Attorney General
ރައްޔިތުން ވޯޓުދީގެން ހޮވާ ރައީސްމީހާ މަގާމުން ދުރު ކުރަން ގާނޫނުއަސާސީގައި ބުނެފައިވާ ގޮތް ބަދަލު ކުރަންޖެހޭ
ދައުލަތުގެ ތިންބާރު ވަކިކޮށްފައިވަނީ އެއިން އެއްވެސް ބާރަކަށް އަނެއްބާރުން އަރައިނުގަނެވޭ ހެންނެވެ. ދައުލަތުގެ މިދެންނެވި ތިންބާރަކީ ވެރިކަން ކުރުމުގެބާރާއި ޢަދުލު އިންޞާފު ގާއިމް ކުރުމުގެ ބާރާއި ރައްޔިތުންގެ ބާރެވެ. ރައްޔިތުންގެ ބާރަކީ އަނެއް ދެބާރު މަސައްކަތް ކުރަނީ ގާނޫނުއަސާސީގައި ބަޔާން ކުރެވިފައިވާ ގޮތަށްތޯބަލާ އެ ދެބާރު ޖަވާބުދާރީ ކުރުމަށްޓަކާ ރައްޔިތުން އެކަށައަޅާފައިވާ ރައްޔިތުންގެބާރެވެ. ގާނޫނުއަސާސީގައި ބުނެފައިވަނީ ރައްޔިތުން ވޯޓުދީގެން ހޮވާރައީސްމީހާ ގާނޫނު އަސާސީއާއި ޚިލާފުވެއްޖެ ނަމަ ރައްޔިތުންގެ ބާރު ބޭނުންކޮށް އިތުބާރުނެތްކަމުގެ ވޯޓެއްނަގައި ރައީސްމީހާ މަގާމުން ދުރުކުރެވޭނެ […]
