އައި ރިޕޯޓް: ވެރިކަމުގެ ލައްޒަތާ ޖާހަތަށްޓަކާ ކުޑައިރުއްސުރެ އެކު އުޅުނު ދޯސްތު ވުޖޫދުން ފޮހެލަން އުޅުއްވި އަނިޔާވެރިޔާ
“އައި ރިޕޯޓް” އަކީ ކިޔުންތެރިން ފޮނުވާ ލިޔުންތަކެވެ. މާރިނދަ ޕޮލިސީ އޮންނަ ގޮތުން މި ލިޔުމުގެ ޒިންމާ މާރިނދަ އަކުން ނުނަގާނެއެވެ!
ޞާލިހަކީ ވެރިކަމުގެ ލައްޒަތާއި ޖާހަތަށްޓަކައި އެމަނިކުފާނުގެ ޅިޔަނު އަދި ޅަދުވަހުއްސުރެ އެކުގައި އުޅެ ބޮޑުވި އެންމެ ގާތް އެކުވެރިޔާ ގަންބާލި އަނިޔާވެރި އިންސާނެއް ކަމަށް ދޭހަވާ ހެކި އެބަހުއްޓެވެ. ރާއްޖޭގެ އެންމެހައި ރައްޔިތުންނާއި މުޅިދުނިޔެ ހެކިވާނެފަދައިން އެމްޑީޕީ ވުޖޫދަށް ގެނެވިފައިވަނީ ގ. ކެނެރީގެ މުޙަންމަދު ނަޝީދު ވެވަޑައިގެންނެވި މަތިވެރި ގުރުބާނީގެ ސަބަބުންނެވެ. އަދި 2018 ވަނަ އަހަރު އިބްރާހިމް މުޙައްމަދު ޞާލިހަށް ރާއްޖޭގެ ވެރިކަން ލިބިވަޑައިގެންފައިވަނީ ރައީސް ނަޝީދަށް ރައްޔިތުން ކުރިތާއީދާއި އިތުބާރުގެ ސަބަބުންކަން ދެކޮނޑުދޭތެރެއިން ބޯނުކުމެފައިހުރި އެއްވެސް ދިވެހި ރައްޔިތަކު ދެބަހެއް ނުވާނެއެވެ. ކަން އޮތީ މިހެންނެވެ. އެހެނަސް އިބްރާހިމް މުޙައްދު ޞާލިޙަށް ދިވެހި އުންމަތުގެ ވެރިކަން ލިބިވަޑައިގަތުމުން އެމަނިކުފާނު ދެން ކަންކުރެއްވި ގޮތް ތިބޭފުޅުން ވާނީ ދެކެވަޑައިގެންފައެވެ. އިބްރާހިމް މުޙައްމަދު ޞާލިޙު ކިޔަވާވިދާޅުވާން ހުންނެވީ ދީފްރޮމްގޭގައެވެ. އެއީ ރައީސް ނަޝީދުގެ ބޮޑުދައިދާފުޅުގެ އެހީތެރިކަމުގެ ދަށުންނެވެ. އެހެން ކަމުން މި ދެއެކުވެރިންނަކީ އެއްތަށިން ކައިބޮއި ނުހަނު ގާތްކަމާއެކު ޞާލިހަށް ވެރިކަން ލިބުމާއި ހަމައަށް އުޅުނު ދެއެކުވެރިންނެވެ.
