ވަގު ފުލުސް ކުޅެނީ ހެއްޔެވެ؟

އައިޕެޑާއި މޮބައިލް ފޯނާއި ދެންވެސް އެފަދަ އާލާތްތައް ނެތް ދުވަސްވަރެވެ. މަދަރުސާތަކުގެ ކިލާސްތަކުގައި ވެސް ކުޅެއުޅޭ ކުޅިވަރެކެވެ. ފުލުސް ނުކުމެ ވަގު ހިފައި ވަގުގެ އަތުގައި ފަތިގަނޑުން ދިހައެތިފަހަރު ޖަހާލާ ތަދު ކޮށްލައެވެ. ޒަމާން ބަދަލުވެއްޖެއެވެ. އެދުވަހު “ވަގު ފުލުސް” ކުޅޭން އުޅުނު ކުދީން އެތިބީ ހަމަ ހަގީގީ ވަގު ފުލުސް ކުޅޭން ހެއްޔެވެ؟ ނުވަތަ “ވަގުގެ ” ގައިގައި ހިފާން ހުންނަ “ވަގު” ފުލުސްގެ  ގައިގައިވެސް  “ވަގު”  ނުކުމެ  ފުލުސް ހިފާން ވެފައި ހެއްޔެވެ!  ހިފާންވީ ކޮން ވަގެެއް ކަމެއް، ވަގުންނަކީ […]

ބަންޑާރަ ބިން

ބޯހިޔާވެހިކަން ކަށަވަރު ކޮށްދިނުމަކީ ކޮންމެ ވެރިއެއްގެ އެންމެ މުހިންމު ރިޔާސީ ވައުދާއި އަހުދެވެ. ނަމަވެސް މިއީ ގާނޫނީ ގޮތުން ވެރިކަމަށް ކުރިމަތިލައްވާ ބޭފުޅަކަށް ވެވިދާނެ ވައުދެއް ތޯ ބާލާލުން މިއީ ކޮންމެހެން ކުރާން ޖެހިފައިވާ ކަމެކެވެ. އަހުރެންގެ ބުއްދިއަށް ފަހުމްވާ ގޮތާއި މި ވިސްނޭވިސްނުން ކޮށި ނަމަވެސް ލިޔެލާން ގަސްތު ކޮށްފީމުއެވެ. ވެރިކަމަށް ކުރިމަތިލައްވާ ބޭފުޅާ ނުވަތަ ކައުންސިލަށް ނުވަތަ ރައްޔިތުން ގެ މަޖްލީހަށް ކުރިމަތިލައްވާ އެ ސިޔާސީ އިއްޒަތްތެރި ވެރިޔާ އެ ވިދާޅުވާ ވައުދަކީ ކޮރަޕްޝަން […]

މަހާނަ މަައްޗަށް މަޑިއަކަށް ޖެހުން

އަޅުގަނޑުމެން އިހު ގެންގުޅުނު އެއްބައިވަންތަކަމާއި އެކުވެރި އުހުއްވަތްތެރި ކަމަކީ ދިވެހިންގެ ސަގާފަތާއި ގުޅިލާމެހިފައިވާ ކަންތައްތަކެވެ.  އަވަށްޓެރިއަކު ނިޔާވެ 40ވަންދެން ބާރަށް އަޑެއް އިއްވާނުލާއިރު ރޭޑިޔޯ އިން ލަވައެއް ޖަހާނުލާ ތިބި އެކުވެރި އެއްބައިވަންތަ ދިވެހިންނެވެ. ސަކަރާތާއި ހީ މަޖާ ކުރުމުން ދުރުވެ އެ ހިތާމައިގައި ނަމޫނާ ދެއްކި އަވަށްޓެރިނެވެ. އިހު ދިވެހިންނަކީ ގަބުރުސްތާން ނުވަތަ ސަހާރާތަކަށް ޒިޔާރަތްކޮށް  ހާއްސަ އަހުމިއްޔަތެއް ދީ  ހުކުރު ހޯމަ ދުވަހު ތިމާގެ މީހުންގެ މަހާނަ އަށް ޒިޔާރަތްކޮށް  އެ މަހާނަ ސާފުކޮށް އެ މައްޔިތާ އަށް […]

ބޭސްފަރުވާއާއި ބެހޭގޮތުން ނޭނގޭ ބޮޑު ސިއްރުގެ ހަގީގަތް!

