ސަމާލުވޭ! ރާއްޖޭގައި ގިނައީ ފޭކު ބޭސްތައް
ބޮޑު އަގުގައި ރައްޔިތުންނަށް ފޭކު ބޭސް ވިއްކަމުންދާއިރު، ދައުވާ ކުރެވޭނެ ގޮތެއް ނެތް! ސަރުކާރުގެ ވެރިން އަޑަށް ބާރުލައްވާފައި ވިދާޅުވަނީ ދެން ގެންނާނީ ޔޫރަޕްގެ އޮރިޖިނަލް ބޭހޭ! އެކަމަކު “ މިހާރު އެވާހަކަ ވެސް އޮއްބާލައި އަނެއްކާވެސް އިންޑިއާގެ ބޭސް ބޭސް ގެންނަން ޑީލް ހަދައިފި

ރާއްޖެއަށް އެތެރެ ކުރާ ޑޮކްޓަރީ ބޭސްތަކަކީ ފެންވަރުދަށް އަދި އިންސާނުން ބޭނުންކުރަން ހެޔޮވާވަރުގެ ބޭސްތަކެއް ނޫންކަމަށް އިންޑިޔާގެ ޑޮކްޓަރަކާއި ޙަވާލާދީ ދިވެއްސަކު ބުނެފިއެވެ. އޭނާ މިހެން ބުނީ ސްޓްރޯކެއް ޖެހިގެން ފަރުވާހޯއްދަވަން އިންޑިޔާއަށް އޭނާ ކުރެއްވި ދަތުރު ނިންމާލުމަށްފަހު ރާއްޖެއައިސް ބައްދަލުވި އޭނާގެ ރައްޓެއްސާކާއި ވާހަކަ ދައްކަމުންނެވެ. އޭނާކިޔައި ދިނެވެ.
އޭނާ އިންޑިޔާއަށް ދިޔައީ ސްޓްރޯކެއް ޖެހި މާލެއިން ފަރުވާހޯދުމަށްފަހު ރަނގަޅު ނުވުމުންނެވެ. ފަރުވާ ހޯދަން އޭނާ ދިޔައީ އިންޑިއާގެ ކޮޗިން އަށެވެ. އޭރު ވެސް މާލެއިން ދީފައި ހުރި ބޭސްތައް އޭނާ އައީ ބޭނުން ކުރަމުންނެވެ. އޭނާ އިންޑިއާގެ ޑޮކްޓަރަށް ދެއްކީ އޭނާއަށް މާލެއިން ފަރުވާ ދިން ޑޮކްޓަރުގެ ލިއުންތަކާއެކުގައެވެ.
އިންޑިއާގެ ޑޮކްޓަރު ބޭސްސިޓީ ބެއްލެވުމަށްފަހު އަތުގައި އެބޭސް އެބަހުރިތޯ ސުވާލުކުރެއްވިއެވެ.
އާއެކޭ ބުނުމުން ބޭސް ގެނެސް ދިނުމަށް ޑޮކްޓަރު އެދުނެވެ.
ޖެހިގެން އައިދުވަހު ބޭސްތައް ގެންގޮސް ޑޮކްޓަރުގެ އަތަށް ދިނުމުން ޑޮކްޓަރު އެ ބޭސްތައްބަލާ ބޭހުގެ ކޮލިޓީ ޗެކް ކުރުމަށްފަހު އެބޭސްތައް އުކާލަން ބުނުއްވިއެވެ. އަދި އެބޭސް ތަކަކީ ފޭކް ބޭސް ތަކެއް ކަމަށާއި އިންސާނުން ބޭނުންކުރަން ރަނގަޅު ބޭސް ތަކެއް ނޫންކަމަށް ބުނުއްވިއެވެ. ކޮޗިންގެ ޑޮކްޓަރު 4 ބޭހެއް ލިޔެދެއްވިއެވެ. އެބޭސްތައް ބޭނުން ކުރަމުން 6 ދުވަސް ވަންދެން ފިޒުއޯތެރަޕީ ހަދާ ނިމުނުއިރު ސްޓްެރޯގެ ހުރިހާ އުނދަގޫތައް ރަނގަޅުވެ އިހުވެސް ހުރިބާރު އެފަޅިއަށް ލިބުނެވެ.
މާލެއައިސް ކޮޗިންގެ ޑޮކްޓަރު ލިޔެދިން ބޭސް މާލެއިން ލިބޭތޯ މާލޭގެ ހުރިހާބޭސްފިހާރަތަކަށް ގޮސް ބެލި ކަމަށާއި އެހެނަސް އެއްވެސް ބޭސްފިހާރައަކުން އެބޭސް ނުލިބުނުކަމަށް އޭނާ ބުންޏެވެ. ދިވެހި މީހާއަކީ މާލޭގެ މަޝްހޫރު ޢާއިލާއަކަށް ނިސްބަތްވާ ބޭފުޅެކެވެ. ގިނަމީހުން ދަންނަ ބޭފުޅަކަށް ވުމުން ރާއްޖެއަށް އެތެރެކުރާ ބޭހަކީ އިންޑިއާގެ ޑޮކްޓަރު އެބުނުއްވިހެން ފޭކު ބޭސް ތަކެއްތޯ ބެލުމުގެ ޝައުގު އުފެދި ރައްޓެހި ޑޮކްޓަރަކާއި އޭނާ ބައްދަލު ކުރިއެވެ. ޑޮކްޓަރުވެސް ބުނުއްވީ އިންޑިއާގެ ޑޮކްޓަރު އެ ބުނުއްވީ ރަނގަޅުވާހަކަ އެއްކަމުގައެވެ.
ދިވެހިމީހާ ޑޮކްޓަރުގެ އަރިހުގައި ދެންނެވިއެވެ. ޑޮކްޓަރު އެބޭސް ލިޔެދެއްވަން ޖެހިލުމެއް ނުވޭތޯ އެއްސެވުމުން ޑޮކްޓަރު ބުނުއްވީ ޖެހިލުންވާކަމަށާއި އެހެނަސް އެވާހަކަ ދެއްކެން ނެތްކަމަށެވެ.