ޞާލިހު ކައިވެނި ކުރެއްވީ ރައީސް ނަޝީދުގެ ބޮޑުދައިގެ ދަރިކަނބަލުން ފަޒުނާ އާއި އެވެ. އެހެން ކަމުން ޞާލިޙާއި ނަޝީދުގެ ގާތް އެކުވެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަ ވެގެން ދިޔައެވެ. 2018 ވަނައަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދު ވާދަކުރުމުގެ ފުރުޞަތު ކަޓުވާލީވެސް އިބޫޞާލިހުގެ މަކަރުވެރި ރޭވުމުގެ ދަށުންނެވެ. އެއީ އިބޫ ޞާލިޙު ހިތްޕުޅުގައި ރައީސް ނަޝީދު ނައްތާލުމުގެ ޚިޔާލުއުފެދުނު ހިސާބެވެ. ވެރިކަމުގެ ލައްޒަތާއި ޖާހަތަށްޓަކައެވެ. އިބުރާހިމް މުޙައްމަދު ޞާލިޙަކީ ރައްޔިތުން ދަންނަބޭފުޅެއް ނޫނެވެ. އެހެން ކަމާއެކު ރައީސް ނަޝީދު އިބްރާހިމް މުޙައްމަދު ޞާލިހުގެ އަތްޕުޅުގައި ހިއްޕަވައި ރާއްޖޭގެ ކަންކޮޅުތަކަށް އިބޫ ގޮވައިގެން ވަޑައިގެން ޞާލިޙަށް ވޯޓުދިނުމަށް ރައްޔިތުންގެ ގާތުން އެދި ކުރެއްވި އާދޭހާއި ކެމްޕެއިނުގެ ސަބަބުން އިބުރާހިމް މުޙައްމަދު ޞާލިހުއަށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔަކަން ރައްޔިތުންގެ ވޯޓުން ލިބިގެން ދިޔައެވެ.
19 ވަނަރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިގެން ދިޔައީވެސް ރައީސް ނަޝީދު ކުރެއްވި މިންނެތް މަސައްކަތާއި ހެއްދެވި ޕުލޭނުންނެވެ. އެކަމަށްވެސް ރައްޔިތުން ހެކިވާނެއެވެ. ކަންމިހެން ހުރިނަމަވެސް ޞާލިޙު ވެރިކަމުގެ ހުވާކުރެއްވުމާއެކު ރައީސް ނަޝީދު ވުޖޫދުން ފޮހެލުމުގެ މަކަރުވެރި އަނިޔާވެރި ރޭވުންތައް ރާވަން ފެށްޓެވިއެވެ.
ރައީސް ނަޝީދު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކުރައްވާ އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމު ކާމިޔާބު ކުރެއްވި ހިސާބުން އިބޫ ޞާލިޙުގެ ހިތްޕުޅުގައި ރައީސް ނަޝީދުގެ މައްޗަށް ހަސަދަވެރިކަމުގެ އަލިފާންރޯވެ އެމަނިކުފާނު ނައްތާލުމުގެ އަނިޔާވެރި ރޭވުވުންތައް ރާވާ ތަންފީޒު ކުރައްވަން ފެށްޓެވިއެވެ. އެހެނަސް ރައީސް ނަޝީދަށް ރޭކާވެސް ނުލައެވެ. އެއީ އެފަދަ ގާތް ޖިގުރީ ދޯސްތުއާމެދު އެމަނިކުފާނުގެ ހިތްޕުޅު ސާފުކަމުންނެވެ.
ނަމަވެސް ފަރުދާގެ ބިއްދޮށުގައި އިބޫ ރާވަމުން ދިޔައީ ނަޝީދު ވުޖޫދުން ފޮހެލުމަށެވެ.
