އެޗްޑީސީ ސިޔާސީ އައްޑާއަކަށް!
ހައުސިންގޑިވެލޮޕްމެންޓްކޯޕަރޭޝަން ( އެޗްޑީސީ) ސިޔާސީއައްޑާއަކަށް ބަދަލުނުކުރެވިގެން އެކުންފުނީގެ ޗެއާރމަން
މަޢުރޫފްޖަމީލު ރިޓަޔަރ ކުރައްވަން ރައީސް މުޢިއްޒު ނިންމަވައިފިއެވެ. މަޢުރޫފުޖަމީލަކީ ޢިލްމީ ގާބިލް އަދި ހުޅުމާލޭގެ ބިންހިއްކުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާފައިވާ އަދި އެޗްޑީސީގެ މެނޭޖިންޑިރެކްޓަރކަން ވެސްކުރެއްވި ތަޖްރިބާކާރު ބޭފުޅެކެވެ. އެމަނިކުފާނަށް އެޗްޑީސީގެ ޗެއަރމަންކަމުގެ މަގާމު ދެއްވީ މީގެ ހައެއްކަމަސްދުވަސް ކުރިން އެޗްޑީސީގެ ޗެއާރމަންގެ މަގާމުގައި ހުންނެވި ފަޒުލްރަޝީދު އެކުންފުނީގެ ޗެއަރމަންކަމުގެ މަގާގައި ހުންވައިގެން ހިންގެވިކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކާއިގުޅިގެން މަގާމުން އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ.
މަޢުރޫފްޖަމީލު އެޗްޑީސީއާއި ޙަވާލުވެ ވަޑައިގެންނެވި އިރު އެކުންފުންޏާމެދު ރައްޔިތުންގެ އިތުބާރުގެއްލި ކުންފުނީ ކަންކަން އޮތީ ބޮއްސުންލާފައެވެ. އޭނާ އެ ކުންފުނީގެ ޗެއާމަނަކަށް އްޔަންކުރީ ކުންފުނި ބަނގުރޫޓުވަމުން ދިޔަ ދަނޑިވަޅެއްގައެވެ. މަޢުރޫފް ޖަމީލް އެޗްޑީސީގެ ޗެއަރމަންކަމުގެ މަގާމުން ރިޓަޔަރވާން އެދިވަޑައިގެންފައި ނުވި ނަމަވެސް ދައުލަތުގެ އެންމެ މަތީ ފަރާތުން އެދިވަޑައިގެން މަޢުރޫފްޖަމީލު ރިޓަޔަރ ކުރެއްވީ ކަމަށް ވެއެވެ.
އެޗްޑީސީއާއި މަޢުރޫޖަމީލު ޙަވާލުވެ ވަޑައިގެންނެވިއިރު އެކުންފުނިވަނީ ވަރަށްބޮޑަށްދަރާފައެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ ފެނަކަކޯޕަރޭޝަންއެކޭ އެޗްޑީސީއެކޭ މާބޮޑުތަފާތެއް ނެތްމެއެވެ. ތިންހާހެއްހާ މުވައްޒަފުން ބަލަހައްޓަމުން ގެންދިޔަ އެޗްޑީސީއަށް ވަނީ ސިޔާސީބޭފުޅުންގެ ބާރުގެ ދަށުން ކުންފުންޏަށް ބޭނުންނުވާ މިންވަރަށް މުވައްޒަފުން އިތުރުކޮށް އިތުރުގަޑީގެ ފައިސާ ނެގުމުގައިވެސް ހައްދުންބޭރުވެފައެވެ.
މަޢުރޫފްޖަމީލް މަގާމާއި ޙަވާލުވެ ވަޑައިގެން ކުންފުނީގެ ސިޔާސަތުތައް ބަދަލުކުރައްވާ ކުންފުންޏަކީ ސިޔާސީނުފޫޒުން އެެއްކިބާވެފައިވާ ހަރުދަނާ ކުންފުންޏަކަށް ހައްދަވަން ގިނަގުނަ މަސައްކަތްތަކެއް ވެސް ކުރައްވާފައި ވެއެވެ. މަޢުރޫފު ޖަމީލު އެޗްޑީސީގެ ޗެއަރމަން ކަމުގެ މަގާމު ގަބޫލުފުޅު ކުރެއްވީ ހަމަސްދުވަހަށްފަހު ރިޓަވާން ބޭނުންފުޅުވެގެނެއް ނޫނެވެ. އަދި އެމަނިކުފާނު އެކުންފުނި ހިންގަވަމުން ގެންދެވީ ނުހަނު އިޚުލާޞްތެރިކަމާއެކު ގައެވެ. އަދި އެކުންފުނީގެ މައްޗަށް ރައްޔިތުންގެ މެދުގައި ގެއްލިފައިވާ އިތުބާރު އަލުންހޯދައި ކުންފުންޏަކީ ހަރުދަނާ ކުންފުންޏަކަށް ހެއްދެވުމުގެ ފަޚުރުވެރި މަސައްކަތް އެމަނިކުފަނު ވަނީ ފަށްޓަވާފައެވެ. ކުންފުނީގެ ވެރިންގެ ފަރާތުންވެސް ވަނީ މަޢުރޫފްޖަމީލަށް ނުހަނު އިޙުތިރާމު ލިބިވަޑައިގެންފައެވެ. އަދި މަޢުރޫފު ޖަމީލަކީ ކުންފުނީގެ މުވައްޒަފުންވެސް ނުހަނުގަބޫލު ބޭފުޅެއްވެސް މެއެވެ.
އެނގިފައިވާ ގޮތުގައި އެޗްޑީސީ ސިޔާސީ އައްޑާއަކަށް ހަދަން ސަރުކާރުގެ ބޮޑުންގެ ފަރާތުން މަޢުރޫފް ޖަމީލަށް ފޯރުވަމުންދާ ނުފޫޒަށް އެމަނިކުފަނު ބޯގުދު ނުކުރެއްވުމުން ރިޓަޔަރ ކުރައްވަން އުޅުއްވަނީއެވެ. ރައީސް މުޢިއްޒު ބޭނުންފުޅުވަނީ ކުންފުނި ބަނގުރޫޓުވިޔަސް ސިޔާސީ ގޭންގަކަށް ކުންފުނި ބަދަލު ކުރުމަށް ކަމަށް ގިނަބަޔަކު ދެކެއެވެ. އަދި ކުންފުނީގެ ބިންތަކާއި ކުންފުނީގެ އެސެޓްތައްސިޔާސީބޭނުންތަކަށް ދީ ލިމިޓެއްނެތް މިންވަރަށް މުވައްޒަފުން އިތުރުކުރުމަށް ޗެއަރމަންއަށް ބާރުގަދަ ސިޔާސީ ބޭފުޅުންއަންގާ އެންގުންތަކަށް މަޢުރޫފު ބޯނުލަނބާތީ މަގާމުން ރިޓަޔަރ ކުރައްވަނީކަމަށް މަޢުލޫމާތު ލިބެއެވެ.
ދައުލަތުގެ ކުންފުނީ ތަކަކީ ފަހުގެ ސަރުކާރުތަކުން ބޭނުންކުރައްވާ ސިޔާސީ އައްޑާތަކެކެވެ.
