ރައީސްގެ ދޮގު ގޯނީގައިވާ ވާހަކަތައް ގަބޫލުކުރުން ދީންވެސް ހުއްދަ ނުކުރޭ
ރާއްޖޭގެ ރައީސުލް ޖުމްރިއްޔާ ވިއަސް އަދި އެހެން މީހަކު ކަމުގައި ވިއަސް ދައްކަވާ ވާހަކަފުޅުތަކާއި ވެ ވަޑައިގަންނަވާ ވަޢުދު ފުޅުތައް ގަބޫލު ކުރަންވާނީ އެކަމުގެ ތެދު ދޮގުބަލައި އެއީ ގަބޫލުކުރެވޭ ވަރުގެ ކަން ކަމެއްތޯ ބެލުމަށްފަހުގައެވެ. މިއީ އަޅުގަނޑު ބުނާވާހަކައެއް ނޫނެވެ. މިއީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ރައްޔިތުންނާ ބައްދަލު ކުރައްވާ ސީދާ ލައިވްކޮށް ވިދާޅުވި ވާހަކަ ފުޅެކެވެ.
އެމަނިކުފާނު ވިދާޅުވިއެވެ. މީހަކު ވާހަކައެއް ދައްކާއިރު އޭގެ ތެދު ދޮގު ނުބަލާ އަޑުއަހާ މީހުން ގަބޫލު ކޮށްގެން ނުވާނެއެވެ. މާތްވެގެންވާ އިސްލާމް ދީނާ ޙަވާލާ ދެއްވާ އެމަނިކުފާނު ވިދާޅުވި އެފަދަ ވާހަކަތައް ގަބޫލު ކުރުމަކީ އަޅުގަނޑުމެންގެ ދީންވެސް ހުއްދަ ކުރާނޭ ކަމެއް ނޫން ކަމުގައެވެ.
އެހެން ކަމާއެކު ހައްދުންމަތީގެ ރައްޔިތުންގެ ގާތުގައި ބުލެލަން އޮތީ ތިއަތޮޅަށް ރައީސުލް ޖުމްހޫރިއްޔާ ވަޑައިގެން އެވިދާޅުވި ވާހަކަ ފުޅުތަކާއި އެ ވެވަޑައިގެންނެވި ވަޢުދު ފުޅުތަކަކީ ފުދޭނެ ކަންކަންތޯ ރަނގަޅަށް ބަލައި ދިރާސާ ކުރުމަށް ފަހު މެނުވީ ހައްދުން މަތީގެ ރައްޔިތުން ގަބޫލު ނުކުރުމަށެވެ. ރައީސުލް ޖުމްހޫރިޔާ ދައްކަވާފައިވާ ވާހަކަ ފުޅުތަކާއި މިހާތަނަށް ވެ ވަޑައިގެންފައިވާ ވަޢުދު ފުޅުތައް ފުއްދުނު މިންވަރަށް ރައްޔިތުން ބަލަން ޖެހޭނެއެވެ. ފަސްބުރީގެ ހޮސްޕިޓަލެއް ކޮންމެވެސް ޒަމާނަކުން އަތޮޅުގެ ރައްޔިތުންނަށް ﷲ ދައްކަވާފާނެއެވެ. އަދި އިންޓަރނޭޝަލް އެއަރުޕޯޓެއްވެސް ﷲ ދައްކަވާފާނެއެވެ. ކޮންމެއަކަސް މި ވެރިކަމުގެ ތެރޭގައި އެ ވަޢުދު ފުއްދޭނެ ކަމަށް ގަބޫލު ކޮށްގެން ނުވާނެއެވެ.
ދެން އެވިދާޅުވި ދަރަނި ދައްކާނޭ ފައިސާ ދައުލަތުގެ ރިޒާވް އަކު ނެތެވެ. ދެން އެފައިސާ ދައްކަން ފައިސާ ނަގަނީ ކަނޑަށް އަތްބާނާފައި ތޯއެވެ. ޢަޖައިބެއް ފަހެ ނުވޭ ހެއްޔެވެ. މި ރައީސް އަލާއުއްދީނުގެ ވޮއްގަނޑު ގެންގުޅުއްވަނީ ތޯ ރައްޔިތުންބަލަން އެބަޖެހޭ ނޫންތޯއެވެ.
ކޮންމެ އިންތިޚާބަކާ ދިމާކޮށް މިރައީސް ގެންދަވަނީ ރައްޔިތުން އެދޭހާ ކަމެއް ކޮށްދެއްވުމަށް ވަޢުދު ވަމުންނެވެ. ފުދުނު ވަޢުދެއް އަދި ފެންނާކަށް ނެތެވެ. އެހެން ކަމާއެކު ހައްދުންމަތީގެ ރައްޔިތުން ބަލަން ތިބޭށެވެ. އަތޮޅު ތަރައްގީ އަށްޓަކާ އެ ވެޑައިގެންނެވި އެއްވެސް ވަޢުދެއް ނުފުދި ރައްޔިތުން މަޅީގައި ޖައްސާ ވޯޓު އަތުލާނެއެވެ. ރައީސް ވިދާޅުވި ގޮތަށް ތެދު ދޮގު ނުބަލައިފިނަމަ ލިބޭނީ ކޮޅުކެއްސެވެ.
