ބިޑަކާ ނުލާ ދައުލަތަށް ގެއްލުންވާ ގޮތަށް ޙަވާލު ކުރި ޕްރޮޖެކްޓްތައް އަތުލަންޖެހޭ

ދޮގުވެރިޔާގެ ބައިވެރިންނަށް ބިޑަކާ ނުލާ ދައުލަތަށް ގެއްލުންވާގޮތަށް ޙަވާލުކުރި އެންމެހައި މަޝްރޫޢުތައް އަތުލާ އެކަމުގައި ބައިވެރިވި އެންމެހައި ފަރާތްތަކުގެ މައްޗަށް ތަޙުގީގެއް ހިންގައި ދައުވާކުރުމަށް އޭސީސީއަށް ގޮވާލަމެވެ. މި މައްސަލަ އަކީ އޭސީސީ އިން އިސްނަގައިގެން ބަލަން ޖެހޭ މައްސަލައެކެވެ. އަދި މި މައްސަލައަކީ އެއްވެސް ފަރާތަކުން އެ މުވައްސަސާއަށް ހުށަހަޅަން ޖެހޭ މައްސަލައެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ އަށް ނިސްބަތްވާ މެންބަރުންނާއި މަޖިލީހުގެ ރައީސްއާއި ކެބިނެޓްގެ ވަޒީރުންނާއި ރައީސުލް ޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގެން ހިންގާފައިވާ […]

ގޭންގު ގާނޫނުވެސް ޗޮކުން ދަނީތަ؟

ރާއްޖޭގައި ފުޅާދާއިރާއެއްގައި ހިންގަމުން އަންނަ ގޭންގް ކުށްތަށް ހުއްޓުވުމަށްޓަކާ ރައްޔިތުންގެެ މަޖީހުން ވަނީ ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނެއް ފާސްކޮށް، ރައީސުލް ޖުމްހޫރިއްޔާ ތަސްގީގު ކުރެއްވިތާ މި ހިނގާ އޯގަސްޓު މަހުގެ 25  ވަނަ ދުވަހަށް ތިންމަސް ފުރޭ އިރު  އެފަދަ ކުށްތަކަށް އެއްވެސް ޙަައްލެއް އަދި ވަނީ ނުފެނި އެވެ.  ރާއްޖޭގައި ހިނގަމުން އަންނަ ގޭންގް މާރާމާރީއާއި އަދި އެކިފަރާތްތަކަށް މަރުގެ އިންޒާރު ދިނުންފަދަ ނުރައްކާތެރި ޢަމަލްތަކަށް ލިބުނު ޙައްލެއް އަދި ނެތެވެ.  މި ބިލް މަޖިލީހަށް ހުށަހަޅުއްވަމުން ހޯމްމިނިސްޓަރ އިޙުސާނު […]

ޝަހީމްގެ ދަރިކަލުން މާހިލް ގުޅިފައި ވަނީ މެލޭޝިޔާގެ 2،000 ވޭޕް ސްޓިކާ

މާރިނދައިގެ ތަހުގީގުން އެނގިފައިވާ ގޮތުގައި ދާދި ފަހުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒު / އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދުގެ ދޮށީ ދަރިކަލުން އަބްދުﷲ މާހިލް ޝަހީމް އާއި އޭނާގެ އެކުވެރި ޖޭޑް ރާއްޖެ އަށް ވޭޕް ސްޓިކް އެތެރެކުރަން އުޅުނު ކަމަށް ބުނެ ޖޫރިމަނާ ކުރި ކުރުމަކީ އެއަށްވުރެ ބޮޑު އޮޕަރޭޝަނެއްގެ ފަށަލައެކެވެ. އިއްޔެރޭ (14 އޯގަސްޓް 2025) މެލޭޝިއާއިން އެ ދެމީހުން ރާއްޖެ އައިއިރު މާހިލް 118 ވޭޕް ސްޓިކް އާއި […]

އައި ރިޕޯޓް: ވެރިކަމުގެ ލައްޒަތާ ޖާހަތަށްޓަކާ ކުޑައިރުއްސުރެ އެކު އުޅުނު ދޯސްތު ވުޖޫދުން ފޮހެލަން އުޅުއްވި އަނިޔާވެރިޔާ

