ކޮންމެ ވެރިއަކަށް ވެސްލިބޭނީ އެއް ޗާންސް…

ކޮންމެ ވެރިއަކަށް ވެސްލިބޭނީ އެއް ޗާންސް…

ނުލިބޭ އަޅާލުމާއި ނުލިބޭ އޯގާވެރިކަމުގެ ބަދަލު މިނިވަން ވަޔާއެކު ޖައްވާ ފަޒާގައި ރަންރީދޫ ކުލައިން ކުރެހި އުފާވެރި ފަތިހަކަށް އައްޔެއް ނުވިލޭނެއެވެ. ގުލްޒާރުގައި ފަރިވި ރަންރީދޫ ލަޝްކަރު ރާއްޖޭގެ ސްކޭމްތައް ބަލިކޮށް ނޫރާނީމާތަކުން އެގުލްޒާރު ޒީނަތްތެރިކުރާނެއެވެ. ލޯބި ލިބޭނީ ލޯބިދީގެންނެވެ. ރަތްޔިތުންނަކީ ޤައުމިއްޔަތުގެ ތަރިކައެވެ. އެހެން ކަމުން އެރައްޔިޔުމީހާއާއި އަޅާނުލެވޭ ގުލްޒާރެއްގައި ފޮޅޭނެ ނޫރާނީމަލެއް ފަރިވާނޭ ގުލްޗަންޕާމަލެއް ނުފެންނާނެއެވެ. 2028 ވަނައަހަރުގެ މަލަމަތި މިސަރުކާރަށް ނާމާންވާ މަންޒަރު ރަށްރަށުގެ ރައްޔިތުން ޢަމަލުން އެބަދައްކައިދެއެވެ. ރައްޔިތުންގެ ކުރިމަތީގައި މިސަރުކާރުން ދިއްލި ހުރިހާ ހުޅުކޮޅެއް ފަނޑުވެ ހިގައްޖެއެވެ. އެހެނީ އެއްވެސް ހުޅުކޮޅަކީ ދެމެހެއްޓެނެވި ވޮށްތަކުގައި ދިއްލި ޙަޤީޤީ ހުޅުކޮޅުތަކަކަށް ނުވާތީއެވެ. 

މަކަރާއި ޙީލަތުގެ ކިތަންމެ ގިނަވޮށެއް ދިއްލިނަމަވެސް އެވޮށްތަކުން ޖައްވާފަޒާ ޒީނަތްތެރިއެއް ނުވާނެއެވެ. އެކަން އެދަނީ ފެންނަމުންނެވެ. ދެން ފެނިގެންދާނީ އިރުއޮއްސިވާ އަނދިރި ކުޑަތަންވެ ފުށްޓަރުފަރާތުން ގުގުރަންފަށާ މަންޒަރެވެ. ކޮންމެ ވެރިއަކަށްވެސް ލިބޭނީ އެއްޗާންސެވެ. އެޗާންސްގެ އަސަރުން ގައުމަށް އުފާ ނުލިބިއްޖެ ނަމަ އެބިޖިލީގެ ބޭނުމެއް ނެތްތާއެވެ. 

އިޤްތިޞާދު ފުލުންގޮސް ރައްޔިތުން ބަރަހަނާކުރާކަށް ދެވަނަޗާންސެއް ނުދޭނެތާއެވެ. އިގްތިޞާދު ފުލުން ދިޔައީ އެއް ނޫނެވެ. ފުލުންދުއްވާލީއެވެ. ރައްޔިތުން ތިބީ ބަލާށެވެ. ހުރިހާބާރެއް އަތަށް ކަހާލާ ރައްޔިތަކަށް ގުޑިނުކެވުނީމާ ދެން ދުނިޔެ ފެނިގެންދާނީ ގޮއިދަރުވާނުގެ ތެރެއިންތާއެވެ. ގޮއިދަރުވާނުގެ ލޯގަނޑުން ފެންނަ ދުނިޔެ ސާފުވާނެ ކަމަށް އުންމީދު ނުކުރާށެވެ. 

ތަޤްދީރުގެ ފަސާނާ އަޑުއަހަން ތިއްބަވާށެވެ. ޒަމާންބަދަލުވެއްޖެއެވެ. ވަނާޖުބޭސާގެ ބާރުކެނޑި އޯގާވެރިކަމާއި ލޯބީގެ ތަރާނާ އަޑުއަހަން ރައްޔިތުން ޤަބޫލުވެ ބަރޯސާވެއްޖެއެވެ. އެކަމަކު ސުވާލެއް އެބައޮތެވެ. މަތީގައިވާ ސުރުޚީގައި އެ ބުނާ “އެއް ޗާންސު” ނުލިބޭ ވެރިޔަކު ރާއްޖޭގެ ޑިމޮކްރަސީ ޙަޔާތުގައި ހުރި ނަމަ އެއީ ކޮން ބޭފުޅެއްތޯ އެވެ؟