އިއްޔެ ތަޅައިމެރީ އަހަރެމެންގެ ޖީލު
އިއްޔެ ތަޅާމެރީ އަހަރެމެނެްގެ ޖީލެވެ. އަހަރެން މަގުމައްޗައް ނިކުތީ އޭރުގެ ސަރުކާރުން ކުރާ އަނިޔާ ބޮޑުވެ ވާނުވާ ނޭނގި ރައްޓެހިން ރަހްމަތްތެރިން އެތަކެއް މަސްތަކެއްް ވަންދެން ހޭ ވެސް އަާނުލާ ޖަލުތަކުގައި ބަންދު ކޮށް އަނިޔާ ކުރާތީއެވެ. އޭރުގެ އަނިޔާގެ މޭސްތެރިޔާ އާދަމް ޒާހިރު ގެ އަނިޔާވެރިކަމުން ފިލާވަޅު ލިިބި އެ އަނިޔާ ކުރާން ދަސްކުރި އެދުވަހުގެ ތަހްގީގީ ޓީމު ތަކުގައި އަނިޔާވެރިވާން ތިބި ޖޫނިޔާ އޮފިސަރުން މިއަދު ކޮމިޝަނަރުންނަށް ވީމާ އެ އަނިޔާ ވެރިކަން އިހު ކުރި ވަރަށް ވުރެން ގަދަވާނެކަން މި ސަރުކާރުން ސިފަ ކޮށްދިނީ ޒުވާނުން ގެ މުޒާހަރާއިންނެވެ.

މިއަދު އެ އަނިޔާވެރި ކަން ދައްކާލީ އަހަރެމެންގެ ދަރިންނަށެވެ. ހާއްަސަކޮށް އަންހެން ދަރިންނަށެވެ. މުޒާހަރާ ކުރާން އެ ޒުވާން އަންހެންް ޖީލަށް މަޖްބޫރު ކުރުވީ މި ސާރުކާރުންނެވެ. އަދު ސަރުކާރު ހިންގާން ތިބީންނެވެ. ސަރުކާރުގެ އެތެރޭގެ ވެރިން ކުރާ ނުރަނގަޅު ކުޅިގަނޑު ސަރުކާރުން މަތިޖަހާން ހިންގި ދެކޮޅު ނުޖެހޭ ކަމުގެ ނަތިޖާގެ ސަބަބުންނެވެ.
އަހަރެންގެ ވެސް ފުރާވަރު އަންހެން ދަރިއެއް ހުރުމުން އަހަރެނެްގެ ލަނގޮޑިއަށް ފުލުހުން ކުރާ އަނިޔާ ބަލާން ކެތް ނުކުރެވޭ ފަދައިން ކޮންމެ ބަފައެއްގެ އަދި މައެއްގެ ހިތުގައި އަނިޔާގެ ވޭނާއި ރިހުމާއި އެ އަނިޔާގެ ހަސަދަ އުފެދެނެ އެވެ. މިއީ ހަމަ އެކަނި ސަރުކާރުގެ ސިޔާސީ ވެރިންގެ ގައުމެއް ނޫނެވެ. އަދި ސަރުކާރަށް ތާއިދު ކުރާ މަދު ބައެއްގެ ވެސް އެކަނި ގައުމެއް ނޫނެވެ.
މަދާމަ އަހަރެމެން ވެސް އެ ޒުވާނުން ކުރާ މުޒާހަރާ އަށް ތާއިދު ކޮށް ކޮންމެ ބައްޕަޔަކާއި މަންަމަ އަކާއި ބޭބެ އާއި ދައްތަ “އާނދޮގޭ” ކިޔާ މަގު މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރާން ފެށުމުން ގައުމުގެ އަސްކަރިއްޔާ އަށާއި ފުލުހުންނަށް މައިތިރި ކުރެވޭނެ ހެއްޔެވެ؟ ރާއްޖެ ވަޅުޖެހި ދަރަނިވެރިވެފައިވާ އިގްތިސާދު ހިފެހެއްޓިދާނެ ހެއްޔެވެ؟
ޑިމޮކްރަސީ އަކީ ކޮބާ ހެއްޔެވެ. ރައްކާތެރި ކަމާއި ހިދުމަތް ދިނުމަކީ ކޮބާ ހެއްޔެވެ؟
އެއްވެ އުޅުމުގެ މިނިވަންކަމާއި އަދުލު އިންސާފް ގެ ހަމަ ހަމަ ކަމާއި މަޝްވާރާގެ ރިވެތި އުސޫލު ވަޅުޖެހި ދިޔައީ އެވެ. ގޮށްމުށް އިސްކޮށްގެން ރައްޔިތުން މައިތިރި ކުރެވޭނެ ނަމަ އޭރުގެ ވެރިންނާއި ދެކޮޅަށް ބަސްބުނާން އަހަރެމެންގެ ޖީލު ނުތެދުވީސް ކަން ކަށަވަރެވެ. މިއަދު އެ މަގުމަތީ ގައި މުގޯލި އެޅީ މާ ކެރޭ މާ ހިއްވަރުގަދަ ޒުވާނުނެވެ. ތައުލީމީ ޒުވާނުންނެވެ. އެ ޒުވާނުން މި ސަރުކާރު ހަމަ މަގަށް އަޅުވާ ބަދަލު ކޮށް އަނެއްކާވެސް ގައުމު ހަމަ މަގަށް އަޅުވާނެ ކަމާމެދު ޝައްކު ނުއުފައްދާށެވެ! ހައްގުގައި ސާބިތުވެ ތިބޭ ޒުވާނުންގެ ހިއްވަރަކީ މުގުރަކުން ބިޑި އަކުން އަދި ކިޔެއްތަ ކުރާ އަދި ދޭ އަނިޔަލަކުން މައިތިރި ކުރެވޭނެ އަޒުމެއް ނޫނެވެ. ފުލުހުންނާއި ސަރުކާރުން އެ ކުދިން ގައިގައި މުގުރުން ތަޅައި އަނިޔާކޮށް ހެދިދާނެއެވެ. ވަކި އަޅައި މަސްކޮޅު ވެސް ނެގިދާނެއެވެ. އެކަމަކު އެކުދިންގެ އަޒްމާއި ހިތްވަރާއި ހިތެއް ބަދަލު ނުކުރެވޭނެ ކަން އެ ކުދިން އެ ދައްކަނީ އެވެ.
އަހަރެމެންގެ ދަރިންގެ ހައްގުގައި އަނެއްކާވެސް މަގުމަތި ހިޔާރު ކުރާން މަޖްބޫރު ކުރުވީ ސަރުކާރުގެ ވެރިން ނެވެ . މިއީ އަނިޔާ ކުރާ މަންޒަރު ފެނުމުން ހިތުގައި އުފެދޭ އަނިޔާވެރިކަމާއކ ދެކޮޅު ކެކުޅުން ތަކެވެ.
އަދިވެސް އަހަރެންގެ ވާއަތުގެ ބޮޑިވައި އިނގި ލަންބާލިލަންބާލުމުން ހުޅުންނެއްޓި ދިޔަ ހަނދާނާއި ވައަތު ބޮޑުވައި އިނގީލީގައި ވޭން އަޅައެވެ. އެވޭނަކީ އަނިޔާ އަށްހަނުހުރެވޭނެ ވޭނެއް ނޫނެވެ.