ހިދުމަތަކީ ސަރުކާރަކަށް ފެނިއްޖެނަމަ އެ ފެންނަ ގޮތަކަށް ކޮށްދޭ ކަމެކެވެ. އަސާސީ ހައްގަކީ އެ ހައްގު ކޮންމެހެންވެސް ސަރުކާރުގެ ހަރަދުގައި ފުރިހަމަޔަށް ދިނުމެވެ. މި ދެކަންތައް ރައްޔިތުންނަށް ވަނީ އޮޅިފައެވެ. ނުވަތަ ސަރުކާރުތަކުން ރައްޔިތުންގެ މަޖިލީހުން ވަނީ އޮޅުވާލާފައެވެ. މިސާލަކަށް؛ ކޭބަލްޓީވީ އަކީ ހިދުމަތެކެވެ. އޮންލައިންކޮށް އައިޑީކާޑަށް ފައިސާ ދެއްކުމަކީ ވެސް ހިދުމަތެކެވެ. ސްކޫލްތަކުގައި އައިސް ފެން ލިބޭނެ ގޮތް ހުރުމަކީ ހިދުމަތެކެވެ. މާނައަކީ މިކަންތައްތައް މިގޮތަށް ކޮށްދިނުން އެއީ ސަރުކާރަށް ލާޒިމް ވާނޭ ކަމެއް ނޫނެވެ. […]

ދެޔޯ ރާޖާގެ ނިޒާމް

އެެއީ މީލާދީން 12 ވަނަ ޤަރުނުގެ ކުރީކޮޅެވެ. ދިވެހިން އިސްލާމް ވުމުގެ ކުރިއެވެ. ތާރީޚު ބުނާ ގޮތުން ނަމަ ދިވެހިން އޭރު ތިބީ ޚުރާފާތްތަކަށް ގެއްލި ހުސްވެފައެވެ. ބައެއް ފޮތްތަކުން ފެންނަނީ ދިވެހިީން ތިބީ ހިންދޫ ދިނާއި ބުދު ދީނަށް އަޅުކަން ކުރާން ފައްޅިތައް ވެސް އަޅައިގެންނެވެ.  މިހާރު ދިވެހިން އިސްލާމްވިތާ 8 ގަރުނު ވަނީއެވެ. ކޮންމެއަކަސް އަށްސަތޭކަ އެތައް އަހަރެއް ވެ ދިޔައިރު ވެސް އަދިވެސް ދިވެހިން ވެރިކަން ހިންގަމުން ގެންދަނީ ތަފާތު ނަންނަމުގައި ވިޔަސް […]

ބީރުވެރިން

ކޮންމެ އަކަސް ރާއްޖެ އިނގިރޭސީންގެ  އަތްދަށުން މިނިވަން ވުމަށްފަހު ދިވެހިރާއްޖޭގެ ވެރިކަމަށް އިސްވި ކޮންމެ ވެރިއަކުވެސް ސިންގަޕޯރގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުން ފަރުވާ ހޯދާ ކަމަށް ބުނާތީ އަހަމެވެ.  މަރްހޫމް ވެލާނާގޭ އިބްރާހިމް ނާސިރުން ފެށިގެން ގޮސް ޑަކްޓަރ މޫއީޒް އާއި ހަމައަށްވެސް ވަނީ އެ ހޮސްޕިޓަލުން ފަރުވާ ހޯދާފައިކަމަށް ތުންތުން މަތިން ކިޔާ އަޑު އިވެއެވެ. ރާއްޖޭ ގެ ވެރިން ސިންގަޕޯރގެ މައުންޓް އެލްޒަބަތުން ފަރުވާ ހޯދެއްވުމަށްފަހު އެނބުރި ރާއްޖެއަށް ވަޑައިގަތުމުން ރައްޔިތުންގެ ބަސް އެ ވެރިން ގެ ކަންފަތަށް […]

