ކަލަކު ކަމަށް ދައުވާކުރާ މައުމޫނާއި “ މައުމޫނިޒަމް” ގެ ފިކުރު

ކަލަކު ކަމަށް ދައުވާކުރާ މައުމޫނާއި “ މައުމޫނިޒަމް” ގެ ފިކުރު

މި ދިވެހި ރާއްޖެއަށް ފާއިތުވީ ބައި ގަރުނުގައި ކުރިމަތިވި އެންމެ ބޮޑު ބިރަކީ ކާމިނީގޭ ކުޑަ ސީދީގެ ބިރުވެރިކަމާއި އަނިޔާވެރިކަމެވެ.

މައުމޫނު އަބްދުލް ގައްޔޫމޭ ކިޔުނު ނުބައި ނުލަފާ ވެރިޔަކީ މިހާތަނަށް ދިވެހިރާއްޖެ ނުދެކޭފަދަ ބިރުވެރި ނުބައި ވެރިއެކެވެ. މިހާރުގެ ކުދިންނަށް އޭނާގެ ވެރިކަން ނުފެނުނުނަމަވެސް، އަށްޑިހައާއި ނުވަދިހައިގެ އަހަރުތަކުގައި އޭނާގެ އަނިޔާވެރިކަމަކީ އަދި އަދާއި ހަމަޔަށްވެސް އެ އަނިޔާ ލިބުނު މީސްމީހުންގެ ހިތްތަކުން ފިލައިނުދާނޭ ފަދަ ވޭންދެނިވި އަނިޔާތަކެވެ.

ކުޑަ ސީދީ ބޭނުންވީ އުމުރުދުވަހު ވެރިކަމުގައި ހުންނާށެވެ. އެހެންވެ އެދުވަސްވަރު ރައްޔިތުންނަށް އޭނާ ދައްކާފައިވާ މަންޒަރަކީ އެންމެ މަތީ ލަގަބަކީ “އުސްތާޛު”ގެ ލަގަބެވެ. ސަބަބަކީ އޭނާ ބޭނުންވަނީ އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމަށް” ލިބިވަޑައިގެންފައިވާ” އުސްތާޛް ލަޤަބަށްވުރެ މަޝްހޫރު އަދި މަތީ ފާހެއް އެހެން މީހެއްގެ އަތުގައި އޮތްކަމަށް ރައްޔިތުންނަށް ނޭންގުމެވެ. އޭނާގެ ވެރިކަމުގައި އެޑިޔުކޭޝަން މިނިސްޓަރުކަމުގައި ދުވަސްގަނޑަކު ޑރ. މުޙައްމަދު ލަޠީފް ހުއްޓަސް ސިޔާސީ ގޮތުން ބަސް ބުނުމުގެ ފުރުސަތެއް ލަތީފަކަށް ވެސް ނުދެއެވެ.

މައުމޫން ކުޑަސީދީ އޭނާގެ ވެރިކަމުގައި ކަންތައް ކުރެއްވި ގޮތަކީ ސަރުކާރުގެ ހުރިހާ ބާރެއް އޭނާގެ މުށުތެރޭގައި ބާއްވައިގެން ގައުމު ހިންގުމެވެ. ގައުމުގެ ރައުސުލްމާލުވެސް އޮތީ އޭނާގެ މުށުތެރޭގައެވެ. ފިނޭންސް މިނިސްޓަރަކީވެސް އޭނާއެވެ. ރައީސަކީވެސް އޭނާއެވެ. ރިސޯޓުތައް މީހުންނަށް ދެނީވެސް އޭނާއެވެ. މުއައްސަސާތަކަށް ވެރިންވެސް އައްޔަންކުރަނީ އޭނާއެވެ. އަތޮޅުވެރިޔަކަސް، ކަތީބަކަސް އައްޔަންކުރަނީ އޭނާއެވެ. އިންތިޚާބުތައް ބާއްވާ ތާރީޚާއި ގައުމުގެ ބަޖެޓް ކަނޑައަޅަނީވެސް އޭނާއެވެ. މިކަންކަމާއި ދެކޮޅަށް ބަހެއް ބުނެފިތަ، އެމީހަކު ވަގުތުން އަނދަގޮޑީގައި ޖަހައި ޝަރީޢަތަކާއި ނުލައި ޖަލުގައި ބާއްވައެވެ. އަދި އެއީ ވިޔަފާރިވެރިއެއްނަމަ އެމީހެއްގެ މުޅި ވިޔަފާރި ހުއްޓުވާލައެވެ. އިނދަޖައްސާލައެވެ. ދީނުގައި އޮތް ގޮތަށް ޝަރީޢާގެ ވާހަކަ ދައްކައިފިތަ، އެމީހެއްގެ ތުނބުޅި ލުއްސާލައި ނުވަތަ ޝޭވް ކޮށްފައި ލޮނުމިރުސް ހާކައެވެ. މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާގެ ބައްޕަގެ ތުނބުޅި ލުއްސައި އަނދަގޮޑި ޖަހައި ކޯސްޓު ކިރުދަޅެއްގެ މަަތީގައި ހުސް ޖަގިޔަލުގައި ބިޑި އަޅުވާފައި ބެހެއްޓުމާއި، ޝޭހު ފަރީދުގެ މައިބަދަ ބިންދާލަން އުޅުން ފަދަ ކަންތަކަކީ މައުމޫނުގެ އަނިޔާވެރިކަމެވެ. ކެރެފާ ނަޝީދު (އަންނި/ ކުރީގެ ރައީސް މުޙައްމަދު ނަޝީދު) އަދަގޮޑީގައި ބޭންދުމާއި މިހެންގޮސް ކުޑަސީދީގެ އަނިޔާވެރިކަމުގެ ވާހަކަ ދައްކާން ވެއްޖެ ނަމަ ދައްކަންޖެހޭ ވާހަކަތައް ވަރަށްވެސް ގިނައެވެ،

