އެމްޑީޕީ
އެމްޑީގެ ވެރިކަމެއްގައި ރައީސުލްޖުމްހޫރިއްޔާ ވައްކަން ކުރި ވާހަކައެއް ރައްޔިތުން ނުދައްކާ
އެމްޑީޕީއަށް ވެރިކަން ލިބުނު ކޮންމެ ފަހަރަކު ވެސް ރައްޔިތުންނަށް ވާނީ އެތައްރޮގަކުން ފައިދާކޮށްފައެވެ. މިއީ އެއްވެސް ރައްޔިތަކަށް އޮޅިފައިވާ ކަންކަމެއް ނޫނެވެ. މުޅިރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކުރުމުގެ ފުރުޞަތު ފަހިކޮށްދިނީ އެމްޑީޕީގެ ސަރުކާރުންނެވެ. 65 އަހަރުވީ މީހުންނަށާއި އެކަނިވެރި މައިންނަށާއި ނުކުޅެދުންތެރިކަން ހުންނަމީހުންގެ ޖީބަށް ދިވެހި ރުފިޔާ ގުނާފައި އަޅައިދިނީވެސް އެމްޑީޕީގެ ވެރިކަމުގެ ތެރެއިންނެވެ. ރާއްޖޭގެ ރައްޔިތުން ރަށުބަންދުވެ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅެމުންދިޔަ ޢާއިލާގެ މެންބަރުން ލޮލަށް ނުފެނި ތިއްބާ އެއާއިލާތައް ގުޅުވައިދިނީ އެމްޑީޕީގެ […]
އެމްޑީޕީ ނޫން ގޮތެއް ހޯދުމުން ރާކަނި ކެވިއްޖެ
ރާއްޖޭގެ ރައްޔިތުންނަށް ދައުލަތުގެ ތަނަވަސް ކަމުގެ ތެރެއިން ދެމިހުންނަނިވި މަންފާއެއް ޙާޞިލްކުރެވިފައި އޮތީ އެމްޑީޕީގެ ވެރިކަމުގައެވެ. އެހެނަސް އެ ވެރިކަން ވައްޓާލާ އެމްޑީޕީ ނޫންގޮތެއް ރައްޔިތުންހޯދީ މޮޅުތަކެއް ވާނެ ކަމަށްތާއެވެ. ދުނިޔެވީ ތަޖުރިބާއިން ރައްޔިތުންގެ ކަރުބުޑުގައި މިހާރުވާނީ އެމްޑީޕީ ނޫންގޮތެއް ހޯދުމުގެ ހިތިރަހަ ލާފައެވެ. މިއަދު އެވަނީ އެމްޑީޕީ ނޫންގޮތެއް ހޯދުމުގެ ވޭނީ ފުން ހިތާމަ ރައްޔިތުންނާއި ކުރިމަތިވެފައެވެ. ދިވެހި ރައްޔިތުން މިއަދު އެވަނީ ﷲ ދެއްވި ނިޢުމަތަށް ޝުކުރު ނުކުރާމީހުންގެ ތެރެެއިންނެވެ. އެމްޑީޕީގެ ވެރިކަން ރާއްޖޭގައި […]
އެމްޑީޕީން ފޭބީ ވީ ގިނަ ވަޢުދު ނުފުއްދާ
އެމްޑީޕީ ރާއްޖޭގެ ވެރިކަމަށް އައީ ރައްޔިތުންނަށް އެތަކެއް ވަޢުދު ވެގެންނެވެ. އެހެނަސް އެމްޑީޕީ ވެރިކަމުން ފޭބީ އެވަޢުދު ތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު ވަޢުދުތައް ނުފުއްދައެވެ. ފަނޑިޔާރުގެ މިނިވަން ކުރުމާއި ކުރީގެ ސަރުކާރުތަކުން ދައުލަތަށް ވެފައިވާ ޚިޔާތުގެ މައްސަލަތަކާއި އަދި ކޮރަޕްޝަނާއި ފަސާދަ ހުއްޓުވާނޭ ކަމުގެ ވަޢުދު ތަކާއެކު ރައްޔިތުން ގެނައި އެމްޑީޕީގެ ސަރުކާރު ނިންމާލީ ރައްޔިތުންނަށް ކަނޑުން ގޯތި ދީފައެވެ. ކުރީސަރުކާރު ތަކުން ދައުލަތަށް ވެފައިވާ ޚިޔާނާތުގެ މައްސަލަތައް ނުބެލި ތަނުގައި އެސަރުކާރު ނިންމާލީ […]
