ސަލާމް ޖެހުން އިތުރުވެ ރައްޔިތުންނަށް ގޮތް ހުސްވެއްޖެ

2008 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ރައީސް މުޙައްމަދު ނަޝީދު ވަނީ ޒަމާނުއްސުރެ ބޭސްފަރުވާއަށް ސަލާމްޖަހަމުން ދިޔަ ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ހިތާމާއި ވޭނާއި ކެކުޅުންތަކަށް ޙައްލު ހޯއްދަވާ ދެއްވާފައެވެ. އޭގެ ފަހުން ރާއްޖޭގެ ވެރިކަމަށް ތިންބޭފުޅުން ވަޑައިގެންފައިވާއިރު އެއިން އެއްވެސް ބޭ ފުޅަކު ރައްޔިތުންނަށް ހިލޭ ލިބެމުންދިޔަ ބޭސްފަރުވާ އަށް ހުރަސް އަޅުއްވާފައެއް ނުވެއެވެ. އެބޭފުޅުން ވަނީ ވަކިހުދޫދެއްނެތި ހުރިހާރައްޔިތުންނަށް ހަމަހަމަ ކަމާއެކު ހުސްނުވާ އާސަންދަ ތަޢާރުފުކޮށް ބޭސްފަރުވާ ލިބޭނެ މަގު ތަނަވަސް ކޮށްދެއްވާފައެވެ. ކަން […]

ރައީސުލް ޖުމްހޫރިއްޔާގެ މޫނުފުޅު ރީތި ކުރުމަށް 36 މުވައްޒަފުން

ރާއްޖޭ ގެ އިޤަޞާދު އޮތީ ޖަނާޒާ ބާއްވާ ހިސާބުގައި ކަމަށް ބުނެ ކުރީގެ ސަރުކާރަށް ރަތްމަހަށް ނުގޮވާ ވަރަށް އެއްޗެހި ގޮވަމުން ދާއިރު މިސަރުކާރުން ކުރާ އިސްރާފުތަކާއި މެދު ވިސްލާން ޖެހެއެވެ. ރައީސުލް ޖުމްހޫރިއްޔާގެ މޫނުފުޅު ރީތިކުރުމަށްޓަކާ 36 މުވައްޒަފުން ވަޒީފާދީ ރައީސްއޮފީގައި ވަކި ޑިޕާޓުމެންޓެއް ހަދާ އެޑިޕާޓްމެންޓްގައި ގެންގުޅުއްވަމުން ގެންދަވާކަމުގެ އަޑުތައް އެދަނީ ފެތުރެމުންނެވެ. މި ދެންނެވި 36 މުވައްޒަފުންނަށް މަހަކު ނުވަލައްކައަށް ވުރެ ގިނަ ރުފިޔާ މުސާރައިގެ ގޮތުގައި ދައުލަތުން އެދަނީ ހޭދަ ކުރަމުންނެވެ. […]

މުޢިއްޒު މިހާރު ވެރިކަން މިކުރައްވަނީ 2008ގެ ކުރިން ރާއްޖެގައި ވެރިކަން ކުރި ގޮތަށް

ރައީސް މުޢިއްޒު މިހާރު ވެރިކަން ކުރައްވަނީ 2008 ވަނައަހަރުގެ ކުރިން ރާއްޖޭގައި އޮތް ވެރިކަމުގެ ސިޔާސަތާ އެއްގޮތަށް ކަމަށް ގިނަބަޔަކު ދެކެއެވެ. ގިނަބަޔަކު މިގޮތަށް ދެކެނީ ރައީސް މުޢިއްޒު މިވަގުތު ލަފާ ހޯއްދަވަނީ އޭރުގެ ރައީސްގެ އަރިހުން ކަމަށް ވާތީ އާއި އޭރުގެ ވެރިކަން ބިނާވެފައި ވަނީ ދައުލަތުގެ ތިންބާރު އޭރުގެ ރައީސްގެ މުށުތެރޭގައި އޮންނަ ގޮތަށް ކަމަށް ވާތީއެވެ. އަނެއްކޮޅުން އޭރުގެ ރައީސް އަކީ ޑިމޮކްރަސީ އަށް ބީރައްޓެހި ބޭފުޅެއް ކަމަށް ވުމުން އެމަނިކުފާނު ދެއްވާ […]