ދިވެހިރާއްޖެއަށް ބޭރުގެ ލޯނެއް ނުލިބުމުން އުފާ ވާންވީ ސަބަބު
ދިވެހި ސަރުކާރަށް ބޭރުގެ ގައުމަކުން ލޯނެއް ނުލިބުނީތީ ޝުކުރުވެރިވާ ކަމަށް އިއްޔެ މީހަކު ބުންޏެވެ.
އޭނާ ބުނީ ރައްޖެއަށް ލޯނުގެ ގޮތުގައި އިސްލާމް ދީން ގަބޫލުނުކުރާ ކާފަރުންގެ ސަރުކާރުތަކުން ގިނަ އަދަދަކަށް ފައިސާ ދީފައިވާ ކަމަށާއި އޭގައި ހިމެނެނީ ރިބާއެވެ. އެގޮތުން މިހާރު ވެސް 1 ބިލިއަން ޑޮލަރު ދައްކަން ޖެހިފައިވާތީ މުއިއްޒު ބޯ ގޮވައިގެން އުޅުއްވާ ކަމަށެވެ.
ރައްޔިތުންގެ ތެރޭގައި މިއަދު ގިނައީ އެންމެ ކުޑައިރުއްސުރެ ޣައިރު ދީނުގެ ގޯސް މަންހަޖަކުން ތަރުބިއްޔަތުވެފައި ތިބި މީހުންނެވެ.
ދިވެހިރާއްޖެއަށް ބޭރުން ލޯނު ދީފައިހުރީ ވަކި ކަންކަމަށް ޝަރުތު ކޮށްފައެވެ. ރާއްޖޭގެ ކޮންމެ ރަށެއްގައި ސްކޫް2ތައް ބިނާކުރުމަށް ޔޫއެންޑީޕީ ކިޔުނު ބަޔަކު އެންމެ ފުރަތަމަ ރާއްޖެއަށް ބޮޑެތި ޢަދަދުތަކުން ތާއަބަދު ތިބީ ލޯނުތައް އަތުފަތުނުޖެހޭ ވަރަށް ދިޔައީ ދެމުންނެވެ. އެމީހުންގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ސްކޫލްގައި އޭރު ކިޔަވައިދެމުން ދިޔަ އިސްލާމް ދީނުގެ އަސްލުތައް (ޚާއްޞަކޮށް ހެވާއި ނުބައި ވަކިކުރުން) އަދި އަޅުކަންތަކުގައި މަޝްޢޫލުވާނެ ގޮތާއި މާތްރަސްކަލާނގެ އެއްކައުވަންތަކުރުން ފަދަ މުނިން،ު ވާހަކަތައް ކިޔައިދިނުން ހުއްޓުވުމެވެ. ލިމިޓް ކުރުމެވެ. މިކަމުގައި އެމީހުންމބޭނުންކުރި އުޞޫލަކީ އިތުރު މާއްދާތަކެއް ތަޢަރަފް ކޮސް އެވާހަކަތައް އެކި ފޮތްފޮތުގެ ސިލަބަހުގައި ހިމެނުމެވެ.
ނަތީޖާއަކީ އެ ރޭވި ރޭވުން ކާމިޔާބުވެ، މިހާރު ސްކޫލް ނިމޭ ކުއްޖާއަށް ޠަހާރަތަކީ ކޮބައިކަމެއް ނޭނގެއެވެ. ޒަކާތުގެ ނިޞާބަކީ ކޮބައި ކަމެއް ނޭނގެއެވެ. ނަމާދުގައި ފަރުޟުތަކާއި ސުންނަތައްތައް ނޭނގެއެވެ. ނަމާދު ބާޠިލްވާނެ ގޮތާއި ނަމާދުގައި ސަފުތައް ހަދާނެ ގޮތެއް ނޭނގެއެވެ. އަދި ކިއެއްތަ؟ ހިނައިގަތުމެއްވެސް ނޭނގެއެވެ. އެން،ެ ހައިރާންވާ ކަމަކީ ސްކޫލް ނިމޭ ކުދިން މިއަދު އެތިބީ އުމުރުން 16 އަހަރުން މައްޗަށް ދާއިރު ޤުރުއާން ކިޔަވަންވެސް ނޭނގޭ ޙާލުގައެވެ. މާނައަކީ ޤުރުއާން ކިޔަވާއިރު އަކުރުތައް މަޚްރަޖުން ކިޔަން ނޭގުމެވެ. ޤުރުއާނަކީ މުޅި ދިރިއުޅުން އުޖާލާވާ އެއްޗެކެވެ. ކޮންމެ ދުވަހަކު ޤުރުއާން ކިޔަވާ މީހާގެ ލޮލުގެ މައްސަލަ ޖެހުންނމަދުކަމަށް ދިރާސާތަކުން ފެނިފައިވާއިރު، ޤުރުއާނުގެ އެންމެ ަކުރެއް އެ ކިޔަންވީ ގޮތަށް މަޚްރަޖުން ކިޔަވައިފިނަމަ އެންމެ މަދުވެގެން 10 ޘަވާބު ލިބެއެވެ. ނަމަވެސް މިއަދު މިދެންނެވި ބޭރުގެ ލޯނުތައް ހޯދުމަށް ދިވެހި ސަރުކާރުންނދަހިވެތިވެ، ސްކޫލްތަކުގައި ކިޔަވައިދެމުން އައި މަންހަޖުތައް ބަދަލުކޮށް ސިލަބަސްތައް ޣައިރު ދީނަށް ފައްތައިލީމާ ރާއްޖެ މިއޮތީ ލިބުނު މުދަލުގެ ބަރަކާތް ކެނޑި ބަނހުރޫޓުވާ ހިސާބުގައެވެ.
