މަސްތުވާތަކެތި
ފުލުހުންނަށް ޑުރަގު ހުއްޓުވޭނެ!
މާލެތެރޭގައި ޒުވާނުން މަސްތުވާތަކެތި ވިއްކަނީ ފުލުހުންގެ އެހީތެރިކަން ލިބިގެން ކަމަށް އަޑުފެތުރެމުންދެއެވެ. މާލޭގެ މަޝްހޫރު ބުރެއްގެ ތެރޭގައި ތިބޭ ޒުވާނުން ތަކެއް ދޭތެރެ ދޭތެރެއިން ޕޮލިހަން ގެންދަނީއެވެ. ނަމަވެސް އެޒުވާނުން މިއަދު ގެންދިޔަ ނަމަ ޖެހިގެން އަންނަދުވަހު ހަމަ އެޒުވާނުން ހަމަ އެބުރުގައި ތިބެގެން މަސްތުވާތަކެތި ވިއްކައެވެ. އެއްދުވަހު އެތަނުން ޒުވާނަކު އައިސް ބުންޏެވެ. ބޭބެއެވެ. ސިގިރޭޓެއް ގަންނަން ދިހަރުފިޔާދީބަލާށެވެ. އެބޭބެ ބުންޏެވެ. ދިހަރުފިޔާ ލިބިދާނެއެވެ. އެކަމަކު ބޭބެ ބުނާވާހަކައަކަށް ދޮގުނަހަދާ ޖަވާބު ދެނިކޮށް ދިހަރުފިޔާ ދޭނަމެވެ. […]
ހުސްވި މަހުގެ18 ވަނަ ދުވަހުގެ ރޭހިނގާދިޔަ ރޭޕް ކޭހާއި ގުޅިގެން ތުހުމަތު ކުރެވޭ ޒުވާނުންނަކީ ރައީސް މުޢިއްޒުގެ އެކުވެރިން
ހުސްވިމަހުގެ 18 ވަނަ ދުވަހުގެ ރޭ މާލޭގެ ގެއެގެ މަތިން ވެއްޓުނުކަމަށް ބުނާ އަންހެންކުއްޖާ ވަނީ ރޭޕްކޮށްފައި ކަމަށާއި އެކަމާއި ގުޅިގެން ކުރަން ޖެހޭ ފޮރެންސެކް ތަޙުލީ ފުލުހުން ނުކުރާކަމަށާއި އަދި އެމައްސަލާގައި ޝާމިލްވާކަމަށް ތުހުމަތުކުރެވޭ ޒުވާނުންގެ ކުޑަކަމުދާތަކެތި ވެސް ފުލުހުން ތަޙުލީލު ނުކުރުމުން ފުލުހުންނާމެދު ކުރަމުން އައި އިތުބާރު ގެއްލިފައިވާކަމަށް ޒުވާނުން ދަނީ ބުނަމުންނެވެ. ޒުވާނުން ތުހުމަތު ކުރާގޮތުގައި އަންހެން ކުއްޖާ ވެއްޓުނު މައްސަލައާއި ހިނގާފައިވާ ރޭޕްކޭހުގައި ޝާމިލްވާކަމަށް ތުހުމަތު ކުރެވޭ ޒުވާނުންނަކީ ރައީސް މުޢިއްޒު […]
ކުއްޖާ ވެއްޓުމުގެ ޒިންމާ ނަގަން ޖެހޭނީ އިބިލީސް ކަމަށް ބުނުން
ޒުވާނުން ޖަޒުބާތުގައި ކުރާކަންތަކަށް އަދަބު ނުދިނުމަކީ ބިރަކާ ނުލާ މަޖާކުރަން ދެއްވާ ފުރުޞަތެއް މިމަހުގެ 17ވީ ބުރާސްފަތި ދުވަހުގެ ރޭ މަސްތުވެގެން ތިބިޒުވާނުން ތަކެއްގެ ތެރެއިން 21 އަހަރުގެ އަންހެން ކުއްޖަކު ފުރާޅެއްގެ މައްޗަށް ވެއްޓުނުއިރު، ވަލިއްޔުލްއަމްރު ވިދާޅުވެފައި ވަނީ ޒުވާނުން ޒުވާންކަމުގެ ޖަޒުބާތުގައި ކުރާކަންކަމަށް އަދަބު ދެއްވުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމުގައެވެ. މިއީ ވަލިއްޔުލްއަމްރުގެ މަގާމުގައި ހުންނަ މަނިކުފާނަކު ވިދާޅުވާން ޖެހޭ އެއްޗެއް ނޫނެވެ. މިހެން ވިދާޅުވާނަމަ، މެދުއުމުރުގެ މީހުންނާއި. ހަރު އުމުރުގެ މީހުންނާއި އަދި […]
މަސްތު ނަތީޖާ ގޯސް! ހުއްޓުވަން އަވަސްކުރޭ!
މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުން ރިހެބިލިޓޭޓް ކޮށް އަނބުރާ މުޖުތަމަށް ނެރުމަށްޓަކާ ސަރުކާރުން ކުރާ މަސައްކަތުގެ ނަތީޖާ ރަނގަޅެއް ނޫނެވެ. ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުންގެ %90 އިންސައްތަ އަކީ އެ ވަބާއިން ސަލާމަތްވާން ބޭނުންވާ ޒުވާނުންނެވެ. މަސްތުވާތަކެތީގެ ވަބާއިން ސަލާމަތް ވުމަށްޓަކާ އަމިއްލައަށް އެންޑީއޭއަށް ގޮސް ރިހެބިލިޓޭޓް ވާން އެދެމުންދާ ޒުވާނުން ގިނަވި ނަމަވެސް ސެންޓަރުގެ ޖާގަ ނެތިގެން އެތައްސަތޭކަ ޒުވާނުން މިހާރުވެސް ތިބީ ކިޔޫގައެވެ. އަނެއްކޮޅުން މަސްތުވާތަކެތި ބޭނުންކުރަމުން އަންނަ ބައެއް ޒުވާނުން ޑިޓޮކްސިފައި ވުމަށް […]
