އަލަ ގަހަކުން ކެޔޮނިރެއް ނުފަޅާނެ

އަލަ ގަހަކުން ކެޔޮނިރެއް ނުފަޅާނެ

ގަނޑުވަރުތެރޭ ރަސްދަރިން ކުޅުއްވި ނާޗަރަަންގީ އެވެ. އާއިލީ ދަރިފަސްކޮޅުން ވާރުތަވި ކުޅިގަނޑެވެ. ކޮށި، އެކަމަކު ތުންތުންމަތިން އިވިފައި ހުރި މާދުރު ހަނދާނެއް އާލާވެ އަންނަނީ އެވެ. ސަލްޓަންޕާރކު ކޮނުނު ދުވަސްވަރު ބޮޑެތި ރުނބާތަކުން އިންސާނުންގެ ކަށި ކަމަށް ޝައްކު ކުރެވޭ ކަށިތަކެއް ފެނުނޭ ބުނާ ހަނދާނެވެ.

އެއީ ތެދަކަށް ވާނަމަ އެއީ ގަނޑުވަރުތެރޭ ޖާރިޔާއިން ގެންގުޅުނު ދުވަސްވަރު ޕްރިންސުން ކުޅުއްވި ކުޅިގަނޑުގައި ޒުވާން ޖާރިޔާއިން ނިމިދިޔަ ގޮތެވެ . ބޮގަރު ހިއްޕަވައިގެން ތިއްބަވާ އަފިހުން ގުޑުގުޑަާއިން ދުންގަނޑު އަޅުވަމުން ގެންދަމުން ޖާރިޔާއިން ލައްވާ ކުޅުވި ކުޅިގަނޑާއި ޖާރިޔާއިންގެ އިތްފަތްތެރިކަން ފޭރެމުން ހިނިފުޅުވަޑުވަމުން ރަސްދަރިން ކުޅުއްވި ކުޅިގަނޑެވެ.

އަލަގަހަކުން ކެޔޮ ނިރެއް ނުފަޅާނޭ މީހުން ބުނެ އުޅެނީ ހަމަ ހަގީގަތުގައިވެސް ތެދުވީމާ އެވެ. ކިތަންމެ ކާނާ އެއް އެޅިޔަސް އަލަ ފައިބާނީ އަޑިއަށެވެ. އަލަގަނޑެއް ބިމުން މައްޗަށް ފޯދި ނުދާނެއެވެ. ލޭގައި ހިފާ ދަރިފަސްކޮޅަށް ވާރުތަކުރާ ކަންކަމީ މާ ސުންޕާ ބައްޔެކޭ ވެސް ބުނެ އުޅޭތީ އިވެއެވެ.

ލިޔާން މިއުޅެނީ ފުރަމާލޭގެ ބަންޑާރަ ބިންތަކުން ޓެކުސް ނުނެގެމުގެ ނަތީޖާއެވެ. ބަންޑާރަ ބިން ހިބައިން ދަރިފަސްކޮޅަށް ވާރުތަވެ ގޮތްނޭނގެ ތަނަވަސް ބޭފުޅުންގެ އާއިލާތަކުގައި ފޮރުވިފައިވާ ފަރުދާގެ ތަންކޮޅެއް ކަޝްވުމުން ފެންނާން ފެށިީ ނާމާން ކަމުގެ ކުޑަކުޑަ މިންވަރެއްގެ ވާހަކަ އެވެ.

އުސްްއިމާރާތް ތަކުގެ ވެެރިން ގެ ދަރީންނާއި އެ އެއިމާރާތްތަކުގެ ވެރިންގެ ވެސް ހާލަތެވެ. ދައުލަތުގެ މުދަލެއް އަގެއްނެތި ވާރުތަވެ އެ މުދަލުން ހިތްފުރި އިތުރުވެ އުކާނެ މިންވަރަށް ފައިސާ އޮހޭން ފެށުމުން ދެން ނުކުންނާނެ އަހްލާގީ މައްސަލައެވެ.

ވިސްނާލާށެވެ. ރައްޖެތެރޭ ނިކަމެތި ރައްޔިތުމީހާ ތާއަބަދު މަސައްކަތް ކޮށްގެން ލިބޭ ކުޑަކުޑަ ލާރިކޮޅު އެ ދޭންޖެހެނީ ދައުލަތުގެ ބިންތައް ދަރިފަސްކޮޅަށް ވާރުތަވަމުންދާ މަދު އާއިލާ ތަކަށެވެ. ގުލާނު ކޮށްގެން ލިބޭ ހުރިހާ ފައިސާއެއް ހޭދަ ކުރާން ޖެހެނީ ކުލި ދެއްކުމަށެވެ. ނުވަތަ ޒަމާނީ އަޅުވެތިކަމުގެ ޖިޒީ ދިނުމަށެވެ.

