Latest News
World News
Editor Picks
Features and Events
ޙަޤީޤީ ހާދިސާ: އެތައް ދިވެއްސެއް ގަތުލުކޮށްލައި ރޯކޮށްލައި އުވަ ދަވައިލި ވާހަކަ
ރަށަކީ ހުވަދޫ އަތޮޅު އުތުރުބުރީ ދިޔަދޫ އެވެ. އެއްދުވަހެއްގެ ހެނދުނުގެ ހަމަހިމޭންވަގުތެވެ. ދުވަސްވަރަކީ ހާހާއިނުވަސަތޭކަ ހަތްދިހައިގެ އަހަރުތަކެވެ. މުޅި ރާއްޖެއަށްވެސް ނުހަނު ތަދު ދުވަސްވަރެއްވެސްމެއެވެ. އެހެންކަމުން އެކިރަށްރަށުގެ ރައްޔިތުން ދިޔާހަކުރާއި ކާށި އަދި ރިހާކުރާއި ކުނަލާއި ބަތްޕޮޅި ފަދަތަކެތި ހިފައިގެން އޮޑިދޯނިފަހަރުގައި އެކިއަތޮޅުތަކަށް ވިޔާފާރި ދަތުރުތައް ކޮށް އުޅުނު ދުވަސް ވަރެއްވެސް މެއެވެ. ހެދުނު 6 ޖަހާކަންހާއިރު އެރަށުގެ މީހަކު ގޮނޑުދޮށުން ހިމުންދޮންވެލި ނަގައި ވެލިން ދަތްއުނގުޅަމުން ރަށުގެ ފާލަންކޮޅުގައި ބަނެދެފައި އޮތް ބޮއްކުރައެއް ބަލާލަން ފާލަމަށް […]
ޖުޑިޝަރީ ހަށިވިއްކުން
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒުމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު ޢަލީ ޒާހިރު ސަސްޕެންޑު ކުރެއްވުމަށްފަހު އުންތަމަ ފަނޑިޔާރު މުޢުތަސިމް ޢަދުނާނު އެދެބޭފުޅުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އެނބުރި ވަޑައި ނުގަންނަވާނޭ ކަމަށް ވިދާޅުވި ހިސާބުން އެ ދެފަނޑިޔާރުން ވަކި ކުރުމަށް ޖޭއެސްސީއިން ގާނޫނަކަށް މޫނަކަށް ކަނދުރާއަކަށް ނުބައްލަވާނޭ ކަން ރައްޔިތުންނަށް ކަށަވަރު ވާނެތާއެވެ. މީގެ ކުރިންވެސް އެމަގާމުގައި ޙިސާން އިންނަވައިގެން ކަންކުރެއްވިގޮތަށް ބަލާލުމުންވެސް އެކަމަނާ މިދެންނެވި ދެފަނޑިޔާރުން ވަކިކުރައްވާނޭކަން ރައްޔިތުންވަނީ ޔަގީން ކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ ކައުންސެލަރ […]
އެސްޓީއޯގެ ދަގަނޑު އިމްޕޯޓުގައި ބޮޑު ކޮރަޕްޝަނެއް
އެސްޓީއޯއިން ދަގަނޑު އިމްޕޯޓު ކުރުމުގައި ބޮޑު ކޮރަޕްޝަނެއް ހިނގަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައުލޫމާތުތަކެއް އެ ކުންފުނީގެ ތެރެއިން ލީކުވެއްޖެއެވެ. މި މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރު ކުރެވިފައި ނުވިނަމަވެސް، މިކަން ހިނގާތާ 5 އަހަރަށްވުރެ ގިނަ ވެއްޖެ ކަމަށާއި އެސްޓީއޯގެ އިސް ފަރާތްތަކެއް މެދުވެރިވެގެން މިފަދަ ކަންކަން ހިނގަމުންދާ ކަމަށް ތުހުމަތު ކުރެވެއެވެ. މިއީ އަހަރުތަކެއް ވެފައިވާ ފެހިޖަހާފައިވާ ކޮރަޕްޝަނެކެވެ. ލީކުވެފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެސްޓީއޯއަށް އެކި ގައުމުތަކުން ދަގަނޑު އެތެރެކުރާ ކަމަށާއި، އޭގެތެރޭގައި ސިންގަޕޫރު، ތުރުކީ، ޗައިނާ […]
