Skip to content
މާރިނދަ

މާރިނދަ

ނަސީބު ގަދަ މީހަކަށް ނޫނީ ނުފެންނާނެ!

Primary Menu
  • ރިޕޯޓް
  • ދީން
  • މިނިސްޓްރީތަކުގެ ކޮރަޕްޝަން
    • Ministry of Sports, Fitness and Recreation
    • Ministry of Education
    • Ministry of Health
    • Ministry of Economic Development and Trade
    • Ministry of Fisheries and Ocean Resources
    • Attorney General
    • Ministry of Islamic Affairs
    • Ministry of Tourism and Environment
    • Ministry of Social and Family Development
    • Ministry of Homeland Security and Technology
    • Ministry of Agriculture and Animal Welfare
    • Ministry of Construction, Housing and Infrastructure
    • Minister of Higher Education, Labour and Skills Development
    • Ministry of Dhivehi Language, Culture and Heritage
    • Ministry of Youth Empowerment, Information and Arts
    • Minister of Cities, Local Government and Public Works
    • Ministry of Transport and Civil Aviation
    • Ministry of Foreign Affairs
    • Ministry of Defence
    • Ministry of Finance and Planning
  • ކުންފުނިތަކުގެ ކޮރަޕްޝަން
    • NSPA
    • MMPRC
    • STELCO
    • STO
    • FENAKA
    • HDC
  • ތަސްވީރުން ބުނެދޭ ވާހަކަ
  • މީހުން
  • އިގްތިސާދު
  • ދުނިޔެ
  • ސޯޝަލް މީޑިއާ
    • X
    • Facebook
    • Instagram
    • Telegram
  • English
  • Home
  • ދުވާލަކު ދެފަހަރު ކާން ނުލިބޭ ދިވެހިން އެބަތިބިކަން އެނގޭތަ؟
  • Uncategorized
  • ރިޕޯޓް

ދުވާލަކު ދެފަހަރު ކާން ނުލިބޭ ދިވެހިން އެބަތިބިކަން އެނގޭތަ؟

ޢަބްދުﷲ ސަޢީދު (ފަހަލަ) May 10, 2025
IMG_4744

ރައީސް ޑރ. މުޢިއްޒު ލިޔުމެއްގައި ސޮއިކުރައްވަނީ: ރައްޔިތުންގެ ތެރެއިން ގިނަބަޔަކު މަގިމަތީގައި ސަލާންޖަހަން އުޅޭކަން ރައީސަށް ވެސް އެނގޭ. ނަމަވެސް އަޅައެއް ނުލާ!

ގައުމެއްގެ އެންމެ މުހިންމު ބަހާއަކީ ރައްޔިތުމީހާއެވެ. ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ރައްޔިތުމީހާ ވެސް ހުންނަނީ ދުވާލަކު މަދުވެގެން ދެފަހަރު ކައިގެންނެވެ. އެހެނަސް ފަގީރު ގައުމުތަކުގެ ލިސްޓުން އުނިވެފައިވާ ދިވެހިރާއްޖޭގައި ދުވާލަކު އެއްފަހަރަށް ވުރެ ގިނަފަހަރު ކާން ނުލިބޭ ރައްޔިތުން އަންނަނީ އިތުރުވަމުންނެވެ. މީގެ ތެރޭގައި ކިޔަވައިގެން ތިބި ގިނަ ޢަދަދެއްގެ ޒުވާނުން ހިމެނެއެވެ. މިފަދަ ގިނަޒުވާނުންނަކީ މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުން ކަމަށް ވީ ނަމަވެސް އެފަދަ ޒުވާނުނަށް ދުވާލަކު މަދުވެގެން ދެފަހަރު ކާން ނުލިބުމަކީ ދެރަކަމެކެވެ. މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުން އެބައި މީހުންގެ ބެލެނިވެރިންގެ ފަރާތުން ކާން ނުދިނުމަކީ ބަލަން ޖެހުފައިވާ ގައުމީ މައްސަލައެކެވެ.

      ބޮޑެތި ޢާއިލާތަކަށް ނިސްބަތްވާ ބައެއް ޒުވާނުން މަސްތުވާތަކެތި ބޭނުންކުރާތީ ގެއިން ބޭރުކޮށް ނިދަން ނުވެއްދުމުގެ އިތުރުން އެ ޒުވާނުންނަށް ކާންބޯން ވެސް ނުދެއެވެ. މިފަދަ ކަންކަމަކީ ދައުލަތުގެ ފަރާތުން ބަލައި ފިޔަވަޅު އަޚަންޖެހިފައިވާ ކަމެއް ކަމަށް ދެކެމެވެ. މަސްތުވާތަކެތި ބޭނުން ކުރިއަސް ވައްކަން ކުރިއަސް އަދި އެނޫންކަމެއް ކުރިއަސް އެފަދަ ޒުވާނުން ގެއިން ނެރެ މަގުމަތި ކުރުމަކީ އިންސާނިއްޔަތާ ޚިލާފު ނުހަނު އަނިޔާވެރި ޢަމަލުތަކެވެ. ޒުވާނުންނަކީ ގައުމުގެ މުސްތަގްބަލް ކަމަށް ވާއިރު މަގުންކައްސާލާފައިވާ ގިނަޢަދަދެއްގެ ޒުވާނުން ގޯޅިއަޅައިގެން އެދާ ސަބަބުތައް ދެނެގަނެ ޒުވާނުން އިސްލާހުކުރުމަކީ ދައުލަތުން ބައްލަވަން ޖެހޭނޭ ކަމެކެވެ. 

