ޝަހީމްގެ ދަރިކަލުން މާހިލް ގުޅިފައި ވަނީ  މެލޭޝިޔާގެ 2،000 ވޭޕް ސްޓިކާ

ޝަހީމްގެ ދަރިކަލުން މާހިލް ގުޅިފައި ވަނީ މެލޭޝިޔާގެ 2،000 ވޭޕް ސްޓިކާ

ރާއްޖެ އައުމުން މާހިލް އާއި އެކު މެލޭގައި ކިޔަވަން އުޅޭ ޖޭޑް އަތުން ކަސްޓަމްސް އިން އަތުލައިގަތް ވޭޕް ސްޓިކްސްގެ ބައެއް

މާރިނދައިގެ ތަހުގީގުން އެނގިފައިވާ ގޮތުގައި ދާދި ފަހުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒު / އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދުގެ ދޮށީ ދަރިކަލުން އަބްދުﷲ މާހިލް ޝަހީމް އާއި އޭނާގެ އެކުވެރި ޖޭޑް ރާއްޖެ އަށް ވޭޕް ސްޓިކް އެތެރެކުރަން އުޅުނު ކަމަށް ބުނެ ޖޫރިމަނާ ކުރި ކުރުމަކީ އެއަށްވުރެ ބޮޑު އޮޕަރޭޝަނެއްގެ ފަށަލައެކެވެ. އިއްޔެރޭ (14 އޯގަސްޓް 2025) މެލޭޝިއާއިން އެ ދެމީހުން ރާއްޖެ އައިއިރު މާހިލް 118 ވޭޕް ސްޓިކް އާއި އެކު އަދި ޖޭޑް 107 ވެޕް ސްޓިކް އާއި އެކު ފެނުނުކަން ކަސްޓަމްސްގެ އޮފިޝަލުން ކަށަވަރުކޮށްދިނެވެ. މާރިނދަ ޑޮޓް ކޮމް ގެ ތަހުގީގުން އެނގުނު ގޮތުގައި އެ ދެމީހުންނަށް މެލޭޝިއާގައި 2،000 އަށް ވުރެ ގިނަ ވޭޕް ޑިވައިސް ލިބިފައިވެ އެވެ.

އެ ދެމީހުންނާއި ދެކޮޅަށް ސްމަގްލިންގެ ދައުވާ ކުރާކަށް ނުފޮނުވައި ފުލުހުންގެ ތަހުގީގީ ބަޔާނެއް ވެސް އަދި ނުނަގައެވެ. 

ސަރުކާރުން ވޭޕް ވިއްކުމާއި ބޭނުންކުރުމާއި ވިޔަފާރި ކުރުން މަނާކުރީ ނޮވެމްބަރު 2024 ގައި ކަމަށްވާއިރު،  ޑިސެމްބަރު މަހު މިތަކެތި މުޅިން އިމްޕޯޓްކުރުން މަނާކުރިޔަސް، ޝަހީމުގެ ދަރިކަލުންގެ ނެޓްވޯކުން މިތަކެތި ބަރާބަރަށް ރާއްޖެއަށް އެތެރެކޮށް އޭގެ ވިޔަފާރި ކުރެއެވެ. އެމީހުން މިތަކެތި އެތެރެކުރަނީ އެއާޕޯޓުގެ ސީނިއާ އޮފިސަރުންނާއި ގުޅިގެންނެވެ. އެގޮތުން ކޮންމެ ރައުންޑެއްގައި އެކަކު ނުވަތަ ދެމީހެއްގެ ލަގެޖަށް 100 ނުވަތަ އެއަށްވުރެ ގިނަ އަދަދެއް އަޅައިގެން މާލެ އަންނައިރު އެއާޕޯޓުން އެ ލަގެޖާއި ހަވާލުވާނީ އެއާޕޯޓުގައި މަސައްކަތްކުރާ ސީނިއާ ސްޓާފެކެވެ. އޭނާ އަކީ އެ ވޭޕް ސްޓިކްތައް މާލޭގެ “ބްލެކް ވިޔަފާތީގައި” ވިއްކުމުގެ ހަރަކާތުގސއި ނޫޅުނަސް އެއިން ބައިއަޅާ މީހެކެވެ.

މާހިލް އާއި އޭނާގެ އެކުވެރިޔާ ގެނައި ދެ ލަގެޖް ފުލައިޓުން ބޭލުމަށްފަހު ބަލައި ފާސްކުރުމުގެ ކުރިން ނަގާފައިވާ ފޮޓޯ: “މި ދެލަގެޖުތެރެއިން ކަސްޓަމްސް އަށް ފެނުނީ ވޭޕް ސްޓިކްސް”

މާރިނދައިގެ ތަހުގީގުން އެނގިފައިވާ ގޮތުގައި ދާދި ފަހުން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދުގެ ދޮށީ ދަރިކަލުން އަބްދުﷲ މާހިލް ޝަހީމް އާއި އޭނާގެ އެކުވެރި ޖޭޑް ރާއްޖެ އަށް ވޭޕް ސްޓިކް އެތެރެކުރަން އުޅުނު ކަމަށް ބުނެ ޖޫރިމަނާ ކުރި ކުރުމަކީ އެއަށްވުރެ ބޮޑު އޮޕަރޭޝަނެއްގެ ފަށަލައެކެވެ. އިއްޔެރޭ (14 އޯގަސްޓް 2025) މެލޭޝިއާއިން އެ ދެމީހުން ރާއްޖެ އައިއިރު މާހިލް 118 ވޭޕް ސްޓިކް އާއި އެކު އަދި ޖޭޑް 107 ވެޕް ސްޓިކް އާއި އެކު ފެނުނުކަން ކަސްޓަމްސްގެ އޮފިޝަލުން ކަށަވަރުކޮށްދިނެވެ. މާރިނދަ ޑޮޓް ކޮމް ގެ ތަހުގީގުން އެނގުނު ގޮތުގައި އެ ދެމީހުންނަށް މެލޭޝިއާގައި 2،000 އަށް ވުރެ ގިނަ ވޭޕް ޑިވައިސް ލިބިފައިވެ އެވެ.

