ބުޅަލުގެ ނަމުގައި ކޮރަޕްޝަނެއް ނޫންތަ؟

ބުޅަލުގެ ނަމުގައި ކޮރަޕްޝަނެއް ނޫންތަ؟

ރައްޔިތުންކުރެ ގިނަ ބަޔަކު ގަރުދިޔަ ކޮޅަކާއި ބަތްކޮޅެއް ކާލައިގެން ދިރިއުޅެމުން އަންނައިރު ބުޅަލަކަށް ދުވާލަކު 368 ރުފިޔާ މަހެއްގެ މައްޗަށް 5416 ރުފިޔާ 2000 ބުޅަލަށް 7 ލައްކަ ރުފިޔާ ޚަރަދު ކުރުމުން އެކަން ކުރާ ބަޔަކު ފާފަވެރި ނުވާނެ ބާވައޭ ސުވާލު ކުރެވެއެވެ.

މިއީ ދުނިޔޭގެ ކޮން ޤައުމެއްގައި ކަންކުރާ ގޮތެއްހެއްޔެވެ؟ މިކަމުން ކޮރަޕްޝަނަށް މަގު ފަހި ނުވާނެ ހެއްޔެވެ؟ މިވަރުގެ ބޮޑު ބުރައެއް މިއުފުލަނި މިކަން ކުރާނެ މިއަށްވުރެ މޮޅު ޚަރަދު ކުޑަ ގޮތެއް ނެތީ ހެއްޔެވެ؟ ދިވެހިންކުރެ ގިނަ މީހުންނަކީ ފިކުރު ކުރަން ނުދަންނަ ވަރިހަމަ ކަން ބޮޑު ބަޔަކީ ހެއްޔެވެ. ؟ ދައުލަތުގެ ބައިތުލްމާލަކީ ، އޭރަކު ވެރިކަމުގައި ތިބޭ ބަޔަކު ހިތުހުރި ގޮތަކަށް ޚަރަދު ކުރުމަށް ހުންނަ އެއްޗެއް ނޫންކަމާއި އެއީ އަމާނާތެއް ކަން ހަމަ ނޭނގެނީ ހެއްޔެވެ؟

ރާއްޖޭގައި ކޮންމެ މީހަކު ވެސް ވެރިކަމަށް ފައިނަގަނީ ، ދައުލަތުގެ ބައިތުލްމާލަށްދަހިވެތި ވެގެންކަމުގައި ބެލުމުގެ ފުރުޞަތު ނެތް ހެއްޔެވެ؟ ވެރިކަން ލިބުމާއެކު ކޮންމެ ބަޔަކު ވެސް ދައުލަތުގެ މުދަލާ ފައިސާ އާއި ވަޒީފާތައް ބަހާލަނީ ، އަމިއްލަ ގޭގެ ބަޖެޓުން ޚަރަދު ކުރާގޮތަށް ނޫންހެއްޔެވެ؟

ރާއްޖެއަކީ ހެދިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތައް މުޅިން ފުރިހަމަ ނޫން ޤައުމަކަށް ވިޔަސް އެފްރިކާ އަށް ވުރެ ރަނގަޅު ޤައުމެކެވެ، އެހެން ނަމަވެސް އެފްރިކާ ގިނަ ޤައުމުތަކުގައި ހިނގާ ޖިނާޢީ ތަފާތު ކުށްތަކާއި ކޮރަޕްޝަންފަދަ ޢަމަލުތައް މަދު ޤައުމެކޭ ބުނެވޭނެ ޤައުމެއް ނޫނެވެ.

މިއީ ތަފާތު ހިސާބުން ޔަޤީންވާންހުރި ވާހަކައެކެވެ. ތިލަފަތެއް ޕްރޮމޯޓު ކޮށްގެން އިންސާފަށް ވަކާލާތު ކުރުމުން ވެރިކަން ލިބުނު ބަޔަކަށް ދެފަހަރު ވެރިކަ ކުރަން ލިބުނު ފުރުޞަތުގައި ވެސް ކުރުވީ މާޔޫސްކަމެވެ.

Leave a Reply

Your email address will not be published. Required fields are marked *