ހަޔާތުގެ ޑައިރީގެ އެންމެ އަގު ބޮޑު ޞަފްހާ އަކީ މައިންބަފައިންނެވެ!

ހަޔާތުގެ ޑައިރީގެ އެންމެ އަގު ބޮޑު ޞަފްހާ އަކީ މައިންބަފައިންނެވެ!

ހަޔާތުގެ ޑައިރީގެ އެންމެ އަގު ބޮޑު ޞަފްހާ އަކީ މައިންބަފައިންނެވެ. ހެޔޮލަފާ މައިން ބަފައިން އުފެއްދޭނީ ﷲގެ ކަލާމް ފުޅު ކީރިރިقرآن އާއި ރަސޫލާ محمد صلى اللّه عليه وسلم ގެ ރިސާލަތަކީ ތަރުބިއްޔަތުގެ މަންހަޖު ކަމުގައި ދެކިގެނެވެ. ކިތަމެ ބޮޑު ޔުނިވަރސިޓީއަކުން ކިތަމެ ބޮޑު ސަނަދެއް ލިބުނެއްކަމަކު ކީރިތި ޤުރުއާނުގައި އޮތް އެއްޗެއްގެ މައްޗަށް ޅަފަތުގެ ޖީލު ތަރުބިއްޔަތު ކުރެވިފައި ނުވާނަމަ ނުވަތަ އެފޮތުގައި އޮތް އެއްޗެއް ވިސްނައިގަތުމުގެ ޤާބިލުކަން ސިކުޑީގައި ނުއިންދައިފި ނަމަ އިންސާނާގެ ހިތުގައި އިޙްސާންތެރިކަމެއް އަމާނާތްތެރިކަމެއް ނުވާނެއެވެ.

މިއީ ދުނިޔެ ދައްކާ ޙަޤީޤަތެވެޅަފަތުގެ ތަރުބިއްޔަތު ނެތްނަމަ ހެޔޮލަފާ މައިން ބަފައިން ފެނުމަކީ އަދި ލިބުމަކީ ނާދިރު ކަމެކެވެ ، ލިބުމަށްވުރެ ނުލިބުން ގާތް ކަމެކެވެ، ހަމައެކަނި ތިމާގެ މަޞްލަޙަތު ދަންނަ ދުނިޔޭގެ އެދުންތައް އިސްކޮށްފައިވާ މީހެއްގެ ކިބާގައި އިންސާނިއްޔަތުކަމާއި އިޙްސާންތެރިކަމެއް ނޯއްނާނެއެވެ. ތިމާގެ މަޞްލަޙަތު އެކަނި އިސްކުރާ މީހަކަށް އޭނާ ނޫން އިންސާނުންނަކީ ،
އިންސާނުންކަމަށް ނުވެދާނެއެވެ. މިކަން ފަލަސްޠީނުގެ ރައްޔިތުންނާއި މެދު ދުނިޔޭގެ އިސްތިޢުމާރީ ޤައުމުތަކުން ކަންކުރާ ދެފުށް ދެގޮތް މުނާފިޤު ސިޔާސަތުތަކުންނާއި އެޤައުމުތަކުގެ ބިރުދެއްކުމާއި ނުފޫޛާއި ފައިސާއަށް ހެއްލިފައިވާ ޢަރަބި ޤައުމުތަކުގެ ވެރިންގެ ކިބައިން ފެންނާނެއެވެ.

ތިމާގެ މަޞްލަޙަތު އޮންނަ ފަދައިން އެހެން މީހުންގެ ވެސް މަޞްލަޙަތު އޮންނާނެކަން ޤަބޫލުކުރާ މީހަކީ އެންމެ ރަނގަޅު މީހާއެވެ. ތިމާގެ މަޞްލަޙަތު ވެސް ނޭނގޭ އެހެން މީހުންގެ މަޞްލަޙަތު ނުދަންނަ މީހަކީ އެންމެ ނުދަންނަ މީހާ އެވެ. މީހުން ނުބައި މީހުންނަށް ވީމާ އެވާހަކަ ތަކުރާރު ކުރުމުގެ ބަދަލުގައި މީހުން ނުބައި މީހުންނަށް ވުމަށް މެދުވެރިވާ ސަބަބުތަކާއި މެދު ވިސްނައި ފިކުރު ކުރަނީ ކިތައް މީހުންހެއްޔެވެ ؟

މައުޞޫމު މީހެއްގެ ގޮތުގައި ﷲتعالى އުފަންކުރައްވާ އިންސާނާ އުފައްދަވާފައިވާ މަޢުޞޫމުކަން އެގޮތުގައި ދެމެހެއްޓުމަކީ ދުނިޔޭގައި ތިބި ބަޔެއްގެ މައްޗަށް އޮތް ޒިންމާއެކެވެ. ﷲ تعالى ޠާހިރު ކަންމަތީ ޚަލުޤުކުރެއްވި އިންސާނާއަކީ ދުނިޔޭގައި ނެތްވަރުގެ ހެޔޮލަފާ އިންސާނެއް ގޮތުގައި ބަދަލުވުމާއި ދުނިޔޭގައި ނެތްވަރުގެ ނުލަފާ އިންސާނަކަށް ބަދަލުވުމަށް މެދުވެރިވާ ސަބަބުތަކާއި މެދު އަޅާ ނުލެވޭ އެއްވެސް މުޖުތަމައެއްގައި މަޞްލަތެއް ނޯންނާނެއެވެ.

އެތަނެއްގައި އޮންނާނީ ، އަމިއްލަ މަޞްލަޙަތު އެކަންޏެވެ، އޮންނާނީ އެއްވެސް މީހަކު އެމީހަކަށް ފައިދާއެއް ނެތްކަމެއް ނުކުރާ އާދަތަކެވެ، ހަމަޔާއި އިންސާފަށާއި އުޞޫލަކަށް ބެލުމެއް ނޯންނާނެއެވެ. އިންސާފަކީ ފައިސާއެވެ. ހަމްދަރުދީވުމާއި އަޅާލުމާއި އިޙްސާންތެރިކަން އޮންނާނީ ފައިސާގެ މައްޗަށް ބުރަވެފައެވެ.