަ ވެސް ދައްކާންވީއެވެ. ރައްޔިތަކަށް ލިއްބައިދޭ ހުރިހާ ހައްގުތަކެއް ކޮންމެ ރައްޔިތަކަށް ވެސް ހަމަަަހަމަ ކަމާއި އެކު އެ ހައްގެއްގެ ބޭނުން ނުހިފާނަމަ އެ ހައްގަކުން އެ ރައްޔިތަކު އެ މަހްރޫމް ވަނީ އަމިއްަލައަށެވެ. އަނިޔާ އެ ދެވެނީ އަމިއްލަ ނަފްސަށެވެ. އަހަރެންނަށް ލިބިފައިވާ ކަށިނެތް މަސްކޮޅުގެ ބޭނުން ހިފަމެވެ. ދުލެގެ މިނިވަންކަމުގެ ބޭނުމެވެ. ދުލުގައި ނިކަން ބާރަށް ދެއަތުން ހިފާއިގެން ހުރެ ދޫ ލައްވާ […]
ޕޮލިސް ކުންފުނި ހިންގަން ބޭރުގެ ސީއީއޯ އެއް…
ކުންފުންޏަކީ ޕޮލްކޯ (ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ) ޕްރައިވެޓް ލިމިޑެވެ. މި ކުންފުންޏަކީ ތެދުވެރި އިޚުލާޞްތެރި ޢިލްމީ ގާބިލް ސީއީއޯއެއް ބޭރުން ފެންނަން ޖުބޫރުވެފައިވާ ކުންފުންޏެކެވެ! އިހަށްދުވަހު މާލެއިން ހުޅުމާލެއަށް އައި މަގުމަތީގައި ހިތުގައި އުފެދުނު ސުވާލެއް ޙިއްސާކޮށްލާނަމެވެ. ފުލުހުންގެ މަރުކަޒުތަކާއި މެދުގައެވެ. ރާއްޖޭގައި ގޭންގްކުށްތަކާއި ވައްކަމާއި ފޭރުމާއި އިންސާނުން ވަގަށް ނެގުމާއި ރޭޕްކުރުމާއި ރިޝްވަތު ނެގުމާއި މިހެންގޮސް ކުށްކުރުމުގައި ހައްދުން ބޭރުވެފައެވެ. މާލޭގެ ހަތަރު އަވަށުގައާއި އަދި މޯލްޑިވްސް ޕޮލިސްސާވިސްގެ ނަމުގައި ހައިބަތު ބޮޑު ބިލްޑިންގެއްވެސް ފުލުހުންނަށް […]
ސަރުކާރުގެ ކުންފުނިތައް
ވަކި ސަރުކާރެއް ކިޔާނެ ކަމެއް ނެތެވެ. ރައީސް މައުމޫންގެ ވެރިކަމުގައި ވިޔަފާރި ވުޒާރާ ހިންގެވުމާއި ހަވާލުވެ ހުންނެވި ޔާމީން އާއި، ރައީސް ނަޝީދުގެ ވެރިކަމުގައި ވިޔަފާރި ވުޒާރާ ހިންގެވި ރާޒީ އާއި، ޑރ.ވަހީދުގެ ވެރިކަމުގައި އެ ވުޒާރާ ހިންގެވުމަށް ހުންނެވި އަހްމަދު މުހަންމަދާއި، ޔާމީންގެ ވެރިކަމުގައި ހުންނެވި ސައީދާ އާއި ސޯލިހްގެ ވެރިކަމުގައި އެ ވުޒާރާ ހަވާލުވެ ހުންނެވި ފައްޔާޒް އާއި އަދި މުޢީޒްގެ ވެރިކަމުގައި އެ ވުޒާރާ ހަވާލުވެ ހުންނެވި ކުރިން ވެސް ޔާމީނު ކައިރިން […]
ރިސޯޓްތަކުގެ ވިލާތައް ވިއްކުން – މާދަމާ މާ ބޮޑު “ސްކޭމެއް”
