ޣައްޒާ މުސްލިމުންނަށްޓަކައި މި ޚަބަރު ޝެއަރ ކުރައްވާ! ޔަހޫދީންނަށް މާފު ނުކުރައްޗޭ! މި އީދުގައި 100 އަށްވުރެ ގިނަ މުސްލިމުން ޝަހީދުކޮށްލައިފި. ޣައްޒާ އަށާއި މުސްލިމުންނަށް ނަސްރުދެއްވާނދޭވެ. އާމީން!

ޣައްޒާ މުސްލިމުންނަށްޓަކައި މި ޚަބަރު ޝެއަރ ކުރައްވާ! ޔަހޫދީންނަށް މާފު ނުކުރައްޗޭ! މި އީދުގައި 100 އަށްވުރެ ގިނަ މުސްލިމުން ޝަހީދުކޮށްލައިފި. ޣައްޒާ އަށާއި މުސްލިމުންނަށް ނަސްރުދެއްވާނދޭވެ. އާމީން!

ޣައްޒާ މުސްލިމުން ޢީދު ދުވަހަށް މަރުހަބާ ކިޔާތީވެ އެމީހުން ނަފްސާނީ ގޮތުން ބަލިކަށި ކޮށްލުމަށްޓަކައި ހައްދުފަހަނައެޅި ނުބައި ނުލަފާ އިޒްރޭލުން ޣައްޒާ މުސްލިމުންގެ ތެރެއިން 100 އަށްވުރެ ގިނަ މުސްލިމުން އެއްވެސް ކުށަކާއި ނުލައި ޝަހީދު ކޮށްލައިފިއެވެ.

މިއީ މުސްލިމުންގެ ފިޠުރު އީދުގެ އުފާވެރި ދުވަސްވަރެވެ. ނަ،ަވެސް ޣައްޒާ މުސްލިމުންނަށް އޮތީ ހިތްދަތިކަމާއި ކެކުޅުމެވެ. ވޭނެވެ. މިއަދު އިރުއޮއްސުމާއި ހަމަޔަށް 100 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލިއިރު އޭގެތެރޭގައި ގިނައީ ނިކަމެތި އަންހެނުންނާއި މައުސޫމް ކުޑަކުދިންނެވެ.

ޣައްޒާގެ ސިއްހީ ވުޒާރާއިން މަޢުލޫމާތު ދީފައިވާ ގޮތުގައި އިސްރާއީލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނިމުމަކަށް ގެނައި ފަހުން މަރުވެފައިވާ މީހުންގެ އަދަދު 1،001 އަށް އަރާފައިވެއެވެ.

މިހާރު އިސްރާއީލުގެ ނުބައި ސަރުކާރުން ރަފާ ސަރަހައްދުގެ ގިނަ އަދަދެއްގެ ރައްޔިތުން އެ ސަރަހައްދުން ނެރުމަށް އަމުރުކޮށްފައި ވެއެވެ. މިއަދު (ޢީދުގެ ދެވަނަ ދުވަހު) ރަފާ ސަރަހައްދުން 10 ހާސް މީހުން ވަނީ އެތަން ދޫކޮށް ދާން މަޖުބޫރުވެފައެވެ.

އިސްރާއީލުން މިއަދު ދިން ހަމަލާތަކުގައި ފަލަސްތީނު ޕެރަމެޑިކުންނާއި އދ ގެ އެހީ ފޯރުކޮށްދޭ ޖަމާޢަތްތަކުގެ މީހުން ހިމެނޭހެން 15 މީހުން ޝަހީދުކޮށްލާފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.

ޣައްޒާގެ ހާލަތު ވަރަށް ގޯހެވެ. ދުލުން ބަޔާންކުރާހާވަރަށް ވުރެވެސް ގޯހެވެ. އަޅުގަނޑުމެންނަށް އޮތީ ޣައްޒަ ރައްޔިތުންނަށްޓަކައި ހެޔޮ ދުޢާކުރަމެވެ.