އެމްޑީގެ ވެރިކަމެއްގައި ރައީސުލްޖުމްހޫރިއްޔާ ވައްކަން ކުރި ވާހަކައެއް ރައްޔިތުން ނުދައްކާ

އެމްޑީގެ ވެރިކަމެއްގައި ރައީސުލްޖުމްހޫރިއްޔާ ވައްކަން ކުރި ވާހަކައެއް ރައްޔިތުން ނުދައްކާ

އެމްޑީޕީއަށް ވެރިކަން ލިބުނު ކޮންމެ ފަހަރަކު ވެސް ރައްޔިތުންނަށް ވާނީ އެތައްރޮގަކުން ފައިދާކޮށްފައެވެ. މިއީ އެއްވެސް ރައްޔިތަކަށް އޮޅިފައިވާ ކަންކަމެއް ނޫނެވެ. މުޅިރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކުރުމުގެ ފުރުޞަތު ފަހިކޮށްދިނީ އެމްޑީޕީގެ ސަރުކާރުންނެވެ. 65 އަހަރުވީ މީހުންނަށާއި އެކަނިވެރި މައިންނަށާއި ނުކުޅެދުންތެރިކަން ހުންނަމީހުންގެ ޖީބަށް ދިވެހި ރުފިޔާ ގުނާފައި އަޅައިދިނީވެސް އެމްޑީޕީގެ ވެރިކަމުގެ ތެރެއިންނެވެ. ރާއްޖޭގެ ރައްޔިތުން ރަށުބަންދުވެ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅެމުންދިޔަ ޢާއިލާގެ މެންބަރުން ލޮލަށް ނުފެނި ތިއްބާ އެއާއިލާތައް ގުޅުވައިދިނީ އެމްޑީޕީގެ ވެރިކަމުގެ ތެރެއިންނެވެ. އޭރު ރާއްޖޭގެ އިޖްތިމާޢީ ފޭރާން މިވަރަކަށް ނުވީދެއެވެ. ވައްކަމާއި ކޮރަޕްޝަނާއި ޚިޔާނާތާއި ފަސާދަ މި ވަރަކަށް ޢާންމެއް ނުވެއެވެ.

އެހެން ޢިބާރާތަކުން ބުނާނަމަ މިހާރު ގައުމުން ފެންނަމުން މިދާ އިޖްތިމާޢީ ވަބާ ރާއްޖެގައި މިވަރަށް ފެތުރިފައެއް ނުވެއެވެ. ރައީސުލް ޖުމްހޫރިއްޔާ ދައުލަތުގެ ވެރިންލައްވާ ވައްކަމެއް ނުކުރުވައެވެ. ދައުލަތުގެ ތިންބާރު މުށުތެރެއަކަށް ނުލައެވެ. ރާއްޖޭގެ އިގްތިޞާދު 7 ބިލިއަނުގައި ވަނިކޮށް 12ބިލިއަނަށް އުފުލައި ކުރިއަށް ޖައްސާލީ އެމްޑީޕީގެ ވެރިކަމުގައެވެ. އެމްޑީޕީގެ ދެ ވެރިކަމުގައިވެސް ރާއްޖޭގައި އޮތީ އިސްލާމްދީނެވެ. ރައީސުލްޖުމްހޫރިއްޔާ ވައްކަން ކުރިވާހަކައެއް ރައްޔިތުން ނުދައްދަކައެވެ. ރައްޔިތުންގެ ޚަޒާނާ އަރަނި ކޮށް ދައުލަތުގެ ރިޒާވް ފުޅާވެގެން ދިޔައީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައެވެ. ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުން ސްކޫލްތަކުގެ ފާޚާނާތަކުގައި މަސްތުވާތަކެއްޗާއި ވޭޕް ބޭނުންކުރި ވާހަކައެއް ރައްޔިތުން ނުދައްކައެވެ. 

އެމްޑީގެ ވެރިކަން ރައްޔިތުން ދެބުރަށް ބަލައިފިއެވެ. އެއްޖިންސުން ކައިވެންޏެއް ނުކުރުވައެވެ. ސްކޫލްތަކުގެ މަޖުބޫރީ މައްދާތައް އިނގިރޭސި ބަހުން ކިޔަވައެއް ނުދެއެވެ. ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔާފާރި ކުރަމުންއައި އެތައް ބޮޑުންނެއް ހިފާ ހައްޔަރު ކުރިއެވެ.

ރައްޔިތުންގެ އިގްތިޞާދީ ފުދުންތެރިކަން ފުޅާކޮށް ރައްޔިތު މީހާ ތަރައްގީ ކުރުމުގެ މަސައްކަތް ފެށްޓެވިއެވެ. ދެއަހަރު ދުވަހުގެ ތެރޭގައި 1000 ފުލެޓްއަޅައި ދިނެވެ. އަދި އިތުރު ފެލެޓްތައް އެޅުމުގެ ކޮންޓްރެކްޓްގައި ސޮއިކުރައްވާ ރާއްޖޭގައި އެންމެގިނަ މިސްކިތް އަޅައިދިނީ އެމްޑީޕީގެ ސަރުކާރުންނެވެ. ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުސިލްތައް ބާރުވެރިކުރުވަން ފެށްޓެވި އެވެ. ރާއްޖޭގެ މަސްވެރިން ތިންރުފިޔާއަށް ވިއްކަމުން ދިޔަ މަސްކިލޯއަށް 25 ރުފިޔާ ހޯދައިދިނެވެ. ރަށްރަށުގެ ރައްޔިތުން އެބައިމީހުންގެ ގެދޮރުގައި ހައްދާ ތަކެއްޗަށް ރަށުގައިތިބެގެން ރުފިޔާލިބޭގޮތް ހަދައި ދިނެވެ. 

