މަހުލޭ ރާޖާގެ ވެރިކަން
މިއީ ކިޔުންތެރިޔަކު ފޮނުވާފައިވާ ޚިޔާލީ ވާހަކައެކެވެ.
އެ ރާއްޖޭގެ ވެރިކަމުގެ ނިޒާމު އޮންނަގޮތުން ކޮންމެ ފަސްއަހަރަކުން ފަސްއަހަރަކުން ރިޔާސީ އިންތިޚާބެއް ބާއްވައި ރައްޔިތުން ވޯޓުލައިގެން ރައީސަކު ހޮވަން ޖެހެއެވެ. އެގޮތުން މަހުލޭ ރާއްޖޭގެ ވެރިކަމަށް ރައްޔިތުން އެވަގުތަކު ބޭނުންވާ މީހަކު ހޮވައެވެ. އެހެން ކަމުން ރާއްޖޭގެ ރައީސަކަށް ރައްޔިތުން ހަމަޖެއްސި ބޭފުޅަކީ ކުރިން ވެރިކަން ކުރެއްވި ބޭފުޅެއްގެ ކޮއްކޯފުޅު ކަމަށްވާ ރާޖާއެވެ. އެހެނަސް ވެރިކަން ބޭނުންވާ ބައެއްގެ ހިޔަޅުރޭވުމެއްގެ ތެރެއިން މިދެންނެވި ރާޖާއަށް ކުރިމަތިލުމުގެ ފުރުޞަތު ގެއްލުވާލިއެވެ. އެހެނަސް އެހިނދު ރައްޔިތުންގެ ތާއީދު އޮތީ ރާޖާއަށް ކަމުން ރައްޔިތުން ވޯޓުދިނީ ރާޖާވިދާޅުވި ބޭފުޅަކަށެވެ.
އެގޮތުގެ މަތީން ރިޔާސީ އިންތިޚާބުގެ ކެންޕެެއިން ކުރައްވަމުން ގެންދިޔައީ ވެރިކަމުގެ ބާނީއަކީ ރާޖާކަމަށް ބަލައިގެންނެވެ. އެހެނަސް އެމަނިކުފާނަށް އެދަނޑިވަޅު ކެމްޕޭނުގައި ބައިވެރި ވެވެން ނެތުމާއެކު އެމަނިކުފާނުގެ ނަންފުޅުގައި ހުސްގޮނޑި ކޮޅެއް ބަހައްޓައި އެމަނިކުފާނުގެ ސަޕޯޓަރުންނަށް އަވާމެންދުރު ދެއްކިއެވެ. މަހުލޭ ރާއްޖޭގެ ރައްޔިތުން ރިޔާސީ އިންތިޚާބުގެ ވޯޓުދިނީ ރާޖާއަށެވެ. ނަމަވެސް މަކަރުވެރިއެއްގެ ދަލުގައި ރައްޔިތުންޖެހި ވެރިކަމަށް ގެނުވުނީ ވެރިކަމުގެ ހުރިހާކަމެއް އަނގައިން ހަމަޖައްސައިދޭ މީހެކެވެ. ރާޖާވިދާޅުވި ގޮތައް މަހުލޭ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ދިނީވެސް ރާޖާއަށެވެ. ކަންހިގައި ދިޔައީ މިހެންނެވެ.
ކޮންމެއަކަސް ރައްޔިތުން ރިޔާސީ އިންތިޚާބުގެ ވޯޓުލައި ރާޖާ ދެއްކި މީހާ ވެރިކަމަށް ގެނައެވެ. ރައްޔިތުން ހީކުރީ ރާޖާގެ ބަސް ގަބޫލު ކޮށްގެން ރައްޔިތުން ކުރި މަސައްކަތުން މަހުލޭ ރާއްޖެއަށް އިލާހީ ރަޙުމަތެއް ފޮނުއްވީ ކަމަށެވެ. ރާޖާގެ ބަހަށް ރައްޔިތުން ހޮވައިދިން ވެރިއަކީ ވަރަށް އޯގާވެރި ހެޔޮލަފާ ބަސްތަކުން ރައްޔިތުންގެ ހިތްތަކަށް އުފާވެރިކަން ގެނެސް ދެއްވާ މަހުލޭ ރާއްޖޭގެ ވެރިކަން އެބޭފުޅާ ފެށްޓެވިއެވެ.
ދެން ރައީސް ޑޮކްޓަރު ހެއްދެވި ގޮތަކީ އުއްތަމަ ފަނޑިޔާރު މަހުލޭރައްޖޭގެ ރައީސްގެ ހޮލިޑޭގާޑަން އަށް ގެންދަވާ ދެބޭފުޅުން ވާހަކަފުޅު ދެއްކެވުމަށްފަހު ފަނޑިޔާގޭ ތަޅުދަނޑި ރައީސް ޑޮކްޓަރު ނަންގަވައިފިއެވެ. ދެކެވުނު ވާހަކައެއް ނޭނގުނު ނަމަވެސް ދޭން ނުޖެހޭ ތަޅުދަނޑިއެއް ދޭންޖެހުނު ސަބަބުތަކެއްވެސް ހުންނާނެތާއެވެ. އެއްގޮތަކީ ފައިސާއާއި ޢިއްޒަތް ދިނުމެވެ. ދެވަނަ ގޮތަކީ ބިރުދައްކައިގެން ތަޅުދަނޑި ހޯދުމެވެ.
