ތަސްވީރުން ބުނެދޭ ވާހަކަ
ދޫނިރާއްޖެއަކީ ދުނިޔޭގެ އެންމެ މުއްސަނދި އެންމެ ތަރައްގީވެފައިވާ ގައުމު
މީލާދީ ސަނަތުން 2023 ވަނަ އަހަރަކީ ދޫނިރާއްޖޭގެ ވެރިކަމަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު އިގްތިޞާދީ މާހިރު ވަޑައިގެންނެވި އަހަރެވެ. އެމަނިކުފާނަކީ ތެދުވެރިކަމާއި އަމާނާތްތެރި ކަމާއި އިޚުލާޞްތެރިކަމުގެ ނަމޫނާ ވެރިއެކެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި އިރު އޭގެ ކުރިން އެރާއްޖޭގައި ވެރިކަން ކުރިފަރާތްތަކުން ގައުމުވަނީ އިނދަޖައްސާލާ ލޫޓުވާލާފައެވެ. ނަމަވެސް ދެއަހަރު ދުވަހުގެ ތެރޭގައި އެ ރާޖޭގެ ރައްޔިތުން ތަޙަންމަލް ކުރަންޖެހުނު އެންމެހައި ކަންކަން ޙައްލުކޮށް އެރާއްޖޭގެ ރައްޔިތުން ހެއްވާލަ ދެއްވިއެވެ. ރާއްޖެއަށް މި ލިބުނު ވެރިއަކީ ރައްޔިތުންނަށް […]
ކަކުނިރާއްޖޭގެ ވާހަކަ
ކަކުނިރާއްޖެއޭ ކިޔާ ޖަޒީރާ ގައުމެކެވެ. އެރަށްތަކުގެ އަހުލުވެރިން ކަކުނިރާއްޖޭގެ ވެރިކަން ކުރާ ރަށަށް ހިޖުރަކުރަމުންދާ ދިއުން މަދު ކުރުމަށްޓަކާ އެޖަޒީރާ ރަށްތައް ލާމަރުކަޒީ ނިޒާމަކުން ގުޅުވައި އެރަށްތަކުން މައިސަރުކާރަށް ބަރޯސާވަމުން ދިޔަ ދިއުން ނިމުމަކަށް ގެނެސް އެރަށްތައް މިދެންނެވި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ހިންގުމުގެ ބާރު އެރަށްތަކުގެ ކައުންސިލް ތަކަށް ދޫކޮށްލުމަކީ ގާނޫނުސާސީގެ އަމާޒެވެ. މި ނިޒާމަކީ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި ޒަމާންތަކެއްވަންދެން މަޝްވަރާކޮށް ރަށްރަށުގެ ރައްޔިތުން އެދިގެން ނިންމި ނިންމުން ތަކެކެވެ. މި ނިންމުންތަކުގެ ސަބަބުން […]
މަހުލޭ ރާޖާގެ ވެރިކަން
މިއީ ކިޔުންތެރިޔަކު ފޮނުވާފައިވާ ޚިޔާލީ ވާހަކައެކެވެ. އެ ރާއްޖޭގެ ވެރިކަމުގެ ނިޒާމު އޮންނަގޮތުން ކޮންމެ ފަސްއަހަރަކުން ފަސްއަހަރަކުން ރިޔާސީ އިންތިޚާބެއް ބާއްވައި ރައްޔިތުން ވޯޓުލައިގެން ރައީސަކު ހޮވަން ޖެހެއެވެ. އެގޮތުން މަހުލޭ ރާއްޖޭގެ ވެރިކަމަށް ރައްޔިތުން އެވަގުތަކު ބޭނުންވާ މީހަކު ހޮވައެވެ. އެހެން ކަމުން ރާއްޖޭގެ ރައީސަކަށް ރައްޔިތުން ހަމަޖެއްސި ބޭފުޅަކީ ކުރިން ވެރިކަން ކުރެއްވި ބޭފުޅެއްގެ ކޮއްކޯފުޅު ކަމަށްވާ ރާޖާއެވެ. އެހެނަސް ވެރިކަން ބޭނުންވާ ބައެއްގެ ހިޔަޅުރޭވުމެއްގެ ތެރެއިން މިދެންނެވި ރާޖާއަށް ކުރިމަތިލުމުގެ ފުރުޞަތު ގެއްލުވާލިއެވެ. […]
ދެފުށް ދެގޮތް ސިޔާސަތު
ސޯޝަލް މީޑިއާގައި ވައިރަލްވި ވީޑިއޯއަކުން ފެންނަ ގޮތުގައި ފިހާރައަކުން ކުޑަ އެއްޗެއް ވަގަށް ނެގި މައްސަލައެއްގައި މީހެއްގެ ތަހުގީގު ޖައްސައި އޭނާއަށް އަމިއްލައަމިއްލައަށް ހުކުމް އިއްވުމުގެ ގޮތުން މުޅި ގައިގައި ކުލަހާކައި ދަވާދުލައި އޭނާއަށް ހެޓަކަށް ދިނެވެ. އެމީހުންއޭނާއަށް އިންސާފު ދެއްކީ މަގުމަތިންނެވެ. ބައެއް މީހުން އެކަމަށް ތަރުހީބުދީ އަތްތިލަބަޑި ޖަހައި މަޖާކޮށް ހެދިއެވެ. މިއީ ގައުމު އޮތް ހާލަތެވެ. މިއީ ލާއިންސާނީ، ދަށުދަރަޖައިގެ އަމަލެކެވެ. މި ހާދިސާ ވެފައިވަނީ މި މުޖުތަމަޢުގައި ކުށްތަކާއި އަދަބުތަކާމެދު އަޅުގަނޑުމެން […]
