ދީން
އަރާފައި ހުންނަ ރުލަކުން ސާދާ ހިތެއް އޮތް ވެރިއެއް ކަމެއް ނޭނގޭނެއެވެ!
މީހާ ލައިގެން ހުންނަ ހެދުމަށް އަރާފައި ހުންނަ ރުލަކުން ، ނުވަތަ މީހަކު ލައިގެން ހުންނ ހެދުމުން އެމީހަކީ ، ސާދާ އިޙްސާންތެރި މާތް މީހެއްކަމަށް ނުވަތަ ނޫންކަމަށް ހަދައެވެ. ދެރަކަމަކީ މިފަދަ ވާހަކަ ދައްކަނީ ، ރޫއަރާ ކޮލިޓީ ފޮތި ވެސް ހުންނަ ކަމާއި އެކި މީހުން ރީތި ހުތުރު ބަލައި ގަތުމުގައި ދެކޭގޮތް ތަފާތުކަން ނުދަންނަ މީހުންކަމަށް ނުވާކަމެވެ ، އެކި މީހުން ހެދުން ލުމުގައި ނުވަތަ ތުރުކުރެއްވުމުގައި ގެންގުޅުއްވާ ސްޓައިލް ނުދަންނަ މީހުންކަމަ […]
ޤިޔާމަތްދުވަހުގެ ޤާނޫނު
ދަންނަ ހުއްޓެވެ، ޤިޔާމަތް ދުވަހު ހިނގާނީ ﷲ سبحانه وتعالى ގެ ޤާނޫނެވެ: من قوانين محكمة يوم القيامة : ޤިޔާމަތް ދުވަހުގެ ޤާނޫނު : ﴿ وَمَا أَنَا بِظَلَّامٍ لِّلْعَبِيدِ ﴾ ތިމަންރަސްކަލާނގެ حضرة ގައި وعيد ގެ ބަސްފުޅު ބަދަލުވުމެއްނެތެވެ. އަދި ތިމަންރަސްކަލާނގެއީ، އަޅުތަކުންނަށް އަނިޔާވެރިވެވޮޑިގެންވާ ކަލަކުކަމުގައި ނުވަމެވެ. (سورة ق29) ﴿ إقْرَأْ كِتَابَكَ كَفَىٰ بِنَفْسِكَ الْيَوْمَ عَلَيْكَ حَسِيبًا ﴾ އަދި އަންގަވާނެތެވެ.) ތިބާގެ ފޮތް ތިބާ […]
ކޮންމެ ކަމެއް ސަރުކާރަށް ފޫޅު ނުކަނޑާ! އަމިއްލަ ޒިންމާ ކޮބާ؟
ކުށުގެ ވެށީގައި އުޅޭ ކުދިންނާއި، ޕާޓީ ހަދާ ކުދިންނާއި، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ކުދިންނާއި، އެބޭނުން ކޮށްގެން ތަންތަނުން ފުންމާލައިގެންނާއި އެނޫން ވެސް ގޮތްގޮތުން މަރުވާ ކުދިންނާއި، ވައްކަންކުރާ ކުދިންނާއި، އަމިއްލަ ނަފުސަށާއި އެހެން މީހުންނަށް ގެއްލުންދޭ ކުދިންގެ މައިންބަފައިންނާއި، ބެލެނިވެރިންނޭވެ. ދަރިން ތަރުބިއްޔަތު ކުރުމުގެ ފުރަތަމަ މަރުހަލާ ގެ ޒިންމާ އޮތީ މައިންބަފައިން ނުވަތަ ބެލެނިވެރިން ގެމައްޗަށެވެ. އެޒިންމާ އަދާކުރެވޭނީ، އެކަމަށް އަހުލުވެރިވެފައިވާ ނަމައެވެ. އެންމެ ފުރަތަމަ ދަސްކުރަންވީ މުއާމަލާތް ކުރުމަށެވެ. ކުއްޖާގެ ޢުމުރުފުރައަށް އަންނަ ބަދަލުތައް […]
ޖިހާދަށްދާން ސީރިއާ އޯކޭ؟ ފަލަސްތީނު އޯކޭނުވީ ކިއްވެ؟
ދުޢާ ކުރުމާއެކު އަޒުމު ކަނޑައެޅި ކަމަކަށް ނިކުންނާށެވެ. މަސައްކަތްކުރުމެއް ނެތި އެއްވެސް ކަމެއް ޙާޞިލުނުވާނެ ކަން ، ﷲ ގެ ވަޙީ ބަސްފުޅުގައިވެއެވެ. އެމީހަކު ކުރި މަސައްކަތެއްގެ ނަތީޖާ އެމީހަކަށް ލިބޭނެއެވެ. ކަމަކަށް ނިކުތުމުގެ ކުރިން އެމީހެއްގެ ނިޔަތް ސާފުވާންޖެހެއެވެ، ނިޢްމަތްތަކުގެ ވެރި އިލާހަކީ ﷲ سبحانه وتعالى ކަންހަނދާންކުރަންޖެހެއެވެ ، އެހެންކަމުން މަސައްކަތެއް ކުރުމަށް ފަށައިގަތުމުގެ ކުރިން އެމަސައްކަތުގައި ބަރަކާތްލެއްވުމަށް ފުރަތަމަ އެދެންވާނީ ﷲ ގެ ޙަޟްރަތަށެވެ. އެހެނީ ހަމަކަށަވަރުން ﷲ ގެ ޙަޟްރަތުގައި ދީނަކީ إسلآمދީނެވެ. ދީނެއްގޮތުގައި […]
