އިސްލާމް ދީނުގައި ޢިލްމަށް ދީފައިވާ އަހައްމިއްޔަތުކަން
علم އުގެނުމަށް إسلآم ދީނުގައި ދެއްވާފައިވާ އަހަމިއްޔަތާއި އުނގެނޭ މީހުންނަށް މިންވަރުކޮށްދެވާފާއިވާ މަތިވެރި ނިޢުމަތްތަކާއި ، ޢިލްމު އުނގެނުމުން ﷲ ގެ ކަށުކުޅަދުންވައްތަކަމާއި އެއްކައުވަންތަކަން ދެނެގަނެވޭނެ ކަމާއި، އުޑާއި ބިމުގައިވާހާ އެއްޗަކާއި ކާއިނާތުގައި ވާހާ އެއްޗަކީ އެކަލާންގެ އަށް މިލްކުވެ ވޮޑިގެންވާ ތަކެތިކަމާއި ދަންނަ މީހުންނާއި ނުދަންނަ މީހުން ހަމަހަމަ ނުވާނެކަން ވެސް ޢިލްމުން އިންސާނާއަށް ދެނެގަނެވެއެވެ. ޢިލްމުގެ ތެރޭގައި ސައިންސާއި ޓެކްނޮލޮޖީ އާއި ފަލަކީ އިލްމާއި ހިސާބު ޢިލްމު ހިމެނޭނެއެވެ، ދަންނަންޖެހޭ އަނެއްކަމަކީ ،ޢިލްމާއި ހުނަރަކީ […]
ޔަހޫދީންނާއި ދެކޮޅަށް ޖިހާދުކުރުމަށް ވާޖިބުތަ؟ ނުވަތަ ނޫންތަ؟
ފަލަސްތީނުގެ ޣައްޒާގައި ޔަހޫދީން ހިންގާ ލާއިންސާނީ އަމަލުތަކުގައި ބަޑި ޖެހުމުގެ ސަބަބުން ޝަހީދުވެފައިވާ 160 އަށް ވުރެ ގިނަ ކުޑަކުދިންގެ ތެރެއިން 95 ހާދިސާގައި ޞަހުޔޫނީ އަސްކަރިއްޔާ އިން ކުޑަކުދިންގެ ބޮލަށާއި މޭމައްޗަށް ބަޑި ޖަހާފައިވާ ކަމަށް ބީބީސީ ގައި ބުނެފިއެވެ. ބީ.ބީ.ސީ. ފަދަ ހުޅަނގުގެ މަޞްލަޙަތު އިސްކުރާ މީޑިޔާތަކުން ގިނަފަހަރަށް ޞަހުޔޫނީން ހިންގާ ޖަރީމާތަކުގެ ޞައްޙަ ޢަދަދު ޢާއްމުކޮށް ގެނެސް ދެމުން ނުދާތީ އާއި ޚަބަރުތައް ގެނެސް ދިނުމުގައި ޞަހުޔޫނީންގެ ކޮޅަށް ބުރަވެފައި ހުންނާތީ ، […]
ދަރަންޏެއް އޮތްނަމަ ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ނުދިނުން:
ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޫކުރާ ފައިސާ ދޫކުރުމުގެ ކުރިން ޕާޓީތަކުން ދައުލަތުގެ އެއްވެސް އިދާރާއަކަށް ދައްކަން ޖެހޭ ފައިސައެއް ނުވަތަ ދަރަންޏެއް އޮތްތޯ ރެކޯޑް ސާފުކުރަ ޖެހެއެވެ، އެކަން ސާފް ކުރަންޖެހޭނީ ، ދިހަހާސް ހަމަވާ ކޮންމެ ޕާޓީއަކަށް ޕާޓީގެ މެންބަރުން ގެ ބޮލުގެ ޢަދަދަށް ބަލައި އަހަރަކު އެތައް މިލިޔަން ރުފިޔާ ދޫކުރި ނަމަވެސް ޕާޓީ އުވާލާ އިރު ނުވަތަ ޕާޓީގެ ވެރިކަން ބަދަލުވާއިރު ޕާޓީން ދައުލަތުގެ އެކި އިދާރާތަކަށް ދައްކަޖެހޭ ބޮޑު ދަރަންޏެއް އޮތުމެވެ، […]
ހަޔާތުގެ ޑައިރީގެ އެންމެ އަގު ބޮޑު ޞަފްހާ އަކީ މައިންބަފައިންނެވެ!
