ސަރުކާރުންމަސްދޯނި ބަނދެ އެ ވިޔަފާރިއަށް ވަންނަނީ…

ސަރުކާރުންމަސްދޯނި ބަނދެ އެ ވިޔަފާރިއަށް ވަންނަނީ…

ރާއްޖޭގެ މަސްވެރި ރަށްރަށުގެ މަސްދޯނި ފަހަރު ބައެއްރަށް ރަށުގައި އެހެލަން ފަށައިފިކަމަށް އަޑުފެތުރެންފަށައިފިއެވެ. މަޢުލޫމާތު ލިބޭ ގޮތުގައި މަސްދޯނި ފަހަރު އެހެލަން ފަށާފައިވަނީ މަސްދޯނިފަހަރުގައި މަހަށްދާނޭ ބަޔަކު ނެތުމުންނެވެ. 16 މަސްދޯނި މަހަށް ފުރާ އިހަވަންދޫގައި ރައްޔިތަކު ބުނިގޮތުގައި ކުރިން 16 މަސްދޯނި އެރަށުގައި މަހަށް ފުރިނަމަވެސް މިވަގުތު މަހަށް ފުރަނީ ހަ މަސްދޯނި ކަމުގައެވެ. މަސްވެރިކަމަށް މިވަރުގެ ކުއްލި ޙަމަލާއެެއް ކުރިމަތިވެގެން އުޅެނީ ކީއްވެގެންތޯ އަހާލުމުން އޭނާ ބުނީ ރަށުގެ މަސްވެރިންނަށް މިހާރު ރަށުގައިތިބެގެން ލާރިލިބޭކަމަށާއި އެމަސްވެރިން މިހާރު ކުރާމަސައްކަތަކީ ދައުލަތުގެ ކުންފުނިތަކުގައި ވަޒީފާ އަދާކުރުން ކަމަށެވެ. އެގޮތުން އެރަށުގެ ފެނަކައޮފީހުގައާއި އިންޖީނުގޭގައި ރަށުގެ އެތައްބަޔަކު ވަޒީފާއަދާ ކުރަން ފެށުމުން މަހަށް ދާނޭ ބަޔަކު ނުވާކަމުގައެވެ. 

ބޯމަތިވެގެން މިއަންނަ ރިޔާސީ އިންތިޚާބު ރައީސް މުޢިއްޒަށް ކާމިޔާބު ކޮށްދިނުމަށްޓަކައި ރަށުގެ ހުރިހާމަސްވެރިން ކަހަލަ ގޮތަކަށް ދައުލަތުން ވަޒީފާ ހަމަޖައްސާފައިވާ ކަމަށާއި އެހެން ކަމުން މަހަށް ދާނޭ ބަޔަކު އިހަވަންދޫގައި ނެތް ކަމަށެވެ. އެހެން ކަމުން މަހަށް ދަނީ ބިދޭސީން ކަމަށާއި މިދުވަސް ކޮޅު މަސްވެރިކަން ފުދޭވަރަކަށް ރަނގަޅުކަން ވެސް އޭނާފާހަކުރިއެވެ. އެހެނަސް ރަށުގެ އޮޑިވެރިންނާއި ގިނަ ކެޔޮޅުން އަދާކުރަނީ  ކުންފުނިތަކުގެ “ސިޔާސީ” ވަޒީފާކަމަށް ވުމުން ރަށުގައި ކުރަމުން އައި މަސްވެރިކަން ގާތްގަނޑަކަށް ހުއްޓިފައި ވާކަމުގައި އޭނޭ ބުންޏެވެ.

ދުނިޔޭގެ އިގްތިޞާދަށް ބޮޑެތި ލޮޅުން އަރައި،  ގައުތަކުގެ އިގްތިޞާދު ހީނަރުވަމުން އަންނަ މިފުތޫރަތްތެރި ދަނޑިވަޅުގައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާތު ހުއްޓުވާލުމަށް މިސަރުކާރުން ހިންގާ ޖަރީމާތައް ހަރުއަޑުން ކުށްވެރިކުރަން ރައްޔިތުން ނުކުންނަން އެބަ ޖެހެއެވެ. މަސްކިލޯއެއް އެންމެ މަދުވެގެން 20 ރުފިޔާގައި ބަހައްޓާނަމޭ ބުނެ ރައްޔިތުން ގިބޯ ހައްދައި ވެރިކަމަށް އައިސް، އަދިވެސް އެގެންދަނީ  މަސްވެރިންނަށް ނުކަތާވަރަޤ ފިއްތަމުންނެވެ.  

ވޯޓުހޯދުމުގެ ބޭނުމުގައި ގައުމުގެ މުޅި އާބާދީ އަށް ކުންފުނިތައް ބަނގުރޫޓުވާވަރަށް ވަޒީފާ ހަމަޖައްސައިދީ ދައުލަތުގެ ބަޖެޓް ހުސްކުރަމުން ދާދިއުން ބަލައެއް ނުގަނެވޭނެއެވެ

ސަރުކަރުން މިހާރު ދަނީ ދިވެހި މަސް ޗައިނާ އަށް ގެންގޮސް ޗައިނާގައި ކުންފުނިތައް ހަދައި ބައިއެޅޭ ގޮތަށް ދިވެހި ކަނޑުމަސް ބޭރުގެ ޤައުމުތަކުގައި މަސްދަޅުގައި ވިއްކުމުން ކަމަށް އެއްބަޔަކު ބުނެއެވެ. ނަމަވެސް މިކަމުގެ ސީދާ ޙަޤީޤަތެއް އަދި ކަށަވަރެއް ނުވެއެވެ.

މަސްވެރި ސިނާޢަތުގައި މަސައްކަތްކުރާ އޮޑިވެރިންގެ ޒިންދަގީ ދުއްވާލައި އެ ވިޔަފާރިއަށް ވެސް ސަރުކާރުން ވަންނާން މަސައްކަތް ކުރާން އެބަ އުޅެއެވެ.  ސަރުކާރުގެ ޚަރަދުގައި މަްދޯނިތައް ބަނދެ އަދި އެދޯނިތަކަށް ފަޅުވެރިން ލައި އެމީހުންނަށް މަހުމުސާރަ ދީގެން މަސްވެރިކަން ކުރުވަން ސަރުކާރުން ވިސްނާ ކަމަށް ޚަބަރު ލިބެއެވެ. މިއީ ސީދާ މަސްވެރިން ފުނޑަލަން ސަރުކާރުން ހިންގަން އުޅޭ ޖަރީމާއެކެވެ. މިކަން މިގޮތަށް ކުރަން މަސައްކަތް ނުކުރުމަށް ސަރުކާރަށް ރައްޔިތުން ގޮވައިލާން އެބަ ޖެހެއެވެ.