ބުރިކޮށްލީ ދިވެއްސެއް ގޮހޮރު! ޑީލް ހަދައިން ކޭސް ވެސް އޮއްބާލައިފި..!؟

ބުރިކޮށްލީ ދިވެއްސެއް ގޮހޮރު! ޑީލް ހަދައިން ކޭސް ވެސް އޮއްބާލައިފި..!؟

ކޮންޓޭނަރު އުފުލާ އުޅަނދެއް ކަހާލައިގެން ގޮސް ދެބަފައިން ތިބިސައިކަލް އޭގެ ދަށުގައި… މިމައްސަލަ ފުލުހުން ވަނީ އޮއްބާލާފައި
ވައިޑީ ވާކްސްގެ އިހުމާލުން ހިނގި އެކްސިޑެންޓެއްގައި ދިވެއްސެއްްގެ ބަނޑު ފަޅާލައި ގޮހޮރު ބުރިކޮށްލި. ވައިޑީ ވާކްސް މީހުން ވަނީ ފުލުހަކާއި ޑީލް ހަދައި ކޭސް “ގެއްލުވާލާފަ”،


ވައިޑީ ވާރކްސް ގެ އެމްޑީ އެކްސިޑެޓްގެ ޒިންމާ ނަގާނެ ކަމަށް ބުނެ، އެސީނަށް އެޓެންޑުވި އައިއޯއާއި ޑީލް ހަދައި އެސީން ރޫޅާލައި، އެންމެ ފަހުން ޒިންމާވެސް ނުނެގިއެވެ. ޓުރަކު ދަށުވި މީހާ ވަނީ ގޮހޮރު ފަޅައިގެން ގޮސްފައެވެ. އެއްއަހަރުވަންދެން އެއްވެސް މަސައްކަތެއް ނުކުރެވޭ ފަދަ ބަލި ހާލުގައެވެ. އެންމެ ފަހުން ޒިންމާއިން ރެކި އައިއޯ ބޮލަށް ޗިޕް ލައްވައިގެން އެކްސިޑެންޓްގައި އަނިޔާ ލިބުނު މީހާއަށް އެއްވެސް ވަރަކަށް އަޅާނުލައި، ކުޑަމިނުން ބޭސް ވެސް ނުކޮށްް، ހާލު ކިހިނެއްހޭ ވެސް އަހާނުލައި ، އެމައްސަލަ ވެސް އޮއްބާލީއެވެ. އަނިޔާވެރިކަމާއި މަކަރު ވެރިކަމާއި އޮޅުވާލުމުގައި ވައީޑީ ވާރކްސް ގެ ވެރިންނަކީ ދެވަނައެއް ނުވާ މިސާލެކެވެ.
އެހެން ކަމާއެކު ވައިޑީ ވާރކްސް އިން ކުއްޔަށް ވެހިކަލް ނަންގަވާ ފަރާތްތަކުގެ ސަމާލު ކަމަށްޓަކާ މިވާހަކަ ދަންނަވާލަމެެ.