ގާނޫނަކުން ކޮންޓްރޯލް ނުކުރެވުނު ކުލި ދެއްކުމަށެވެ.
ރާއްޖެތެެރޭ ނިކަމެތި ރައްޔިތު މީހާގެ އުއްމީދަކީ އޭނާގެ ދަރިންނަށް ހެޔޮ ތައުލީމާއި ތަރުބިއްޔަތެއް ދިނުމަށެވެ. ނަމަވެސް ކަންވެ ނިމެނީ ހިތިކޮށެވެ.

އެ އުސްއިމާރާތުގެ ވެރިމީހާގެ ދަރިން ރާއްޖެ އިން ބޭރުގައި ދިރިއުޅެ ޗުއްޓީ ހޭދަކޮށްލާން މާލެ އައިސް ގޭގެ ޓެރަހުގައި ބާއްވާ “ތަހްޒީބީ އެއްވުން” އެއީ ޒަމާނީ ތަރައްގީގެ ކުލަ ޖެހުމަކީ މަސްތުވުމާއި ބޮގަރު ބުއިމާއި ޖުއާކުޅެލުންދައްކައި، އެ ނިކަމެތި މީހާގެ އަންހެންދަރި އެ އަވާގައި ޖައްސާ މަސްތުކޮށް ޖިންސީ ޝިކާރަ އަކަށް ހަދާލައެވެ. މީިއީ ހަމަ ހިނގާ ކަންކަމެވެ. ގައުމުގެ ހާލަތެވެ.

ސަރުކާރުތައް ނުކުޅެދި ގޮތް ހުސްވެދަނީ އެ ގޮތްނޭގޭ ތަނަވަަސް އާއިލާ ތަކުން ސަރުކާރުތަކުގެ ކޮންޓްރޯލް އޮތުމުންނެވެ. މާލެ އާއި ހުޅުމާލޭގެ އުސް ޓެރަސްތައް ހަފްތާ ނިމޭ ރޭ ހިނގާ ކަންކަން ބެލޭނެ ވަރަށް އާލާތްތައް ދައުލަތުން ވަނީ އެތެރެ ކޮށްފައެވެ. ހުއްޓުނީ ކޮން ކަމެއް ހެއްޔެވެ؟ ރަލާއި މަސްތުވުމުމާއި ޒިނޭ ހަނާތައް ވަނީ އިތުރުވެ މަހަކު 2 ޒުވާނަކު ގޮތްނޭގޭ ގޮތަކަށް މަރުވެ ދަނީ އެވެ. ޒިންމާ އުފުލާނެ ބަޔަކު ނެތެވެ. ކުއްލި މަރުގެ ނަމުގައި ނިންމާލާ ކަފުން ކުރަނީ އެވެ. މިގޮތަށް ގައުމު ފަނާވެ ދާން ހަމަ ދޫކޮށްލާން ވީޙެއްޔެވެ؟

އަދު ކޮންމެ މަޔަކު ބަފަޔަކުގެ ލަގޮނޑިއަށް ކެތްކުރެވިދާނެ ހެއްޔެވެ؟ ދަރިން ބޭރަށް ނުކުމެލުމުން ކޮންމެ މައެއް ބަފައެއް ގެ ހިތްތެޅިތެޅި ހަތަރެސްފައި ފިނިވެ ކަންބޮޑުވާ ހިސާބަށް ދެއެވެ.

މިއަދު އެ ޖިންސުއްލަތީފެވެ. އެ ދިވެހި މަންމައާއި ދިވެހި ބައްޕަގެ ލޯބިވާ ދަރިފުޅެވެ. މާދަމާ ފެންނާނީ ކޮން ޒުވާނެއް ބާއޭ ހިތަށް ނާރާނެ ހަމަ އެކަކުވެސް ދިވެހި ބިމަކު ހުރެދާނެ ކަމަކަށް ނުދެކެވެ. މާދަމާ ކާކުގެ ކޮން ދަރިއެއްހެއްޔެވެ؟

އިންސާފް ލިބޭނެ ބާއެވެ. އެއީ ރަސްދަރިންނެވެ. ކުރީގެ ޕްރިންސުންގެ ޕްރިންސުންނެވެ. އެވެރިން ކުރާ ބޭފުޅު ކަންކަމަކީ ހަމަ ބޭފުޅު ހެޔޮ ކަންކަމެވެ. ބަރަކާތްލައްވާ ވެރިންގެ ރުހުންލިބޭ ކަންކަމެވެ.
އެވިދާޅުވާ ގައުމިއްޔަތަކީ މިއީތޯއެވެ ؟