ޝާޒްގެ ޤަލަމުން
ދަރީންގެ ހިތްތަކުގައި ބަޔަކާއި މެދު ނަފުރަތު އުފެދިދާނެތީ ސެންސަރުކޮށްފައި!
އާދޭހެވެ! ކޮންމެވެސް ކަންތައްތަކެއް ފޮރުވުމަށްޓަކާ މަތި އަޅަން އުޅޭކަމުގެ އިޙުސާސެއް ހިތަށް ވެރިވަމުން ދަނީއެވެ. ހަދާނަށް އަންނަނީ މާލޭ ކަސްޓޯޑިއަލް ޖަލެއްކަމުގައިވާ މާލޭ އަތޮޅުވެހީގައި ހައްޔަރުކޮށްގެން ގެންގުޅުނު މަރުޙޫމް ޙުޞައިން ސަލާހުގެ އަނިޔާވެރި މަރާއި މާފުށީ ޖަލުގައި ތިބި ގައިދީންގެ ގަޔަށް ބަޑިޖަހައި އެތަކެއް ގައިދީން މަރާލި ހިތާމަވެރި މާޒީގެ ހިތި ހަނދާން ތަކެވެ. އެއީ މިގައުމުގެ މާޒީއެވެ. އެހެންކަމާއެކު މިގައުމަށް އެމާޒީ ދެން ޢިއާދަނުވާނޭކަމަށް ހީކޮށް ރައްޔިތުން ކުރި އުންމީދާއި ހީކުރި ހީކުރުންތަށް ވެގެން އެދިޔައީ […]
ހަޑި މުޑުދާރު ކަންކަމުގެ ނުތާހިރު ވާހަކަ ވެސް ދައްކަންވީ
ލިޔާންވީއެވެ. ވެރިކަމަށް ފާޑުވެސް ކިޔާންވީއެވެ. ހަޑި މުޑުދާރު ކަންކަމުގެ ނުތާހިރު ވާހަކަ ވެސް ދައްކާންވީއެވެ. ރައްޔިތަކަށް ލިއްބައިދޭ ހުރިހާ ހައްގުތަކެއް ކޮންމެ ރައްޔިތަކަށް ވެސް ހަމަަަހަމަ ކަމާއި އެކު އެ ހައްގެއްގެ ބޭނުން ނުހިފާނަމަ އެ ހައްގަކުން އެ ރައްޔިތަކު އެ މަހްރޫމް ވަނީ އަމިއްަލައަށެވެ. އަނިޔާ އެ ދެވެނީ އަމިއްލަ ނަފްސަށެވެ. އަހަރެންނަށް ލިބިފައިވާ ކަށިނެތް މަސްކޮޅުގެ ބޭނުން ހިފަމެވެ. ދުލެގެ މިނިވަންކަމުގެ ބޭނުމެވެ. ދުލުގައި ނިކަން ބާރަށް ދެއަތުން ހިފާއިގެން ހުރެ ދޫ ލައްވާ […]
ރިސޯޓްތަކުގެ ވިލާތައް ވިއްކުން – މާދަމާ މާ ބޮޑު “ސްކޭމެއް”
ގާނޫނު އަސާސީ އާއި ގާނޫނު އުގުބާތްތަކާއި އަދި ހެދި އަމަލު ކުރަމުންދާ ގަވާއިދު ތަކާ ވެސް ހިލާފެވެ. ދައުލަތު ގެ މުދަލެއް “ކުއްޔަކަށް “ވަކި އުސޫލުތަކަކާއި ހަމަތަކެއްގެ މަތިން ވަކި ވިޔަފާރިއެއް ކުރުމަށް ދެނީ ވަކި މުއްދަތަކަށެވެ. އެ މުއްދަތުތެރޭ އެތަނެއްގައި ކުރެވެން ޖެހޭނީ އިގްރާރު ވެފައި ވާ ކަމެވެ. ކުއްލިއަކަށް ފެންނާން ފެށީ މުޅިން ގާނޫނު ތަކާއި ގަވާއިދު ތަކާއި ހިލާފް، ކަމާއި ނުގުޅޭ އުސޫލުތަކެއް ބަޔަކު އަމިއްލަ އެދުމަށްޓަކައި ދައުަލަތުގެ މުދައު ނަހަމަ ގޮތުގައި ބޭނުން […]
މޯލްޑިވްސް 2.0 ތަ ނޫނީ ޒީރޯ ޕޮއޮންޓް ޓު ތަ؟
