ޔަހޫދީންނާއި ދެކޮޅަށް ޖިހާދުކުރުމަށް ވާޖިބުތަ؟ ނުވަތަ ނޫންތަ؟

ޔަހޫދީންނާއި ދެކޮޅަށް ޖިހާދުކުރުމަށް ވާޖިބުތަ؟ ނުވަތަ ނޫންތަ؟

ފަލަސްތީނުގެ ޣައްޒާގައި ޔަހޫދީން ހިންގާ ލާއިންސާނީ އަމަލުތަކުގައި ބަޑި ޖެހުމުގެ ސަބަބުން ޝަހީދުވެފައިވާ 160 އަށް ވުރެ ގިނަ ކުޑަކުދިންގެ ތެރެއިން 95 ހާދިސާގައި ޞަހުޔޫނީ އަސްކަރިއްޔާ އިން ކުޑަކުދިންގެ ބޮލަށާއި މޭމައްޗަށް ބަޑި ޖަހާފައިވާ ކަމަށް ބީބީސީ ގައި ބުނެފިއެވެ.

ބީ.ބީ.ސީ. ފަދަ ހުޅަނގުގެ މަޞްލަޙަތު އިސްކުރާ މީޑިޔާތަކުން ގިނަފަހަރަށް ޞަހުޔޫނީން ހިންގާ ޖަރީމާތަކުގެ ޞައްޙަ ޢަދަދު ޢާއްމުކޮށް ގެނެސް ދެމުން ނުދާތީ އާއި ޚަބަރުތައް ގެނެސް ދިނުމުގައި ޞަހުޔޫނީންގެ ކޮޅަށް ބުރަވެފައި ހުންނާތީ ، ބީ.ބީ.ސީ ގެ ރިޕޯޓުގައި ހާމަ ކޮށްފައިވާ އަދަދަށްވުރެ ގިނަ ކުޑަކުދިން ޝަހީދު ވެފައިވާނެކަމަށް ބަލަންޖެހެއެވެ.

ފަލަސްޠީނުގެ މަސްދަރުތަކުން އެނގޭގޮތުން މިހާތަނަށް އެ ޢަދަދަށްވުރެ ގިނަ ކުޑަކުދިން ޞަހުޔޫނީ ސިފައިން ޝަހީދު ކޮށްފައިވެއެވެ. މި ހާލަތުގައި ވެސް މުސްލިމު ދައުލަތްތަކުގެ ޚާއްޞަކޮށް މިޞްރާއި ، އުރުދުން އަދި ސައޫދީ ޢަރަބިއްޔާ އާއި ޔޫ.އޭއީ . މަސައްކަތްކުރަނީ އެމެރިކާ ރުއްސޭތޯ ކަމަށް ފަލަސްޠީނުގެ ރައްޔިތުން ދެކެވެ.


الَّذِينَ يَتَّخِذُونَ الْكَافِرِينَ أَوْلِيَاءَ مِن دُونِ الْمُؤْمِنِينَ ۚ أَيَبْتَغُونَ عِندَهُمُ الْعِزَّةَ فَإِنَّ الْعِزَّةَ لِلَّهِ جَمِيعًا
( سورة النساء 139)

إِلَّا تَنفِرُوا۟ يُعَذِّبْكُمْ عَذَابًا أَلِيمًا وَيَسْتَبْدِلْ قَوْمًا غَيْرَكُمْ وَلَا تَضُرُّوهُ شَيْـًٔا ۗ وَٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرٌ ﴿٣٩﴾

ތިޔަބައިމީހުން (ހަނގުރާމައަށް) ނުނިކުންނަނަމަ، ވޭންދެނިވި عذاب އަކުން އެކަލާނގެ ތިޔަބައިމީހުންނަށް عذاب ދެއްވާނެތެވެ. އަދި ތިޔަބައިމީހުންގެ ބަދަލުގައި، އެހެންބަޔަކު ގެންނަވައިފާނެތެވެ. އަދި ތިޔަބައިމީހުންނަކަށް، އެއްވެސް ކަމަކުން އެކަލާނގެއަށް ގެއްލުމެއް ނުދެވޭނެތެވެ. اللَّه އީ ކޮންމެކަމެއްގެމައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. (سورة التوبة 39)

لافرق بينهم وبين الصهاينة وهم في الأساس تبع الصهاينة والأوامر منهم :
އެބައި މީހުންނާއި ޞަހުޔޫނީންނާއި ދެމެދު ތަފާތެއް ނުވެއެވެ. އެވެރިން ވެސް ތަބާޢަ ވަނީ ޞަހުޔޫނީންގެ ޢަމުރުތަކަށެވެ.
حسبنا الله ونعم الوكيل فيهم الصهيونية ولاضمر والإنسانية: ޞަހުޔޫނީންނަކީ ، ޟަމީރެއް އަދި އިންސާނިއްޔަތުކަމެއް ނެތް ބައެކެވެ.

ސުވާލަކީ، ޔަމަނުގެ މުފްތީން އެ ގޮވާ ފަދައިން، އަޅުގަނޑުމެންގެ މުސްލިމު އުއްމަތުން ޔަހޫދީންނާއި ދެކޮޅަށް ޖިހާދުކުރުން ޝަރުޢު ކުރަން އަމުރު ނެރެން ޖެހޭތޯއެވެ؟

އެއްބަޔަކު ބުނާ ގޮތުގައި މިއަދު ފަލަސްޠީނު ބިމުގައި އެ ހިންގަނީ ސިޔާސީ ކަމެކެވެ. ނަމަވެސް ޝަހީދުވަމުންދަނީ މުސްލިމުން ކަމަށް ވީއިރު، ދީނާއި ސިޔާސަތަކީ އިސްލާމް ދީނުގައި އެކައްޗެއްކަން ހަނދާންކުރަން އެބަ ޖެހެއެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ ޑިމޮކްރަސީގައި ދީނާއި ސިޔާސަތަކީ ދޭއްޗެކެވެ.