ހަޔާތުގެ ޑައިރީގެ އެންމެ އަގު ބޮޑު ޞަފްހާ އަކީ މައިންބަފައިންނެވެ. ހެޔޮލަފާ މައިން ބަފައިން އުފެއްދޭނީ ﷲގެ ކަލާމް ފުޅު ކީރިރިقرآن އާއި ރަސޫލާ محمد صلى اللّه عليه وسلم ގެ ރިސާލަތަކީ ތަރުބިއްޔަތުގެ މަންހަޖު ކަމުގައި ދެކިގެނެވެ. ކިތަމެ ބޮޑު ޔުނިވަރސިޓީއަކުން ކިތަމެ ބޮޑު ސަނަދެއް ލިބުނެއްކަމަކު ކީރިތި ޤުރުއާނުގައި އޮތް އެއްޗެއްގެ މައްޗަށް ޅަފަތުގެ ޖީލު ތަރުބިއްޔަތު ކުރެވިފައި ނުވާނަމަ ނުވަތަ އެފޮތުގައި އޮތް އެއްޗެއް ވިސްނައިގަތުމުގެ ޤާބިލުކަން ސިކުޑީގައި ނުއިންދައިފި ނަމަ […]
ތިންބާރު ވަކިވުމުގެ މާނައަކީ ގިރާ ނުކުރެވޭނެ އިމެއްއޮތުމެއް ނޫން!
ތިންބާރު ވަކިވުމުގެ މާނައަކީ ކޮންމެ ބާރަކީ ، ގިރާ ނުކުރެވޭނެ އިމެއް ނެތް ލިމިޓެއް ނެތް ބާރުތަކެއް އޮތުމެއް ނޫނެވެ. މިސާލަކަށް ބަލާނަމަ ތިންބާރުންކުރެ ބާރަކުން ވިޔަސް އެނޫން ސަރުކާރުގެ އިދާރާއަކު ވިޔަސް ޤާނޫނާއި ޚިލާފަށް ، އިންސާނިއްޔަތާއި ޚިލާފަށް އެއްވެސް މީހެއްގެ ޙައްޤެއް ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ނިގުޅައިގެންފި ނަމަ އެކަމެއް ގެ ބަދުނާމާއި ފުރައްސާރަ ރައީސުލްޖުމްހޫރިއްޔާއަށާއި ސަރުކާރަށް އަދި ޤައުމަށް ރައްދުވެއެވެ. އެހެންކަމުން ޤާނޫނު ގެ ތަރަހައިން ބޭރުން ރާއްޖޭގެ ސަރަހައްދުގައި އެއްވެސް މީހެއްގެ ޙައްޤެއް ނިގުޅައި ގަނެފިނަމަ އެއީ ދައުލަތް ހިންގާފަރާތުން ނިގުޅައިގެން ޙައްޤަކަށް […]
ބުޅަލުގެ ނަމުގައި ކޮރަޕްޝަނެއް ނޫންތަ؟
ރައްޔިތުންކުރެ ގިނަ ބަޔަކު ގަރުދިޔަ ކޮޅަކާއި ބަތްކޮޅެއް ކާލައިގެން ދިރިއުޅެމުން އަންނައިރު ބުޅަލަކަށް ދުވާލަކު 368 ރުފިޔާ މަހެއްގެ މައްޗަށް 5416 ރުފިޔާ 2000 ބުޅަލަށް 7 ލައްކަ ރުފިޔާ ޚަރަދު ކުރުމުން އެކަން ކުރާ ބަޔަކު ފާފަވެރި ނުވާނެ ބާވައޭ ސުވާލު ކުރެވެއެވެ. މިއީ ދުނިޔޭގެ ކޮން ޤައުމެއްގައި ކަންކުރާ ގޮތެއްހެއްޔެވެ؟ މިކަމުން ކޮރަޕްޝަނަށް މަގު ފަހި ނުވާނެ ހެއްޔެވެ؟ މިވަރުގެ ބޮޑު ބުރައެއް މިއުފުލަނި މިކަން ކުރާނެ މިއަށްވުރެ މޮޅު ޚަރަދު ކުޑަ ގޮތެއް […]
ޤިޔާމަތްދުވަހުގެ ޤާނޫނު