އެއީ ޑޮކްޓަރުންގެ ފަރާތުން އެ ބޭސްތަކާއި ބެހޭ މަޢުލޫމާތު ރައްޔިތުންނަށް އޮޅުންފިލުވައި ދީފިނަމަ ގެއްލުންވާނީ ޑޮކްޓަރުންނަށް ކަމުގައެވެ. ޑޮކްޓަރު ބުނުއްވީ ގިނަޢަދަދެއްގެ ޑޮކްޓަރުން ގުޅިގެން ނޫނީ އެކަން ޙައްލު ނުވާނެޖަމަށާއި އެހެނަސް ރާއްޖެއަށް އެތެރެކުރާ ފެންވަރު ދަށް ބޭސްތަކުގެ މައްސަލަ ޙައްލު ކުރަންޖެހޭ ކަމުގައެވެ. ރާއްޖެ އަށް އެތެރެ ކުރާ ބޭސްތަކަކީ ފެންވަރު ދަށް ނުހަނު އަގުހެޔޮކޮށް ގެނެސްގެން ބޮޑުއަގުގައި ވިއްކަމުންދާ ބޭހެވެ.
މިފަދަ ފެންވަރު ދަށް ބޭސްތައް ބޭނުންކޮށްގެން ބޭސްފަރުވާ ހޯދައިގެން ބަލި ފަސޭހަވުން ލަސްވެ އިތުރު ބަލި ޖެހުން ގާތެވެ.

ރާއްޖޭގައި މިދުވަސްވަރު ސްޓްރޯކްޖެހޭ މީހުން ގިނަކަން ފާހަގަ ކުރެވޭއިރު ސްޓްރޯކްޖެހޭ މީހުންގެ ތެތެއިން ރަނގަޅު ވަނީ މަދު ބައެއް ކަމަށް ވާއިރު އެކަމަށް ދޭނޭ ފެންވަރު ރަނގަޅު ކޮލިޓީބޭސް ރާއްޖެއިން ލިބެންނެތްކަންވެސް ފާހަގަ ކޮށްލަން ޖެހެއެވެ. އަދި މީގެ އިތުރުން އިންސާނުންނާއި ނުގުޅޭ ބޭސްތައް ބޭނުން ކުރުމުން އިތުރު ބަލިބަލި ޖެހުން ގާތެވެ.