މާލީ އެހީތެރިކަން ގިނަ ފަހަރަށް އަންނަނީ އިސްލާމްދީނުގައި ހަރުކަށިކޮށް މަނާ އިންޓަރެސްޓެއް (ރިބާ) އާއި އެކު ކަމަކީ ޙަޤީޤަތެވެ. އިސްލާމް ނޫން މާލީ އިދާރާއަކުން ދޫކުރާ ކޮންމެ ލޯނެއްގައި އިންޓަރެސްޓް ހިމެނޭތީ، އެއީ ރައްޔިތުންނަށް ބުރަވެ، މުއްސަނދިކަމުގެ ނިޢުމަތްތަކުން މަހުރޫމްވާ ރިބާގެ ވައްތަރަކަށް ވެގެންދެއެވެ.
ﷲ އާއި އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ރިބާގެ ނުރައްކާތެރިކަމާމެދު އިންޒާރު ދެއްވާފައެވެ. ކީރިތި ޤުރުއާނުގައި މާތް ﷲ ޙަދީޘްކުރައްވައެވެ.

އަނެއް އާޔަތަކީ އެއަށްވުރެ ހަރުކަށި އާޔަތެކެވެ. ވަރަށް ސާފުކޮށް ބަޔާންކުރައްވަނީ މުދަލުގައި ރިބާ ހިމެނޭނަމަ އޭގައި ބަރަކާތެއް ނުހުންނާނެ ކަމަށެވެ. މާނައަކީ އެއިން ލިބޭނެ ދިގުމުއްދަތުގެ އުފަލެއް ނެތްކަމެވެ. އެއައި ވިދިގެން ހިތްދަތިކަމެއް އަންނާނެއެވެ.

މިކަމުން އަޅުގަނޑުމެންނަށް ވިސްނޭ ގޮތުގައި ރިބާގެ ތެރެއިން ލިބޭ މުއްސަނދިކަމަކީ ތަނަވަސްކަމެއް ނުލިބޭ އެއްޗެކެވެ؛ އޭގެ ބަދަލުގައި އެއީ ނިޢުމަތްތަކުން ނަގާފައިވާ އެއްޗެކެވެ. އިންޓަރެސްޓް ބެސްޓް ލޯނެއްގެ ތެރެއިން މި ރާއްޖެއަށް ކިތަންމެ ގިނަ އަދަދެއްގެ ފައިސާ ލިބުނަސް އެކަމުގެ ސަބަބުން ހަގީގީ އިގްތިސާދީ ހަމަޖެހުމެއް ނުލިބޭނެ އެވެ. އޭގެ ބަދަލުގައި، އިންޓަރެސްޓް ޖަމާވުމާއެކު، އަނބުރާ ދެއްކުމުގެ ބުރައަކީ، ގައުމު އިތުރަށް މާލީ ދަތިކަމުގެ ތެރެއަށް ވައްޓާލާނެ ކަމެކެވެ. މިހާރު ދިމާވެގެން މިއުޅޭ މައްސަލަކީ އެއީއެވެ.
ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ރިބާގައި ބައިވެރިވާ މީހުންނަށް ވެސް ލަޢުނަތް ދެއްވިއެވެ.
