މި ސަރުކާރުން ކޮނޑޭ ރައްޔިތުން ބަނޑަށް ޖައްސައިފި

ހުވަދު އަތޮޅު ކޮނޑޭ ރައްޔިތުންނަކީ ދަނޑު ހައްދައިގެން ބަނޑު ފުރާނަ މުއްތިކުރަމުން އަންނަ ބައެކެވެ. ކޮނޑޭގެ ރައްޔިތުން ރައީސް މައުމޫނުގެ ދައުރުން ފެށިގެންވެސް ކުރަމުން އަންނަނީ ދަނޑުވެރިކަމެވެ. ކޮނޑެއަކީ އާބާދީ މަދުރަށަކަށް ވާތީ އެ ރަށުގެ ރައްޔިތުން ވަނީ ހާހާއި ނުވަސަތޭކަ  ހަތްދިހައިގެ އަހަރުތަކުގެ ތެރޭގައި އެ އަތޮޅު ދާންދުއަށް ބަދަލުކޮށްފައެވެ.  ނަމަވެސް ދާންދޫގެ ރައްޔިތުންނާއި ކޮނޑޭގެ ރައްޔިތުންނާއި ދެމެދު އުފެދުނު ހަމަނުޖެހުން ތަކަކާއި ގުޅިގެން ކޮނޑޭގެ ރައްޔިތުން ވަނީ އަނބުރާ ކޮނޑެއަށް ބަދަކުރެވިފައެވެ. އެއީ ރައީސް މައުމޫނުގެ ވެރިކަމުގައެވެ. […]