އެމްޑީޕީން ފޭބީ ވީ ގިނަ ވަޢުދު ނުފުއްދާ
އެމްޑީޕީ ރާއްޖޭގެ ވެރިކަމަށް އައީ ރައްޔިތުންނަށް އެތަކެއް ވަޢުދު ވެގެންނެވެ. އެހެނަސް އެމްޑީޕީ ވެރިކަމުން ފޭބީ އެވަޢުދު ތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު ވަޢުދުތައް ނުފުއްދައެވެ. ފަނޑިޔާރުގެ މިނިވަން ކުރުމާއި ކުރީގެ ސަރުކާރުތަކުން ދައުލަތަށް ވެފައިވާ ޚިޔާތުގެ މައްސަލަތަކާއި އަދި ކޮރަޕްޝަނާއި ފަސާދަ ހުއްޓުވާނޭ ކަމުގެ ވަޢުދު ތަކާއެކު ރައްޔިތުން ގެނައި އެމްޑީޕީގެ ސަރުކާރު ނިންމާލީ ރައްޔިތުންނަށް ކަނޑުން ގޯތި ދީފައެވެ. ކުރީސަރުކާރު ތަކުން ދައުލަތަށް ވެފައިވާ ޚިޔާނާތުގެ މައްސަލަތައް ނުބެލި ތަނުގައި އެސަރުކާރު ނިންމާލީ […]
އެތައް ދިވެއްސެއް ގަތުލުކޮށްލައި ރޯކޮށްލި ވާހަކަ އަންނަނީ…
މިއީ ރާއްޖޭގައި ހިނގި ކަމެއް. މިކަން ކުރި މީހުންނާއި، ކަން ކުރި ސަބަބު މާރިނދައިން ވަރަށް އަވަހަށް ގެނެސްދޭނެ. އިންތިޒާރު ކޮށްލައްވާ!
ބުޅަލުގެ ނަމުގައި ކޮރަޕްޝަނެއް ނޫންތަ؟
ރައްޔިތުންކުރެ ގިނަ ބަޔަކު ގަރުދިޔަ ކޮޅަކާއި ބަތްކޮޅެއް ކާލައިގެން ދިރިއުޅެމުން އަންނައިރު ބުޅަލަކަށް ދުވާލަކު 368 ރުފިޔާ މަހެއްގެ މައްޗަށް 5416 ރުފިޔާ 2000 ބުޅަލަށް 7 ލައްކަ ރުފިޔާ ޚަރަދު ކުރުމުން އެކަން ކުރާ ބަޔަކު ފާފަވެރި ނުވާނެ ބާވައޭ ސުވާލު ކުރެވެއެވެ. މިއީ ދުނިޔޭގެ ކޮން ޤައުމެއްގައި ކަންކުރާ ގޮތެއްހެއްޔެވެ؟ މިކަމުން ކޮރަޕްޝަނަށް މަގު ފަހި ނުވާނެ ހެއްޔެވެ؟ މިވަރުގެ ބޮޑު ބުރައެއް މިއުފުލަނި މިކަން ކުރާނެ މިއަށްވުރެ މޮޅު ޚަރަދު ކުޑަ ގޮތެއް […]
ޤިޔާމަތްދުވަހުގެ ޤާނޫނު
ދަންނަ ހުއްޓެވެ، ޤިޔާމަތް ދުވަހު ހިނގާނީ ﷲ سبحانه وتعالى ގެ ޤާނޫނެވެ: من قوانين محكمة يوم القيامة : ޤިޔާމަތް ދުވަހުގެ ޤާނޫނު : ﴿ وَمَا أَنَا بِظَلَّامٍ لِّلْعَبِيدِ ﴾ ތިމަންރަސްކަލާނގެ حضرة ގައި وعيد ގެ ބަސްފުޅު ބަދަލުވުމެއްނެތެވެ. އަދި ތިމަންރަސްކަލާނގެއީ، އަޅުތަކުންނަށް އަނިޔާވެރިވެވޮޑިގެންވާ ކަލަކުކަމުގައި ނުވަމެވެ. (سورة ق29) ﴿ إقْرَأْ كِتَابَكَ كَفَىٰ بِنَفْسِكَ الْيَوْمَ عَلَيْكَ حَسِيبًا ﴾ އަދި އަންގަވާނެތެވެ.) ތިބާގެ ފޮތް ތިބާ […]