ކޮންމެއަކަސް ހެއްދެވި ގޮތެއް ހައްދައިވައިގެން ޑޮކްޓަރު ފަނޑިޔާރުގޭ ތަޅުދަނޑި އަތުލައްވައިފިއެވެ. ދެން ކުރެއްވި ކަމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކަރުގައި ވާޖެއްސެވުމެވެ. ކުރިން ފަނޑިޔާރުގެ ތަޅުދަނޑި އަތުލެއްވީ މަޖިލީހުގެ މެންބަރުން ކަރުގައި ވާޖެއްސެވުމުން އެއީ ބޮޑުމައްސަލައެއްކަށް ވާނޭ ކަމާއި އެއީ ގާނޫނާއި ޚިލާފަށް ކުރެއްވި ކަމެއްކަމަށް ވާތީ ފަނޑިޔާރުގެ މުސްތަގިއްލު ވެއްޖެނަމަ ދެބާރު އަތުން ދޫކުރަން މަޖުބޫރުވާނޭ ކަން އެނގިވަޑައިގެން ޑޮކްޓަރު ކުރެއްވި ކަމެކެވެ. ޑޮކްޓަރަކީ ވަރަށް އޯގާވެރި އަދި ރައްޔިތަކު ދުލުން ބުނެފި ކޮންމެކަމެއް ވިޔަސް އެމީހަކު އެދޭގޮތަށްވުރެ މާރަނޅަށް ކޮށްދެއްވާނެ ވެރިޔެކެވެ. އެކަމަކު އެކަން ކޮށްދެއްވަނީ (އަނގައިންނެވެ) އެހެން ކަމުން އަނގައިން ކިތަންމެ މަޝްރޫޢެއް ފައްޓަވައި ދެއްވިނަމަވެސް އެމަޝްރޫޢެއްގެ މަސައްކަތް ހިނގާތަނެއް ނުފެންނާނެއެވެ. އެމަނިކުފާނުގެ އަރިހުގައި ރައްޔިތުން ބުނެފިއްޔާ ކަނޑު ވެސް ޝަރުބަތު ކަމުގައި ހަމަޖައްސަވައި ދެއްވާ އެހާމެ ފައިސާއަށް ވަޖިދު ހިފާފައިވާ ބޭފުޅެއްވެސް ވެސް މެއެވެ.
ޑޮކްޓަރުގެ އެންމެ މޮޅު ތަންކޮޅަކީ އޮޅިގެން ނޫންގޮތަކަށް ތެދުފުޅެއް ނުހެއްދެވޭ ކަމެވެ. އަނެއް ކޮޅުން މަހުލޭރާއްޖޭގެ ރައީސް އަކީ ރައީސްކަން ލިބިވަޑައިގަތުމުން ރައްޔިތުންގެ ވިންދަކަށް ރައްޔިތުން ބުނެފާނޭ ބަހަކަށް ކޮށްފާނޭ ކަމަކަށް ވިސްނާވަޑައިގަންނަވާ ރައީސެއް ނޫނުނެވެ. އެއީ ދައުލަތުގެ އެންމެހައި ބާރުތަކާއި ގޭންގުތައް ރައީސް މީހާގެ މުށުތެރޭގައި އޮތަތީއެވެ. ޑޮލަރުގެ އަގު މައްޗަކަށް ނާރާނެއޭ ނައަރާނެއޭ ދާނީ ތިރިއަށޭ ވެސް ވިދާޅުވިއެވެ. އެއީ ހަމަ ވަރަށް ބޮޑު ތެދުފުޅެކެވެ. މައްޗަށް އަރައިގެން އެ އުޅެނީ ޑޮލަރެއްނޫން ތާއެވެ. މައްޗަށް އަރަމުން ދަނީ ޑޮލަރު ރޭޓެވެ. ޑޮލަރެއް ނޫނެވެ.
ރައްޔިތުން ހަދަނީ ދޮގުކަމަށާއި ރައްޔިތުން ބޭނުންވާ ހުރިހާކަމެއް އަދި ހުރިހާ ދޮރެއް މިކުންފުނީގެ ފަރާތުން ރައީސް ހުޅުވާ ދެއްވާފައިވާ ކަމަށާއި އެކަންކަން ރައްޔިތުންނަށް ޙާޞިލް ނުވާނަމަ އެއީ އެކަން ކުރަން ޙަވާލުވި ފަރާތުގެ އިހުމާލުން އެކަންކަން ނުވަނީ ކަމަށާއި އެފަދަ މައްސަލަތައް ބަލައި އެފަރާތަކަށް ވަޒީފާގެ ކުރިއެރުން ދެއްވާގޮތަށް ރައީސް މީހާ ހަމަޖައްސަވާފައިވެއެވެ. އެހާވެސް ހެޔޮފުޅެވެ.
މަހުލޭ ރައްޖޭގެ ރައީސަކީ މީހުންގެ ފޮށި ފަޅުއްވާ ބޭފުޅެއްނޫނެވެ. ދައުލަތުގެ ޚަޒާނާ ލޫޓުާވާލެވެން އޮތްހިނދު މީހުންގެ ފޮށި ފެޅުމުގެ ބޭނުމެއް ނެތްތާއެވެ.

