ސްޓެލްކޯގައި ހިނގާ ބޮޑު ކޮރަޕްޝަން

ކަރަންޓްގެ ޚިދުމަތް ދިނުމަށް އުފައްދާފައިވާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯގެ އިސް ވެރިން ތަކެއް ގުޅިގެން އަމިއްލަ ކުންފުންޏެއް ހިންގާ، އެ ކުންފުނި މެދުވެރިކޮށް ސްޓެލްކޯއަށް އެކި މުދާ ސަޕްލައިކޮށް ނާޖާއިޒް މުއްސަނދިކަން ހޯދަމުން އަންނަތާ ދުވަސްތަކެއް ވެއްޖެއެވެ. ސްޓެލްކޯގައި މަސައްކަތްކުރާ މީހެއްގެ ފަރާތުން އެނގުނު ގޮތުގައި މިހާރުގެ އެމްޑީ ފަހުމީ އާއި އަދި އޭގެ ދަށުން ހުރި އަޒްވަރުގެ އިތުރުން ޕްރޮކިއުމެންޓާއި އެކައުންޓްސް ޑިޕާޓްމެންޓް ވެސް ވަނީ މިކަމުގައި ޝާމިލް ވެފައެވެ.   ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު […]

150 ޕަސަންޓުގެ ޚިޔާނާތް

ދާދި ފަހުން ސްޓެލްކޯއިން މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އެކުންފުނީގެ ފަރާތުން ފޮނުވަންޖެހޭ ތަކެތި އެރަށްތަކަށް ގެންގޮސްދޭނޭ ފަރާތެއް ހޯދުމަށްޓަކައި ބިޑް ހުޅުވާ އެކަން އިޢުލާނު ކުރިއެވެ. ވަރަށް ގިނަ ކުންފުނި ތަކުން އެ ބިޑުގައި ބައިވެރިވިއެވެ.  އެބިޑުގައި ބައިވެރި ހުރިހާ ކުންފުނިތަކުން ވެސް ބިޑު ހުށަހާޅާފައި ވަނީ ގާތްގަނޑަކަށް ސާޅީސް ހާހާއި ފަންސާސް ހާހާއި ދެމެދުގައެވެ. އެހެން ކަމުން އޭގެތެރޭގައި ހިމެނޭ އެންމެ ކުޑަ އަގު ހުށަހެޅިފަރާތަށް ބިޑް ކާމިޔާބު ވެއްޖެކަން އިޢުލާނު ކުރެވިއްޖެއެވެ. މިކަން އިޢުލާން ކުރެވުނީ […]