މިއަހަރުގެ ތެރޭގައި ތުރާކުނުގެ ރައްޔިތުންނަށް ވަނގާރުން ބިން ދޫކުރެވޭވަރު ވާނެ. ކައުންސިލް
ފޮޓޯގައި އެފެންނަނީ ފެބުރުއަރީ 2024 ގައި 24 ރައީސުލްޖުމްހޫރިއްޔާ ހއ. ތުރާކުނު ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވާ މަންޒަރެވެ. ރާއްޖޭގެ އެކި ރަށްރަށާއި ގުޅިފައިވާ އެންމެހައި ފަޅުރަށްތައް ވަނީ އެރަށު ކައުންސިލާއި ޙަވާލު ކުރެވިއެވެ. ހއ. ތުރާކުނަކީ ދިރިއުޅުމަށްޓަކާ އެއްވެސް މަސައްކަތެއް ކުރެވޭނެ ގޮތެއް ނެތިފައިވާ ރައްޔިތުންތަކެއް ދިރިއުޅޭ ރާއްޖޭގެ އެންމެ އުތުރުގައި ވަކީން އޮންނަރަށެކެވެ. އެރަށަކީ މަސްވެރިކަން ކުރާ ބަޔަކު ދިރިއުޅޭ ރަށެއްވެސް ނޫނެވެ. އެހެންކަމާއެކު ކުރީގެ ޒަމާންތަކުގައި ތުރާކުނު ރައްޔިތުން ދިރިއުޅުގެ […]
މި ސަރުކާރުން ކޮނޑޭ ރައްޔިތުން ބަނޑަށް ޖައްސައިފި
ހުވަދު އަތޮޅު ކޮނޑޭ ރައްޔިތުންނަކީ ދަނޑު ހައްދައިގެން ބަނޑު ފުރާނަ މުއްތިކުރަމުން އަންނަ ބައެކެވެ. ކޮނޑޭގެ ރައްޔިތުން ރައީސް މައުމޫނުގެ ދައުރުން ފެށިގެންވެސް ކުރަމުން އަންނަނީ ދަނޑުވެރިކަމެވެ. ކޮނޑެއަކީ އާބާދީ މަދުރަށަކަށް ވާތީ އެ ރަށުގެ ރައްޔިތުން ވަނީ ހާހާއި ނުވަސަތޭކަ ހަތްދިހައިގެ އަހަރުތަކުގެ ތެރޭގައި އެ އަތޮޅު ދާންދުއަށް ބަދަލުކޮށްފައެވެ. ނަމަވެސް ދާންދޫގެ ރައްޔިތުންނާއި ކޮނޑޭގެ ރައްޔިތުންނާއި ދެމެދު އުފެދުނު ހަމަނުޖެހުން ތަކަކާއި ގުޅިގެން ކޮނޑޭގެ ރައްޔިތުން ވަނީ އަނބުރާ ކޮނޑެއަށް ބަދަކުރެވިފައެވެ. އެއީ ރައީސް މައުމޫނުގެ ވެރިކަމުގައެވެ. […]
ދުވާލަކު ދެފަހަރު ކާން ނުލިބޭ ދިވެހިން އެބަތިބިކަން އެނގޭތަ؟
ގައުމެއްގެ އެންމެ މުހިންމު ބަހާއަކީ ރައްޔިތުމީހާއެވެ. ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ރައްޔިތުމީހާ ވެސް ހުންނަނީ ދުވާލަކު މަދުވެގެން ދެފަހަރު ކައިގެންނެވެ. އެހެނަސް ފަގީރު ގައުމުތަކުގެ ލިސްޓުން އުނިވެފައިވާ ދިވެހިރާއްޖޭގައި ދުވާލަކު އެއްފަހަރަށް ވުރެ ގިނަފަހަރު ކާން ނުލިބޭ ރައްޔިތުން އަންނަނީ އިތުރުވަމުންނެވެ. މީގެ ތެރޭގައި ކިޔަވައިގެން ތިބި ގިނަ ޢަދަދެއްގެ ޒުވާނުން ހިމެނެއެވެ. މިފަދަ ގިނަޒުވާނުންނަކީ މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުން ކަމަށް ވީ ނަމަވެސް އެފަދަ ޒުވާނުނަށް ދުވާލަކު މަދުވެގެން ދެފަހަރު ކާން ނުލިބުމަކީ ދެރަކަމެކެވެ. […]