ރާއްޖޭގެ އެންމެހައި ރައްޔިތުން ގަބޫލު ކުރާދައިން އެމްޑީޕީއަކީ ރައީސް ނަޝީދުގެ ފިކުރާ ޚިޔާލުގެމަށްޗަށް ބިނާކުރެވިގެންދިޔަ ރާއްޖޭގެ ފުރަތަނަ ސިޔާސީ ޕާޓީއެވެ. ރައީސް ނަޝީދަކީ ރާއްޖޭގެ ޑިމޮކްރެޓިކް ޙަޔާތުގެ ބައްޕައެވެ. އެހެން ކަމާއެކު އެ މަނިކުފާނުގެ ނަންފުޅު ފަނޑުކޮށްލެވިދާނޭ ކަމުގެ ފޮނި ހުވަފެންތައް ރައީސް އިބްރާހިމް މުޙައްމަދުޞާލިޙުއަށް ފެންނަން ފެށިއެވެ. އެހެން ކަމާއެކު ފުރަމަތަމަ ކުރެއްވި ކަމަކީ ނަޝީދުގެ ކިބައިން އެމްޑީޕީގެ ބާރުވެރިކަން ދަމައިގަތުމެވެ. އެގޮތުން އެމަނިކުފާނާއި މެދު ޙަސަދަވެރިވެ އެމްޑީގެ ޕާލަމެންޓްރީ ގުރޫޕްގެ މެންބަރުންނަށް ރިޝަވަތުދީ ރައީސް ނަޝީދަށް ޖެއްސުން ކޮށް އެންމެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުން އެމަނިކުފާނު ދުރުކުރައްވަން ޞާލިހު މަސައްކަތް ފެށްޓެވިއެވެ.
އެންމެގާތް އެކުވެރިޔާ ނައްތާލަން މިވަރުގެ އަނިޔާވެރި ރޭވުމެއް އިބޫޞާލިޙު ރާވާފާނެކަމަށް އެއްވެސް އިންސާނަކު ގަބޫލެއް ނުކުރާނެއެވެ. އެހެނަސް އެވަރުން ނިންމާލީއެއްނޫނެވެ. އެންމެ ފަހުން ރައީސް ނަޝީދުގެ ފުރާނަފުޅާ ކުޅުއްވުމުގެ ރޭވުންތައް ރާވާ
އިބޫޞާލިޣު އަޑީގައި ހުންނަވާ ބޮމެއް ގޮއްވާލައި ނަޝީދު އަވަހާރަކޮށްލަންވެސް އުޅުއްވާފައިވެއެވެ. މިކަމަށް ބާރު ލިބެނީ އެ ބޮމާއި ބެހޭ އިންޓެލިޖެންސް މަޢުލޫމާތު އެމްއެންޑީއެފުން ރައީސް އިބޫ އާއި ޙިއްސާ ކޮށްފައި ވީ ހިނދު ނަޝީދުއަށް އެމަޢުލޫމާތު ސިއްރުކޮށް އެ ބޮމުގެ ޒަރީޢާއިން އެ މަނިކުފާނު އަވަހާރަވާން ދޫކޮށްލުމަކީ އެމަނިކުފާނު އަވަހާރަކޮއްލުމުގެ އަޑީގައި ހުންނެވީ އިބޫ ކަން ޔަގީންވާ ސަބަބެވެ. ވިދާޅުވެ ބައްލަވާށެވެ އިބޫ ޞާލިޙުއަކީ އިންސާނީ ހިތެއްގެ ވެރިއެއްހެއްޔެވެ. ﷲ ގެ ފުރާނަ އެއިލާޙުގެ ރަޙުމަތުން ސަލާމަތް ކުރެއްވީ އަދި ޢުމުރުގައި ތަންއޮތީމައެވެ. ފުރާނައަކީ ﷲ ގެ މިލްކެކެވެ.
އެހެންކަމުން އިބޫ ޞާލިހު އަކީ ވެރިކަމުގެ ލައްޒަތާއި ޖާހަތައްޓަކައި ކޮންމެފަދަ ޖަރީމާއެއް ހިންގަން ވެސް ފަސްޖެހޭނޭ
ބޭފުޅެއް ނޫންކަން ރައްޔިތުންނަށް މިވަރުން ގަބޫލުކުރެވޭނެ ކަމަށް ހީކުރަމެވެ. މިވަރުގެ އަނިޔާވެރިޔަކަށް ރައްޔިތުން ވޯޓުދޭނެ ހެއްޔެވެ.
