އަނެއްކާވެސް މަރެކެވެ. އެކްސިޑެންޓެކެވެ…!
ތޮއްޖެހިފައިވާ މާލޭގެ ސަރަޙައްދަށް އިންޖީނުލީ އުޅަނދުފަހަރު ގިނަކުރަމުން ދަނީ ބިމުގެ ނިސްބަތަކަށް ބަލާލުމެއްނެތިއެވެ. ތޮއްޖެހިފައިވާ މާލޭގެ ސަރަޙައްދަށް ނިސްބަތްވާ ބިމުގެ %80އިންސަތައްތަ ވަނީ ފުރިބާރުވެފައެވެ. ލޯރިފަހަރާ ޕިކަޕާއި ސައިކަލާއި އަދި ބަރުވެހިކަލް ތަކުންނެވެ. މާލޭގެ ބިން މިދެންނެވި މިންވަރަށް ފުރިބާރުވެ މަގުތަކުގެއަމާންކަމާއި ރައްކާތެތިކަން ގެއްލޭ މިންވަރަށް ވެހިކަލްތައް ގިނަވެފައި އެވަނީ ކޮންމެވެސް ބަޔަކު މިކަމަށް އިހުމާލު ވެފައިވާތީކަން ކަށަވަރެވެ. ކަން މިހެން ހުރިއިރު ދެޖިސްސުގެ މުސްކުޅިންނާއި ޒުވާނުން ކަސްރަތުކުރަނީވެސް ހަމަ އެ މަގުތަކުގައެވެ. މަގުތަކުގެ އަމާންކަން ކަށަވަރު ކުރުމަށްޓަކައި ކަފިހުރަސްތަކާއި ދުވާރު ހެދިފައި ހުރެއެވެ. އަދި މަގުތަކުގައި އެވައްތަރު އުޅަނދުފަހަރު ދުއްވުމަށް ޚާއްޞަކުރެވިފައިވާ ލައިންތައްވެސް މަގުތަކުގައި ވަނީ ދަމާފައެވެ.
ކޮންމެ ކާރެއްގެ ނުވަތަ ވެހިކަލެއްގެ ފަހަތުގައި ނުވަތަ ކުރީގައި މަގުބަލަހައްޓަން މީހުންވެސް ނުބޭތިއްބޭނެއެވެ. މަގުތަކުގައި އިންޖީނުލީ އުޅަނދު ފަހަރު ދުއްވާންވީ ގޮތުގެ ގަވާޢިދުތަކާއި ގާނޫނުތައްވެސް ވަނީ ޢާންމު ކޮށްފައެވެ. ސަރުކާރުގެ އިހުމާލުން މާލޭގެ މަގުތައް ތޮއްޖެހިފައިވީނަމަވެސް އިންޖީނުލީ އުޅަނދުފަހަރު އޮޕަރޭޓްކުރަނީ އިންސާނުންނެވެ. ރައްޔިތުންނެވެ. މަގުތަކުގައި ހިނގާ ބައެއްމީހުންމީހުން ކަފިހުރަސްމަތިން ހިނގާފައި ދަނީ އަތުގައި އޮންނަ މޯބައިލް ފޯނަށް ނަޒަރު ދޫކޮށްލައިގެންނެވެ. ކަފިހުރަސް މަތީގައި ހުއްޓާ އެމީހެއްގެ ގައިގައި ވެހިކަލަކުން ޖައްސައިފިނަމަ ނުވަތަ ޖެހިއްޖެ ނަމަ ޖެއްސިމީހާ ކުށްވެރިވާނެއެވެ. އެހެނަސް އެމީހާ ކުށްވުރިވާއިރު ވެހިކަލުން ޖެހުނުމީހާ އޮތީ މަރުވެފައެވެ. ވެހިކަލާއި އެމީހާ އިންޝުރެންސް ކޮށްފައި ހުރިއްޔާ މަރުވިމީހާއަށް ވެހިކަލުގައި އިން މީހާ އެއްލައްކަރުފިޔާ ދިނުމުން އޭނާގެ ކުށްމާފުވީއެވެ
މަރުވިމީހާ ކަފިހުރަހުގައި ބަލައިގެން ހިނގިއްޔާ ލިބޭގެއްލުން ކުޑަވާނެތާއެވެ. ކަފިހުރަސްމަތިންވެސް ހިނގަން ވާނީ
ބަލައިގެންނެވެ. ތިމާގެ ފުރާނަ އާއި މެދު ތިމާ ނުބެހެއްޓި ފަރުވާތެރިކަމެއް އެހެންމީހުން ބަހައްޓާނޭ ކަމަށް އުންމީދު ނުކުރާށެވެ. އެންމެންވެސް ވެހިކަލް ދުއްވަން ވާނީ ބަލައިގެން މަގުމަތީގެ ގަވާޢިދުތައް ފޮލޯކޮށް ލިބިދާނެ ގެއްލުމަކަށް ހޭލާ އިނދެގެންނެވެ. ނުގަވާޢިދުން ދުއްވައިގެން ލިބޭނެ ފައިދާއެއް ނެތެވެ. ވާނީ ގެއްލުމެވެ. އެހެންކަމާއެކު ސަރުކާރުގެ އިހުމާލުން ވެފައި ހުރި ކަންކަން ސަރުކާރުން ޙައްލުކުރައްވާނެއެވެ. ރައްޔިތުން އަމިއްލައަށް ހޭލުންތެރިވެ ފުރިބާރުވެފައިވާ މަގުތަކުގައި ބަލައިގެން މައިތިރިކަމާއި އެކު ދުއްވައިގެން ނޫނީ
ހިނގާ އެކްސިޑިޑެންޓްތައް މަދެއް ނުވާނެއެވެ. ފުލުހުން މިހާރު ޢާންމުކޮށްފައިވާ ތަފާސްހިސާބުން ވެސް މިއަހަރު ޖެނުއަރީން ފެށިގެން ހުސްވި ޖޫން މަހުގެ ނިޔަލަށް ހުޅުމާލެ ބުރިޖުމަތީގައި އެކަނިވެސް އެވްރެޖުކޮށް ދުވާލަކު 6 އެކްސިޑެންޓް ހިނގައެވެ.
