ރައްޔިތުން ވޯޓުދީގެން ހޮވާ ރައީސްމީހާ މަގާމުން ދުރު ކުރަން ގާނޫނުއަސާސީގައި ބުނެފައިވާ ގޮތް ބަދަލު ކުރަންޖެހޭ

ދައުލަތުގެ ތިންބާރު ވަކިކޮށްފައިވަނީ އެއިން އެއްވެސް ބާރަކަށް އަނެއްބާރުން އަރައިނުގަނެވޭ ހެންނެވެ. ދައުލަތުގެ މިދެންނެވި ތިންބާރަކީ ވެރިކަން ކުރުމުގެބާރާއި ޢަދުލު އިންޞާފު ގާއިމް ކުރުމުގެ ބާރާއި ރައްޔިތުންގެ ބާރެވެ.  ރައްޔިތުންގެ ބާރަކީ އަނެއް ދެބާރު މަސައްކަތް ކުރަނީ ގާނޫނުއަސާސީގައި ބަޔާން ކުރެވިފައިވާ ގޮތަށްތޯބަލާ އެ ދެބާރު ޖަވާބުދާރީ ކުރުމަށްޓަކާ ރައްޔިތުން އެކަށައަޅާފައިވާ ރައްޔިތުންގެބާރެވެ.  ގާނޫނުއަސާސީގައި ބުނެފައިވަނީ ރައްޔިތުން ވޯޓުދީގެން ހޮވާރައީސްމީހާ ގާނޫނު އަސާސީއާއި ޚިލާފުވެއްޖެ ނަމަ ރައްޔިތުންގެ ބާރު ބޭނުންކޮށް އިތުބާރުނެތްކަމުގެ ވޯޓެއްނަގައި ރައީސްމީހާ މަގާމުން ދުރުކުރެވޭނެ […]

ދެ ކޮންޓޭނަރު ފައިސާ އެމްޕީއެލް ތެރެއިން އެބަ ނެރޭ

ދެ ކޮންޓޭނަރުގެ ފައިސާ އެމްޕީއެލްއިން މިއަދު އެބަނެރޭކަމަށް މަޢުލޫމާތު ލިބިއްޖެ. އެކަމަށްޓަކައި މިވަގުތު ސަރުކާރުގެ ކަމާބެހޭ މީހުން ކަމަށް ޚަބަރު ލިބޭ!އެތިބީ އެމްޕީއެލް ތެރޭގައި ކަމަށާއި ސިފައިން ވެސް އެބަތިބި.

މިހާރުގެ އިގްތިޞާދީ ވަޒީރަކީ އެމަގާމަށް އެކަށީގެންވާ ބޭފުޅެއް ނޫން

މިހާރުގެ އިގްތުޞާދީ ވަޒީ މުޙައްމަދު ސަޢީދަކީ އިގްތިޞާދީ ދާއިރާއިން ތަޢުލީމު ލިބިވަޑައިގެންފައިވާތީ އެ މަގާމަށް އައްޔަނު ކުރެވުނު ބޭފުޅެއް ނޫނެވެ. ސަޢިދަށް އެ މަގާމަށް އައްޔަނު ކުރެވިފައިވަނީ ރައީސްޔާމީނުގެ ވެރިކަމުގައި އެމަގާމު ފުރުއްވީތީއެވެ. މިސަރުކާރުން ވަޒީރުކަމަށް ބޭފުޅުން އައްޔަނު ކުރައްވަނީ ތަޢުލީމާއި ތަޖުރިބާއަށް ބައްލަވާފައެއް ނޫނެވެ. ދެފަށްދަންމާނުލައިގެން ވާހަކަ ދައްކަވަން އެނގުމަކީ އިގްތިޞާދީ ހުނަރެއްނޫނެވެ. އަދި އެއީ އިގްތިޞާދީ ތަޖްރިބާއެއް ލިބިފައިވާ ކަމުގެ ހެއްކެއްވެސް ނޫނެވެ. ބުނެވޭ ގޮތުގައި ރައީސްޔާމީނުގެ ވެރިކަމުގައި ސަޢީދު އެމަގާމަށް އައްޔަންކުރެވުނީ ރައީސް […]