ދަންނަ ހުއްޓެވެ، ޤިޔާމަތް ދުވަހު ހިނގާނީ ﷲ سبحانه وتعالى ގެ ޤާނޫނެވެ: من قوانين محكمة يوم القيامة : ޤިޔާމަތް ދުވަހުގެ ޤާނޫނު : ﴿ وَمَا أَنَا بِظَلَّامٍ لِّلْعَبِيدِ ﴾ ތިމަންރަސްކަލާނގެ حضرة ގައި وعيد ގެ ބަސްފުޅު ބަދަލުވުމެއްނެތެވެ. އަދި ތިމަންރަސްކަލާނގެއީ، އަޅުތަކުންނަށް އަނިޔާވެރިވެވޮޑިގެންވާ ކަލަކުކަމުގައި ނުވަމެވެ. (سورة ق29) ﴿ إقْرَأْ كِتَابَكَ كَفَىٰ بِنَفْسِكَ الْيَوْمَ عَلَيْكَ حَسِيبًا ﴾ އަދި އަންގަވާނެތެވެ.) ތިބާގެ ފޮތް ތިބާ […]
ކޮންމެ ކަމެއް ސަރުކާރަށް ފޫޅު ނުކަނޑާ! އަމިއްލަ ޒިންމާ ކޮބާ؟
ކުށުގެ ވެށީގައި އުޅޭ ކުދިންނާއި، ޕާޓީ ހަދާ ކުދިންނާއި، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ކުދިންނާއި، އެބޭނުން ކޮށްގެން ތަންތަނުން ފުންމާލައިގެންނާއި އެނޫން ވެސް ގޮތްގޮތުން މަރުވާ ކުދިންނާއި، ވައްކަންކުރާ ކުދިންނާއި، އަމިއްލަ ނަފުސަށާއި އެހެން މީހުންނަށް ގެއްލުންދޭ ކުދިންގެ މައިންބަފައިންނާއި، ބެލެނިވެރިންނޭވެ. ދަރިން ތަރުބިއްޔަތު ކުރުމުގެ ފުރަތަމަ މަރުހަލާ ގެ ޒިންމާ އޮތީ މައިންބަފައިން ނުވަތަ ބެލެނިވެރިން ގެމައްޗަށެވެ. އެޒިންމާ އަދާކުރެވޭނީ، އެކަމަށް އަހުލުވެރިވެފައިވާ ނަމައެވެ. އެންމެ ފުރަތަމަ ދަސްކުރަންވީ މުއާމަލާތް ކުރުމަށެވެ. ކުއްޖާގެ ޢުމުރުފުރައަށް އަންނަ ބަދަލުތައް […]
ޖިހާދަށްދާން ސީރިއާ އޯކޭ؟ ފަލަސްތީނު އޯކޭނުވީ ކިއްވެ؟
ދުޢާ ކުރުމާއެކު އަޒުމު ކަނޑައެޅި ކަމަކަށް ނިކުންނާށެވެ. މަސައްކަތްކުރުމެއް ނެތި އެއްވެސް ކަމެއް ޙާޞިލުނުވާނެ ކަން ، ﷲ ގެ ވަޙީ ބަސްފުޅުގައިވެއެވެ. އެމީހަކު ކުރި މަސައްކަތެއްގެ ނަތީޖާ އެމީހަކަށް ލިބޭނެއެވެ. ކަމަކަށް ނިކުތުމުގެ ކުރިން އެމީހެއްގެ ނިޔަތް ސާފުވާންޖެހެއެވެ، ނިޢްމަތްތަކުގެ ވެރި އިލާހަކީ ﷲ سبحانه وتعالى ކަންހަނދާންކުރަންޖެހެއެވެ ، އެހެންކަމުން މަސައްކަތެއް ކުރުމަށް ފަށައިގަތުމުގެ ކުރިން އެމަސައްކަތުގައި ބަރަކާތްލެއްވުމަށް ފުރަތަމަ އެދެންވާނީ ﷲ ގެ ޙަޟްރަތަށެވެ. އެހެނީ ހަމަކަށަވަރުން ﷲ ގެ ޙަޟްރަތުގައި ދީނަކީ إسلآمދީނެވެ. ދީނެއްގޮތުގައި […]