“الله ގެ ރަސޫލާ (صلى الله عليه وسلم) ވަނީ ބަޔަކަށް ލަޢުނަތް ލައްވާފައެވެ. އެއި ރިބާ ކާ މީހާ، އެ ރިބާ ދެއްވާ މީހާ (އެއީ މިހެއް ކަމުގައި ވިޔަސް ނުވަތަ ބޭންކު ކަމުގައި ވިޔަސް)، އަދި އެ ރެކޯޑް ކުރާ މީހާ އާއި އެކަމަށް ހެކިވާ ދެމީހުންނަށް ވެސް ލަޢުނަތް ލައްވައެވެ.” (ޞަޙީޙް މުސްލިމް 1598)
އަހުރެމެން ކުޑައިރު ކިޔެވި ފޮތްތަކުގައި ރިބާގެ ވާހަކަ ވަރަށް ތަފްޞީލކޮށް ލިޔެފައި ވެއެވެ. އެކަމަކު އެއީ މީގެ ތިރީހަކަށް އަހަރު ކުރިއެވެ. ނަމަވެސް ބޭރުގެ ކާފިރުން މުސްލިމުންގެ މައްޗަށް ބާރު ހިންގައި މުސްލިމުން ނިކަމެތި ކޮށްލުމަށް ވަރަށް ސިއްރިޔާތުގައި ހިންގި ކަންތަކުގެ ތެރެއިން މުސްލިމު ޤައުމުތަކަށް އެހީތެރިވާން ފެށީ ފޮރުވިފައިވާ އެޖެންޑާއަކާއި އެކުއެވެ. އެކަމުގެތެރޭގައި ސްކޫލް ޓެކްސްޓް ފޮތްތަކަށް ގެނައި ބަދަލާއެކު މިދެންނެވި ރިބާގެ ޗެޕްޓަގައި މިއަދު މިއޮންނަނީ އެމީހުން ބޭނުންނުވާ ހުރިހާ ބައެއް ކަނޑާލާފައި ސުރުހީ އަޅާލާފައެވެ. އެހެންކަމުން މިހާރުގެ ޖެނެރޭޝަންތަކަށް ﷲ ޙަރާމް ކުރައްވާފައިވާ ކަމެއް ކުރުމަށް ބޭންކަށް ދާއިރު (އެބަހީ ރިބާ ހޯދުމަށް) މިއީ ކިހާވަރެއްގެ ކަމެއްކަމާއި، އަދި އެ ނަގާ ލޯނުން ދިރިުޅުމުގެ ބަރަކާތް ކެނޑޭނެ ކަމެއް ވެސް ނުދަނެއެވެ. ނަމަވެސް މިހާރު ވެސް ދުނިޔޭގައި (ފައިސާއަށް ދީން ނުވިއްކާ) ޢިލްމުވެރިން އެބަތިއްބެވެ. އެ ދަންނަބޭކަލުންގެ އިއްތިފާޤުން އެއްބަސްވެވަޑައިގަންނަވަނީ އިންޓަރެސްޓުގެ މައްޗަށް ބިނާކޮށް ލޯނު ބަލައިގަތުމަކީ ފާފައެއްކަމަށާއި، الله ގެ އަމުރުފުޅުތަކަށް ސީދާ ގޮންޖެހުމެއް ކަމަށެވެ. ރިބާ ލޯނުތަކަށް ބަރޯސާވާ ޤައުމެއް އެންމެ ފަހުން އިޤްތިޞާދީ އަޅުވެތިކަމުގެ ތެރެއަށް ވެއްޓޭނެ ކަމަށް އިބްނު ތައިމިއްޔާ އާއި އެހެނިހެން ޢިލްމުވެރިން ބާރުއަޅުއްވާފައިވެއެވެ.
އެހެންކަމުން އިންޓަރެސްޓާއެކު ލޯނެއް ނުލިބުމަކީ ނިޢުމަތެއްގެ ގޮތުގައި ދިވެހިރާއްޖޭގެ މުސްލިމުން ދެކެންޖެހޭނެއެވެ. ރިބާ ދަރަނިތަކަށް އެނބުރުމުގެ ބަދަލުގައި އިސްލާމީ އުސޫލުތަކުގެ މައްޗަށް ބިނާކޮށް އިލާހީ ގާނޫނާއި ޚިލާފު ނުވެ ތަނަވަސްކަން ގެނެސްދޭ އިންވެސްޓްމަންޓް ޕާޓްނަޝިޕް އާއި ފައިދާ ބަހާ މޮޑެލްތައް ފަދަ ބަދަލު އިގްތިސާދީ ހައްލުތައް ހޯދަން ޖެހެ އެވެ.
ރާއްޖޭގައި ވަރަށް ގިނަ ކުންގުނިތައް މިސާލަކަށް ކޮންސްޓްރަކްޝަން، އިމްޕޯޓް އެކްސްޕޯޓް، ޓްރެވެލް އެޖެންސީތަކާއި ރިސޯޓުތައް ފަދަ ކުންފުނިތައް އެބަތިއްބެވެ. އެތަންތަނަށް ބޭންކުން ރިބާ ނުހިމެނޭ ލޯނުތައް ދެވިދާނެއެވެ. އެއީ އިންވެސްޓްމަންޓް ޕާޓްނާޝިޕްގެ ދަށުންނެވެ. އޭރުން ތިޔަ ގޮތަށް ރިބާ ކެއުމުގެ ބަދަލުގައި ދައުލަތަށް މާ ފައިދާވެ، މުދަލުގައި ބަރަކާތެ ކެނޑިގެން އުޅޭކަށް ނުޖެހޭނެއެވެ.
ހަގީގީ ކާމިޔާބީ އޮތީ الله ގެ އަމުރުފުޅުތަކަށް ތަބާވުމުގައެވެ. އިންޓަރެސްޓް ބެސްޓް ލޯނުތަކުން ދުރުހެލިވެ، ދިވެހި ސަރުކާރުން ކުރަންވީ ކަމަކީ ގައުމުގެ އިގްތިސާދާއި ގައުމުގެ އީމާންތެރިކަން ރައްކާތެރިކުރުމެވެ.