ޓޫޕޮއިންޓް ޒީރޯ ނުވަތަ ޕޮއިންޓް ޒީރޯ ހެއްޔެވެ؟ ޒަމާނާއި އެއްގޮތައް ވެރިކަން ހިންގާ ވިއުގައަކުން ދައުލަތުގެ މުއައްސަަސާތައް ގުޅައިލާ ސަރުކާރުގެ މުވައްޒަފުން ގޭގައި ތިބެ ވަޒީފާ އަދާ ކުރާނެ ގޮތް ހޯދައިދިނުން ފަދަ ޗާލާ ހުވަފެންތައް ދެއްކުވުމަކީ ދޮޅު ބުރާންތި ވެރިންގެ ހުވަފެނަކަށް ވެދާނެއެވެ. ރާއްޖެ ތަރައްގީވެ ރައްޔިތުންނަށް ޒަމާނާއި އެކަށޭނެ އާއްމްދަނީ ލިބި ފުއްދުންތެރި ވެއްޖެހެެއްޔެވެ؟ ޒާމާނާއި އެއްގޮތަށް ހެދުން އަޅާ އެންމެ ފަހުގެ ސައިކަލާއި މޮބައިލް ފޯނު ގެންގުޅުން އެއީ ފުއްދުންތެރިވެ ތަނަވަސް ވުން […]
އިއްޔެ ތަޅައިމެރީ އަހަރެމެންގެ ޖީލު
އިއްޔެ ތަޅާމެރީ އަހަރެމެނެްގެ ޖީލެވެ. އަހަރެން މަގުމައްޗައް ނިކުތީ އޭރުގެ ސަރުކާރުން ކުރާ އަނިޔާ ބޮޑުވެ ވާނުވާ ނޭނގި ރައްޓެހިން ރަހްމަތްތެރިން އެތަކެއް މަސްތަކެއްް ވަންދެން ހޭ ވެސް އަާނުލާ ޖަލުތަކުގައި ބަންދު ކޮށް އަނިޔާ ކުރާތީއެވެ. އޭރުގެ އަނިޔާގެ މޭސްތެރިޔާ އާދަމް ޒާހިރު ގެ އަނިޔާވެރިކަމުން ފިލާވަޅު ލިިބި އެ އަނިޔާ ކުރާން ދަސްކުރި އެދުވަހުގެ ތަހްގީގީ ޓީމު ތަކުގައި އަނިޔާވެރިވާން ތިބި ޖޫނިޔާ އޮފިސަރުން މިއަދު ކޮމިޝަނަރުންނަށް ވީމާ އެ އަނިޔާ ވެރިކަން އިހު ކުރި […]
އަލަ ގަހަކުން ކެޔޮނިރެއް ނުފަޅާނެ
ގަނޑުވަރުތެރޭ ރަސްދަރިން ކުޅުއްވި ނާޗަރަަންގީ އެވެ. އާއިލީ ދަރިފަސްކޮޅުން ވާރުތަވި ކުޅިގަނޑެވެ. ކޮށި، އެކަމަކު ތުންތުންމަތިން އިވިފައި ހުރި މާދުރު ހަނދާނެއް އާލާވެ އަންނަނީ އެވެ. ސަލްޓަންޕާރކު ކޮނުނު ދުވަސްވަރު ބޮޑެތި ރުނބާތަކުން އިންސާނުންގެ ކަށި ކަމަށް ޝައްކު ކުރެވޭ ކަށިތަކެއް ފެނުނޭ ބުނާ ހަނދާނެވެ. އެއީ ތެދަކަށް ވާނަމަ އެއީ ގަނޑުވަރުތެރޭ ޖާރިޔާއިން ގެންގުޅުނު ދުވަސްވަރު ޕްރިންސުން ކުޅުއްވި ކުޅިގަނޑުގައި ޒުވާން ޖާރިޔާއިން ނިމިދިޔަ ގޮތެވެ . ބޮގަރު ހިއްޕަވައިގެން ތިއްބަވާ އަފިހުން ގުޑުގުޑަާއިން ދުންގަނޑު […]
އޮފިސަރުންގެ ޖީބު
ސާނާވީ ތައުލީމު ނިމި ރަށުން މާލެ އައިސް ވަންނަނީ ފުލުހުންގެ ވަޒީފާ އަށެވެ. ފުރަތަމަ މަހު ލިބޭ މުސާެރައިން ސައިކަލަކާއި ފޯނެއް ލޭންދޭނަށް ނަގައެވެ. ލިބޭ މުސާރައިން ދެކޮޅު ނުޖެހި ލޭންދޭނަށް ނެގި ސައިކަލާއި ފޯނަށް ފައިސާ ވެސް ދެއްކޭނެ ވަރު ނެތްތާނގައި އާއިލާ މީހަކަށް ދިއްކޮއްލާން ބައި ލާރި ވެސް ތެދުވެރި އަމާނާތް ތެރި އޮފިސަރު އަތަކު ނޯންނާނެއެވެ. ގައުމީ ހިދުމަތުގައި އަހަރެއް ވެދާއިރު އެ ވަފާތެރި އޮފިސަރުގެ ޖީބު ފުރި ސައިކަލުގެ ބަދަލު ނަގުދު ފައިސާ ދީ […]