     ރާއްޖޭގައި ދިރިއުޅޭ ފަގީރުންގެ ދަފުތަރެއް އިސްލާމިކް މިނިސްޓްރީގައި އެކަށައަޅާފައިވާއިރު އެފަރާތްތަކަށް އަހަރަކު އެއްފަހަރު ދައުލަތުން ބައްސަވާ ޒަކާތުގެ ފައިސާ ނޫން އިތުރު އެއްވެސް އެހެން އެހީއެއް ދައުލަތުން ފަގީރަކަށް ނުދެއްވައެވެ. އަދި ރާއްޖޭގައި ގިނަޢަދަދެއްގެ ފަގީރުން ދިރިއުޅެމުން އަންނައިރު އެބައިމީހުން ތިބެނީ ކައިގެންތޯ ނުވަތަ އުޅެނީ ކޮން ޙާލެއްގައިތޯ ވެސް ބެލޭނެ ނިޒާމެއް ދައުލަތުން ރާއްވަވާފައެއް ނެތެވެ. އިސްލާމިކް މިނިސްޓްރީގައި ރަޖިސްޓްރީކުރެވިފައިވާ ފަގީރުންގެ ދަފުތަރުގައި ހިމެނޭ ފަގީރުން ތިބެނީ ކައިގެން ތޯ އަދި އެފަގީރުން ދިރި އުޅެނީ ކޮން ޙާލެއްގައި ތޯވެސް ދައުލަތުން ނުބައްލަވައެވެ. ރައްޔިތުންގެ ވެރިކަމެއް ގާއިމް ކުރެވިފައިވާ މިގައުމުގެ ރައްޔިތުމީ ތަރައްގީ ކުރުމަކީ ދައުލަތުގެ އަމާޒެއްކަމަށް ދައުލަތުން ބުނާ ބުނުމަކުން އެ މަގުޞަދު ޙާޞިލެއް ނުވާނެއެވެ.

      މިގައުމަކީ ފުދުންތެރި އާބާދީ މަދު ގައުމަކަށް ވީހިނދު ރާއްޖޭގައި ފަގީރުންގެ ދަފުތަރެއް އޮވެ އެ ފަގީރުންގެ ތެރެއިން ގިނަބަޔަކަށް ދުވާލަކު މަދުވެގެން ދެފަހަރު ބަނޑުފުރާނަ މުއްތިކުރާނެ ގޮތެއް ނެތިގެން ބަނޑަށް ތިބުމަކީ ރައްޔިތު މީހާގެ ޙައްގު ކަށަވަރު ނުވާ ކަމުގެ ހެއްކެކެވެ.

        ގައުމެއް ތަރައްގީ ވާނީ ރައްޔިތުމީހާ ތަރައްގީ ކުރެވިގެންނެވެ. ރައްޔިތު މީހާތަރައްގީ ވުމަކީ އަމިއްލަ ބޯހިޔާވަހި ކަމުގައި މީހަކަށް ނުދަރާ ޙަލާލު އަމިއްލަ މަސައްކަތުން ކައިބޮއި އަމިއްލަ ފައިމައްޗަށް ތެދުވެ ދުޅަހެޔޮސިއްޙަތެއްގައި ހުރެ ހިންދެމިލެވޭ ވަރުގެ ރައްޔިތަކު ބިނާކުރުމެވެ. އެހެންކަމާއެކު ގައުމުގައި ފަގީރުން އިތުރުވަނީ ރައްޔިތުމީހާ ތަރައްގީ ނުކުރެވޭތީއެވެ. ގައުމެއްގެ ޒުވާނުންނަކީ އެގައުމުގެ ކުރިމަގެވެ. ކުށެއް ކުރާމީހާ ނުވަތަ މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުން އެކަން ކުރާތީ އަދަބެއްގެ ގޮތުން މަގުމައްޗަށް އުކާލުމަކީ އިންސާނީ ކަރާމަތަށް އަރައިގަތުމެވެ. ކުށްކުރުމުގެ އާދަ ހަރުލާފައިވާ ޒުވާނުން އިސްލާޙުކޮށް މުޖުތަމަޢު ބަލައިގަންނަފަދަ ހަރުދަނާ ބަޔަކަށް ހެދޭނެއެވެ. ކުށްކުރުމަކީ އިންސާނާއަށް ޖެހޭ ކެންސަރެއް ނޫނެވެ.