ކާފު ޖަހާ ސިޔާސަތަށް ބަދަލެއް ނާދޭ

މިއީ ރާއްޖޭގެ ސިޔާސީ މާޒީން އެންމެ ދަންނަ ވާހަކަ އެކެވެ؛ “ނުރުހޭނަމަ ކުޑަ ކާފެކެވެ. ރުހޭ ނަމަ ބޮޑު ކާފެކެވެ!” މީ ކުރީގެ ބައެއް ސަރުކާރުތަކުގެ ސިޔާސީ ފަލްސަފާ ބައްޓަން ކޮށްފައި އޮތް ގޮތެކެވެ. ކަތީބުންނާއި އަތޮޅުވެރިން ތަންފީޒު ކުރި ސިޔާސަތެކެވެ. އެ ސަރުކާރުތައް ލައްވާލަނީ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ދިގު ތިރީހަށެވެ. އެ ފަހަށް ވެސް ސަރުކާރަކަށް ފަހު ސަރުކާރެއް އެބަ އުފެދެއެވެ. އެކަމަކު މިހާރު ވެސް ދައުރެއް ނިމި ވެރިކަމުގެ އާ ދައުރަކަށް […]

ލަންކާ ވަޒީރުގެ ވަރުންއެޅުވުމަކީ ހިތްވަރެއް

ދިވެހިން އަބަދުވެސް ސިލޯނާ / ސްރީލަންކާއާމެދު ދެކޭ ގޮތަކީ ހިތާ އެންމެ ކައިރިން ހާއްސަ އިހުތިރާމަކާއި ލޯތްބެއް އޮންނަ ގައުމުގެ ގޮތުގަ އެވެ. ރޯނާ ހިކި މަހާއި ބޮއްޔާއި ކުފުރާ އާއި ބޮނޑި، ކާއްޓާއި ރިހާކުރު ސިލޯނަށް އެކްސްޕޯޓްކޮށް ސައިފަތާއި ހަނޑޫ ފަދަ ބާވަތްތައް ދިވެހިން ގަނެ އުޅުނީ ސިލޯނު މީހުން އަތުންނެވެ. އެ މީހުން ވެސް ދެކެނީ ހަމަ އެހެނެވެ. ތިބެނީ އެކުއެކީގަ އެވެ. ދޭދޭ މި ދެ ގައުމުގެ މެދުގައި އޮންނަނީ ހިތާއި ހިތުގެ […]

މުޒާހަރާގެ މެދަށް މޮޓޯކޭޑް ބީހެން ދިމާވީ ކީއްވެ؟

ރައީސުލްޖުމްހުރިއްޔާގެ ދެކަނބަލުން ދަތުރު ކުރެއްވި ރިޔާސީ ކާރުކޮޅު ހިމެނޭ މޮޓޯކޭޑަށް އިދިކޮޅު މުޒާހަރާއިން ބަޔަކު ހުރަސް އަޅައި އެ ކުރިމައްޗަށް އަރައި ހެދީ އެވެ؛ އަޅުގަނޑު އަހައިލާން ބޭނުންވާ ސުވާލަކީ އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރާން ގޮވާލައި ކުރާ އިމޯޝަނަލް މުޒާހަރާއެއްގެ މެދަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ދަތުރު ކުރެއްވި ރިޔާސީ ކާރުކޮޅު ހިމެނޭ މޮޓޯކޭޑް ބީހޭން ދިމާވީ ކީއްވެގެން ހެއްޔެވެ؟  މި ސުވާލަށް ޖަވާބެއް ދެނިކޮށް ރައްޔިތު އެންމެ […]

ހެޔޮވެރިކަމެއްގެ އާ ފެށުމަކީ އެދުމަކަށް ވެދާނެ

މީގެ ތިރީހަކަށް އަހަރު ކުރީން ބައެއް ދުވަސް ދުވަހު، ސިޔާސީ ވިސްނުން ގެންގުޅޭ، އަދި އޭރު އޮތް ސަރުކާރާމެދު އެހައި ހިތާ ނުވާ ބަޔަކު، ވިޔަފާރިވެރިޔާ އަދި ސިޔާސީ ލީޑަރު ގާސިމް އިބްރާހިމް ވެސް ހިމެނި ވަޑައިގަންނަވާ ގޮތަށް ސިޔާސީ ވާހަކަ ދައްކަވާ ސައި ބައްްލަވާ ސަމާސާ ކުރައްވާ އެކުއެކީގައި އުޅެތެވެ. އެފަދަ ބޭފުޅުންނާ ބައްދަލުވެ ވާހަކަ ދައްކާލާނެ ފުރުސަތެއް މަދުން ނަމަވެސް އަޅުގަނޑަށް އޭރު ލިބިފައި ވެއެވެ.  އުމުރުން އޭރު ހަގު ނަމަވެސް ވިސްނުމާއި ފިކުރު […]