ވަގު ފުލުސް ކުޅެނީ ހެއްޔެވެ؟
އައިޕެޑާއި މޮބައިލް ފޯނާއި ދެންވެސް އެފަދަ އާލާތްތައް ނެތް ދުވަސްވަރެވެ. މަދަރުސާތަކުގެ ކިލާސްތަކުގައި ވެސް ކުޅެއުޅޭ ކުޅިވަރެކެވެ. ފުލުސް ނުކުމެ ވަގު ހިފައި ވަގުގެ އަތުގައި ފަތިގަނޑުން ދިހައެތިފަހަރު ޖަހާލާ ތަދު ކޮށްލައެވެ. ޒަމާން ބަދަލުވެއްޖެއެވެ. އެދުވަހު “ވަގު ފުލުސް” ކުޅޭން އުޅުނު ކުދީން އެތިބީ ހަމަ ހަގީގީ ވަގު ފުލުސް ކުޅޭން ހެއްޔެވެ؟ ނުވަތަ “ވަގުގެ ” ގައިގައި ހިފާން ހުންނަ “ވަގު” ފުލުސްގެ ގައިގައިވެސް “ވަގު” ނުކުމެ ފުލުސް ހިފާން ވެފައި ހެއްޔެވެ! ހިފާންވީ ކޮން ވަގެެއް ކަމެއް، ވަގުންނަކީ […]
ބަންޑާރަ ބިން
ބޯހިޔާވެހިކަން ކަށަވަރު ކޮށްދިނުމަކީ ކޮންމެ ވެރިއެއްގެ އެންމެ މުހިންމު ރިޔާސީ ވައުދާއި އަހުދެވެ. ނަމަވެސް މިއީ ގާނޫނީ ގޮތުން ވެރިކަމަށް ކުރިމަތިލައްވާ ބޭފުޅަކަށް ވެވިދާނެ ވައުދެއް ތޯ ބާލާލުން މިއީ ކޮންމެހެން ކުރާން ޖެހިފައިވާ ކަމެކެވެ. އަހުރެންގެ ބުއްދިއަށް ފަހުމްވާ ގޮތާއި މި ވިސްނޭވިސްނުން ކޮށި ނަމަވެސް ލިޔެލާން ގަސްތު ކޮށްފީމުއެވެ. ވެރިކަމަށް ކުރިމަތިލައްވާ ބޭފުޅާ ނުވަތަ ކައުންސިލަށް ނުވަތަ ރައްޔިތުން ގެ މަޖްލީހަށް ކުރިމަތިލައްވާ އެ ސިޔާސީ އިއްޒަތްތެރި ވެރިޔާ އެ ވިދާޅުވާ ވައުދަކީ ކޮރަޕްޝަން […]
މަހާނަ މަައްޗަށް މަޑިއަކަށް ޖެހުން
އަޅުގަނޑުމެން އިހު ގެންގުޅުނު އެއްބައިވަންތަކަމާއި އެކުވެރި އުހުއްވަތްތެރި ކަމަކީ ދިވެހިންގެ ސަގާފަތާއި ގުޅިލާމެހިފައިވާ ކަންތައްތަކެވެ. އަވަށްޓެރިއަކު ނިޔާވެ 40ވަންދެން ބާރަށް އަޑެއް އިއްވާނުލާއިރު ރޭޑިޔޯ އިން ލަވައެއް ޖަހާނުލާ ތިބި އެކުވެރި އެއްބައިވަންތަ ދިވެހިންނެވެ. ސަކަރާތާއި ހީ މަޖާ ކުރުމުން ދުރުވެ އެ ހިތާމައިގައި ނަމޫނާ ދެއްކި އަވަށްޓެރިނެވެ. އިހު ދިވެހިންނަކީ ގަބުރުސްތާން ނުވަތަ ސަހާރާތަކަށް ޒިޔާރަތްކޮށް ހާއްސަ އަހުމިއްޔަތެއް ދީ ހުކުރު ހޯމަ ދުވަހު ތިމާގެ މީހުންގެ މަހާނަ އަށް ޒިޔާރަތްކޮށް އެ މަހާނަ ސާފުކޮށް އެ މައްޔިތާ އަށް […]