       ކަން މިހެން ހުރުމާއެކު މައިން ބަފައިން ނުވަތަ ބަލަދުވެރިން އެބައިމީހުންގެ ދަރީން ކުރާ ގޯސް ޢަމަލަކާ ގުޅިގެން އެކުދިންނާ އަޅާނުލާ މަގުމައްޗަށް ދޫކޮށްލުމަކީ ޒުވާން ޖީލަށް އެކަމުގެ ނޭދެވޭ އަސަރުކޮށް ގައުމުގެ ކުރިމަގު ބަނަވެ އަހިވަކާޖެހި އަހިވައް ފާވާ އުޞޫލުން ޒުވާން ޖީލު ފަނާވެ ދިއުމަށް ހުޅުވާލެވޭ ދޮރަކަށް މެނުވީ ނުވާނެއެވެ. އެހެން ކަމާއެކު ބަލަދުވެރިންނާއި ސަރުކާރާއިދެމެދު މަޝްވަރާކުރެވި މާދަމާގައުމަށް ޚިދުމަތް ކުރަން ތިބި ޒުވާނުން ޚަރާބުގެ މަގުން އެއްފަރާތް ކުރަން ޖެހެއެވެ.

       އިސްލާމް ދީނަނީ އިޙުސާންތެރިކަމާއި އޯގާވެރިކަމުގެ ދީނެވެ. އެހެންކަމާއެކު އެންމެހައި މުސްލިމުން އުޅެންވާނީ އެއްބައިވަންތަ އަދި އެކަކު އަނެކަކު ދެކެ ލޯބިވާ ބަޔެއްގެ ގޮތުގައެވެ. އިސްލާމީ ދައުލަތެއްގެ ސިފަ ގެއްލި ޣައިރު މުސްލިމް އުންމަތެއްގެ ސިފަޖެހިގެން ދިޔަނުދިނުމަށްޓަކާ އެންމެން ގުޅިގެން މަސައްކަތް ކުރަން އެބަޖެހެއެވެ.

      އިސްލާމީ އުންމަތުގެ ވަލިއްޔުލް އަމްރުގެ ޒިންމާ އަކީ ވަރަށް ބޮަޑު ޒިންމާއެކެވެ. އެހެންކަމާއެކު އެމަނިކުފާނު ރައްޔިތުންގެ ޙައްގުތަކަށް ރައްކާތެރިވާން ޖެހޭނެއެވެ.

ބީރުވެރިން

800 މިލިއަން ޑޮލަރުގެ ބާކީ ބައި ދޮންނަން ފަށައިފި

މި ސަރުކާރުން ކޮނޑޭ ރައްޔިތުން ބަނޑަށް ޖައްސައިފި

Post Views: 225

Continue Reading

Previous: ސްޓެލްކޯގައި ހިނގާ ބޮޑު ކޮރަޕްޝަން
Next: މި ސަރުކާރުން ކޮނޑޭ ރައްޔިތުން ބަނޑަށް ޖައްސައިފި

Related Stories

IMG_5611
  • ރިޕޯޓް
  • މީހުން

ޙަޤީޤީ ހާދިސާ: އެތައް ދިވެއްސެއް ގަތުލުކޮށްލައި ރޯކޮށްލައި އުވަ ދަވައިލި ވާހަކަ

ޢަބްދުﷲ ސަޢީދު (ފަހަލަ) May 19, 2025
IMG_5610
  • ރިޕޯޓް

ޖުޑިޝަރީ ހަށިވިއްކުން

ޢަބްދުﷲ ސަޢީދު (ފަހަލަ) May 18, 2025
images (1) (2)
  • ރިޕޯޓް

އެމްޑީޕީން ފޭބީ ވީ ގިނަ ވަޢުދު ނުފުއްދާ

ޢަބްދުﷲ ސަޢީދު (ފަހަލަ) May 15, 2025

އިޝްތިހާރު

You may have missed

IMG_5611
  • ރިޕޯޓް
  • މީހުން

ޙަޤީޤީ ހާދިސާ: އެތައް ދިވެއްސެއް ގަތުލުކޮށްލައި ރޯކޮށްލައި އުވަ ދަވައިލި ވާހަކަ

ޢަބްދުﷲ ސަޢީދު (ފަހަލަ) May 19, 2025
IMG_5610
  • ރިޕޯޓް

ޖުޑިޝަރީ ހަށިވިއްކުން

ޢަބްދުﷲ ސަޢީދު (ފަހަލަ) May 18, 2025
IMG_5587
  • STO
  • ކުންފުނިތަކުގެ ކޮރަޕްޝަން

އެސްޓީއޯގެ ދަގަނޑު އިމްޕޯޓުގައި ބޮޑު ކޮރަޕްޝަނެއް

admin May 17, 2025
images (1) (2)
  • ރިޕޯޓް

އެމްޑީޕީން ފޭބީ ވީ ގިނަ ވަޢުދު ނުފުއްދާ

ޢަބްދުﷲ ސަޢީދު (ފަހަލަ) May 15, 2025
  • x
  • Facebook
  • Instagram
  • Telegram
Copyright © All rights reserved. | MoreNews by AF themes.