އެ ދެމީހުންނާއި ދެކޮޅަށް ސްމަގްލިންގެ ދައުވާ ކުރާކަށް ނުފޮނުވައި ފުލުހުންގެ ތަހުގީގީ ބަޔާނެއް ވެސް އަދި ނުނަގައެވެ. 

ސަރުކާރުން ވޭޕް ވިއްކުމާއި ބޭނުންކުރުމާއި ވިޔަފާރި ކުރުން މަނާކުރީ ނޮވެމްބަރު 2024 ގައި ކަމަށްވާއިރު،  ޑިސެމްބަރު މަހު މިތަކެތި މުޅިން އިމްޕޯޓްކުރުން މަނާކުރިޔަސް، ޝަހީމުގެ ދަރިކަލުންގެ ނެޓްވޯކުން މިތަކެތި ބަރާބަރަށް ރާއްޖެއަށް އެތެރެކޮށް އޭގެ ވިޔަފާރި ކުރެއެވެ. އެމީހުން މިތަކެތި އެތެރެކުރަނީ އެއާޕޯޓުގެ ސީނިއާ އޮފިސަރުންނާއި ގުޅިގެންނެވެ. އެގޮތުން ކޮންމެ ރައުންޑެއްގައި އެކަކު ނުވަތަ ދެމީހެއްގެ ލަގެޖަށް 100 ނުވަތަ އެއަށްވުރެ ގިނަ އަދަދެއް އަޅައިގެން މާލެ އަންނައިރު އެއާޕޯޓުން އެ ލަގެޖާއި ހަވާލުވާނީ އެއާޕޯޓުގައި މަސައްކަތްކުރާ ސީނިއާ ސްޓާފެކެވެ. އޭނާ އަކީ އެ ވޭޕް ސްޓިކްތައް މާލޭގެ “ބްލެކް ވިޔަފާތީގައި” ވިއްކުމުގެ ހަރަކާތުގސއި ނޫޅުނަސް އެއިން ބައިއަޅާ މީހެކެވެ.

[ފޮޓޯ 2 ޖައްސަވާ: މާހިލް ގެނައި ލަގެޖް – އެއާޕޯޓް ޓްރޮލީއެއްގައި ހުރި ދަބަސް. ކެޕްޝަން: “މާހިލް ގެނައި ލަގެޖް، އެތެރެއިން ކަސްޓަމްސް އަށް ފެނުނީ ވޭޕް ސްޓިކްސް.”

މާރިނދަ ޑޮޓްކޮމް އިން ކުރި ތަހުގީގުން ދައްކާ ގޮތުގައި މާހިލް އާއި ޖޭޑް ގުޅިގެން މެލޭޝިއާގައި 2،000 އެއްހާ ވޭޕް ޑިވައިސް ގަނެފައި ވަނީ މެލޭޝިއާގެ ސްޓޫޑެންޓް ކޮންޓެކްޓެއް މެދުވެރިކޮށެވެ. މިގޮތަށް އެތިއެތިކޮޅުން ގެނައުމަށް ރާވާފައިވާ އިރު އެ ސްޓޮކްގެ ބޮޑު ބައެއް އަދިވެސް ހުރީ މެލޭޝިއާގަ އެވެ.

“އެތެރޭގެ ފަރާތްތަކުން” ބުނާ ގޮތުގައި ރާއްޖޭގައި ވޭޕްގެ ޑިމާންޑު ބޮޑުވެ އޭގެ ދަތިކަން އިންތިހާއަށް އޮތުމުން އެކަމުގެ ފައިދާ މީގެބކުރިންވެސް އެތައް ފަހަރަކު އެ ދެމީހުން ނަގާފައި ވާއިރު، މިފަހަރުގެ ސްޓޮކް ބަސްޓުވީ އެ މީހުންގެ “ބޮޑުމީހާ”ގެ ޑިއުޓީ އާއި ފުލައިޓު އައި ގަޑިއާއި ދިމާނުވާތީއެވެ.

މިހާރު މެލޭޝިޔާގައި ޕީއެޗްޑީ ހަދަމުން އަންނަ މާހިލް ކިޔެވުން ނިންމުމާ ގާތްވެފައިވާއިރު، އޭނާއަކީ ރާއްޖޭގެ އެންމެ ހަނގު ޕީއެޗްޑީ ހޯލްޑަރަށް ވާނެއެވެ.

ރާއްޖޭގެ ކަސްޓަމްސްގެ ރަސްމީ ލިޔެކިޔުންތަކުން އަތުލައިގަތް 225 ވޭޕް ސްޓިކްގެ ވާހަކަ ދައްކާއިރު، މިހާރު ކުރިއަށްދާ ތަހުގީގުން ސުވާލު އުފެދެނީ މި ނަންގަތް ދެމީހުން ގަނެފައިވާ  2،000 ޕިސްގެ ބޮޑު ސްޓޮކުގެ ތެރެއިން ރާއްޖޭގެ ކަޅު ބާޒާރަށް ވަދެވޭނީ ކިހާވަރަކަށްތޯ އެވެ؟

Leave a Reply

Your email address will not be published. Required fields are marked *