“އައި ރިޕޯޓް” އަކީ ކިޔުންތެރިން ފޮނުވާ ލިޔުންތަކެވެ. މާރިނދަ ޕޮލިސީ އޮންނަ ގޮތުން މި ލިޔުމުގެ ޒިންމާ މާރިނދަ އަކުން ނުނަގާނެއެވެ! ޞާލިހަކީ ވެރިކަމުގެ ލައްޒަތާއި ޖާހަތަށްޓަކައި އެމަނިކުފާނުގެ ޅިޔަނު އަދި ޅަދުވަހުއްސުރެ އެކުގައި އުޅެ ބޮޑުވި އެންމެ ގާތް އެކުވެރިޔާ ގަންބާލި އަނިޔާވެރި އިންސާނެއް ކަމަށް ދޭހަވާ ހެކި އެބަހުއްޓެވެ. ރާއްޖޭގެ އެންމެހައި ރައްޔިތުންނާއި މުޅިދުނިޔެ ހެކިވާނެފަދައިން އެމްޑީޕީ ވުޖޫދަށް ގެނެވިފައިވަނީ ގ. ކެނެރީގެ މުޙަންމަދު ނަޝީދު ވެވަޑައިގެންނެވި މަތިވެރި ގުރުބާނީގެ ސަބަބުންނެވެ. އަދި 2018 […]

ބާރަށު ދާއިރާގެ މެންބަރުގެ ކޮރަޕްޝަން މައްސަލަބެލުން ލަސްވީ ކީއްވެ

“ގައުމެއް ނެތޭ ދަރީންނޭ އިންސާފު އޮޅި ހިނގައްޖޭ” ބާރަށު ދާއިރާހެ މެންބަރުގެ މަސްލަޙަތު އޮންނަ ކުފުނިތަކަށް ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި ގަވާޢިދާއި ޚިލާފަށް ފައިސާގެ މުޢާމަލާތް ހިންގާފައިވާ މައްސަލަ އެމް އެމް އޭއިން މޯލްޑިވްސް ޕޮލިސްސާރވިސްއަށް ހުށަހެޅިތާ 8 މަހަށް ވުރެ ގިނަދުވަސް ވެއްޖެއެވެ. އެމައްސަލަ އެ މުވައްސަސާއިން ފުލުހަށް ހުށަހެޅުމާއިއެކު ދެން ފެނުނީ ގަވަރު ނަރު ޢަލީ ޙާޝިމް މަގާމުން ދުރުކުރެއްވި މަންޒަރެވެ. އޭގެ ފަހުން 8 މަސް ދުވަސް ވީއިރު ފުލުހުންގެ މުވައްސަސާ އިން […]

ހުރިހާ ސަރުކާރު ތަކުންވެސް ވައްކަން

ﷲ ގަންދީ ހުވާކޮށްގެން ތިބެ ސަރުކާރުތަކުން ހޭނާރާ ވައްކަން ކުރަނީއެވެ. އެހެން ކަމުން މައްސަލަތައްބަލާނެ ސަރުކާރެއް ނެތެވެ. ދައުލަތުގެ މިނިވަން މުސްތަގިއްލު މުވައްސަސާތަކުން ވެސް ހިންގަނީ ކޮރަޕްޝަނާއި ފަސާދައެވެ. އެހެނަސް އެންމެންނަކީ ޝަހާދަތް ކިޔައި ނަމާދުކޮށް ނިތްކުރީގައި ކުރަލާފައި ތިބި އިސްލާމުންނެވެ. ﷲ އަށް ކުޑަނަމަވެސް ބިރެއްގަންނަން އެންމެ ރަނގަޅުތާއެވެ. އަނބިދަރީންނަށް އަލިފާން ކާން ދެމުން ދާއިރު މިނޫން ދުވަހެއް އަންނާނެ ކަމުގެ ކުޑަވިސްނުމެއްވެސް ނެތެވެ. ނިމިދިޔަ މާލޭ ސިޓީ ކައުންސިލް މޭޔަރ ނެންގި ރިޝްވަތުގެ ފައިސާ […]

ޑޮލަރު އަގުބޮޑުވެ ރައްޔިތުން ދަޅުފިއްތާ މެޝިނަކަށް ލައި ފިއްތާލާފައި

ބޭންކް އޮފް މޯލްޑިވްސް ވުޖޫދު ވީއްސުރެ އެ ބޭންކް ތަޢާރުފު ވެގެން އައިސްފައިވަނީ އެއިރެއްގައި ހުންނަވާ ރައީސެއްގެ ބާރާއި ނުފޫޒުގެ އޮންނަ އަދި ރައީސްމީހާ ބޭނުންވާ ބަޔަކަށް ބޭނުންވާ ގޮތަކަށެވެ. އެހެން ކަމުން ފަތުރުވެރިކަމުގެ ސިނާޢަތަށް  އިންވެސްޓް ކުރަން ތިބި ރާއްޖޭގެ ވިޔާފާރިވެރިންނާއި އެބޭންކާއި ދެމެދު އޮންނަން ޖެހޭ ވިޔާފާރީގެ މުޢާމަލާތްތައް ނުކުރެވެއެވެ. އެކަމާއި ވިދިގެން ދިވެހީންގެ ބޭންކަށް ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ ތެރެއިން ވަންނަންޖެހޭ ޑޮލަރު ވަނުމުގެ ދޮރު ވަނީ ބަންދުވެފައެވެ. ދިވެހީންގެ ބޭންކް ވެފައިވަނީ ސަރުކާރުގެ […]

ފުލުހުންނަށް ޑުރަގު ހުއްޓުވޭނެ!