ބޯހިޔާވަހިކަމުގެ ނަމުގައި ހިންގާ ފުލެޓްގެ ކޮރަޕްޝަން

ފަސްހާސް އަކަފޫޓުގެ ބިމެއްގައި 2500 މީހުން ދިރިއުޅެން ޖެހުމަކީ އިންސާފެއް ނޫން ހުޅުމާލޭގެ ފޭސްދޭއްގައި ސަރުކާރުން އަޅައިދީފައިވާ  16 ޓަވަރުގައި އެވްރެޖްކޮށް 40000 މީހުން ދިރިއުޅެން ޖެހިފައިވާއިރު ކޮންމެ އެޕާޓުމެންޓަކުން 6800 ރުފިޔާ ސޯޝަލް ހައުސިންގގެ އުޞޫލުން ދައުލަތަށް އެބަނަގައެވެ. ހިޔާމަޝްރޫޢުގެ ދަށުން ހުޅުމާލޭގައި 24 ފުލޯގެ ޓަވަރެއް އަޅާފައިވަނީ ފަސްހާހެއްހާ އަކަފޫޓުގައެވެ. މި 5000 އަކަފޫޓުގައި 2500 މީހުން ދިރިއުޅޭއިރު ދައުލަތުން އެެއްވެސް ކުއްޔަކާ ނުލާ ބައެއްމީހުނަށް 1200 އަކަފޫޓުގެ ބިން އެވަނީ މާލޭސަރައްދުގެ ބިމުންކަނޑައިދީފައެވެ. ހިޔާމަޝްރޫޢުގެ […]

ސަމާލުވޭ! ރާއްޖޭގައި ގިނައީ ފޭކު ބޭސްތައް

ބޮޑު އަގުގައި ރައްޔިތުންނަށް ފޭކު ބޭސް ވިއްކަމުންދާއިރު، ދައުވާ ކުރެވޭނެ ގޮތެއް ނެތް! ސަރުކާރުގެ ވެރިން އަޑަށް ބާރުލައްވާފައި ވިދާޅުވަނީ ދެން ގެންނާނީ ޔޫރަޕްގެ އޮރިޖިނަލް ބޭހޭ! އެކަމަކު “ މިހާރު އެވާހަކަ ވެސް އޮއްބާލައި އަނެއްކާވެސް އިންޑިއާގެ ބޭސް ބޭސް ގެންނަން ޑީލް ހަދައިފި ރާއްޖެއަށް އެތެރެ ކުރާ ޑޮކްޓަރީ ބޭސްތަކަކީ ފެންވަރުދަށް އަދި އިންސާނުން ބޭނުންކުރަން ހެޔޮވާވަރުގެ ބޭސްތަކެއް ނޫންކަމަށް އިންޑިޔާގެ ޑޮކްޓަރަކާއި ޙަވާލާދީ ދިވެއްސަކު ބުނެފިއެވެ. އޭނާ މިހެން ބުނީ ސްޓްރޯކެއް ޖެހިގެން […]

އިސްލާމީ ވުޒާރާގެ މައްޗަށް ސަހަރޯ!

ދީނީ ފޮތްތައް ފާސްކޮށް ނުދީ ލަސްކުރުމުގައި އިސްލާމީ ވުޒާރާގެ އަމިއްލަ މަސްލަހަތު އިސްކުރަމުން ގެންދާތީ ސަނހަރޯ! އެވެ. މީގެ ކުރީން ފާސްކުރުމަށް ހުށަހެޅި ” ދޭތެރެ ދުރުކުރެވޭ ވަސީލަތްތަކާ އޭގެ އިސްލަމީ ހުކުމް” ނަމަކަށް ކިޔުނު ފޮތް ފާސްކޮށްނުދީ ސަހަރޯހީވާވަރުކުރުމުން ގޮތް ހުސްވެގެން މީގެ އެތައް މަހެއް ކުރިން އަދިވެސް ނޫހުގައި (ދީނީ ފޮތްތައް ފާސްކޮށްނުދީ ލަސްކުރުމުގައި އިސްލާމީ ވުޒާރާގެ އަމިއްލަ މަސްލަހަތު ) ވާކަމަށް ބުނެ އާޓިކަލެއް https://adhives.mv/57990 ލިޔުމުން އިތުރަށް ފެނުނު އެ ވުޒާރާގެ […]