މައުމޫނަކީ އޭނާއަށްވުރެ މޮޅު މީހަކު ގައުމުގައި ނެތްކަމަށް ދައުވާވެސް ކުރި މީހެކެވެ. އޭނާ ބުނާ ގޮތުގައި އޭނާއަކީ ފަލަކީ އިލްމުވެރިއެއްވެސް މެއެވެ. އެއީވެސް ރައްޔިތުންނަށް އޭނާ އޮޅުވައިލި ބޮޑު އޮޅުވާލުމެކެވެ. އޭނާގެ ވެރިކަމުގައި ހަނދު ބެލުމަށް ކޮމިޓިއެއް އޮވެއެވެ. ނަމަވެސް އެ ކޮމިޓީގައިވެސް އިއްވާނީ މައުމޫނުގެ ބަހެވެ. އެ ކޮމިޓީން ރަމަޟާން މަހަށް ހަނދު ބެލުމާއި ޝައްވާލް މަހަށް ހަނދުބެލުން ކުރިޔަށް ދިޔަ ނަމަވެސް، ހަނދު ފެނުމާއި. ނުގެނުން އިއުލާންކުރަނީ ސައޫދީއަށް ބަލައިގެންނެވެ. މައުމޫނަކީ އޭނާގެ ވެރިކަމުގެ ދުވަސްވަރު ސައޫދީއާއި ގާތ ގުޅުން ބޭއްވި މީހެކެވެ. ސައުދީއިން ހަނދު ފެނިއްޖެ ކަމަށް އިއުލާން ކޮށްފިނަމަ މައުމޫން ވެސް އޭނާއަށް ހަނދު ފެނިއްޖެ ކަމަށް އިއުލާން ކުރެއެވެ.

އޭނާ ވެރިކަންކުރި ޒަމާނަކީ އިންޓަރނެޓް އާންމު ޒަމާނެއް ނޫނެވެ. ދުނިޔޭގެ ގައުމުތަކުގައި އިންޓަނެޓްގެ ހިދުމަތް ލިބުނަސް، ދިވެހިންނަށް ދުނިޔޭގެ ވާނުވާ އެނގިދާނެތީވެ އޭނާގެ ވެރިކަމުގައި ރައްޔިތުންނަށް އިންޓަނެޓްވެސް ނުދިނެވެ.

ކިނބިގަސްދޮށުގޭ ކުޑަސީދީ ވެރިކަންކުރި ގޮތަކީ މިއީއެވެ.

މިހާރުގެ ޖެނެރޭޝަނަށް މައުމޫނުގެ ހަގީގަތް އެނގުނީ މި ކުޑަ އީދުގެ ހަނދު ބެލުމުންނެވެ. މިފަހަރު މައުމޫނު ބުނީ ހަނދު ފެންނާނީ 30 ވާ އާދީއްތަ ދުވަހުއެވެ. ނަމަވެސް ގައުމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރަކު އަދި މައުމޫނަށްވުރެ މަތީ ފާސް އޮންނަ ފަލަކީ އިލްމުވެރިޔަކު ހަނދު ފެންނާނީ ހޯމައިގައި ކަމަށް ބުނުމުން މައުމޫނު ވަނީ ހަނދުނފެންނާނީ ހޯމަ ދުވަހު ކަމަށް ބުނެފައެވެ. ހިތާމައަކީ ކާމިނީގޭ ކުޑަ ސީދީ ނުވަތަ ކިނބިގަސްދޮށުގޭ މައުމޫން އެއްޗެކޭ ބުނާއިރަށް އޭނާގެ އަވައިގައި ޖެހިފައިތިބި ބަޔަކު އަދިވެސް އޭނާގެ ވާހަކަތައް ގަބޫލުކުރާތީއެވެ.

