ހުދު ކަރުދާސް

ހުދު ކަރުދާސް

ހުދު ކަރުދާހޭ ބުނެފިނަމަ އެއީ ވަރަށް ތާހިރު އަދި ސާފު ފަންޑިތަ ސިހުރު ހާހޫރަ ވެސް ލިޔާން ކަމުގޮސް އުނަގަނޑު ގައި އަޅާ ބަޑިއަށް ވެސް ލެވޭހާ ސާފު ކަމަށް ބުނާތީ އިވެއެވެ

ވެންޓިލޭޓަރ ތައް ދަވާލި ނުވަތަ ކާލި މައްަސަލަ އާއި ގުޅިގެން އޭރުގެ ސަރުކާރު ގެ ވެރިންނަށް ތުހުމަތުތައް ކުރިއެވެ. އެއަށްފަހު އެންޓިކަރްޕްޝަނުން އޭރުގެ މާލީ ވުޒާރާ އަށް “އެ ހުދު ކަރުދާސް “ މާލިއްޔަތު ވަޒީރަށް ފޮނުވައި އެ ހުދުކަރުދާހުގައިވާ ކަންކަމާއި އެއްގޮތަށް އެވުޒާރާގެ ކަންކަން ހަރުދަނާ ކުރާން ނަސޭހަތް ތެރިވީ ކަމަށް ކިޔާތީ އެހީމެވެ. އަދި އެއަށްފަހު މާލިއްޔަތު ޤަވާޢިދު އިޞްލާޙް ކޮށް ހަރުދާނާ ކުރިއެވެ.

އޭރުވެސް އެ ހުދު ކަރުދާހުގެ ވާހަކަ ދައްކާ ކަންބޮަޑުވުން ތައް ހާމަ ކުރީ އެންޓިކަރަޕްޝަން އިންނެވެ. އެދުވަހު އެންޓިކޮރަޕްޝުން ވަރަށް ކެރި ހާމަ ކަން ބޮޑު ކޮށް މާލިއްޔަތު ޤަވާޢިދު އިޞްލާޙް ކުރިއެވެ.

އަދު އެންޓިކޮރަޕްޝަން ކޮބާ ހެއްޔެވެ؟ މާލީއްޔަތު ޤަވާޢިދު އަނެއްކާވެސް ވެރިން ވައްކަން ކުރާން އިޞްލާޙް ކޮށްދިނީ ދެފުށުން ވެސް ވެެެރިން ބޭނުން ގޮތަކަށް މަށައިލެވޭ ގޮތަށެވެ.

ރައްޔިތުން ގެ މުދަލަކީ ސަރުކާރު ހިންގާން ތިބީންގެ ޣަނީމާ މުދަލަކަށް ހަދާން ހަމަ ފުރުސަތު ދެނީ ހެއްޔެވެ؟ ރައްޔިތުންގެ ބާރައީ ހައްގުމިންވަރަކީ ސަރުކާރުން ރައްޔިތުންގެ މުދަލުން ރައްޔިތުމީހާ އަށް ދިއްކޮއްލާ މަސްދަޅަކާއި ފީ ފިޔާ ކިލޯއަކާއި ފަޑައްކު ހަނޑޫ ނާޅިއެއް ހެއްޔެވެ؟ މި ހަމަ ހިތު އުހެދޭ ސުވާލެކެވެ!