މާލެތެރޭގައި ޒުވާނުން މަސްތުވާތަކެތި ވިއްކަނީ ފުލުހުންގެ އެހީތެރިކަން ލިބިގެން ކަމަށް އަޑުފެތުރެމުންދެއެވެ. މާލޭގެ މަޝްހޫރު ބުރެއްގެ ތެރޭގައި ތިބޭ ޒުވާނުން ތަކެއް ދޭތެރެ ދޭތެރެއިން ޕޮލިހަން ގެންދަނީއެވެ. ނަމަވެސް އެޒުވާނުން މިއަދު ގެންދިޔަ ނަމަ ޖެހިގެން އަންނަދުވަހު ހަމަ އެޒުވާނުން ހަމަ އެބުރުގައި ތިބެގެން މަސްތުވާތަކެތި ވިއްކައެވެ. އެއްދުވަހު އެތަނުން ޒުވާނަކު އައިސް ބުންޏެވެ. ބޭބެއެވެ. ސިގިރޭޓެއް ގަންނަން ދިހަރުފިޔާދީބަލާށެވެ. އެބޭބެ ބުންޏެވެ. ދިހަރުފިޔާ ލިބިދާނެއެވެ. އެކަމަކު ބޭބެ ބުނާވާހަކައަކަށް ދޮގުނަހަދާ ޖަވާބު ދެނިކޮށް ދިހަރުފިޔާ ދޭނަމެވެ. […]

ބައިތުލްމާލުގެ ތަޅުކީހާލައި ރަސްމާލެ ތަރައްގީ ކުރެވިގެން ނުވާނެ 

ރާއްޖޭގެ ބައިތުލްމާލުގައި ރައްޔިތުން ރައްކާކޮށްފައިވާ ފައިސާއަކީ ރައްޔިތުންނަށް ދަތިޙާލެއް ކުރިމަތިވެއްޖެނަމަ އެ ދަތި ޙާލުން އަރައިގަތުމަށްޓަކާ ރައްޔިތުން ރައްކާކޮށްފައިހުރި ރައްޔިތުންގެ ފައިސާއެވެ. ދުނިޔޭގެ އިގްތިޞާދީ ޙާލަތު ނުހަނު ހީނަރުވަމުންދާ މި ފުތޫރަތްތެރި ދަނޑިވަޅުގައި ރައީސް މުޢިއްޒުބޭނުންފުޚުވިޔަސް ރައްޔިތުން ހޮވާފައިތިބި ރައްޔިތުންގެ މަންދޫބުން ރައީސް މުޢިއްޒު ޚަރަދު ކުރައްވަން ބައިތުލްމާލުގެ ތަޅުކީހާލައި އެފައިސާ ނަގައި ދީގެން ނުވާނެއެވެ. ރާއްޖެއަށް އެތެރެކުރި ހަނޑުބޯޓަށް އައްބީލު އަހުމަދުކާމިލްދީދީ ބައިތުލްމާލުގެ ތަޅުކީހާލައިގެން ފައިސާދައްކާ ރައްޔިތުންނަށް އޭގެސަބަބުން ވީގެއްލުން ތާރީޚުގެ ޞަފުޙާތަކުން އެހެރީ ފެންނާށެވެ.  […]

ސަރުކާރުންމަސްދޯނި ބަނދެ އެ ވިޔަފާރިއަށް ވަންނަނީ…

ރާއްޖޭގެ މަސްވެރި ރަށްރަށުގެ މަސްދޯނި ފަހަރު ބައެއްރަށް ރަށުގައި އެހެލަން ފަށައިފިކަމަށް އަޑުފެތުރެންފަށައިފިއެވެ. މަޢުލޫމާތު ލިބޭ ގޮތުގައި މަސްދޯނި ފަހަރު އެހެލަން ފަށާފައިވަނީ މަސްދޯނިފަހަރުގައި މަހަށްދާނޭ ބަޔަކު ނެތުމުންނެވެ. 16 މަސްދޯނި މަހަށް ފުރާ އިހަވަންދޫގައި ރައްޔިތަކު ބުނިގޮތުގައި ކުރިން 16 މަސްދޯނި އެރަށުގައި މަހަށް ފުރިނަމަވެސް މިވަގުތު މަހަށް ފުރަނީ ހަ މަސްދޯނި ކަމުގައެވެ. މަސްވެރިކަމަށް މިވަރުގެ ކުއްލި ޙަމަލާއެެއް ކުރިމަތިވެގެން އުޅެނީ ކީއްވެގެންތޯ އަހާލުމުން އޭނާ ބުނީ ރަށުގެ މަސްވެރިންނަށް މިހާރު ރަށުގައިތިބެގެން ލާރިލިބޭކަމަށާއި […]