ގާނޫނު އަސާސީ އާއި ގާނޫނު އުގުބާތްތަކާއި އަދި ހެދި އަމަލު ކުރަމުންދާ ގަވާއިދު ތަކާ ވެސް ހިލާފެވެ. ދައުލަތު ގެ މުދަލެއް “ކުއްޔަކަށް “ވަކި އުސޫލުތަކަކާއި ހަމަތަކެއްގެ މަތިން ވަކި ވިޔަފާރިއެއް ކުރުމަށް ދެނީ ވަކި މުއްދަތަކަށެވެ. އެ މުއްދަތުތެރޭ އެތަނެއްގައި ކުރެވެން ޖެހޭނީ އިގްރާރު ވެފައި ވާ ކަމެވެ. ކުއްލިއަކަށް ފެންނާން ފެށީ މުޅިން ގާނޫނު ތަކާއި ގަވާއިދު ތަކާއި ހިލާފް، ކަމާއި ނުގުޅޭ އުސޫލުތަކެއް ބަޔަކު އަމިއްލަ އެދުމަށްޓަކައި ދައުަލަތުގެ މުދައު ނަހަމަ ގޮތުގައި ބޭނުން […]
އިއްޔެ ތަޅައިމެރީ އަހަރެމެންގެ ޖީލު
އިއްޔެ ތަޅާމެރީ އަހަރެމެނެްގެ ޖީލެވެ. އަހަރެން މަގުމައްޗައް ނިކުތީ އޭރުގެ ސަރުކާރުން ކުރާ އަނިޔާ ބޮޑުވެ ވާނުވާ ނޭނގި ރައްޓެހިން ރަހްމަތްތެރިން އެތަކެއް މަސްތަކެއްް ވަންދެން ހޭ ވެސް އަާނުލާ ޖަލުތަކުގައި ބަންދު ކޮށް އަނިޔާ ކުރާތީއެވެ. އޭރުގެ އަނިޔާގެ މޭސްތެރިޔާ އާދަމް ޒާހިރު ގެ އަނިޔާވެރިކަމުން ފިލާވަޅު ލިިބި އެ އަނިޔާ ކުރާން ދަސްކުރި އެދުވަހުގެ ތަހްގީގީ ޓީމު ތަކުގައި އަނިޔާވެރިވާން ތިބި ޖޫނިޔާ އޮފިސަރުން މިއަދު ކޮމިޝަނަރުންނަށް ވީމާ އެ އަނިޔާ ވެރިކަން އިހު ކުރި […]
އަލަ ގަހަކުން ކެޔޮނިރެއް ނުފަޅާނެ
ގަނޑުވަރުތެރޭ ރަސްދަރިން ކުޅުއްވި ނާޗަރަަންގީ އެވެ. އާއިލީ ދަރިފަސްކޮޅުން ވާރުތަވި ކުޅިގަނޑެވެ. ކޮށި، އެކަމަކު ތުންތުންމަތިން އިވިފައި ހުރި މާދުރު ހަނދާނެއް އާލާވެ އަންނަނީ އެވެ. ސަލްޓަންޕާރކު ކޮނުނު ދުވަސްވަރު ބޮޑެތި ރުނބާތަކުން އިންސާނުންގެ ކަށި ކަމަށް ޝައްކު ކުރެވޭ ކަށިތަކެއް ފެނުނޭ ބުނާ ހަނދާނެވެ. އެއީ ތެދަކަށް ވާނަމަ އެއީ ގަނޑުވަރުތެރޭ ޖާރިޔާއިން ގެންގުޅުނު ދުވަސްވަރު ޕްރިންސުން ކުޅުއްވި ކުޅިގަނޑުގައި ޒުވާން ޖާރިޔާއިން ނިމިދިޔަ ގޮތެވެ . ބޮގަރު ހިއްޕަވައިގެން ތިއްބަވާ އަފިހުން ގުޑުގުޑަާއިން ދުންގަނޑު […]
އޮފިސަރުންގެ ޖީބު
ސާނާވީ ތައުލީމު ނިމި ރަށުން މާލެ އައިސް ވަންނަނީ ފުލުހުންގެ ވަޒީފާ އަށެވެ. ފުރަތަމަ މަހު ލިބޭ މުސާެރައިން ސައިކަލަކާއި ފޯނެއް ލޭންދޭނަށް ނަގައެވެ. ލިބޭ މުސާރައިން ދެކޮޅު ނުޖެހި ލޭންދޭނަށް ނެގި ސައިކަލާއި ފޯނަށް ފައިސާ ވެސް ދެއްކޭނެ ވަރު ނެތްތާނގައި އާއިލާ މީހަކަށް ދިއްކޮއްލާން ބައި ލާރި ވެސް ތެދުވެރި އަމާނާތް ތެރި އޮފިސަރު އަތަކު ނޯންނާނެއެވެ. ގައުމީ ހިދުމަތުގައި އަހަރެއް ވެދާއިރު އެ ވަފާތެރި އޮފިސަރުގެ ޖީބު ފުރި ސައިކަލުގެ ބަދަލު ނަގުދު ފައިސާ ދީ […]