ރައިސުލް ޖުމްހޫރިއްޔާ އަކީ ރައްޔިތުން އެދޭ ކަން ކަން ކުރުވަން ރައްޔިތުން ހޮވާފައި ހުންނަ މީހަކަށް ވީތީ އެކަން ކަން ކޮށް ނުދެވުނަސް ކޮށްނުދޭނެ ވާހަކަ ވިދާޅު ނުވާނެތާއެވެ. އެކަން ވެތޯ ނުވޭތޯ އެއީ މުޅިން އެހެން ކަމެއްތާއެވެ. މާޒީވެ ދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި މިސަރުކާރުން ލ.ތޮޅަށް ކޮށްދިން ކަމެއް އަދި ފެންނާކަށް ނެތެވެ. ކައުންސިލް އޮފީހަކީ ޒަމާނީ ފެންވަރުގެ ޢިމާރާތެކެވެ. އެހެން ނަމަވެސް އިތުރު ކައުންސިލްް އޮފީހެއް އަޅަން ވީޔޯލައެވެ. ރައްޔިތުން ހިންޏެއްފަހެ ނާދޭ ހެއްޔެވެ. ފުދުނަސް ނުފުދުނަސް ވަޢުދުގޯނީގެ ތުން ވަޑައިގަންނާވާ ކޮންމެ ރަށަކަށް މޮއްސަވާ ލައްވައިގެން ނޫނީ ރައްޔިތުންގެ ބޮލަށްއެރެވޭ ކަށް ނެތް ވިއްޔާއެވެ. ބާރަށް އަތްޖަހާށެވެ.
ހައްދުންމަތީގެ ލިންކް ރޯޑަކީ ރައީސް ޔާމީނުގެ ވެރިކަމުގައި ތަރައްގީ ކުރި މަގެކެވެ. ހޮސްޕިޓަލަކީ ރައީސް މައުމޫނާއި ނަޝީދުގެ މަސައްކަތް ޕުޅެކެވެ. ކުރީގެ ސަރުކާރުން ފަށްޓާފައިހުރި މަޝްރޫޢުތަކަކީ އެހެން ގައުމެއްގެ ބަޔަކަށް ލ. އަތޮޅުގައި ފަށްޓާފައި ހުރި މަޝްރޫޢު ތަކެއް ނޫނެވެ. ކުރީގެ ސަރުކާރުން ފަށްޓާފައިވާ މަޝްރޫޢުތައް ނިންމާ ނުދިނުމުގެ ސަބަބުން ގެއްލުންވާނީ ކުރީ ސަރުކާރަކަށް ނޫނެވެ. ހައްދުންމަތީގެ ރައްޔިތުންނަށެވެ. އެހެނަސް ރައްޔިތުން ތިބީ އަތްޖަހަން ތާއެވެ.
މުސްކުޅި އަންހެނުން ކުރިމަތީގައި އަތުރާލާއިގެން އެވެރިންގެ ކުރިމަތީގައި ހެއްދެވެން އޮތްހާ ދޮގެއް ހެއްދެވީމާ އެ ވެރިން އަތްޖަހާނެތާއެވެ. އަތޮޅުތަކުގެ ރައްޔިތުންވެސް ހޭލުން ތެރި ޒިންމާދާރު ބަޔަކަށް ވާން ވެއްޖެ ނޫންތޯއެވެ. ސަރުކާރުގެ ބޮޑުން ރަށްރަށަށް އަރާ އަންހެން ވެރިންނާއި ސަލާމް ކޮށްލުމަކީ އެވެރިން ވަރަށް އުފާވާ ކަމެއްކަމަށް
ތާރީޚީ ފޮތްތަކުގައި ލިޔެފައި ހުރެއެވެ. އެއީ ރަސްކަލުންގެ ޒަމާނުއްސުރެ ރާއްޖޭގެ އިސް ރައްވެހި އަންހެނުންގެ ކިބައިގާ ހަރުލާފައިވާ އާދައެކެވެ. އެހެން ކަމާއެކު މި އާދަ ދޫކޮށް އަމިއްލަ ދިރިއުޅުން އެވެރިންގެ އަވާގައި ޖެހި ހަފުސްވިޔަ ނުދިނުމަށް ނަޞޭޙަތް ތެރިވަމެވެ.
ސަރުކާރަކީ ރައްޔިތުންގެ މިލްކެކެވެ. ސަރުކާރު ހިންގަންތިބޭނީ ރައްޔިތުންގެ ނޯކަރުންނެވެ. އެވެރިން ރައްޔިތުންގެ ފައިސާއިން ކޯޓުފަޓުލޫނު ގަނެ ލައިގެން ރައްޔިތުންގެ ކުރިމަތީގައި ދޮގުހަދާ ރައްޔިތުންގެ ބޮލަށް އެރުނަނުދޭށެވެ. އެވެރިންގެ މަސައްކަތަކީ ރައްޔިތުންގެ ބޮލަށް އެރި ބުހުތާން ދޮގުހަދައިގެން ވެރިކަމުގެ ލައްޒަތާއި ޖާހަތާއި އަރާމުގައި ގިނަދުވަހު ދެމިތިބުމެވެ. މުއިއްޒުއާ ދޭތެރޭ ރައްޔިތުން ސަމާލު ވާން ވެއްޖެއެވެ. ގައުމު ބަނގުރޫޓުވާން ދޫކޮށް ނުލާށެވެ. ވައްކަން ނުކުރަނީ ކާކުހޭ ބުނެ ތިބެވޭކަށެއް ނެތެވެ.
އެކަކަށް ވެސް ރައްޔިތުންގެ ފައިސާއިން ވައްކަން ކުރުމުގެ ފުރުޞަތު ދީގެން ނުވާނެއެވެ. ގެއްލުންވާނީ މުޅި ގައުމަށެވެ. ބަނޑަށް ޖެހޭނީ ހަމަ ދިވެހި ރައްޔިތުންނެވެ.