އޭނާ އަކީ ކަލާނގެ އެއް ނޫނެވެ. ރަސޫލެއް ނަބިއްޔެއް ނޫނެވެ. ނަބީކަލޭގެފާނުގެ ސުންނަތަށް ތަބާވުމުގެ ބަދަލުގައި ހަޖޫ ޖަހާ މީހެކެވެ. ބުރުގާ އެޅުމުގެ މައްސަލައިގައި ރާއްޖެ އަކީ ހޫނު ގައުމަކަށްވާތީ ބުރުގާ އަޅަން ނުޖެހޭނެއޭ ބުނި މީހެކެވެ. ވީމާ ގުތުއާނުގައި ނުވަތަ ހަދީސްގައި އޮތް އެއްޗަކީ ދޮގެއް ކަމަށް އޭނާ ހަދައިފިއެވެ. އެއީ ކަލާނގެ އެއް ނޫނެވެ. އެ ފިކުރު ނުވަތަ “މައުމޫނިޒަމް” ފިކުރު މިރާއްޖެއިން ފޮހެލަން ޖެހެއެވެ.

2 thoughts on “ކަލަކު ކަމަށް ދައުވާކުރާ މައުމޫނާއި “ މައުމޫނިޒަމް” ގެ ފިކުރު

  1. މައުމޫނަކީ ބަލާއެކޭ މައުމޫނަކީ ބަކައްޓެކޭ މައުމޫނަކީ ކަންބަޅިއެކޭ މައުމޫނަކީ އަނިޔާވެރިއެކޭ

  2. ތިއީ ވަރަށް ބޮޑު ތެދެކެވެ. އެވަރުގެ އަނިޔާވެރިޔަކު ނުހުންނާނެއެވެ. އަޅުގަނޑު ކުޑަ އެއްޗެއް ޝެއާ މޮށްލާނަމެވެ. އެއީ މާޗް 2003 (އެމަހުގެ ދުވަހެއް ހަނދާނެއްނެތް) އަޅުގަނޑު އޮތީ އޭނާގެ އަނިޔާވެރިކަމާއި ދެކޮޅަށް ބަސް ބުނެގެން ޖަލަށްލާފައެވެ. ވަރަށް ބޮޑަށް ލޮލު ރޯގާ ޖެހިއްޖެއެވެ. ކަރެކްޝަން ޑިޕާޓްމެންޓް މެދުވެރިވެގެން އައި.ޖީ.އެމް.އެޗް. އަށް ގެންދެވުނެވެ. ޑޮކްޓަރ އިމްތިޔާޒް ޗެކްކޮށް ބައްލަވާފައި 4 ދުވަހަށް އެޑްމިޓް ކުރެއްވިއެވެ. އޭރު ބަލި ބޮޑުވެގެން ދެލޯ ވަނީ ނުލާހިކު ބޮޑަށް ދުޅަވެފައެވެ. 4 ގަޑިން 4 ގަޑިން ފިނިފެންކަފަ ލޮލަށް އެޅުމަށް ނަރުހުންނަށް އިރުޝާދު ދެއްވިއެވެ. އަޅުގަނޑު ހޮސްޕިޓަލުގައި އެޑްމިޓް ކުރެއްވީ ކަރެކްޝަންގެ قواعد ދުން ކަރެކްޝަނުންނެވެ. އެޑްމިޓްކޮށް 5 ގަޑި އެއްހާއިރު ވީތަނާ އާދައިގެ ކުލަހެދުމުގައި މާފުށީ ޖަލުގައި އަނިޔާ ކުރާ ޖައްލާދުންތައް ހޮސްޕިޓަލުގައި އަޅުގަނޑު އޮތް ކޮޓަރިއަށް ކުއްލިއަކަށް ވަދެއްޖެއެވެ. މިގްރޫޕްގެ ވެރިއަކަށް ހުރީ އަބްދުﷲ އާދަމް (އަބްދުﷲ ޕާޕާ) އެވެ. އިތުރު 6 ސިފައިންނާއެކުއެވެ. އަދި މުޅި ކޮޓަރި ޗެކްކޮށްފައި ނުކުތެވެ. 10 ވަރަކަށް މިނިޓް ފަހުން ކަރެކްޝަންގެ ވެރިޔަކު ގޮވައިގެން އައިސް ކޮޓަރިއަށް ވަދެއްޖެއެވެ. އަދި އެންގީ އަޅުގަނޑު އެހެން ތަނަކަށް ބަދަލު ކުރުމަށެވެ. ކިހިނެއްތޯ އެހުމުން ޖަވާބު ދޭން ނުޖެހޭނެ ކަމަށް އެންގެވިއެވެ. މަންޒަރު ބަލާލުމުން އެކަން އެނގެއެވެ. އަޅުގަނޑެކޭ އެއްފަދައިން ކަރެކްޝަންގެ ވެރިންވެސް ވާނީ ސުވާލުކުރުމަށް ނުކުޅެދިފައިކަން އެނގެއެވެ.

Leave a Reply

Your email address will not be published. Required fields are marked *