ރާއްޖޭގެ މީހުން ދިރިއުޚޭ ހުރިހާރަށެއްގެ ބަނދަރު ކުޑަރަށެއް ބޮޑުރަށެއް ނުބަލާ އަޅައިދިނެވެ. ލޯކަލް ޓޫރިޒަމް ހުޅުވައި ރަށްރަށުގެ ރައްޔިތުން ގޭގައި ތިބެގެން ޖީބަށް ޑޮލަރު އަޅާނެ މަގު ކޮށައި ދިނެވެ. ރާއްޖޭގައި އޮތީ ހަމަ އިސްލާމްދީނެވެ.

ކަން މިހެން އޮތްނަމަވެސް މިއަދު އެވަނީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރާއްޖެއިން ސޮއިނުކޮށް ދޫކޮށްލި ސަމޯއާ އެގްރިމަންޓްގައި މިސަރުކާރުން ސޮއިކޮށް ރާއްޖެ އެހެންދީންތަކަށް ހުޅުވާލާ އެއްޖިންސުން ކައިވެނި ކުރުމުގެ ފުރުޞަތު އެފަދަ ފަރާތްތަކަށް ފަހިކޮށްދީފައެވެ. ކަން މިހެން ހުރިއިރު އެމްޑީޕީގެ ވެރިކަމުގައި ރާއްޖޭގައި ޣައިރުދީން ފަތުރާނޭކަމަށް ބުނެ އެމްޑީޕީގެ އަގުވައްޓާލުމުގެ ބޭނުމުގައި ޙަގީގަތެއް ނެތް ޔޯލަވާހަކަ ފަތުރަމުން އެދަނީ ޙަޔާތް ކުޑަކަމުން ކަމަށް ދެކެމެވެ. ވެގެން އުޅޭގޮތަކީ 2028 އެމްޑީޕީ ކާމިޔާބު ކޮށްފާނެހެންހީވުމުން އެޕާޓީ ކިސަޑުގައި ދަމާލުގެ ބޭނުމުގައި ހަގީގަތާ ޚިލާފު ވާހަކަތައް ފަތުރަނީ އެވެ. އެހެނަސް ހުރިހާކަމެއް ދެނެވިޑިގެންވާ ފަރާތަށް އޮޅުވައެއް ނުލެވޭނެތާއެވެ. 

 ރާއްޖެ މިދަނީ ޚަރާބުގެ މަގަށެވެ. ރައްޔިތުން ބަލަން ތިބޭށެވެ. މިހިނގާ ވެރިކަން އިންތިޚާބަކުން ބަދަލެއް ނުކުރެވޭނެ ކަމަށް އެބަ ހީވެއެވެ. އެއީ މިވެރިކަމަށް ފަސްެއަހަރު ފުރުނަސް މިގައުމުގައި އިންތިޚާބެއް ބޭއްވުމަކީ މުސްތަހީލު ކަމަކަށް ވާތީއެވެ. މިހާރުވެސް އެވަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ދައުލަތުގެ ހުރިހާ ބާރެއް ރައީސުލް ޖުމްހޫރިއްޔާގެ ފައިކޭޓަށް ކަހާލާފައެވެ. އަދި ކައުންސިލްތަކުގެ ބާރުވެސް އެދަނީ ސަރުކާރުގެ މުށުތެރެއަށް މަހާލަމުންނެވެ. މިރާއްޖޭގެ ވެރިކަން ދެންވެސް ބަދަލު ކުރެވޭނީ ރަންތިރީސް އަހަރުގެ ވެރިކަން ރައްޔިތުން ބަދަލުކުރި ބީދައިން އެތައް ރައްޔިތުން މަރާއި ކުރިމަތި ލައިގެންނެވެ. ވެރިކަމުގެ ދައުރު ދަންމާލުމަކީ ވެސް ނުހަދާނޭ ގޮތެއް ކަމަށް ބަލައިގެން ނުވާނެއެވެ. 

ރައްޔިތުންގެ މުދަލާއި ފައިސާ އާއި ދައުލަތުގެ ވަޒީފާތަކާއި ވަސީލަތްތައް ބޭނުންކުރަމުން އެދަނީ ލޯކަލް ކައުސިލްގެ އިންތިޚާބު ކާމިޔާބު ކުރުމަށެވެ. މިކަން މިމަގަށް ރުޖޫޢަކުރަމުން ދާއިރު އަންނަންއޮތް ރިޔާސީ އިންތިޚާބަށް ހަދާލާނެ ގޮތް ހިތަށް ގެންނަވާށެވެ. ގަނޫނު އަސާސީއަކަށް ގާނޫނަކަށް ނުބަލާނެއެވެ. އެހެން ކަމުން ކުރިއާލާ ރައްޔިތުން ނުހޭލައިފިނަމަ ރާއްޖޭގެ މުސްތަގްބަލްގެ ކުރިމަގު ހޯދާ ނުފެންނާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *